ޚަބަރު / ހިއުމަން ރައިޓްސް ކޮމިޝަން

އެޗްއާރުސީއެމްގެ މެމްބަރަކަށް އާ ބޭފުޅަކު އައްޔަކުރަން މަޖިލީހުން ރުހުން ދީފި

އެޗްއާރުސީއެމްގެ އާ މެމްބަރަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިން ސަމާއު.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އާ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބު، އެޗްއާރުސީއެމްގެ މެމްބަރަކަށް އައްޔަން ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދިނީ ވޯޓުގައި ބައިވެރިވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ މެމްމަބަރަކަށް ވާން ޝައުގުވެރިވާ މީހުން ހޯދަން އިއުލާނު ކުރުމުން، ކުރިމަތިލީ މީހުންގެ ތެރެއިން 14 ނަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. އެ ނަންތައް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރުމަށް ފަހު، ފާސްކުރީ އެޗްއާރުސީއެމްގެ މެމްބަރަކަށް ސަމާއު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވުމަށެވެ.

ސަމާއު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިފަ އެވެ. އަދި މެލްބަން ލޯ ސުކޫލުން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ކިޔަވައި ވިދާޅުވި އެވެ.

ސަމާއު، އެޓާނީ ޖެނެރަލް އޮފީހާ ގުޅިވަޑައިގެންނެވީ މެއި 6، 2015 ގަ އެވެ. ސިވިލް ލިޓިގޭޝަނާއި ގާނޫނީ ލަފާ ދެއްވުމާއި ގާނޫނު ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް އެ އޮފީހުގައި އޭނާ ކުރެއްވި އެވެ.

ސަމާއު، މިހާރު މަސައްކަތް ކުރައްވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގަ އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން މި ފަހަރު ހުޅުވައިލީ އެ މަގާމުގައި ކުރިން ހުންނެވި ނައިވީން އަބްދުﷲ ގެ ދައުރު ހަމަވުމުންނެވެ.

10 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބަރެއްނުވެ

15 September 2021

ސަރުކާރުގެ މިނިސްޓްރީ އަކަށް ހިދްމަތަކަށް އެދި ފޯމެއްލުމުން ހަބަރެއްނުވެ އެތަކެއް ހަފްތާތަކެއް ދުއްވާލާ، ގުޅީމަ އެކަކު އަނެކަކުގެ ނަންބަރުދީފަ، ހަބަރެއްނުވެ ދަންޖާ ކިހިނެއްތަ ހަދަންޖެހެނީ މިގައުމުގަ؟އިގޭ ކުއްޖަކު ބުނެލަދީބަލަ.

The name is already taken The name is available. Register?

ރުޒާ ވެލްޓަ

14 September 2021

އެ ކީއްކުޜާ ތަނެއްތަ

The name is already taken The name is available. Register?

ކޯޑިނޭޓަރ

14 September 2021

މިނިވަން މުއައްސަސާ ތަކުގެ މެމްބަރުންނަށް މަޖްލިސް މެމްބަރުންނާއި އަދި ސިޔަސީ ފަރާތްތަލުގެ ޢާއިލާ މީހުން ވީމް ، މިނިވަން ވާނެ ވަރު ވިސްނާ..

The name is already taken The name is available. Register?

ީިިޖޖުހހނ

14 September 2021

ވަރަށް ޒީލަގަދަ މިހެއްގެ ވައްތަރު ހުރޭ

The name is already taken The name is available. Register?

ށަވިޔަނި

14 September 2021

ހާދަ ރީތި ފޮޓޯއެއް.

The name is already taken The name is available. Register?

ޙެހެ.

14 September 2021

ފޮޓޯތަ ނޫނީ ކުއްޖާތަ؟

The name is already taken The name is available. Register?

ރަދީފްްއޮފިޝިއަލްް

14 September 2021

އަނެއްކާ އަނެއްތަނަކަށް އަންހެނެއް ލައިގެން ދެ މުއައްސަސާ ދެމެދު މައްސަލަ ޖެހި ތުން ދަމައިން ތިބީމަ މިކަމެއް ނުވާނެ

The name is already taken The name is available. Register?

1828

14 September 2021

ހިއުމަން ރައިޓްސް ކޮމިޝަނުން މިނިވަން ރައްޔިތުންނަށް އިންސާފް ހޯދައިދޭން މަސައްކަތް ކުރުމުގެ ބަދަލުގައި އަބަދުހެން ފެންނަނީ ބަންދުކޮށްފައިވާ މީހެއްގެ ހައްޤުތަށް ކަށަވަރު ނުކުރެވިގެން އުޅޭ މަންޒަރު. އެއީވެސް ކުރަން ޖެހޭކަމެއް. އެކަމަކު ފުރަތަމަ ބަލައި ޔަޤީން ކުރަންވާނީ މިނިވަން ރައްޔިތުންގެ ހައްޤު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 September 2021

މަރުޙަބާ. އޮފީހަށް ނިކުމެވަޑައިގެން ކުރައްވަވާ އެންމެ ފުރަތަމަ މަސައްކަތަކީ "ދައުލަތުގެ ހައުސިންގ ސްކީމުން ވައްކަން ކުރުން ހުއްޓުވުމަށާއި، ނާޖާއިޖު ފައިދާ ނެގުން މަނާކުރަން" އެފަދަ ސްކީމް ތަކަށް އެދި ހުށަހަޅާ ފޯމަށް ދޮގު މައުލޫމާތު ދިނުމާއި އެފަދަ ކަމަކަށް އެހީތެރިވުމަކީ 1 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށެއްކަމަށް ޤާނޫނު ހަދާން ސަރުކާރަށާއި މަޖިލީހަށް ލަފާދެއްވުން ކަމަށް ހައްދަވާ. މިއީ ދިވެހިންނަށް ޙައްޤުގެއްލޭ އެންމެބޮޑު އެއް މައްސަލަ.

The name is already taken The name is available. Register?

ބައި

15 September 2021

ކަލެޔަށް ތީގެ މަގާމެއް ލިބޭތޯ ބުނަންވެއްޖެއެއްނުން. ދުނިޔޭގައި ލެއްވިހައި ކަމެއްގެ ޕްރޮފެސަރަކަށް ނުހުރެ. ވާހަކަ ދައްކާއިރު ހީވަނީ މިދެން މާމޮޅުމީހެއް ހެން. އެކަމަކު ވަޒީފާގަނޑެއްހައިވަރުވެސް އަދާކޮށްލާނެ ފެންވަރެއް ނުހުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454