ސަރުކާރުގެ ކާމިޔާބީ ފާހަގަކުރުމާ ގުޅޭގޮތުން ސަރުކާރުގެ ތިން ވަޒީރަކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
16 ނޮވެމްބަރ 2016 - 14:59
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރަން 10 ދުވަހުގެ މުއްދަތަކަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެ ހަރަކާތް ފަށާނީ މާދަމާ ރޭ އޮންނަ ޒުވާނުންގެ ދުވަހުގެ ޖަލްސާ އިން ކަމަށެވެ. އޭގެ ފަހުން މި މަހުގެ 28 ގައި ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ކާމިޔާބީގެ އެކި ހަރަކާތަކާ ބެހޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް ދެމުން ގެންދާނެ ކަމަށެވެ.
"ޒުވާނުންގެ ދުވަސް ފާހަގަކޮށްފައި ޒުވާނުންނަށް ކަނޑައެޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން 29 ވަނަ ދުވަހު ހަރަކާތެއް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކާމިޔާބީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ކުޅިވަރު ފެސްޓިވަލެއްގެ ގޮތަށް ކަމަށެވެ. މިއީ ވަރަށް ބޮޑު ގައުމީ ކަމެއް ކަމަށާއި މި ހަރަކާތްތައް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ލިބުނު ކާމިޔާބީތަކުގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯގެ ބޮޑު ޕަސެންޓެއް ސަރުކާރުން ހާސިލްކޮށްދީފައިވާ ކަމަށެވެ. ތައުލީމީ ދާއިރާ އިން މިސާލު ޖައްސަވައި ވިދާޅުވީ އެ ދާއިރާ އަށް ކަނޑައެޅި އަމާޒަށް ވުރެ ހާސިލްކުރެވުނު ޕަސެންޓޭޖު މަތި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
17 November 2016
ސަރުކާރުގެ، އެހެން ގޮތަކަށް ބުނަންޔާ ޕާޓީގެ މެނިފެސްޓޯ ހާސިލް ކުރެވުނު ކަން ދައްކަން ބާއްވާ ކަމެއްގެ އެންމެ ކުރިއަށް ޑިފެންސް މިނިސްޓަރާއި އެޓަރނީ ޖެނެރަލް ނުކުންނެވީމައި މަމެންނަށް އެ ބުނެވުނީ ވަރަށް ބޮޑު އެއްޗެއް.
ދުންތަރި
17 November 2016
ޙެޔޮނުވާނެ ބޭކާރުހަރަދު ނުކޮށް ސިވިލްސާވީސް މުވައްޒިފުންގެ ޢިތުރު ގަޑީގެ ފައިސާ ނުކަޑާ އެލާރިކޮޅުދެއްވާަ
ރާޖިހު
17 November 2016
ކާމިޔާބީ ފާހަގަކުރާ އިރު ސިވިލްސާވިސް މުވައްޒަފުންނަށް މުސާރަ ބޮޑު ކުރިވާހަކަ ކިޔާތި އަދި މަސްމވެރިންނަށް ދެއްވި 10000 ރުފިޔާ ދަނޑު ވެރިނަށް ދެއްވި 8000 ކިޔާތި އަދި 2017 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުގަޑި ކަނޑާ ވާހަކަ ކިޔާތި ޝުކުރިއްރާ
އިބޫ
17 November 2016
މަރުހަބާ ސަރުކާރުގެ ކާމިޔާބީތައް: 1. އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން 5 މާއްދާއިން ފާސްނުވާނެ ކަމަށް މިނިސްޓަރަށް ފެންނަ ދަރިވަރުން ޖީސީގައި ބައިވެރިނުކޮށް ދަސްވާރު ޓިވެޓު ޕްރޮގުރާމަށް އަދި އުފާ ޕްރޮގުރާމަށް ދެންބުނަނީ މިކޮންމެ ޕްރޮގުރާމަކަުން ލިބޭ ސެޓުފިކެޓަކީ ޖީސީގެ 5 މައްދާއާއި އެއްވަރު ސެޓުފިކެޓެކޭ 2. ހަކުރުބަލި، ލޭމައްޗައްދިއުން، ކެނަސަރުބަލި، ކިޑުނީބަލި، ފުއްޕާމޭގެ ބަލިތައް ހަމުގެ ބަލިތައް ދަނީ އިތުރުވަމުން ސިއްހީދާއިރާގެ %90 ވައުދު ކާމިޔާބު 3. 2014ވަނަ އަހަރު ތެޅިފޮޅިގަނެގެން ތައާރަފުކުރި ގައުމީ މަންހަޖު ތަންފީސްކުރުމަށް ޓީޗަރުންނަށް އެކަށިގެންވާ ވަގުތާއި ތަމްރީން ނުދެވޭ އަރަބި، ގުރުއާން، އަރޓުސް، ހެލްތު އެންޑް ޕީއީ މިސަބުޖެކުޓުތައް ތަންފީސްނުކުރެވޭ މާލޭގެ ސްކޫލްތަކުގައި ނަމަކަށް މިކަނކުރޭ
މުވައްޒަފުން
17 November 2016
ކަންތަކާޖެހުނީ 28 ވަނަ ދުވަހު އޮފީހަށް ސަލާމްބުނީމަ ތިކަމުން ސަލާމަތްވެވޭނެ ތޯއްޗެއް
އަހައްމާ
17 November 2016
މި ރައީސް ވެރިކަމުގައި ވަރަށް ކާމިޔާބު 3 އަހަރު ކަމަށް އެބުނަނީ ހަމަ އެބޭފުޅުންނެވެ. މީގެ މިސާލަކީ އަޅުގަނޑުއަކީ މިގައުމުގެ ހުރި އެންމެ މޮޅު މީހާކަމަށް އަހަރެން އަމިއްލައަށް ބުނީމާ އެބޭފުޅުންގެ އިލްމާއި މެދު ސުވާލު އުފެދެއެވެ. އެބޭފުޅުން ރަގަޅު ކަމަށްވަނީނަމަ ރަގަޅޭ ބުނަންޖެހޭ އެޚިދުމަތް ލިބިގަންނަ މީހުންނެވެ. މަގާމުގެ ދަހިވެތި ކަމުގައި މަމޮޅޭ މިކިޔަނީ އެބޭފުޅުންނަ އެކަށީގެވާ މަސައްކަތް ނުކުރެވޭތީކަން ޔަގީނެވެ. ހަމަޔަގީން ރައީސް ޔާމިންގެ ވައުދުގެ %20 ވެސް ފުރިހަމަ ނުވާކަން ރައްޔިތުން ޔަގީނެވެ. 3.2 ބިލިއަން ރުފިޔާ ވައްކަށްކޮށް ގެއްލި ،ބަޑި ގުދަން ފޫއަޅުވާލާއިފި، ޓެކްސް ނެގުން އިތުރުވެ ރައްޔިތުންނަށް ލިބޭ އާމްދަނީ ދެކޮޅު ނުޖެހުން ހިމެނެއެވެ.
ސިވިލް ސަރވެންޓް
16 November 2016
ސަރުކާރުގެ ތިންވަޒީރަކު ސަރުކާރުގެ ކާމިޔާބީތައް ފާހަގަކުރަން ކަމަށް ބުނެ ސިޔާސީ ޙަރަކާތެއް ހިންގަން އިޢުލާން ކުރިއިރު އެތަނުގައި ދެން އެއިނީ ހައުސިންގ މިނިސްޓްރީގައި ދިވެހި ސިވިލްސަރވިސަސްގެ ޕާރމަނަންޓް ސެކްރެޓަރީ އެއްގެ ވަޒީފާ އަދާ ކުރައްވާ މާހިދު ނަމަކަށް ކިޔާ މީހެކެވެ. މިފަދަ މަގާމުތަކުގައި ތިބޭ މީހުން ސިޔާސީ ނުފޫޒުގައި މިމިންވަރަށް ފިތިބާރުވެފައި ތިބެންޏާ ދެން ރައްޔިތުންނަށް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ޚިދުމަތް ދެވޭނީ ކިހިނަކުންތޯއެވެ؟
އުދުހޭ
16 November 2016
ބެއަސް ނުބެއަސް ކާމިޔާބު؟؟؟؟
ނިކްސް
16 November 2016
ހަފްތާ އެއް މަދުވާނެ. އެއް އަހަރު ރަގަޅު ވާނެ
އަހްމަދު
16 November 2016
މިވަރށް ޚަރަދުކުރާނެ ފއިސާ ހުރިއިެު ސިވިސަރވިސް މުއައްޒަފުންގެ މުސާރއަށް އެއްވެސް ހެޔޮބަދަލެއ ނުގެނޭވިއްޔާ. މިއީ ނުބައި ނުލަފާ ބައެއް މުޅިން ބޭކާރުޚަރަދު .