ޚަބަރު / ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގައި މީރާއިން އަމަލުކުރި ގޮތަކުން "ހައިރާންކަން"

މިއަދު ސުޕްރީމް ކޯޓުގައި އޮތް އޮންލައިން އަޑުއެހުމުގެ ތެރެއިން: އެ އަޑުއެހުމަށް މީރާއިން ވަކީލަކާ ނުލައި ވަޑައިގަތުމުން އުއްތަމަފަނޑިޔާރު ހައިރާންވެވަޑައިގެންނެވި --

ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމަކަށް މީރާގެ ފަރާތުން ވަޑައިގަންނަވަން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ވަކި ބޭފުޅުންތަކެއް އައްޔަން ކުރައްވާފައި ވަނިކޮށް، ބައެއް ބޭފުޅުންނަށް ވަޑައިނުގެނެވޭނެ ކަމަށް ފަހު ވަގުތު އީމެއިލަކުން އަންގައި، ވަކީލަކާ ނުލައި މީރާއިން ކޯޓަށް ހާޒިރުވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެގޮތަށް އަމަލު ނުކުރުމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެދިވަޑައިގެންފި އެވެ.

މީރާއިން ލަނޑާގިރާވަރާއި އެޗްޕީއެލް ރިޒޯޓްސްއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ޓެކްސް މައްސަލާގައި މިއަދު އޮތް އޮންލައިން އަޑުއެހުމަށް މީރާގެ ފަރާތުން ވަކީލަކު ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. މީރާއިން ހާޒިރުވީ ބަދަލުގައި ހަމަޖެއްސި ފަރާތެއް ކަމަށްވާ އައިމިނަތު ނައިފާ އާއި މީރާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ މުއާޒް އެކަންޏެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު، އުއްތަމަފަނޑިޔާރު ފާހަގަކުރެއްވީ، މައްސަލައަށް ހާޒިރުވާނެ ފަރާތްތައް ކޯޓަށް އަންގަވައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ދެ ސިޓީއެއް މިދިޔަ މަހު ސުޕްރީމް ކޯޓަށް ފޮނުއްވާފައިވާ ކަމެވެ. އޭގެ ތެރެއިން އެންމެ ފަހުން ފޮނުއްވި ސިޓީގައި އެންގެވީ ހަތަރު ބޭފުޅަކު ހަމަޖެއްސި ކަމެވެ. ކޯޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެއްސި ބޭފުޅުންގެ ތެރޭގައި ލީގަލް ކޮންސަލްޓެންޓަކު ވެސް ހިމޭނެކަން ފާހަގަކުރެއްވި އެވެ.

އެ ސިޓީތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި ވަނިކޮށް، މިއަދުގެ އަޑުއެހުމުގެ ކުރިން ހެނދުނު އީމެއިލެއް ފޮނުވައި ހަތަރު ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުންނަށް ވަޑައިނުގަނެވޭނެކަން މީރާއިން އަންގާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މީރާއިން އަމަލުކުރި ގޮތަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ޝަރީއަތް ހިންގޭނެ ގޮތެއް ނޫން ކަމަށެވެ. ކޮމިޝަނާ ޖެނެރަލް ވަކި ބޭފުޅަކު އައްޔަންކުރައްވާފައި ވަނިކޮށް ފަހު ވަގުތު އީމެއިލެއް ފޮނުވައިގެން އެކަން ބަދަލެއް ނުކުރެއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މީރާއިން ވަރަށް ހަނދުމަފުޅު ބަހައްޓަން ޖެހޭނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ބަހައްޓަނީ ވަކި އުސޫލަކުން. މިގޮތުން މީރާގެ އިސްކޮށް ހުންނަވާ ކޮމިޝަނާ ޖެނެރަލް ވަކި ބޭފުޅުންނެއް އައްޔަން ކުރައްވާފައި އޮއްވައި ފަހުން އީމެއިލަކުން މިކޮޅަށް އަންގަވައިގެން، މީއްޗެއްސަކީ އެގޮތަށް ބަދަލުކުރެވޭނެ އެއްޗެއްސެއް ނޫން. ތިބޭފުޅުންނަށް ވެސް އެކަން ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"މިގޮތަކަށް އީމެއިލެއް ފޮނުއްވާލައްވާފައި މީރާ ކަހަލަ ޒިންމާދާރު އޮތޯރިޓީއަކުން، ގާނޫނަކުން އުފެދިފައި އޮންނަ އޮތޯރިޓީއަކުން އަމަލުކުރެއްވީމާ ތަންކޮޅެއް ހައިރާންކަމެއް އެބަ އާދޭ. މިގޮތަށް މިކަން ނުކުރެއްވުމަށް އަޅުގަނޑު ދަންވަން،" އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

މީރާ އަކީ އަމިއްލައަށް ދައުވާ ކުރުމާއި ދައުވާ ލިބުމުގެ ބާރު އޮތް އޮތޯރިޓިއަކަށް ވާއިރު ސުޕްރީމް ކޯޓުގެ މައްސަލައަކަށް އަންނަ އިރު މީރާގެ ވަކީލަކު ނެތޭ ބުނުމަކީ، އަދި ވަކީލަކު ނޫން މީހަކު އައުމަކީ ވެސް ވަރަށް ހައިރާންވާ ވަރުގެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ފޮނުއްވާއިރު މީރާގެ ވަކީލަކު ނެތޭ، ނުވަތަ ވަކީލަކު ނެތިގެން ވަކީލަކު ނޫން މީހަކު އައުން އެއީ ވަރަށް ހައިރާން ކުރަނިވި ކަމެއް: އުއްތަމަފަނޑިޔާރު

"މީރާއަކީ އެތައް ބިލިއަން ރުފިޔާއެއްގެ ޓެކްސް ނެގުމުގެ ނިޒާމު ވަކި އުސޫލަކުން ގާނޫނަކުން ހަމަޖެހިގެން ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި މިކަހަލަ ކަންތައްތަކާ އެއްގޮތަށް އުފެދިފައި އޮތް އޮތޯރިޓީއެއް. އެހެންވީމަ މިކަމަށް ސަމާލުކަން ދެއްވަން ޖެހޭނެ. އަދި ސުޕްރީމް ކޯޓަށް ފޮނުއްވާއިރު މީރާގެ ވަކީލަކު ނެތޭ، ނުވަތަ ވަކީލަކު ނެތިގެން ވަކީލަކު ނޫން މީހަކު އައުން އެއީ ވަރަށް ހައިރާން ކުރަނިވި ކަމެއް،" އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

"ބޮޑެތި މައްސަލަތަކުގައި ގާނޫނީ ވާހަކަތައް ދެއްކުމަށް ހާޒިރުވާން ޖެހޭނީ އެކަމުގެ ސަނަދާއި ގާބިލިއްޔަތު ހުރި އަދި އެތަނެއްގެ ހުއްދަ ލިބިފައިވާ ވަކީލެއް ލީގަލް ވާހަކަތައް ދައްކަވަން."

ޓެކްނިކަލް ވާހަކަތައް ދައްކަވަން އެހެން ބޭފުޅުން ގެނަޔަސް، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކުރިން ލީގަލް ކޮންސަލްޓެންޓަކު ހަމަޖެއްސިކަން ކޯޓަށް އަންގަވާފައިވާއިރު، ގާނޫނީ ވާހަކަތައް ދައްކަވަން ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އެ ބޭފުޅާ ކަމަށް ވެސް ވިދާޅުވި އެވެ.

މީރާގެ ފަރާތުން ބަދަލުގައި އައި ނައިފާ ވަނީ އީމެއިލްގެ ޒަރީއާއިން އެ މައުލޫމާތު ފޮނުވީތީ މާފަށް އެދިވަޑައިގެންފަ އެވެ. އީމެއިލްއެއް ފޮނުވީ އެގޮތަށް އަމަލު ކުރިޔަސް އެންމެ ރަނގަޅު ކަމަށް ކޯޓުން ބުނުމުން ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެހެން ނޫން ނަމަ ކޮމިޝަނާ ޖެނެރަލްގެ ސިޓީއަކުން ވެސް އެކަން އެންގުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެން ވިދާޅުވިޔަސް، ހުރިހާ ކަމެއް ހަމައެއް ނުޖެހޭ ކަމަށް ވިދާޅުވެ، ކުރިން ދެއްކެވި ވާހަކަތައް އުއްތަމަފަނޑިޔާރު ތަކުރާރު ކުރެއްވި އެވެ.

އީމެއިލުން އެދުނު ގޮތަށް މިއަދުގެ އަޑުއެހުން ކުރިއަށްގެންދެވޭނެ ކަމަށް އެ މަނިކުފާނަށް ފެނިވަޑައިނުގަތުމުން ނިންމެވީ މިއަދުގެ އަޑުއެހުން ކުރުކޮށްލާށެވެ. ދެން އޮންނަ އަޑުއެހުމަކަށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ވަކީލަކާއެކު ވަޑައިގަތުމަށް ވެސް އެންގެވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަން މީރާ އަކީ އެތައް ބިލިއަން ރުފިޔާއެއްގެ ޓެކްސް ރެވެނިއުއެއް ނަގާ ތަނަކަށް ވާތީ މި ގާބިލިއްޔަތު ހުންނާނެ ކަމަށް. އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމުގެ ހުއްދަ އޮންނަ ވަކީލަކު އައްޔަން ކުރެއްވޭނެ ކަމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

43 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 13%
icon angry icon angry 17%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހހދެދެގ

15 October 2021

ކޮންމެ ގޮތެއްވިޔަސް އުއްތަމަ ފަނޑިޔާރުގެ ނިންމުން ބަރާބަރު. ހަސްމުން ތަމްސީލު ކުރާ ބަޔަކު ނިންމާނީ އެމީހުން ކަމަށްވިޔަސް، ކޯޓުން ކުރިމަތި ކުރުވާ ސުވާލުތަކަށް ރަނގަޅަށް ޖަވާބުދީ ދިފާއުވާނެ ފަރާތެއް ހަމަޖައްސައިގެން ދެފަރާތުން މައްސަލައާގެން ކުރިއަށްދާކަން ކަށަވަރު ކުރާކަމީ އުފާކުރާ ކަމެއް. މީރާ އަކީ ދިވެހި އެންމެ ހާ ރައްޔިތުންގެ ހައްގާ ގުޅިފަވާ މުއައްސަސާއެއް. މީރާ މިހާ ދޯދިޔާވީމަ ހަމަ ހައިރާންވޭ އަސްލަށްވެސް. މިހާރުގެ ސުޕްރީމް ކޯޓުގެ ބެންޗް ބެސޓް

The name is already taken The name is available. Register?

މީރާގެ

15 October 2021

ސެޓުފިކެޓަށް ބަލައި މީހާއާއި އެކަށީގެންނުވާ ވަޒީފާ ދިނީމަ މިކަހަލަ ކަންތައްތައް ދިމާވާނެ. އެހެން ގައުމުތަކުގައި އެފަދަ މަގާމުތަކައް އާދެވެނީ ވަރަށް ގިނަދުވަހުގެ ތަޖުރިބާއާއިއެކު. މިހާރު ތަޖުރިބާ ހޯދަން މިޖެހެނީ ވަޒީފާގަ ހުރެގެން

The name is already taken The name is available. Register?

ބަކޭ

15 October 2021

ކޯޓްގެ ޝަކުވާއަކީ ލޯޔަރަކު ނުލާދިއުމުން މިކަމަށް ދޭ ސަމާލުކަން ކުޑަވުން .... ފަހުވަގުތު ލިސްޓު ބަދަލު ކުރުމުން މީ ޒިންމާދާރު ކުޑަކަމެއް...

The name is already taken The name is available. Register?

farumas.com

15 October 2021

ގަދަބާރުންމީހުންގެ ފައިސާ ނެގުމަށްފަހު އިއުލާނުކުރާނެ "މީރާގެ އާމްމުދަނީ މިހާތަނަށް މިހާވަރު އިތުރުވެއްޖެއެވެ" ހެހެ، ޒަކާތް ވާޖިބުވާމީހުން ޒަކާތްދަންކަން އޮވެފައި މިފަދަ ޓެކުސްތައް ގަދަބާރުން ނެގިދާނެތޯ؟ ސަރުކާރުހިންގަން، ނުވަތަ ވަކިބައެއްގެ ފައިދާއަށް ނަގާ މިފަދަ ޓެކުހަކީ ދީނީގޮތުން ބަލާއިރު ނެގިދާނެ އެއްޗެއްތޯ؟ ގައުމުގެ ހުރިހާ ވަސީލަތެއް ސަރުކާރު ހިންގާބައެއްގެ އަތްމަތީ އޮންނައިރު ގައުމުގެ ކަންކަން ހަމަޖައްސަން ކީއްވެ ނަގަންޖެހޭ ޓެކުހެއްތޯ؟

The name is already taken The name is available. Register?

ޓުރުތު

15 October 2021

އަލީ މުއާޒް އަކީ މީރާގެ ލާރޖް ބިޒިނަސް އޮޑިޓުގެ ހެޑް. އަނެއްކޮޅުގަ އެތިބީ މުއާޒް އަންހެނުން މަސައްކަތްކުރާ ލޯ ފާރމް. މިއިީ މީރާގެ ފެންވަރަކީ. ކޮންފުލިކްޓް އޮފް އިންޓްރެސްޓް އަކަށް ނުވޭތަ؟ މީރާގެ ހުރިހާ ކެމެއް ފަޅާ އަރަނީ މިހެންވެ.

The name is already taken The name is available. Register?

ފަރީޝާ

15 October 2021

މަ އެންމެ ފޫހިވާ މުއައްސަސާ - މީރާ. ބޮޑަު ދުއްޕާނެއް. މަގޭ ވެރިކަމެއްގަ މީރާ އުވާލާފަ އަހަރުމެން އަތުން ޓެކްސް ނެގުން ހުއްޓާލާނަން.

The name is already taken The name is available. Register?

ނާމްދި ކާނޫ

15 October 2021

ޓެކުސް ފުރީ ކުރުމަށްވުރެން ކަރަޕްޝަން ފުރީ ރާއްޖެ އަކަށް ހަދާފިއްޔާ މާ ރަންގަޅުވާނެ

The name is already taken The name is available. Register?

ހަނަދް

16 October 2021

ޓެކްސް އުވާލީމާ އަނެއްކާވެސް މަހުޖަނުންގެ އުނގަށް ވެއްޓުން ވަރިހަމަދޯ؟ ދެން އެހެނިހެން ޚިދުމަތް ދޭން ފައިސާހޯދާނެ ގޮތެއްވެސް ބުނެލިނަމަ ފުރިހަމަވީސް

The name is already taken The name is available. Register?

ރޯގާ

15 October 2021

މީރާ އެއީ އަންނިގެ ދަރިއެއްނޫންތޯ

The name is already taken The name is available. Register?

ކޮރަލް

14 October 2021

ނަސޭހަތް ދެވިދާނެ އެވެ. މީރާ އާ ދެކޮޅަށް ކުރެވޭނެ ކަމެއް ނެތެވެ.

The name is already taken The name is available. Register?

އިބްރ

14 October 2021

ލަނޑަޔާ ވާނީ ލަނޑަޔާ. މައްސަލަ ދޫކޮށްލީމާ ހަދިޔާއެއް ލިބެނީ ކަންނޭނގެ.

The name is already taken The name is available. Register?

ކެނެޑީ

14 October 2021

މީކީ މައްސަލައެއްނޫން. އެޒަމާނެއްގެ ބަޔަކު އެޒަމާނަކަށް ފިޓުވާނީ. އަހަރެން އަޑުއަހަން ކުރީގަ އުމަރުޒާހިރު މިނިސްޓަރުކަމުގަ ހުންނެވިއިރު އޮފީސްކުއްޖެއް ކައިރި ލިއުމެއް އެހެން އޮފީހަކަށް ފޮނުވަންވެގެން ފެކްސް މެޝިނަށް “ތިޔަ އަސްލު ލިޔުން ނުލައްޗޭ، އޭރުން ތިޔެއްނުހޭ އެކޮޅަށްދާނީ” އެހެން ބުނިވާހަކަ ހެހެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454