ޚަބަރު / ސަލްޓަން ޕާކް

ވިންޓަ ޕާކް ހިންގި ކުންފުނި "ގެއްލިގެން" ހޯދަނީ

ވިންޓަ ތީމް ޕާކްގައި ސްކޭޓްކުރަނީ. -- ފޮޓޯ: މިހާރު

ސަލްޓަން ޕާކުގައި ހުންނަ ވިންޓަ ޕާކް ހިންގަން ހަވާލުވި ކުންފުންޏާ މުއާމަލާތު ކުރެވޭނެ ގޮތެއް ނުވެގެން އެ ކުންފުނީގެ ފަރާތުން 10 ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ހާޒިރުވާން އަންގައި އެގޮތަށް އަމަލު ނުކޮށްފި ނަމަ ކުންފުންޏާ އެކު އޮތް އެއްބަސްވުން އުވާލާނެކަން ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި ބުނެފައި ވަނީ 2018 ވަނަ އަހަރު ވިންޓާ ތީމް ޕާކް ހިންގަން "ޑައިމަންޑް ވިންގްސް" ކުންފުންޏާ ހަވާލުކުރީ އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކަމަށެވެ. ވިންޓާ ތީމް ޕާކް ހިންގަން އެ ކުންފުންޏާ އެކު އެއްބަސްވުން ހެދި އިރު ދިން އެޑްރެހުގައި އެ ކުންފުނީގެ އޮފީސް މިހާރު ނުހުންނަ ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައިވެ އެވެ. އަދި އެ ކުންފުނީގެ އެއްވެސް ފަރާތަކާ މިހާތަނަށް މުއާމަލާތުކުރެވިފައި ނުވާ ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ އެ ކުންފުންޏާ ބައްދަލުކުރަން ބޭނުން ވަނީ، ވިންޓަ ޕާކް ހިންގަން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތޫ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން އަންގަން ޖެހޭ އެންގުންތައް އެ ކުންފުންޏަށް އެންގޭނެ ގޮތެއް ވެސް ވެފައި ނުވާ ކަމަށް އިއުލާނުގައިވެ އެވެ.

ވިންޓަ ތީމް ޕާކް ހުޅުވި ދުވަހު، އެތަން ހިންގާ ކުންފުނީގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަނީ. -- ފައިލް ފޮޓޯ: މިހާރު

އެހެންވެ، އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން، އެ އެއްބަސްވުމުގައި ސޮއިކުރި ފަރާތް ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ މީހަކު މާލެ ސިޓީ ކައުންސިލަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލަށް ހާޒިރު ނުވެއްޖެ ނަމަ އެއްބަސްވުން ބާތިލް ކުރާނެކަން ވަނީ އަންގައިފަ އެވެ.

ފިނި މޫސުމުގެ އިހްސާސްކުރެވޭ ގޮތަށް، ސްކޭޓް ކުރެވޭނެ އިންތިޒާމާ އެކު އާޓިފިޝަލް ސްނޯ ވެހޭ ގޮތަށް އަދި ސްނޯ ހައުސް ވެސް ހުންނަ ގޮތަށް ހެދި ތަން ހުޅުވައި އޭރު މީޑިއާއާ މުއާމަލާތުކުރި ޑައިމަންޑް ވިންގްސްގެ މައި ކުންފުންޏަކީ، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހްގެ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ޓްރޭޑް މިނިސްޓްރީގެ ރެޖިސްޓްރޭޝަނުން މިހާރު ފެންނަ ގޮތުގައި ޑަޔަމަންޑް ވިންގްސްގެ މިހާރުގެ ޝެއާހޯލްޑަރުންގެ ގޮތުގައި ތިބީ އައިޝަތު މުނީރު ކިޔާ މީހަކާއި އަހްމަދު އިކްރާމް ކިޔާ މީހެކެވެ. އެ ކުންފުނީގެ ދަށުން ހިންގަން ހުއްދަ ދީފައިވާ ވިޔަފާރިތަކުގެ ތެރޭގައި "ރަސްރަނި ވިންޓަ ޕާކް" މިހާރުވެސް އެބަ އޮތެވެ.

ކެފޭއެއް ވެސް ހިމެނޭ ގޮތަށް ހިންގަމުން އައި ވިންޓަ ޕާކް މި ސަރުކާރު އައުމާ އެކީހެން ވަނީ ބަންދުކޮށް ހިދުމަތް ހުއްޓާލައިފަ އެވެ.

25 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 12%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީރާޖާ

24 April 2021

އެ ކުންފުނި އޮތީ ޖަލުގަ

The name is already taken The name is available. Register?

ށަވިޔަނި

24 April 2021

މިއީ ދިވެހިން ޑިމޮކްރަސީ ނުދަންނާތީ ވާގޮތެއް. ޑިމޮކްރަސީ އެއް ގައި ކޮންމެބަޔަކު ކުރިއަސް މިކަހަލަ ކަންތައް ހުއްޓިގެން ނުވާނެ. ފުލެޓްތައްވެސް މިއަދާހަމައަށް ނުދެވިގެން އުޅެނީ މިހެންވެ. ކުރީގެ ސަރުކާރުން ކުރިކަމަކަށްވީމަ ބަހަނާ ދައްކަމުންދަނީ.

The name is already taken The name is available. Register?

ހަސަންކޮއި

25 April 2021

މިސަރުކާރުހެ ކަންކަން ކިރުމުގެ އެއް ވެސް ގާބިލް ކަމެއް ނެތީ.

The name is already taken The name is available. Register?

ފާރިހާ

23 April 2021

ތިވިންޓަރޕާރކް އެއީކީ ކޮންމެހެންމީހަކު ލާރިގަޑެއް ކާކަށް ހެދި ތަނެއްނޫން. އެކަހަލަތަންތަންނުފެންނަ މާލެއާ އަތޮޅު ތަކުގެކުދިން އުފާކޮށްލަންދާންހެދިތަނެއް. ހަޖަމްނުކުރެވުނަސްބޮޑުވަރު.

The name is already taken The name is available. Register?

1828

25 April 2021

މާލޭ ކުދިންނަށް ހެދި ތަނެއް އެއީ

The name is already taken The name is available. Register?

ބޮޑުމީހާ

23 April 2021

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށް ބަރާބަރަށް ހިގަހިގާ ހުރި ތަނެއް ވެރިކަން ބަދަލުވެ 3 އަހަރު ވީރާނާވާން ދޫކޮށްލުމަށް ފަހު ސިޓީ ކައުންސިލް އިދިކޮޅަށް ލިބުނީމަ ޑްރާމާ ކުޅޭނެ ކަމެއް ނެތް. ބަޔަކު ހޯދަންޏާ އެތަން ހަލާކުވާން ދޫކޮށްލުމުގެ ކުށުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ހައްޔަރުކުރަންވީ

The name is already taken The name is available. Register?

ބޮޑު ބުރޯ

23 April 2021

ރަނގަޅު! ދެން އެގްރިމެންޓް ބާތިލްކޮށްލީ މަތާ، ބަދަލު ހޯދަން ލެވޭނީވެސް

The name is already taken The name is available. Register?

ބޯހަލާކު

23 April 2021

ބޯހަލާކު ނުކުރޭ

The name is already taken The name is available. Register?

މިއަދު

23 April 2021

ތަނުގަ ބޮޑުތަޅުއަޅުވާ ތަންވީރާނާކޮށްލާފަ މޭޔަރުބަދަލުވީމަ ދެންމިއުޅެނީ ކޮން ޑްރާމާއެއް ކުޅެން ތިތަނުގަ ބޮޑުތަޅުއެޅުވި މައްސަލްއާއި އަޑިޕާކުމައްސަލައަށް ޖަވާބުލިއެ ތަތްޔާރުވޭ ސުވާލުއައުމުގެކުރިން ރެޑީވޭ

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

23 April 2021

މާލެ ސިޓީ ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި ބުނެފައި ވަނީ 2018 ވަނަ އަހަރު ވިންޓާ ތީމް ޕާކް ހިންގަން "ޑައިމަންޑް ވިންގްސް" ކުންފުންޏާ ހަވާލުކުރީ އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކަމަށެވެ. މިއީ މާލެސިޓީކައުންސިލްއާއިބެހޭކަމެއްނޫން! ހުރިހާބިމެއް މިހާރު އޮންނަނީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ދެން ކޯއްޗެކޭ ކިޔާކަށް.

The name is already taken The name is available. Register?

ސެމި

23 April 2021

ޔާމީންގެ މެގަ ޕްރޮޖެކްޓެއް މިއޮތީވެސް! ޕިސް ޕިސް ގައުމުކާ ހުސްކޮށްފަ ދޯ ވެރިކަމުން ދިޔައީ!

The name is already taken The name is available. Register?

ޖެމި

23 April 2021

ކޮބާ މައްސަލައަކީ؟ އެއީ އެތައް ކުދިންނަކަށް އުފާ ގެނެސްދިން ކަމެއް. އެކަމާ ގައުމު ކައިހުސްކުރުމާ އޮތް ގުޅުމެއް ނެތް. ޔާމީންގެ ވެރިކަމުގަ ހިނގާ ކޮންމެ ވިޔަފާރިއަކާ ޔާމީނާ ގުޅުވާނަމަ މިވެރިކަމުގަވެސް އެގޮތަށް ނަން އޮންނަންވީ.

The name is already taken The name is available. Register?

ރީންޓެ

23 April 2021

އެންމެފަހުން ޖަނާވެސް ގެއްލުނީ، އުތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454