"މިހާރު"ގެ ސްކޫލް ގައިޑް، ދަރިވަރަކު ބަލަނީ: މި ގައިޑްގައި ތަފާތު ޓިޕްސްތަކާއި މައުލޫމާތު ހިމެނޭ
17 ނޮވެމްބަރ 2016 - 12:08
ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އަދި އާ އަހަރުގެ ކިޔެވުމަށް އަމާޒުކޮށްގެން "މިހާރު ސްކޫލް ގައިޑް" މިއަދު ނެރެފި އެވެ.
ހިލޭ ބަހަމުން އަންނަ މި ގައިޑްގައި، ބައެއް ސްކޫލްތަކުގެ ދަރިވަރުން، އެހެން ދަރިވަރުންނަށް ދޭ ނަސޭހަތާއި، ބައެއް ޕްރިންސިޕަލުންގެ މަޒުމޫންތަކުގެ އިތުރުން، އާ އަހަރުގެ ކިޔެވުމަށް ވާން ޖެހޭ ތައްޔާރީތަކާ ބެހޭ އެތައް ލިއުމެއް ހިމެނެ އެވެ. އަދި އަންނަ އަހަރު ތައުލީމީ ކަލަންޑަރު ވެސް މި ގައިޑްގައި ވަނީ ހިމަނައިފަ އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބަލަން ސްކޫލް ކުދިންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ބޭނުން ހިފޭނެ އުފެއްދުންތައް ނެރެން. އޭގެ ފުރަތަމަ ފެށުން މިއީ،" މި އަހަރުގެ މޭ މަހު ރާއްޖޭގައި ނެރެން ފެށި "މިހާރު"ގެ މެނޭޖަރު، ސޭލްސް އެންޑް މާކެޓިން، ޝަމްއޫން އަފީފް ވިދާޅުވި އެވެ.
މިހާރު ސްކޫލް ގައިޑް، މިއަދު ބަހަނީ: ދަރިވަރުންނާއި ބެލެނިވެރިންނަށް މުހިންމު މައުލޫއުތަކުގެ ލިއުންތައް ހިމެނޭ
އިރާއީ ބުކްޝޮޕުން މެއިން ސްޕޮންސަރުކަން ނަގާފައިވާ "މިހާރު ސްކޫލް ގައިޑް"ގެ ޗާޕު އަދަދު މިއަދު ނެރުނު އިރު، "މިހާރު"ގެ އޮންލައިން އެޑިޝަންގައި ހަދާ ހާއްސަ ސެކްޝަން މި މަހު 23 ގައި ކިއުންތެރިންނަށް ފެންނާނެ އެވެ. އެ ސެކްޝަންގައި ލިއުންތަކާއި ފޮޓޯގެ އިތުރުން އެކި ވީޑިއޯތައް ވެސް ހިމެނޭނެ އެވެ.
ސްކޫލްތަކުގެ ފަހު އިމްތިހާނަށް ފަހު މިއަދު ރިޕޯޓް ފޯމު ދިން ވަގުތު ސްކޫލް ގައިޑު ވަނީ ބަހައިފަ އެވެ.
"މީގެ ބޭނުން ހިފޭނެ ބެލެނިވެރިންނަށް ވެސް، ދަރިވަރުންނަށް ވެސް،" ޝަމްއޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލް ގައިޑް، މި ފެންވަރުގައި ނެރެވުނީ، ތައުލީމީ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތައް ހިންގާ ބުކްޝޮޕްތަކާއި އެހެން ބައެއް ވިޔަފާރިވެރިންގެ ވެސް އެހީތެރިކަމާ އެކުގަ އެވެ.
"އަޅުގަނޑުމެންގެ އޮންލައިން ބައި ވެސް ވަރަށް ފުރިހަމަކުރަން މަސައްކަތް މި ކުރަނީ. ހާއްސަ ސެކްޝަން ލޯންޗުކުރީމާ އޭގައި ވެސް ހުންނާނެ ވަރަށް ގިނަ ލިއުންތަަކާއި ޓިޕްސްތައް،" ޝަމްއޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާބޮޑޭ
18 November 2016
ތިޔައެއްޗެއްވެސް ތިޔަބަހަނީ މާލޭމީހުންނަށެވެ އަހަރެމެން ރާއްތެރޭ މީހުންނަކަށް ތިޔެއްނުލިބޭނެއެވެ މިހާރުން ވެސް ތިޔަ ............................
ޭޭޖޭސްމީން
17 November 2016
އަޅުގަނޑުވެސް ވ ބޭނުން..ކޮންތާުކުން ލިބެން ހުރީ...
އަސްލު
17 November 2016
އަޅުގަނޑު ތިޔަ ފޮތް ބަލާއިފިން. ވ. މުހިއްމު ފުރިހަމަ ލިޔުން އެބަހުރި. ޝުކުރިއްޔާ "މިހާރު" ޓީމަށް. ހަމަ ގައިމުވެސް ބޭނުން ހިފޭނެ!
ހުސައިން ރަޝީދު
17 November 2016
ޝުކުރިއްޔާ ތިޔަ ނޫހުން ތިޔަކޮށްދެއްވި އަގުހުރި މަސައްކަތަށް ބެލެނިވެރިޔެއްގެ ހައިސިއްޔަތުން ވަރަށް އުފާކުރަމެވެ. އަދި ތިަ ނޫހުގެ މެނޭޖު މެންޓަށާއި މުވައްޒޒަފުންނަށް ފައްފަށުން ޝުކުރިއްޔަ
ޒީ
18 November 2016
މަ ބޭނުން