އަބްދުﷲ ކަމާލުއްދީން: އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅައިފި--
11 ޖުލައި 2021 - 14:03
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގައި އެންމެ ފަހުން ހުންނެވި އަބްދުﷲ ކަމާލުއްދީން އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދާއިރު، އޭނާ އަކީ މީގެ ކުރިން ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވި ބޭފުޅެކެވެ. އޭނާ 2012 ގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު، ވަކި ހިސާބަކުން އެ ޕާޓީން ވަކިވެވަޑަިއގަތީ ގައުމުގައި ހައްލު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވިދާޅުވެ އެވެ.
އަބްދުﷲ ކަމާލުއްދީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް ހުރި ކަމަށެވެ.
އެ މައްސަލަތައް ހައްލު ކުރުމަށް އޭނާއާ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ނުވަތަ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.
"..މާތްވެގެންވާ އިސްލާމް ދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް، އާ އަޒުމެއްގައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކެން،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ވެސް ހަމަކުރައްވައިފަ އެވެ.
ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ ހިންގާއިރު އެންމެ ފަހުން ރަޖިސްޓަރީ ކުރީ މައުމޫންގެ އެމްއާރުއެމް އެވެ. އެއީ ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
12 July 2021
ސިޔާސީ ކަންކަމުގަ އޭކޭ ކުޑަކޮށް ފަހަތުގަ އުޅުއްވިޔަސް، އޭކޭ އަކީ އިޚްލާސްތެރި ބޭފުޅެއްކަމަށް ގަބޫލްކުރަން. މިހާރު ސިޔާސީ ދާއިރާޔަށް ބޭނުންވަނީ އިޚްލާސްތެރިބައެއް.
މަރުތަބާން
11 July 2021
ރާއްޖޭގެ އަމިއްލަ ހާލައިގެން އުޅެވޭ އެއްވެސް ސިޔާސީ ޕާޓީ އެއްނެތް. ކޮންމެ ބަޔަކުވެސް އުޅެނީ އަނެއްބައެއްގެ ތައްޕާހުން. ކޯލިޝަނަކީ ރިޔާސީ ނިޒާމު ދަންނަ ކަމެއް ނޫން. އެކަމަކު ކޯލިޝަން ނަހަދާ އެއްވެސް ޕާޓީއަކަށް ވެރިކަމެއް އަދި ނުލިބޭ. އެހެންވީމަ "ހިހޫތަނުން ކާން" ތިޔަކަހަލަ ކިތަންމެ ޕާޓީއެއް ކުރިމަގުގަ އުފެދޭނެ.
ޗޮސްބެ
12 July 2021
އެހެން އެވަނީ ރައްޔިތުންގެ ދޯހަޅިކަމުން. ރިޔާސީ އިންތިޚާބެއްގަ އެކަކަށް ކާމިޔާބުވާވަރުގެ އަގުލަބިއްޔަތެއް ދޭން ނޭގެނީ ދިވެހިންގެ ދޯހަޅިކަމުން.
ޗޯޓޭ ސަރުކާރު
11 July 2021
ކަމާލުއްދީން އަކީ މިސްކިތު ވަކަރަށް ވެފަ މިހާރު ހުރި މީހެއް. ޖޭޕީން ވަކިވީ އެޕާރޓީ ގެ ލީޑަރޝިފް ގެ އެންމެ އިސް 4 މަގާމުގެ ތެރެއިން މަގާމަކަށް ނުހޮވި ފެއިލްވީމަ. ނަތީޖާ އިއުލާންކުރި ޖަލްސާގައި އިނދެފައި ޖަލްސާ ނުނިމެނީސް އެތަނުން ނުކުމެ ޕާޓީން ވަކިވީ. ތި ކަމާލުއްދީން އަކީ ރާއްޖޭގެ ފުރަތަމަ ލޭބާ މިނިސްޓަރަކަށް އަދި އެމްޕީއޭ ގެ އެމްޑީ އަކަށް ހުރެ ގޮތެއް ފޮތެއް ނުބަލާ ބަންގާޅު މީހުން ރާއްޖެ އަށް އެތެރެކުރުމުގެ މޭސްތިރި.
ހިތަދޫ ހުސެން
11 July 2021
ބަރުލަމާނީ އަކަށް ތައްޔާރުވަނީ ދެން އޮންނާނީ މަޖިލިސް ގޮނޑި އަގު ހުންނާނެ. މިގައުމު ދެން އަތެއް ނުވާނެ!
ކޭކޭއޭކޭ
11 July 2021
ބައްލަވާ މަނިކުފާނު މޮޔަފުޅުވީތޯ
އެމެރިކާ
11 July 2021
ޖޭޕީ އަކީ ވިޔަފާރި ކުންފުންޏެ
ޓަކިބެ
11 July 2021
ކޮން ނަމެއްތަ ޕާޓީއަށް ކިޔަނީ؟ އޭ.ކޭ ޕާޓީތަ؟
ޛޯނިއަހުމަދު
11 July 2021
ކޮބާތޯ 10 ސިޔާސީ ޕާރޓީއަކީ.. ކަމެތް ނުކޮއް އޮންނަ ޕާރޓީތައް އުވައެއް ނުލާތަ؟ ޢޯކޭ.. ދެން ކާކުތަ ނަން ނޭނގޭ ޕާރޓީތަކުގަ ތިބީ؟ ބޯ ހަމވޭތަ؟
ސިކުނޑި
11 July 2021
ބަރުލަމާނީއަކަށް ތައްޔާރުވަނީ!؟
ހިރިހިތިލީބެއްޔާގެ މާމަ
11 July 2021
"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ހަދައިގެން ގައުމު އެއްބައިވުމަށްވުރެ ދެބައިވުން އިތުރުހެން މަށަށް ހީވަނީ ވާނީ.