05 މެއި 2021 - 08:59
އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް ރެޑް ހޮޓް ޗިލީ ޕެޕާޒްގެ ލަވަތައް 140 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.
ވެރައިޓީން ބުނެފައިވާ ގޮތުގައި މަގުބޫލު އެތައް ލަވައެއް ގެނެސްދިން ބޭންޑްގެ ލަވަ ކެޓަލޮގް ވިއްކާލަނީ ހިޕްނޯސިސް ސޯންގްސް އަށެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ރޮކް ބޭންޑްތަކުގެ ތެރޭގައި ހިމެނޭ އަދި 1983 ގައު އުފަންވި ބޭންޑުން ގެނެސްދީފައިވާ ލަވަތަކުގެ ތެރޭގައި "އަންޑަ ދަ ބްރިޖް"، "ގިވް އިޓް އަވޭ"، "ޑާނީ ކެލިފޯނިއާ" އަދި "ނޮކް މީ ޑައުން" ފަދަ އައިކޮނިކް އެތައް ލަވައެއް ހިމެނެ އެވެ.
ރެޑް ހޮޓް ޗިލީޒް ޕެޕާޒްގެ ލަވަތައް ވިއްކާލަން ނިންމާފައި މި ވަނީ މަޝްހޫރު މިއުޒިޝަން ބޮބް ޑިލަންގެ ސޯންގް ރައިޓިން ކެޓަލޮގް ޔުނިވާސަލް މިއުޒިކް ޕަބްލިޝިން އަށް 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް އަދި އެމެރިކާގެ އަންހެން ފަންނާނު ސްޓީވީ ނިކްގެ ލަވަތައް 100 މިލިއަން ޑޮލަރަށް ޕްރައިމަރީ ވޭވް އަށް ވިއްކާލަން ނިންމާފައި ވަނިކޮށެވެ.
ރެޑް ހޮޓް ޗިލި ޕެޕާޒްގެ ބޭންޑްގެ މެމްބަރުންގެ ގޮތުގައި މިހާރު ހިމެނެނީ އެންތަނީ ކީޑިސް، ފްލީ، ޗާޑް އަދި ޖޯން ފުރުޝަންޓޭ އެވެ. ބޭންޑުން މިހާތަނަށް 11 އަލްބަމް ނެރެފައިވާ އިރު، އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ "ދަ ގޭޓްވޭ" އެވެ.
ބޭންޑްގެ ފުރަތަމަ އަލްބަމަކީ 1984 ގެ "ދަ ރެޑް ހޮޓް ޗިލީ ޕެޕާޒް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގުޑި
05 May 2021
80 ގެ ފަހުކޮޅު އަދި 90 ގެ ކުރީކޮޅު މިވަރެއްްނެތް. އޭރުގެ ހަދާންތަކާއެކު އުޅެވުނު ގޮތް ހިތަށްއަރާފަ ދެރަވޭ. މިޔުޒިކް ، ސެކްސް އެންޑް ޑްރަގްސް .... ގިނަ ރަށްޓެހިންނަށް ސަލާމަތެއް ނުވެވުނު. ސުއިސައިޑް ، އޯވަރ ޑޮޒް ދެންތިބި މީހުން އަދިވެސް ސަލާމަތް ނުވެވިގެން އެބައުޅޭ.
އަހަންމަދާ
05 May 2021
އެއީ އޭރުއެންމެ މަޖާ ކަންތައްތައް. މަ މިހާރު އެކަމުން ސަލާމަތް ވެގެން 5 ވަގުތު ނަމާދު ކޮށް ގިނައިން ގުރުއާން ކިޔަވާލައިގެން މިއުޅެނީ. އަސްލު އޭރު އެ ލިބުން ޝަހުވަތްތެރި މަސްތީ އަރާމަށް ވުރެ މިހާރު ލިބޭ ހިތް ހަމަ ޖެހުން ބޮޑު. އަދި ކަންކަމުގައި ހާސްވެގެން އުޅޭކަށް ނުޖެހޭ.