ރައީސް ޔާމީން (ވ) އެމަނިކުފާނުގެ ފެކްޝަންގެ ބޭފުޅުންނާ ބޭއްވި ބައްދަލުވުމަކަށްފަހު ދަރުބާރުގެއިން ނިކުމެވަޑައިގަންނަވަނީ: އިންތިހާބު ފަސްކުރަން ހުށަހެޅީ ރައީސް ޔާމީންގެ ފެކްޝަނުން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
04 ޑިސެމްބަރ 2016 - 10:49
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަކީ ރައްޔިތުންގެ އިންތިހާބީ ހައްގުތަކަށް ލިބޭ ބޮޑު އުނިކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބު ފަސްކޮށްފި ނަމަ ގާނޫނުގައި ބުނާ މުއްދަތުގައި އެއްވެސް އިންތިހާބެއް ބާއްވަން ލާޒިމް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޯޓުގައި ބުނެފައިވަނިކޮށް، އެ އިންތިހާބު އިތުރު ދެ މަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އަމުރު ނެރެފަ އެވެ. އެ އަމުރު ނެރުނީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީއަށް އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިހާބު ފަސްކުރަން ޕީޕީއެމްގެ މުޝްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކޯޓުގައި އެދުމުންނެވެ.
އެކަމާ ގުޅޭގޮތުން މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވުމަކީ ގާނޫނުގެ ވެރިކަން ހިންގުމަށް އޮތް ހުރަހެއް ކަމަށް އެ ޕާޓީގެ މެމްބަރުން ދެކޭ ކަމަށެވެ. ނަމަވެސް އިންތިހާބު ފަސްކުރަން ކޯޓަށް ހުށަހެޅި ފަރާތުން ދައްކާފައިވަނީ އެއްވެސް ބުރަދަނެއްހުރި ވާހަކަތަކެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
މި މައްސަލައިގެ ތެރެއަށް މައުމޫނާއި އަދާލަތު ޕާޓީ އަދި އެމްޑީޕީން ވެސް ތަދައްހުލްވި އެވެ. މި ޕާޓީތަކުން ވެސް ވަކާލާތުކޮށްފައި ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށެވެ.
"ޕީއެމްގެ ނަމުގައި ދައުވާ ހުށަހެޅި ނަމަވެސް، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތީން ޕާޓީގެ އެންމެ އިސްފަރާތް ކަމުގައިވާ ޕާޓީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ޝަރީއަތުގައި ވިދާޅުވެފައިވަނީ އެ ޕާޓީން އިންތިހާބު ފަސްކުރުމަށް ބޭނުންނުވާ ކަމުގައެވެ. އަދި ޕީޕީއެމްގެ ނަމުގައި ހުށަހެޅި އެ މައްސަލަ އަށް ތަދައްހުލްވި އެންމެހާ ފަރާތްތަކުން ވެސް ވަނީ އިންތިހާބު ފަސްކުރުމަށް ތާއީދު ނުކުރާ ކަމުގައި ޝަރީއަތުގައި ހާމަކޮށްފަ އެވެ،" މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
މައުމޫން ވިދާޅުވީ އިންތިހާބު ފަސްކުރަންޖެހޭ ސަބަބެއް ނެތްކަމަށް އީސީން ވެސް ބުނެފައިވާއިރު އެ އިންތިހާބު ފަސްކޮށްފައިވަނީ މަދުބައެއްގެ މަސްލަހަތު އިސްކޮށްގެންނެވެ. އަދި އޭގެ ސަބަބުން އަލުން ރީރެޖިސްޓާ ކުރަންޖެހުމާއި އެހެނިހެން ހަރަދުތައް ކުރަންޖެހުމަކީ، ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަަލާއިރު ރައްޔިތުންނަށް އުފުލަންޖެހޭ ބޮޑު ތަކުލީފެއް ކަމަށް ބަޔާނުގައި ވިދާޅުވި އެވެ.
އެ މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ ހުކުމް އިއްވަވަމުން ވިދާޅުވީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ވާއިރު އެ ޕާޓީއަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލިފައިވާ ކަމަށެވެ. އެ ޕާޓީއަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ގާޒީ އަލީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންކަލޯ
05 December 2016
އަނގަމަޑުން ލައިގެން ނުހުރެވޭ ސޮރެއް!
އެމްވީވޮޗް
04 December 2016
ހުރިހާ ގާޒީންނަށް އެންމެ ފަހުން ދިން ހުކުރު ހުތުބާ އަޑު އިއްވާލަދިނުން އެދެން.
ސަބުރާ ( ދޮންބެ)
04 December 2016
" އަތް އުރާލައިގެން ތިބެގެން ހާލަތު ބަދަލު ނުކުރެވޭނެ " މީ ޔަގީންކަމެއް. ކަމެއްވާއިރަށް އެންމެ ހަރުއަޑުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމޭ ބުންޏަސް އެއީ މާކުރީ ޒަމާނު ބޭނުންކުރި ބަހެއް. މިހާރު ޖެހޭނީ ބަހާއި އެއްވަރަށް ޢަމަލުން އެކަމެއްދައްކަން. ޤައުމު މިދަނީ ނުރައްކާތެރި ދިމާލަކަށް ދަތުރުކުރަމުން. ސިޔާސީ ލީޑަރުން ތިބެނީ އަތްޖަހާލަ ޖަހާލާ ލިބޭ ފައިދާއަކާއި، މަންފާއެއްގެ ބޮޑުކަމުން ރައްޔިތުން މިދަނީ ހަނާވަމުން.
ސައިޚް
04 December 2016
ސަރުކާރުހިންގާ ޕާރޓީ ބޭނުންގޮތެއްހަދާނެ، ތިންބާރު މިއޮތީ ވަކިންނޯ.
ދޯނި
04 December 2016
މައުމޫން! ޙައްޤުތަކުގެ ވާހަކަ ނުދައްކަވާ. މަނިކުފާނުގެ 30 އަހަރުގައި ދިވެހިން އުޅެންޖެހުނީ ކުޑަކާފު ޖަހައިގެން ނޫންތޯ؟ އޭރު ކޮބާތޯ ހައްްޤުތަކަކީ؟ ހަމަ ރޯމާ ދުވާލު އިންތިޚާބު ފޭރިގަތީ ނޫންތޯ؟ މިއަދު ހަމަ ތިބޭފުޅާގެ ކޮއްކޯފުޅު އެ ހިންގަވަނީ އެމަގުން ދެވޭތޯ ނޫންތޯ؟ ބަލަ ކުޑަ ސޯބް އެބުރޭނީ ބޮޑު ސޯބް އެބުރޭ ގޮތަށޭ މުސްކުޅިން ބުނެއެއް ނޫންތޯ؟ ދެންވެސް މުސްކުޅި އުމުރުގައި ބަޔަކުގެ ހައްޤަށް އެރިފައިވާނަމަ ހިތް ޚަލާސް ލިބޭތޯ ބައްލަވާ! ވަރަށް ސަލާމް
އުދުހޭ
04 December 2016
ރިޔާސީ އިންތިހާބު ފަސްކުރުމަށްޓަކާ ދައްކާނެ ހުއްޖަތެއްގެގޮތުގައި އެހެން އިންތިހާބުތަށްވެސް ފަސްކުރެވިފައިވާކަން ދެއްކުމަށް ކުރެވޭ މަސައްކަތެއްކަމަށް ދެކެން! ރިޝްވަތުދޭ މީހާއައީ ރިޝްވަތުގައި ހިފާ މީހާއަށް ތެދުމަގު ދައްކަވާންދޭވެ ނުވަތަ ގަދަފަދަ އަޒާބަކުން އެބައިމީހުން ނެތިކުރައްވާންދޭވެ! އާމީން.
މަރީ
04 December 2016
މިސަރުކާރަކީ އެތައް ބައެއްގެ ހައްގު ނިގުޅައިގަނެގެން ވެރިކަމަށް އައިސް ވެރިކަން ދަމަހައްޓާ ސަރުކާރެއް. އެހެންވީމަ މިމީހުންގެ އަމަލުވެސް ހުންނާނީ ހަމަ އެހެން. އެއެއްގޮތަކަށްވެސް އާކަމެއް ނޫން.
މެންޓަލިސްޓް
04 December 2016
ރައީސްމައުމޫންއަށް ވަރަށް ވެދުން ، ދަންނަވަންތޯ ވާހަކައެއް ، އިންތިޙާބެއް އަލަކަށްނޫން ގާނޫންތަކާއި ޙިލާފަށް ލަސްވެގެން މިއުޅެނީކީ ، މިސާލަކަށް 2009 ވަނައަހަރުގެ ޕާލިމެންޓްރީ އިލެކްޝަންސް ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބް ، އޭރުރައްޔަތުންގެ ހައްގުތަށް ގެއްލިގެން ދިއައިރު ރައީސްމައުމޫން ހަނުހުރެއްވީ ކީއްވެތޯ ؟؟ އޭރުހައްގުތަށް ނުގެއްލޭތޯ ؟؟ ވީމާ ހައްގުތަކުގެ ވާހަކަ މަނިކުފާނު ނުދެއްކެވީއާ ރަގަޅުވާނީ ،، މަކިނުފާނުގެ ދިގު 30 އަހަރު ޖަލުތަކުގައި ތިބީ ރާމާމަކުނު ނޫނީ ބުޅާމީދާ ފަދަތެކެތިތޯ ؟ އެހެންވެތޯ ހައްގުތަށްނުގެއްލޭކަމަށް ތިޔަދެކިވަޑައިގަންނަވަނީ ؟؟ ވީމާ ކުޑާކޮށް ވިސްނާލައިގެން މަނިކުފާނުވެސް ވާހަކަފުޅުދައްކެވުން އެދެން ،،، ވަރަށްވެދުން
ބުއްދި
04 December 2016
ގާނޫނުގައި ކަންކުރަންވީ ގޮތް އޮށްވައި އެގޮތާޚިލާފަށް ކޯޓުން ހުކުމް ކުރުމަކީ ކޯޓުން ގާނޫނާ ޚިލާފް ވީކަމަށް ބެލެވޭނެ.
އަރަގުވަނީ
04 December 2016
ލޯކަލް ކައުންސިލު އންތިޚާބު ފަސް ކުރުމަކީ އެެއީ އެއްގޮތަކަށް ވެސް ހައްގަށް ލިބޭނެ އުނި ކަމެއް ނޫނެވެ. އެއީ ބަރާބަރު ކަމެކެވެ. އެކަން ހަމަ ކުރަންވީ އެވެ. އަދި ރިޔާސީ އިންތިޚާބު ވެސް ދެން އަންނަ މަޖްލީސް އިންތިޚާބު ވެސް ރާއްޖޭގެ ބަޖެޓް އަރަނި ކުރުމަށް ޓަކައި އަދި 10 އަހަރު ދުވަހަށް ކޯޓް އަމުރަކުން ފަސް ކޮށްފިނަމަ އެގޮތަށް އެންމެން ތަބާވާ ހުށިކަމެވެ. ތަމެން ރަންރީނދުލޭ މެން ބުނާ ގޮތަށް ހަދަން ނޫޅެގަ. އެމެން މިހާރު ދަރަނިވެރިވެ އެމެން މަހަށް ދާން ގެންގުޅުނު ކަޅު ލިބާސްލާ ބޮޑު ކެޔޮޅު ދުއްވާ އޮޑި ވެސް އެހެލާ ވަނީ އިސްތިއުފާ ދީފައި ނޫންތޭ. ދެން އެމެން މަހަށް ދާނެ އޮޑިއެއް ނެތިގެން ރަންރީނދުލޭ މެން މިހާރު ދަނީ ފަރަށް ބޮލި ހިލަން. ކިހިނެއް އެކަން އެގޮތަށް ކުރާނީ ދޯ. ތަމެން ތިޔާ ދަނީ ސިޔާސީ ކަނޑަށް އަރަގުވެގެން ނޭ މަމެން ނުބުނާނަން އިނގޭ.