20 ފެބުރުއަރީ

February 20, 2017 8
އޮޅުންބޮޅުން: ފަތުރުވެރިކަމުގެ ކުދި ވިޔަފާރި

ފަތުރުވެރިކަމުގެ ކުދި ވިޔަފާރިއޭ އަޅުގަނޑު މިދަންނަވަނީ ފަތުރުވެރިކަމުގެ ބޮޑު ޞިނާޢަތަށް ބަލާއިރު ނިސްބަތުން ކުދި ވިޔަފާރީގެ ވާހަކަ އެވެ. މިޒަމާނުގައި ފަތުރުވެރިކަމަށް ރަށެއް ތައްޔާރުކުރުމަށް ޚަރަދުކުރާ ނަމަ ޑޮލަރު މިލިއަނަރަކަށް ވާން ޖެހެ އެވެ. ނުވަތަ ޑޮލަރު މިލިއަނަރުން ފަހަތުގައި އެހީވެދޭން ތައްޔާރަށް ތިބެން ޖެހެ އެވެ....

16 ފެބުރުއަރީ

February 16, 2017 18
ކޮލަމް 27: އަތް ނުލެވޭހާ ބޮޑު އަގެއް ކިޔަމާ!

ވިލިމާލޭގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވި ވާހަކަ އަށް އަޅުގަނޑު ތާއީދުކުރަމެވެ. އޭނާގެ ވިސްނުމަކީ ސިނގިރޭޓް ފޮއްޓެއްގެ އަގު 100ރ. އަށް ބޮޑުކުރުން ނަމަވެސް، އަޅުގަނޑުގެ ވިސްނުމަކީ...

February 16, 2017 7
ފަރުވާ: "ކަކުނި ހަނގުރާމަ" އަޑުއެހިންތަ؟

އެއީ އެއްވައްތަރު ދެ ސެލް އެވެ. ވަޒީފާ އަދާކުރަނީ އެއް އޮފީހުގަ އެވެ. ކުރަނީ އެއް މަސައްކަތެކެވެ. ދެނީ އެއް ޚިދުމަތެކެވެ. އުފެދުނީއްސުރެ ގެންދަވަންދެނެވެ. ނަމަވެސް ވަކި ހިސާބަކުން...

14 ފެބުރުއަރީ

February 14, 2017 41
ނަޒާހަތްތެރިކަމުން ފަލީހަތްވަމުން ދާ ކޮރަޕްޝަން

މީގެ އަހަރުތަކެއް ކުރިން ކުންފުންޏަކުން އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނެއް ކުރި އެވެ. އިމާރާތް ހުންނަންވީ، މާލޭގެ ކޮން ސަރަހައްދެއްގައި، ކޮން މަގެއްގައި ކަން ވެސް އިއުލާންގައި އޮތެވެ. އިމާރާތުގެ އުސްމިނުގައި ހުންނަންވީ މިތައް ބުރި އެވެ. އަދި އިމާރާތުގެ ތަޅުމުގެ ބޮޑުމިނުގައި މިތައް އަކަފޫޓެވެ.

07 ފެބުރުއަރީ

February 07, 2017 15
ހިންމަފުށްޓަށް ވަޒަން، އެކަމަކު ވެސް ބިރެއް ނެތް!

ސިފައިންގެ އަސްކަރީ މަރުކަޒުތައް އާންމު ގޮތެއްގައި ހަދާފައި ހުންނަނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގަ އެވެ. އަދި އެއީ ހަތިޔާރުގެ ތަމްރީންތައް ހަދާ ތަނެއް ނަމަ، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ވަރަށް ދުރުވާނެ އެވެ. އެއީ އެ ތަނުގައި ބޭނުންކުރާ ހަތިޔާރެއްގެ ސަބަބުން، ނުވަތަ ހިނގާ އެކްސިޑެންޓެއްގެ ސަބަބުން އާންމުންގެ...

06 ފެބުރުއަރީ

February 06, 2017 15
އޮޅުންބޮޅުން: ހަރުކަށި ވިސްނުން

އަޅުގަނޑު މިދަންނަވާ އެއްޗަކާ އެއްބަސްވެވަޑައި ނުގެންފާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ. މި ޚިޔާލާ އިދިކޮޅަށް އެއްޗެއް ވިދާޅުވެފާނެ އެވެ. ނުވަތަ ތިޔަ ވިދާޅުވަނީ އެވެ. އެއީ ވެސް މައްސަލައެއް ނޫނެވެ. އަޅުގަނޑު ފާހަގަކުރަން ބޭނުމީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބޮޑުވަމުންދާ މައްސަލައެއްގެ ވާހަކަ އެވެ. މިއީ މައްސަލައެއް ކަމަށް ވެސް...

03 ފެބުރުއަރީ

February 03, 2017 59
އެނގުނީ ދައުލަތުގެ މުސާރަ އޮނިގަނޑުގެ ދޯހަޅިކަން

ފުލުހުންގެ މިދިޔަ މަހުގެ މުސާރައާ މެދު ކަންތައް ވެގެން ދިޔަ ގޮތުން ހާމަވި އެކައްޗަކީ ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ކަންކަން ނިންމުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތެވެ. އުސޫލެއް، ރޭވުންތެރިކަން އަދި ހަރުދަނާ ސިޔާސަތެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ކަންތައްތަކުގައި ނެތްކަން ވަރަށް ސާފުކޮށް އެނގިއްޖެ އެވެ.

02 ފެބުރުއަރީ

February 02, 2017 9
ފަރުވާ: ތަންމައްޗަށް ހީސްލުން، ހައްލަކީ ކޮބާ؟

އުމުރުން ހަތަރު އަހަރުގެ ނާއިލާއި (އަސްލު ނަމެއް ނޫން) ފަސް އަހަރުގެ ނާއިޝް (އަސްލު ނަމެއް ނޫން) ނިންދެވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކޮންމެވެސް ވާހަކައެއް އަބަދުވެސް އޮންނަނީ ކިޔައިދޭން ޖެހިފައެވެ.

01 ފެބުރުއަރީ

February 01, 2017 42
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް

ސިޔާސީ ގޮތުން ވައި ހިނދިފައި އޮތް މި ދުވަސްވަރު ދެއްކެން އޮތް ހަމައެކަނި ވާހަކަ އަކީ، އެޕްރީލް 8ގައި އޮންނަ ލާމަރުކަޒީ އިންތިހާބުގެ ވާހަކަ އެވެ. ލާމަރުކަޒީ ނިޒާމަކީ ރަށާއި އަތޮޅުގެ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުން ބާރުވެރިކުރުމުގެ ނިޒާމެއް ކަމަށް ވިޔަސް، މިހާރު އެއީ މުޅިން ސިޔާސީ ނިޒާމެކެވެ. ވަކި...

30 ޖެނުއަރީ

January 30, 2017 10
އޮޅުންބޮޅުން: ސަރުކާރުގެ މުއައްޒަފުންނަށް ފުލެޓް ދިނުން

ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑެކެވެ. ސަރުކާރުގެ މުއައްޒަފުންނަށް ސަރުކާރުން ތަފާތު ލުއިތައް ދެއްވުމުގެ ގޮތުން އެކިއެކި ކަންތައް ކުރައްވާ ވާހަކައެވެ. ޢާއްމު ގޮތެއްގައި ތަަފާތު އޮފީސްތަކުން ތަފާތު ޚިދުމަތް ދޭ ވާހަކައިގެ އަޑެވެ. ބައެއް އޮފީސްތަކުން އެތަނުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ހައްޖަށް ދެވޭ ގޮތަށް...

24 ޖެނުއަރީ

January 24, 2017 4
އޮޅުންބޮޅުން: ފަތުރުވެރިންގެ ރައްކާތެރިކަން

މުނިފޫހިފިލުވުމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާ މެދު މިހާރު ސުއާލު އުފެދެން ފަށައިފިއެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ ކުރިމަތިވާ ކަނޑުގެ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުން ގިނަކަމުންނެވެ. ބައެއް ފަހަރު އިސްކޮޅުކާ ހިސާބުގައި މޫދަށް އެރިގެން އުޅެނިކޮށް ވެސް ބައެއް...

19 ޖެނުއަރީ

January 19, 2017 6
ފަރުވާ: ކާންވީ ބޭހާއި ނުކާންވީ ބޭސް

ކަތްދަގެ (އަސްލު ނަމެއް ނޫން) ބަނޑަށް 35 ހަފްތާއެވެ. ވިހާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ފިކުރުތައް ދިޔައީ ބޮޑުވަމުންނެވެ. ރަށުގައި...

January 19, 2017 1
ކޮލަމް ކޯދު:ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 12

(ޖެނުއަރީ 5ގެ އަދަދާ ގުޅޭ)

17 ޖެނުއަރީ

January 17, 2017 79
ފަސް މިނެޓް: ތިޔަ ހީފުޅު ކުރެއްވުނީ ރަނގަޅަކަށް ނޫން

ހިޔާ ބޮޑު ގަހެއްގެ ދަށަށް ވަދެވުމުން ކޮންމެ މީހަކަށް ވެސް ހީވަނީ ތިމަންނާ އަށް މި ހުރީ ނިކަން ބޮޑު ހިމާޔަތެއް ލިބިފައި ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ބޮޑެތި ނުފޫޒުތަކާ އެކު މަތީ މަގާމުތަކުގައި މަތިހަށި ނަގާފައި އުޅުނު ކިތަންމެ މީހަކު، ހިނދު ކޮޅެއްގެ ތެރޭގައި ބޮކި ޖަހާފައި އަޑި އަށް ދިޔަތަން ވެއަތުވެ ދިޔަ ދެ...

16 ޖެނުއަރީ

January 16, 2017 7
އޮޅުންބޮޅުން: ދުވަސްވި ރައްޔިތުން

ވަރަށް ޢިލްމީ ބޭފުޅުންކޮޅެކެވެ. ތަފާތު ފަންނުގައި މަސައްކަތްކުރައްވާފައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކޮޅެކެވެ. އެބޭފުޅުންގެ ރަސްމީ ޚިދުމަތުގެ ބާބު ވަނީ ނިންމަވާލައްވާފައެވެ. ބުރަ މަސައްކަތަކަށް ފަހުގައެވެ. ޤުރުބާނީތަކަކަށް ފަހުގައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު އުޅުއްވަނީ ސިޔާސީ ކުލަތަކާ ވަރަށް ދުރުގައެވެ....

10 ޖެނުއަރީ

January 10, 2017 6
އައްލާމާ އިގްބާލްގެ "އިންސާނާ"

ތިރީގައި ހުށަހަޅާލެވިފައި ވަނީ ޢައްލާމާ މުހައްމަދު އިޤްބާލުގެ 'އިންސާނާ' މި ޅެމުގެ ދިވެހި ތަރުޖަމާއެކެވެ. ޢައްލާމާ އިޤުބާލަކީ ގާނޫނީ ވަކީލެކެވެ. އަދި ސިޔާސީ ލީޑަރެއް ވެސް މެ އެވެ. ޕާކިސްތާނުގެ ރޫހާނީ ބާނީ ވެސް މެ އެވެ. ނަމަވެސް އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ފަލްސަފާވެރި ޅެންވެރިއެއްގެ ގޮތުގަ އެވެ. އިލްމުވެރި...

09 ޖެނުއަރީ

January 09, 2017 16
އޮޅުންބޮޅުން: މާލޭގެ މަގުމަތީ ޓުރެފިކް

އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން، މާލޭގައި ދިރިއުޅޭ މީހުންނަށް ، އެންމެ ބޮޑު ދެރައެއް ލިބުނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބުރާހީމްގެ ފަރާތްޕުޅުންނެވެ. އެއީ އޭނާ ޓުރާންސްޕޯޓް މިނިސްޓުރީން ވަކިކުރެއްވުމާ އެކު އެ މިނިސްޓުރީ ވެސް އުވިގެން ދިއުމުންނެވެ. ދުނިޔޭގެ ވަރަށް ގިނަ...

07 ޖެނުއަރީ

January 07, 2017 69
މޫސަގެ ކޮލަމް: ދުންޔާގެ އުނބަށް ޖެހުން

ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން، މިދިއަ ޖުލައި މަހު އިސްތިއުފާ ދެއްވީ ކީއްކުރަން ހެއްޔެވެ؟ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްޓަކައި ހެއްޔެވެ؟ އާއިލާއަށް ޓަކައި ހެއްޔެވެ؟ ނުވަތަ ބޮޑުބޭބޭފުޅު، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުޅުއްވުމަށް ވުރެ ސިޔާސީ ގޮތުން ބޮޑު ފައިދާއެއް...

05 ޖެނުއަރީ

January 05, 2017 1
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް

(ޑިސެމްބަރު 22، 2016ގެ އަދަދާ ގުޅޭ)

January 05, 2017 5
ފަރުވާ: ޕާޓީ ފޯރިޔާއި ގޮނޯރިއާ

ޕާޓީގައި ދެ ޖިންސުގެ ޒުވާނުން ވާނުވާގައެވެ. ބޯމީހުން ބުއިމުގައެވެ. ނަށާމީހުން ނެށުމަގައެވެ. ނީލަން ކިޔާމީހުން ނީލަމުގައެވެ. ލަދުގެ ކަންފުޅެއް ވެސް ނެތީއެވެ. މިއީ އަދުގެ ހާލަތެވެ.

02 ޖެނުއަރީ

January 02, 2017 6
އޮޅުންބޮޅުން: ލިބޭ އާމްދަނީގެ ފަރަގު ކުޑަކުރުން

ސަރުކާރުގެ މާލީ ސިޔާސަތު އެކަށައަޅުއްވާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ ލިބޭ އާމްދަނީން ޓެކްސް ނަގައިގެންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އިންކަމް ޓެކްސް ނަގައިގެންނެވެ. ކޮންމެވެސް ދުވަހަކުން ރާއްޖޭގައި ވެސް އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމާ މެދު އެއްވެސް...

28 ޑިސެމްބަރ

December 28, 2016 8
ފަރުވާ: ޖީ.ސިކްސް.ޕީ.ޑީ. ޑެފިސިއަންސީއަކީ ކޮބާ؟

އެއީ ފޭބި އަހަރުގެ ބޮޑު ބަންދެވެ. ފާތުން (އަސްލު ނަމެއް ނޫން) އޭނާގެ އުފަން ރަށަށް ދިޔައީ ކުޑަކުޑަ ޔައިޝް (އަސްލު ނަމެއް ނޫން) ގޮވައިގެން ހިތާނުކުރާށެވެ. މަންމަ ގޯތީގައި ހުރި ހީނާފަތް ގަހުން ފަތް ބިނދެ، ހިތާނު ކުރުމުގެ ކުރިން ޔައިޝްގެ ހަތަރެސްފައިގައި ހީނާ އަޅައި ރަތްކޮށްލާށެވެ. ފާޑުފާޑުގެ ނިވިދިއްލޭ ކުލަ ބޮކިތަކާއި ރަންވަރަން...

26 ޑިސެމްބަރ

December 26, 2016 6
އޮޅުންބޮޅުން: އުމުރުން 84 އަހަރު

ރާއްޖޭގެ ޤާނޫނީ ޙަޔާތަށް މިހާރު 84 އަހަރު ފުރިއްޖެ އެވެ. ރާއްޖެއަކީ މި ސަރަހައްދުގައި ލިޔެފައި އޮތް ޤާނޫނުއަސާސީއަކަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށި ގައުމެވެ. އެއީ ޑިސެމްބަރު 22، 1932 އެވެ. އޭރު ރާއްޖޭގެ އެންމެ އިސް ވެރިޔަކީ ރަސްގެފާނެވެ. ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔަކީ ބޮޑުވަޒީރެވެ.