މޭ ޑޭގެ މުޒާހަރާގައި ބަޔަކު އަޑު އުފުލަނީ: އެއްވެ އުޅުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައި.-- ފައިލް ފޮޓޯ
13 ޖުލައި 2016 - 06:18
މީހުން ޖަމާވާން ފެށުމާ އެކު ފުލުހުން އައިސް އެ ސަރަހައްދު އެއްކޮށް ބަންދުކޮށްލި އެވެ. އާޓިފިޝަލް ބީޗު ސްޓޭޖާ ދިމާލުން ޕޭމަންޓް މައްޗަށް މީހުން ފަހަތަށް ޖައްސަން ފެށި އެވެ. ވަކި ހިސާބަކަށް ކުރިއަށް ދާން ހުއްދަ ދިނުމަށް ފަހު ބެރިކޭޑު ޖަހާ ބަންދުކޮށްލި އެވެ. ދެން އެއްވެސް ވަރަކަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ. ރަށު ތެރެ އަށް އެއްގޮތަކަށް ވެސް އެރޭ ވަރެއް ނުވި އެވެ. އެ ވަގުތު، ފުލުހުންގެ ސަފު ހުރަސް ކުރައްވައި އެއްވުމާ ގުޅިވަޑައިގަތުމަށް، މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަސައްކަތް ކުރެއްވުމުން ފުލުހުން އޭނާ އަށް ހުރަސް އެޅި އެވެ.
އެއީ އެއްވުމެއް ކަވަރު ނުކުރާތާ އެތައް ދުވަހަކަށް ފަހު ސިޔާސީ ހަރަކާތެއް ބަލާލަން ދިއުމުން ފެނުނު މަންޒަރެވެ. އިހަށް ރޭ އެމްޑީޕީން ހިނގާލަން އުޅުމުން ޖެހުނު ހާލެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ އަހަރީ ދުވަހުގެ އުފާ ފާޅުކުރަން ޖެހުނު ގޮތެވެ.
އެމްޑީޕީން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ހިނގާލުން ފަށަން އުޅުމުން ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު
މި ކަމެއް ފެށިގެން އުޅެނީ ދާދި މިދާކަށް ދުވަހަކު ނޫނެވެ. އެންމެ ފުރަތަމަ އަންގަން ފެށީ ވަކިވަކި ކަންމައްޗަށް އެއްވުން މަނާ ކަމަށެެވެ. މި ސަރުކާރުގެ އިސް ވެރިންނާ ގުޅިފައިވާ ފަރާތްތަކުން އޭރުގެ ސަރުކާރާ ދެކޮޅަށް ކެނޑިނޭޅި އެއްވެ، މުޒާހަރާގެ މަރުކަޒަކަށް ހަދައި މަޝްހޫރު ކުރި ޗާންދަނީމަގު ކަންމަތި މިހާރުގެ އިދިކޮޅު ފަރާތްތަކަށް ބަންދެވެ. ދެން އެއްވާން ޖެހުނީ އާޓިފިޝަލް ބީޗަށް އެކަންޏެވެ. އެ ތަނުން ކިރިޔާ ކޮޅަކަށް ޖެހިލިޔަސް އެއީ ބޮޑު ކުށެކެވެ. މިހާރު މަގުމަތީގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގެ އެވެ. އާއްމު މަސްލަހަތު ގެއްލޭ ކަމަށް ވަނީ އެވެ.
މިކަހަލަ ހާލަތެއްގައި އޮތް ގައުމަކަށް ޑިމޮކްރެސީއެކޭ ކިޔޭނެ ގޮތެއް ނުވިސްނެ އެވެ. ސިޔާސީ ކުލަ އަށް ބަލައިގެން ފުރުސަތު ދެންޏާ ކޮންމެ ދާއިރާއެއްގެ މިނިވަންކަން ދާނީ ނެތެމުންނެވެ. ހައްގުތައް ކަށަވަރުކޮށްދޭނެ ބަޔަކު ނުތިބޭނެ އެވެ.
އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީންނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން ވަރަށް ފުޅާ ދާއިރާއެއްގައި ލިބިދޭ ހައްގެކެވެ. ފުލުހުން ފަހަކަށް އައިސް އެ ފުރުސަތު ނުދެނީ ގާނޫނުގެ ތަންތަންކޮޅު ހިތު ހުރި ގޮތަކަށް މާނަކޮށްގެންނެވެ. އާޓިފިޝަލް ބީޗު ފަދަ އާއްމު ތަންތަނުގައި ޖަލްސާ އާއި އެއްވުންތައް ބާއްވަން ފުލުހުން ބުނާއިރު، އެ ތަންތަން ބަލަހައްޓާ ހައުސިން މިނިސްޓްރީން އެ ހުއްދައެއް ނުދެ އެވެ. މިއީ އޮޅުވާލުމެއްގެ ތެރެއިން ހަމަ ގަސްދުގައި ހައްގެއް ނިގުޅައިގަތުމެވެ.
އެމްޑީޕީން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެއްވުން: ހިނގާލުމެއްގެ ގޮތުގައި ބާއްވަން އުޅުނު މި ހަރަކާތަށް ފުލުހުން ހުރަސް އެޅުމުން ކުރި އަށް ގެންދަން ޖެހުނީ އެއްވުމެއްގެ ގޮތުގައި.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު
ހައްގުތައް ގެއްލިގެން އުޅެނީ ކޮން ބައެއް ހެއްޔެވެ؟ ގެއްލިގެން އުޅެނީ ކޮން ހައްގެއް ހެއްޔެވެ؟ ރާއްޖޭގައި ނުލިބެނީ ކޯޗެއް ހެއްޔެވެ؟ މި ތަނުގައި ނުކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ކަމެއް ނުކުރެވިގެން، އެއްޗެއް ނުބުނެވިގެން ޝަކުވާއެއް ކުރާ އާއްމު މީހަކު އެބަ އުޅޭ ހެއްޔެވެ؟ ދެން ސިޔާސީ މީހުންނާއި ޖަމާއަތްތަކުންނާއި ބޭރުގެ ފަރާތްތަކުން އަދި ނޫސްވެރިން ވެސް މި ދައްކަނީ ކޮން ހައްގުތަކެއްގެ ވާހަކަ ހެއްޔެވެ؟ ހައްގެއް ގެއްލިގެން އެކަމާ ކަންބޮޑުވާ ދިވެހި ރައްޔިތަކު ނިކަން ދައްކަބަލާށެވެ
އެއީ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ސުވާލުތަކެވެ. ހައްގުތައް ގެއްލެމުން ދާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެ މަނިކުފާނު ކުރައްވަނީ އެ ސުވާލުތަކެވެ.
އެއްވެ އުޅުމުގެ މިނިވަން ކަމުގެ ހައްގު އެއްގޮތަކަށް ވެސް ނެތްކަމުގެ ޝަކުވާ އެމްޑީޕީގެ އިތުރުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެދަނީ ކެނޑިނޭޅި އިއްވަމުންނެވެ. މާލޭގައި ހަމައެކަނި އެއްވެވެން އޮންނަ ތަންތަނުގައި ވެސް އެކަން ކުރުމުގެ ފުރުސަތެއް ނުލިބެ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި، ބައެއް ނޫސްވެރިންނަށް އެ މަސައްކަތް ކުރެވޭނެ ދޮރު ވަނީ ބަންދުވެފަ އެވެ.
އޮންލައިން ނޫސް، ސީއެންއެމް ހުއްޓުވާލުމުން ކަންބޮޑުވުން ފާޅުކުރަން މިދިޔަ މަހުގެ ފަހުކޮޅު އެމްއެމްސީ އަށް އެއްވި ނޫސްވެރިންނަށް އެ ނޫހުގެ މުވައްޒަފުންގެ ފަރާތުން ކަދުރު ބަހަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ
ފެހި ގާނޫނުއަސާސީ ނަމޫނާއަކަށް ވީ އޭގެން ލިބިދިން މިނިވަންކަމުގެ ފުޅާކަމުންނެވެ. ކުރިން ބަންދުކޮށް، ބަލަހައްޓަމުން ގެންދިޔަ މާލޭގެ ހުސް ތަންތަން އެއްވުންތަކަށް ހުޅުވާލަ ދިނީމަ އެވެ. ބިރަކާ ނުލާ އެ މީހަކު ބޭނުން އެއްޗެއް ސަރުކާރާ ދެކޮޅަށް ކިއެން ފެށީމަ އެވެ. ދުވަހަކު ކޮޅުން ވެސް އަހަރުމެންނަށް އޭގެ ފޮނި މީރުކަން ލިބިފައި ނުވާ ގިނަ ހައްގުތަކެއް އެއްފަހަރާ ލިބުނީމަ އެވެ. އެ ގާނޫނުއަސާސީއާ މެދު ފަހުރުވެރިވާ ކަމަށް ބުނަން ޖެހުނީ އޭގެ ސަބަބުން ސިކުނޑިތައް ތަންމިނަށް ހުޅުވާލަ ދިނީމަ އެވެ. ތޮށިގަނޑު ފަޅާލާފައި ނުކުތުމުގެ ޖާގަ ލިބުމާ އެކު، އޭގެ ބޭނުން ހިފައި ފެތުރިގަތަސް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އޮތީމަ އެވެ.
އެ ހައްގުތަކުގެ ބޭނުން ހިފުމުގެ ފުރުސަތު މިހާތަނަށް ވެސް އޮތީ އާއްމު ހާލަތްތަކުގައި ހުޅުވިފަ އެވެ. އެ ކަމަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް އާއްމު ގޮތެއްގައި ހައްގުތަކުގެ ބޭނުން ހިފެ އެވެ. ހައްގެއް ގެއްލޭހެން ކުޑަކޮށް ހީވިޔަސް އެ ކަމުގެ ޝަކުވާ ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
އެކަމަކު، ގެއްލޭ ހައްގު ހޯދަން ދާނެ ތަނެއް މިހާރު ހުރީކީ ނޫނެވެ. އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅައި އެ ހައްގުގެ ބޭނުން ހިފަން އުޅޭ މީހުންނަށް އަނިޔާވެރި ވާއިރު، އިންޓެގްރިޓީ ކޮމިޝަން ވެސް އޮތީ ނިދާފަ އެވެ. ސަރުކާރުގެ ހާލަތު އަދި ވަކިން ގޯހެވެ؛ ފިޔަވަޅެއް އެޅޭނީ ހައްގެއް ގެއްލިގެން އުޅޭކަން ފުރަތަމަ ގަބޫލުކޮށްގެންތާ އެވެ.
މިކަހަލަ ހާލަތެއްގައި އޮތް ގައުމަކަށް ޑިމޮކްރެސީއެކޭ ކިޔޭނެ ގޮތެއް ނުވިސްނެ އެވެ. ސިޔާސީ ކުލަ އަށް ބަލައިގެން ފުރުސަތު ދެންޏާ ކޮންމެ ދާއިރާއެއްގެ މިނިވަންކަން ދާނީ ނެތެމުންނެވެ. ހައްގުތައް ކަށަވަރުކޮށްދޭނެ ބަޔަކު ނުތިބޭނެ އެވެ. ރާއްޖެ މި ދަނީ އެ މަގުންނެވެ. އެންމެ ބޮޑަށް ގެއްލިގެން މި އުޅެނީ މި ހައްގެވެ؛ ހައްގު ހޯދުމުގެ މިނިވަންކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޔާސް
15 July 2016
މިސަރުކާރުގެ މަޖްލިސް މެންބަރުންނާއި ވަޒީރުން ޓީވީތަކަށް އަރާ ރައްޔިތުންގެ ހައްޤުގައި މިސަރުކާރުން އަމާންކަން ގާއިމްކޮށްދެއްވިޔޯ ، އިދިކޮޅު ފަރާތްތަކަށް އަމަންކަން ގެއްލުވާލުމުގެ ފުރުސަތެއް ނުދޭނަމޯ ކިޔަިގެން ހަޅޭލަވާ އިރު މީމީހުން މަގުތަކަށް އެއްވެ ރުއްތަ އިފުރާ މަގުތަކަށް ކުނިއެއްކޮށް އަލިފާން ރޯކޮށް ހެދިކްނ ހަދާން ނެތުމަކީ އަރަތެއް ، އެކަން ވާނީވެސް ބިލާހަކަށް ފާޅުގައި ރޯމާ ދުވަލު ދޮގުހަދަނީ ރައްިޔުތުންނަށް އޮޅުވާލަނީ! މަކަރާއި ހީލަތުގެ ސަރުކާރު!
އައްޔޫބީ
14 July 2016
ތިބުނާ ޑިމޯކްރޭޒީ އެންމެ ފައްކާވެފައި އޮތީ އެމެރިކާގައި. އެންމެ މިނިވަންކަން ބޮޑީވެސް އެތާގައި. އަބަދުވެސް ކޮންމެވެސް ތަނަކަށް ހަތިޔާރު އެޅި މީހަކު ވަދެ އެތައް ބަޔަކު މަރާލި ވާހަކަ. އެއީ ފުރިހަމަ ޑިމޯކްރޭޒީ ސިސްޓަމް އޮތީމަ ލިބޭ މިނިވަންކަން. ޑިމޮކްރެސީ އެއްގައި އެބަޔަކު ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން އޮވޭ. އަހަރުން މުސްލިމުން އުޅުމަށް ހަތްއުޑު މަތިން މާފުރިހަމަ ޑިމޮކްރެސީއެއް އޮތީ މީގެ 1400 އެތައް އަހަރެއް ކުރިން އައިއްސަ. ފުރަތަމަ އެޔަށް ކިޔަމަން ވެވޭތޯ ބަލާބަލަ. އަނެކާއާ ދިމާލަށް އިނގިލި ދިއްކުރުމުގެ ކުރިޔަށް ފުރަތަމަ ތިމާގެ އަމިއްލަ ނަފްސާދޭތެރޭ ވިސްނަބަލަ.
ޕީސް
13 July 2016
ތިކަހަލައެއްވުންތަކުގައި ބައިވެރިވާން ބޭނުންނުވާ އާންމުންގެ ހައްގުތައް ކޮބާ؟ މުޒާހަރާކުރަންޏާ މަގުތައް ބަންދުވުމުން ތަނަކައް ނުދެވި ތާށިވޭ. އަޑުގަދަކަމުން ގޭގަތިބޭ ކުދިދަރިންގެނިދިހަލާކުވޭމިގައުގަ އެއްފަހަރާ ހައެއްކަ ރައީސުން ބައިތިއްބާފަވެސް ތިޕާޓީ ކުޅިވަރުގަ އުޅެންބޭނުންނުވާ މީހުން ހަމަޖެހިގެންއުޅެވުނަދީބަލަ.
މާލޭބެއްޔާ
13 July 2016
ހެހެހެ ހީހީ ހަލާކު ކޮންބައެއްބާ މީހުންގެ މުދަލަށާއި ސަރުކާރުގެ މުދަލަށް ގެއްލުންދީ ހެދީ މިއަދު މަގުމަތީ ހިޔާލުފާޅުކުރުމުގެ ހައްގު ނިގުޅައިގަނެގެން އުޅޭބައިގަނޑު މާމޮޅު ވާހަކަ ދައްކާނެ ކަމެއްނެއް އެދުވަހުވެސް ހަމަ އެތައްބައެއްގެ ހައްގު ކީއްކުރަން އެތައްބައެއްގެ މުދަލަށްވެސް ތިޔަ ޕީޕީބައިގަނޑު ވަނީ ގެއްލުން ދީފައި
ޢަހައްމަދާ ޖެހުނު މުހައްމަދު
13 July 2016
މިއާޓިކަލް ރަގަޅުވެގެން ތައުރީފް ތިކުރާމީހުން ފަދައިން މީގެ ދުވަސްކޮޅެއްގެކުރިން އަރަބި ބަހާރު އާއިސްގެންވެސް ބަޔަކު އުފާކުރި...އެމެރިކާސިފައިން އިރާގަށް އެރިދުވަހު އެގައުމުގެ ރައްޔިތުންވެސް އުފަލުން ގޮވަމުންދިޔައީ ތެންކިޔު ބުޝް......އެގައުމުގެ ރައްޔިތަކު އުފަލުންގޮސް ސައްދާމުގެ ސިފާއިގަ ހުރި ބޮޑު ބުދެއްވެސް ވައްޓާލި....އެބުދު ވައްޓާލިމީހާ މިއަދު ބުނަނީ ކީކަންއިގޭތަ.......2003ގެކުރިން މިގައުމުގަ ޑިމޮކުރަސީނެތިގެން ނޫސްވެރިންނާ ޕާޓޭންނާ ޕާޓްނަރުންނާ ދުރުތާ ގައުމުތަކުންނާ އަވައްޓެރި ގައުމުތަކުގެ އެހީގަ މިގައުމަށް މިގެނާއި ޑިމޮކުރަސީން މިގައުމަށް ލިބުނީ ފާއިދާތަ ނޫނީ ގެއްލުންތަ؟؟!މިކަންކުރިބަޔަކު ބުނާނީ އަދިވެސް ޑިމޮކުރަސީ ކުޑައީއޭ.......މިޑިމޮކުރަސީއަކީ އަހަރެމެން މުސްލިމްގައުމުތަކަށް ރަގަޅުއެއްޗެނޫން........އިސްލާމީ ޑިމޮކުރަސީގެ ފޮނިމީރުކަންބޭނުމީ.....ވެރިންނަން ކިޔަމަންވާ......މައިންބަފައިންނަކިޔަމަންވާ.......ތިމާގެ އަޙުވަންތަކަން ދަމަހައްޓާ.......ޓީޗަރުންނަ އިޙުތިރާމްކުރާ އަވައްޓެރިންގެ ހައްގުތަ ދަމަހައްޓާ.....ދިވެހިރާއްޖެޔަށް މިޑިމޮކުރަސީ ގެނައުމުގެކުރިން ދިވެހިން ބޭނުންވާގޮތް ބަލަން ވޯޓެއްނަގަންޖެހޭ....އެކަމަކު އެކަމެއްނުކުރޭ.......ދެންﷲއާއި ވަކީލު
ޣޣގގގ
13 July 2016
ޝަލި ލިޔުމެއް. މިތާ މިލިޔުމާ އިދިކޮޅަށް ލިޔަނީ ގަމާރުން
މުޙައްމަދު
13 July 2016
"ހުސޭނު ބޭ" ގެ ނަމުގައި ކޮމެންޓް ކުރެއްވި ބޭފުޅާ އަށް ތާއީދު ކުރަމެވެ. ރާއްޖެ އަށް އައިސްގެން މިއުޅޭ "ޑިމޮކްރެސީ" އަކީ ބޮޑު ދުއްޕާނެކެވެ. "ރަން ތިރީހުގެ" ޑިކްޓޭޓަރޝިޕް އަކީ ރަގަޅު ނިޒާމެއް ނޫނެވެ. އެކަމަކު މިހާރުގެ މި "ޑިމޮކްރަސީ" ކުރީގެ ޚުދްމުޚްތާރު "ރަންތިރީސް" އަށް ވުރެ ސުންޕާ ކަން ބޮޑު ވެފައި ނުހޮރުއްޕާން ކަން ބޮޑެވެ. އަދި މާ މުޑުދާރު ކަން ވެސް ބޮޑެވެ.
އައި
13 July 2016
ރަގަޅު ވާހަކައެއް، ފުލުހުންނަށް ޤައުރު ޤާނޫނީ އަމުރު ގެ މާނަ ދަސްކޮށް ދޭން އެބަޖެހޭ،
ހުރިގޮތް
13 July 2016
ވަކިކަހަލަ ކަންކަން މަގުމަތީގައި ކުރުމުން ދުއްވާއެއްޗިއްސަޔާއި ހިނގާ މީހުންނަށާއި ފިޔަފާރިތަކަށް އުދަގޫވެ ގެއްލުންވަނީ ހާއްސަކޮަށް ވަކި ބަޔަކު މަގުމަތީ ހަރަކާތެއް ހިންގާނަމައެވެ. https://mihaaru.com/news/2947 https://mihaaru.com/gallery/83
އާމިނަތު ޢަލީ
13 July 2016
އެއްވާ މީހުންނަށްވުރެން ގިނައީ އެކި އެކި ޟަރޫރީ ބޭނުންތަކަށް މަގުމަތި ބޭނުން ކުރާމީހުން، ސިޔާސީ ބޭނުންތަކަށް މަގުތަކަށް އެއްވާ މަދުބައެއްގެ ޙައްގުތަށް ތޯ ބޮޑީ؟؟
Hamaanu
13 July 2016
ހައްގު ލިބެނީ މީހުން މަދުވުން ނުވަތަ ގިނަވުމަކުންނޫން. ހުރިހާ އެންމެނަށްވެސް ހަމަހަމަ ހައްގު ލިބޭންޖެހޭނެ.
ތުއްތޮންބެ
13 July 2016
ރަނގަޅު ލިޔުމެކެވެ. އެކަމަކު ތިޔަ ހާމަކުރީ އެއްވެ އުޅުމުގެ މިނިވަންކަމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް މިންވަރުދޯއެވެ؟ އެވަރުންވެސް "ސަރުކާރުގެ ވެރިން" ހިތްހަމަނުޖެހިގެން މިހާރު ފޫގަޅާފަ އެތިބީ ދިރިއުޅުމަށްޓަކައި މީހުން ކުރާ ޙަލާލު މަސައްކަތްވެސް "ބައިއަޅައިގެން" ނޫންގޮތަކަށް ކުރިޔަ ނުދިނުމަށެވެ. މިކަން އެންމެރަނގަޅަށް އިހުސާސް ކުރެވޭނީ "މިހާރު"ގެ ނޫސްވެރިންނަށެވެ. ރާއްޖެ މިހާރު މިއޮތް ޙާލަތުން ދެން އަރައިގަނެވޭނީ "ފިސާރި ކެރޭ" ބަޔަކު "ބޮޑެތި ގުރުބާނީތަކެއް" ވެގެންކަން އެއީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫނެވެ. ދުނިޔޭގަ ތިބި ބަޔަކަށް އެދުވަސްވެސް އަދި ފެންނާނެއެވެ.