ޚިޔާލު / ކޮލަމް ށަވިޔަނި

ކޮލަމް ށަވިޔަނި: ނަމެއްގައި މިނިވަން މުއައްސަސާތަކެއްގެ ބޭނުމެއް ނެތް!

ހިއުމަން ރައިޓްސް ކޮމިޝަންގެ ބައެއް މެމްބަރުން މިދިޔަ އަަހަރު މަގާމުގެ ހުވާ ކުރައްވަނީ: މިނިވަން މުއައްސަސާތަކުގެ ދައުރެއް ނުފެނޭ---ފޮޓޯ: ރައީސް އޮފީސް

އެމީހަކު އިޚްތިޔާރުކުރާ ކޮންމެ ވަޒީފާއެއް އަދާކުރުން ނުވަތަ މަސައްކަތެއް ކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ލިބިދޭ މުހިއްމު ހައްގެކެވެ. "ހަވީރު" ނޫޙުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައި އޮތީ އެމީހުންގެ ކިބައިން އެ ހައްގު ނިގުޅައިގެންފަ އެވެ. އެކަމަކު ހައިރާންވާން ޖެހުނީ ދެ އަހަރު ދުވަސް ވަންދެން "ހަވީރު" ނޫން ތަނެއްގައި މަސައްކަތްކުރުން މަނާކުރި ކޯޓު އަމުރުގެ ބޭއިންސާފުކަމާ މެދު އެކަންޏެއް ނޫނެވެ. އެތައް ބައެއްގެ އަސާސީ ހައްގަކަށް އަރައިގަތީމާ އެކަމާ ބެހޭ ގޮތުން ޗުއްޕު ވެސް ބުނެ ނުލާ އޮތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހިމޭންކަމާ މެދު ވެސް މެ އެވެ.

މިއީ ރާއްޖެ އަށް މިހާރު ވެރިވެފައި އޮތް ކަނު އަނދިރިކަމެއްގެ އެންމެ މިސާލެކެވެ.

ދިވެހިންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުވެފައިވާ މުހިއްމު ހައްގުތަކަކަށް ދައުލަތުގެ ބާރުތަކުން އެބަ އަރައިގަނެ އެވެ. އެކަމަކު އެކަންކަމާ ބަސް ބުނަން ޖެހޭ "މިނިވަން" މުއައްސަސާތައް ކޮބާ ހެއްޔެވެ؟ ނުފޫޒުން އެއްކިބާވެ ރައްޔިތުންނަށް ޚިދުމަތްކުރަން ޖެހޭ ކޮމިޝަންތަކުގެ ދައުރު ކޮބާ ހެއްޔެވެ؟

ހަގީގަތުގައި މިނިވަން ނުވަތަ ގާނޫނުއަސާސީގައި ބުނާ ފަދަ "މުސްތަގިއްލު" މުއައްސަސާތަކެއް މިހާރަކު ނެތެވެ. ވަކިވަކި ގާނޫނުތަކެއްގެ ދަށުން އުފައްދައި ރައްޔިތުންގެ ފައިސާ އިން ބޮޑެތި މުސާރަ އާއި އިނާޔަތްތައް ދީގެން މެމްބަރުން ލައިފައި ތިބި ތަންތަނުން ހިމާޔަތްކުރަނީ ރައްޔިތުންގެ ހައްގުތަކެއް ނޫނެވެ. އެ ތަންތަނުން އިސްކުރަނީ އެހެން މަސްލަހަތެކެވެ. ދައުލަތުގެ އެކި ބާރުތަކުން ކުރާ ކަމަކަށް ފާޑުކިޔުމެއް އަދި އެއިން ކަމެއް އިސްލާހުކުރުމެއް ވެސް ނެތެވެ. ނުވި ތާކަށް ބައެއް މުއައްސަސާތައް މަސައްކަތްކުރަނީ ސީދާ ސަރުކާރުން އަންގާ ގޮތަކަށް ނުވަތަ ސަރުކާރުން ބޭނުންވާ ގޮތަކަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ވީމީޑިއާ

ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އޭގެ ވަރަށް ނަމޫނާ މިސާލެއް ދައްކާފަ އެވެ. ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދިފައިވާ މައްސަލަގަނޑު އެންމެ ހޫނުވި ދަނޑިވަޅުގައި އައި އެންމެ އަޖައިބުކުރުވި ޚަބަރަކީ 2008ގެ އޮޑިޓް ރިޕޯޓެއްގެ މައްސަލައިގައި މައުމޫން އޭސީސީ އަށް ހާޒިރުކުރަން އުޅޭ ވާހަކަ އެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީ ކުއްލިއަކަށް ވިދާޅުވީ އެ މައްސަލަ ކުރިންސުރެ ތަހުގީގުކުރަމުން އައިސް މައުމޫނާ ސުވާލުކުރާ ހިސާބަށް ދިޔައީ އަދި ކިރިޔާ ކަމަށެވެ. މިއީ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކައެއް ހެއްޔެވެ؟ އޭސީސީގެ އެހެން މެމްބަރަކު ލުތުފީގެ ވާހަކަތައް ފަހުން ދޮގު ނުކުރައްވަނީސް ވެސް ކަމުގެ ހަގީގަތް އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. އޭސީސީން މައުމޫނަށް ޕްރެޝަރުކޮށްލީ އެވެ.

ޑިމޮކްރެޓިކް ނިޒާމަށް ކޮންމެހެން މުހިއްމު މައި ތަނބުތަކެއްގެ ގޮތުގައި ނަން ހުސްކޮށް ކޮމިޝަންތައް އުފައްދާފައި ހުއްޓަސް ހަގީގަތުގައި އާއްމުންނަށް ވާ ފައިދާއެއް ނެތެވެ. ހައްގުތައް ނެގެހެއްޓުމުގެ ޒިންމާ އަދާކުރާ ތަނެއް ނުފެނެ އެވެ. އެހެން ފަރާތްތަކުން އެ ހައްގުތަކަށް އަރައިގަތީމާ ރައްޔިތުންގެ ދިފާއުގައި ތެދުވުމެއް އަމުދުން ނެތެވެ.

މިސާލެއް ދައްކާ ނަމަ، އެއްވެ އުޅުމުގެ މިނިވަންކަމެވެ. ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބާއްވަން އުޅޭ ކޮންމެ އެއްވުމަކަށް ފުލުހުން ހުރަސް އަޅަ އެވެ. ދުރާލާ އިންޒާރުތައް ދެ އެވެ. އެކަމަކު ފުލުހުންގެ އަމަލުތަކަށް ފާރަވެރިވާން ޖެހޭ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހައްގުތައް ދިފާއުކޮށްދޭން ޖެހޭ އެޗްއާރުސީއެމުން އެކަމާ އެއްޗެއް ނުބުނަނީ އެއީ ހަމަ ރަނގަޅު ކަމަކަށް ވާތީ ހެއްޔެވެ؟

ފުލުހުންގެ ފަރާތުން ބޮޑެތި މައްސަލަތައް ފެންނަ އިރު ވެސް ހާލަކީ މި އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލުވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގާ މެދު ވެސް އެތައް ބައިވަރު ޝައްކުތަކަކާއި ސުވާލުތައް އުފެދެ އެވެ. އެކަމަކު އެ ހުރިހާ ކަމެއް ވެސް ހުރި ގޮތަށް ހުރީ އެވެ. ފުލުހުންނާ މެދު ކިތަންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނަސް އަދި އެ މީހުންގެ ފަރާތުން ސުލޫކީ އެތައް މައްސަލައެއް ފެނުނަސް އެއިން ކަމެއް ތަހުގީގުކޮށް ފިޔަވަޅެއް އަޅާ ތަނެއް ނުފެނެ އެވެ.

ޝަރުއީ ދާއިރާ އަށް ފާރަވެރިވުން ވެސް އޮތީ ހަމަ އެކަހަލަ ގޮތަކަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މުސްތަގިއްލުކަމާ މެދު އުފެދޭ ސުވާލުތައް ވަކި މަދެއް ނޫނެވެ. ޕާޓީތަކުގެ މެދުގައި ތަފާތުކުރުމާއި ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން އުޅޭ ކަމުގެ ތުހުމަތު އެ ކޮމިޝަނަށް އަމާޒުވަނީ ސަބަބުތަކެއް ހުރެގެންނެވެ. ސިވިލް ސާވިސް ކޮމިޝަނަށް ބެލިޔަސް ފެންނަނީ މުވައްޒަފުންގެ ހައްގުތައް އިސްކުރާ މަންޒަރެއް ނޫނެވެ. މުސާރަ އާއި އިނާޔަތްތަކާ މެދު ސިވިލް ސާވެންޓުން ކުރާ ޝަކުވާތަކަށް ހައްލު ހޯދަން އެ ތަން އޮތީ ތާއަބަދަށް ނުކުޅެދިފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން: ހަވީރު މުވައްޒަފުންގެ މައްޗަށް އައި އަމުރުގެ އިސްތިއުނާފުގައި ތަހައްދުލް ވާނެ. ފޮޓޯ: މިހާރު

ނޫސްވެރިންނާއި ނޫސްވެރިކަމުގެ ހައްގުގައި ތެދުވަން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ބްރޯޑްކާސްޓިން ކޮމިޝަން ވެސް ފަހަތު ފަޔަށް ބުރަވެ އެވެ. ވަކި ކަމަކާ ބެހޭ ގޮތުން ސަރުކާރުން ދެކޭ ގޮތް ބަލަން މަޑުކުރާތަން ފެނެ އެވެ. "ހަވީރު" ގެ ކުރީގެ މުވައްޒަފުންގެ މައްސަލާގައި ވެސް އެ ކޮމިޝަނުން ނުކުތީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ވިސްނުންފުޅު ހާމަކުރެއްވި ފަހުންނެވެ.

އިންސާނީ ހައްގުތަކާ ގުޅިފައިވާ ކަމެއްގައި އެންމެ ފުޅާކޮށް ޒިންމާ އަދާކުރަން ޖެހެނީ އެޗްއާރުސީއެމުންނެވެ. އެ ކޮމިޝަންގެ ދައުރު ވަރަށް ވަރުގަދަވެފައި ހަރަކާތްތެރިވާން ޖެހެ އެވެ. އެކަމަކު އެޗްއާރުސީއެމްގެ ޚަބަރެއް ނުވާތާ ކިތަންމެ ދުވަހެކެވެ. އެ ކޮމިޝަނަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އައްޔަންކުރި މެމްބަރުން އަދިވެސް މީޑިއާގެ ކުރިމައްޗަށް ނާރާ އިރު، އެ ތަނުން ކުރަނީ ކޮން ކަމެއްތޯ ސާފެއް ނުވެ އެވެ.

"ހަވީރު"ގެ ކުރީގެ މުވައްޒަފުންނާ ދެކޮޅަށް އިއްވި ހުކުމާ ގުޅިގެން ދިވެހި ރައްޔިތުންގެ އަސާސީ ހައްގެއް ގެއްލޭތި އެޓާނީ ޖެނެރަލްގެ ފަރާތުން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި އެ ހުކުމުގައި ހުރި ގިނަ މައްސަލަތަކެއް ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވައިފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރައްވަން ވެސް ވަނީ ނިންމަވައިފަ އެވެ. މިއީ ދައުލަތުގެ މުއައްސަސާއެއްގެ ފަރާތުން މި މައްސަލާގައި މިހާތަނަށް ލިބުނު ހަމައެކަނި އެހީތެރިކަމެވެ.

އެކަމަކު އެޓާނީ ޖެނެރަލްއެކޭ އެއް ފަދައިން އެފަދަ ހައްގުތަކުގެ ހިމާޔަތުގައި ފާރަވެރިވެ، ތެދުވަން ޖެހޭ ދައުލަތުގެ މުއައްސަސާތައް ވަނީ އުފައްދައިފަ އެވެ. އެ ކޮމިޝަންތަކުން އެ ތަންތަނުގެ ޒިންމާ އަދާ ނުކުރާކަން ކިތަންމެ ކަމަކުން މި ދަނީ ފެންނަމުންނެވެ. މިއަދު ގެއްލުނީ "ހަވީރު"ގެ ކުރީގެ މުވައްޒަފުން ހައްގެވެ. މާދަމާ އެފަދަ ކަމަކާ ކުރިމަތިލާނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

20 ކޮމެންޓް, 91 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 9%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙޫޜޭ

13 July 2016

ބަލަގަ ބެޔަސް ނުބެޔަސް 10000 އޭ...

The name is already taken The name is available. Register?

މޫސަ

10 July 2016

އިޚްލާޞްތެރިކަމެއްގެ ކަންފުޅެއްވެސް ނެތް، އަމާނާތްތެރި ކަމުގެ ރެވިއޮއްޓަރެެއްހާ މިންވަރެއްވެސް ނެތް، މަކަރާއި ޙީލަތާއި ކަރަޕްޝަނާއި ފަސާދައިން ފުރިގެންވާ ގިނަ މެމްބަރުންތަކެއް މަޖިލީހަށް ހޮވިކަމުގެ ވިހަހިތި ދިވެހިންނަށް މިއޮތީ ތަހައްމަލް ކުރަންޖެހިފައި.

The name is already taken The name is available. Register?

ޚަދުރު

10 July 2016

ޢަހަރުމެން ގެ ވެރި ކަމެއްގަ މިހާރު ތިބި އެއްވެސް ފަނޑިޔާރެއް ނުބަހައްޓާނަން އަމިއްލަ އައް 50 އަހރު ފަނޑިޔާރު ކަމުގަ ތިބެން ނުހަދާތި ބޭރު ކުރަާނަން މުޅި ތަން އޯވަހޯލް ކުރަން ޖެހޭ ފަނޑިޔޜުން ބޭރު ކުރާނަން

The name is already taken The name is available. Register?

ހީމޭން

09 July 2016

ފުލުހުންގެ މުއައްސަސާއަކީ މިހާރު އެއްކޮށް އޯވަހޯލް ކުރަންވެފަ އޮތް ތަނެއް. އިތުބާރެެއް ނެތް..ރައްޔިތުންގެ ހައްގެއް ރައްކާތެރިއެއް ނުކުރެވޭ!

The name is already taken The name is available. Register?

މެެންޓަލިސްޓް

09 July 2016

ރާއްޖޭގެ ގާނޫންއަސާސީއާއި އޮތްގޮތުން ރައްޔަތުންގެ މަޖިިލިސްގެ މެޖޯރިޓީލިބޭ ބަޔަކު މުއައްސަސާތަށް ކޮންޓްރޯލްުކުރާނީ ، އެޕާޓީއެއް ބޭނުންވާބައެއް އެތަންތާތިބޭނީ ، އެހެންވެގެން ބޮޑަށް މުއައްސަސާތަށް މިނިވަންނުވަނީ ، އަސްލުޖެހިގެން އުޅޭމައްސަަލައަކީ އިންސާނުންގެ އިޙްލާސްތެރިކަންނެތީ ، އިޙްލާސްތެރިވާންވީ ﷲ އަށްއޭރުން ގައުަމަށްވެސް އިޙްލާސްތެރިވެފައި ހުރެވޭނީ ، ކޮންމެ ވެރިކަމެށްއަޔަސް ރާއްޖެއިސްލާހްވާނީ ދިރުއުޅޭމީހުން ، މަގާމްތަކުގައި ތިބޭމީހުން ރޮބަޓްތަކަށްނުވެ ހަމައިންސާނުންގެ ގޮތުގައި ތިބެ ހައްގަށް މަސައްކަތްކުރަން ފެށިދުވަހަކުން ، އެކަމްޕާޓީސިސްޓަމްގައި މިތަނުގައި އޮންނަނީ ޕާޓީއަށް ތެދުވެރިވުން ، ރައްޔަތުންނަށް ނޫނީ ގައުމީމަސްއޫލިއްޔަތަކަށް ނޫން ،

The name is already taken The name is available. Register?

އަލީ

09 July 2016

100% ތިވާހަކަޔައް ތާއީދު. މިމީހުންނައް ބޮޑުމުސާރަ ދެނީ އަހަރެމެން ރައްޔިތުން އަތުން ނަގާ ޓެކްސް ތަކުން. މިމީހުންނައްދޭ މުސާރަތަކަކީ ރާއްޖޭގެ ނިސްބަތުން ބެލިޔަސް މިސަރަހައްދުގެ ނިސްބަތުން ބެލިޔަސް ވަރައްބޮޑެތި މުސާރަތަކެއް. މިމީހުން ރައްޔިތުންގެ ހައްގުގަ ބަހެއްނުބުނާތާ ކުރާހާވެސްކަމަކީ ރައްޔިތުންނައް ނުހައްގުން ލިބޭ އަނިޔާތަކައް ފަސްއެޅުން ނޫނީ އެކަންކަމަކީ ހައްގުކަމައް ބޭރުދުނިޔެއައް ދައްކައިދެވޭތޯބެލުން. މީގެ އެންމެ ފުރިހަމަ މިސާލަކީ މިހާރުއޮތް ހިއުމަން ރައިޓްސް ކޮމިޝަން، މިމީހުން އައިފަހުން ކުރި އެއްވެސް ކަމެއް ފެންނާކައް ނެއް ހަމަ ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަތައް ނަގައިގެން އޭގެން މީރުކޮއް ފަރިއްކުޅުއްވުން ފިޔަވާ. އެއްވެސް ވަރެއްގެ ލަދެއްވެސް ހުރިހެން ހިއެއްނުވޭ. މިހެން ބުނެފިއްޔާ ބުނާނެ އަހަރެމެންގެ އަތްފައި ބަދެވިފަޔޭމިތިބީ، އެހެން ވިއްޔާ އެވާހަކަ ބުނެފަ ރީތިގޮތުގަ އިސްތިއުފާދޭނީ ދަޅަދައްކަން ހަލާލުނުވާނެ މުސާރަނަގައިގެން ވަޒީފާގަ ތިބޭނީކީނޫން.

The name is already taken The name is available. Register?

ނައީމު މީދު

09 July 2016

މުއައްސަސާތަށް މިނިވަންވީދުވަހަކުން އެކަހަލަ ކަންތައްތަކުގައި މުއައްސަސާތަކުން ބުންޖެހޭބަސް ބުނާނެކަމަށް ހީކުރަމެވެ.މިއަދަކު މިނިވަން މުއައްސަސާތަކެއް ނެތެއްނޫންތޯއެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

09 July 2016

މުއައްސަސާ މިނިވަން، އެއީ ޤާނޫނުގަ އެގޮތަށް އޮންނާތީ، އެކަމަކު އެ މުއައްސަސާތަކުގަ ތިބި މީހުން އެއްވެސް ވަރަކަށް މިނިވަނެއް ނޫން، އެންމެންވެސް ތިބީ ޒާތަކަށް ޓެގްއަޅުވާފަ، ދެންއެމީހުނަށް އޮންނާނީ ޓްގް ނައްޓާލާފަ ޓާޓާ ކިއުން، އެގޮތަށް ކަންކޮށްފިއްޔާ ދެން އޮންނާނީ ހުރަގެ، ނޫނީ ޤާނޫނުއަސާސީގެ އަކުރެއްކިޔާފަ އެ އަކުރެއްގެ ދަށުން ނޫނީމަތިން އެމީހާ ހުންނާނީ ކުށްވެރިވެފަ، މާޒީ ހެކިދެނީ މިގޮތަށް.

The name is already taken The name is available. Register?

އަހަންމދު.

09 July 2016

ތި ހުރިހާ މައްސަލައެއް ފެށެނީ އަދި ނިމެނީވެސް ރައްޔިތުންގެ މަންދޫބުންނާ ހިސާބުން. އަދި ގައުމުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު އެ ބޭފުޅަކު ބޭނުންވާ ގޮތަށް މުއައްސަސާތަށް ނިޒާމީ ގޮތެއްގައި "ފުނޑާލާން" ބޭނުންވީމަ ވާނެ ގޮތް ތިވަނީ. ރައީސަށް ފާރަވެރިވާން ތިބީ އަދި ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކޮށްދޭން ތިބީ މަޖިލީސް މެމްބަރުން. މެމްބަރުކަން ހޯދަނީ ރިޝްވަތު ދީގެން. މެމްބަރުކަން ލިބުމުން ފައިސާ ހޭދަކުރި ބައެއްގެ ފައިބުޑަށް ވެއްޓި ދޫލާ ހިސާބުގައި ކޮންމެ މީހަކުވެސް. މިނިވަންކަމާއެކު އަނގަހުޅުވާލެވެނީ އެންމެ ދެތިން މެމްބަރުންނަށް. ވަﷲ އަޢުލަމް. ދެރަކަމަކީ މުސްލިމުންނޭ ކިޔާތީވެ.

The name is already taken The name is available. Register?

ބޫ

09 July 2016

" މިހާ އިންސާފުވެރި ، ޝަރީޢަތްތަކަށްނުފޫޒު ނުފޯރުވާ ، ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭ ، ޤައުމަށް ތަރައްޤީ ގެނެސްދޭ ، އިޤްތިޞާދު ކުރިއަރައިގެންދާ ދުވަސްވަރެއް މިޤައުމުގެ ތާޜީޚުގައި ފެނިފައެއް ނުވެއެވެ. މިހާ އޯގާވެރި ސަރުކާރެއް މިފަދަ އޯގާތެރި ހިތްތިރި ތެދުވެރި އިޚްލާޞްތެރި އަމާނާތްތެރި ގަޓު ހުރި ރައީސެއް މިޤައުމުގައިި ދުވަހަކުވެސް ވެރިކަން ކޮށްފައެއް ނުވެއެވެ." ރާއްޖޭގެ ޓީވީ ޗެނަލަކުން މިނޫން އެއްޗެއް އެއްސެވީމުތޯއެވެ. މުޢައްޞަސާއެއްގެ ވެރިއެއްގެ ދޫފުޅުން މިނޫން ވާހަކައެއް ދެއްކެވި އަޑު އެއްސެވީމުތޯއެވެ. ޚުޝާމަދު ނޫން އެއްޗެއް އަޑުއަހާކަށް ސަރުކާރަށް ފަސޭހައެއް ނޫނެވެ. ދާދިފަހުން ޕީޕީއެމް އިން ދެ މެންބަރަކު ވަކިކުރި ވަކިކުރުމުން އެކަނިވެސް ސަރުކާރުގެ ވިސްނުން އެނގިޖެ ނޫންތޯއެވެ. މިނިވަން މުޢައްޞަސާތަކަށް މީހުން ޢައްޔަންކުރަނީ މަޖިލީހުން ކަމަށް ވާއިރު ސަރުކާރަށް ފާރަވެރިވާ ބަޔަކަށް އެ މުޢައްޞަސާ ތަކުގައި ތިބެވިދާނެތޯއެވެ. ދާދި ފަހުން މެންބަރުންގެ އިންޒާރުތަކެއްވެސް މުޢައްޞަސާ އަކަށް އަމާޒުވީ ރޯމާ ދުވާލު ފާޅުގައި ނޫންތޯއެވެ. މިފަދަ ލިޔުން ފެންނާނީ ނޫސް ކިޔާ މަދު މީހަކަށެވެ. ގިނަބަޔަކަށް އިވެނީ ޓީވީ އާއި ރޭޑިޔޯއެވެ. ރައްޔިތުން ތިބީ އެކިޔާއެއްޗެއް ޤަބޫލުކޮށްގެންނެވެ. " މިވަރުގެ ސަރުކާރެއް މިފަދަ ދުވަސްވަރެއް މިޤއުމުގެ ތާރީޚް ދެކެފައެއް ނުވެއެވެ."

The name is already taken The name is available. Register?

އަލީ

09 July 2016

މިިނިވަން އެންމެ މުއައްސަސާއެއްވެސް މިހާރު މި ގައުމަކު ނެތް. މިއީ ހަގީގަތް. މީގެ ފަހުން 500 ރުފިޔާއަށް ވޯޓު ނުވިއްކާ ގައުމުގެ މުސްތަގުބަލާ މެދު އަޅުގަޑުމެން ހަމަ ކޮންމެ މީހަކު ވިސްނަމާތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454