ޚިޔާލު / އިގްތިސާދު

ހަރަދުތައް ކުޑަކުރުމަށް ތައްޔާރުވަމާ!

ކޮރޯނާވައިރަސްއާ އެކު މާސްކް ގަންނަނީ: ދުނިޔޭގެ ވިޔަފާރިއަށް އައި ހުއްޓުންތައް ރާއްޖެއަށް ވެސް އަންނާނެ

އިބްރާހިމް އާތިފް ޝަކޫރު

12 މާޗް 2020 - 12:11

6 comments

މުހާވިރާ ބަހެއްގެ ގޮތުގައި ބޭނުން ކުރާ އިނގިރޭސި ޖުމްލެއެއްގައި ބުނަނީ “A rising tide floats all boats” ނުވަތަ ފޫދޭ ދިޔަވަރުގައި ހުރިހާ އޮޑިއެއް ފުންވާނެ ކަމަށެވެ. އިގްތިސާދު ރަނގަޅު ވަމުން އަންނަ އިރުގައި، އެއް ސިނާއާތުން އަނެއް ސިނާއަތަށް ހަކަތަ ލިބި، ބޮޑެތި ވިޔަފާރީގެ ސަބަބުން ކުދި ވިޔަފާރިތަކަށް މަގު ހުޅުވި، މަސައްކަތްތެރިންނަށް ހުރި ފުރުސަތުތައް ފަހިވެ، ގައުމު ތިޔާގި ވާނެކަމެވެ. ނަމަވެސް މި މުހާވިރާގެ އަނެއް ފަރާތަކީ ދިޔަވަރު ހިކިގެން ދާ ވަގުތުގައި ހުރިހާ ބާވަތެއްގެ، ހުރިހާ ސައިޒެއްގެ އުޅަނދެއް ބީހި ބަނދަރުގައި ފަށަން ޖެހުމެވެ.

އަދުވެސް މާދަން ވެސް ރާއްޖޭގެ އިގްތިސާދުގެ ނާރެހަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މިކަމާ ޝައްކުކުރެވޭކަށް ނެތެވެ. އަދި ކައިރި ކުރިމަގުގައި މިކަން ބަދަލުވެގެން ހިނގައިދާނޭ ކަމަކަށް ވެސް ގަބޫލެއްނުކުރެވެ އެވެ. ކޮވިޑް-19 ގެ ސަބަބުން އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ. ރާއްޖޭގެ ބޮޑެތި އަދި ނަންހިނގާ ބްރޭންޑްތަކުގެ ހޮޓާތައް ދަނީ އެކަހެރި ކުރެވެމުންނެވެ. މާޗް މަހުން ފެށިގެން ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އާދަކޮށް ވެސް މަދުވެ އެވެ. ނަމަވެސް ފަތުވެރިވެރިކަމުގެ ނުމޫސުމާއި ކޮވިޑް-19 އާ ބައްދަލުވުމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑުތަނުން ނޭދެވޭ އަސަރު ކުރާނޭކަމީ މިއަދަކު ޝައްކެއް އޮތް ކަމެއް ނޫނެވެ.

މީގެ އިތުރުން އެއްވެސް ސިނާއަތެއް އޭގެ އަމިއްލަ ޒާތުގައި ވަކިން، ވަކި ވެއްޓެއްގައި ހަރަކާތެއް ނުކުރެ އެވެ. ކޮންމެ ސިނާއަތެއް ވަނީ އަނެއް ސިނާއަތަކާ ލާމެހިފަ އެވެ. ރިޒޯޓްތައް ހެދުމުގައްޔާއި، މަރާމާތު ކުރުމުގައި ހަރަކާތްކުރަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީންނެވެ. ފަރުމަސްވެރިކަމުގެ މާރުކޭޓުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރިޒޯޓްތަކުގަ އެވެ. ހަލުއިކޮށް ކުރިއަރަމުން ދިޔަ މުއަސާލާތީ ހިދުމަތްތަކާއި ދަތުރު ފަތުރުކުރުމުގެ ސިނާއަތުގެ ބޮޑު މިންވަރެއް ގުޅިފައިވަނީ ރިޒޯޓުތަކާއި ގެސްޓްހައުސްތަކުގައި މީހުން ތިބޭ އަދަދާ އެވެ. ކާބޯތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ވިޔަފާރިތަކަކީ ވެސް ސީދާ ރިޒޯޓް ވިޔަފާރިއާ ގުޅިފައިވާ ކަމެކެވެ. މިއީ ބޮޑެތި ވިޔަފާރިތަކެވެ.

ޓްރެވަލް އޮޕަރޭޓަރުންނާއި، ކްލިއަރަންސް އެޖެންޓުން، ފީނުމާއި ރާޅާޖައްސައި، ޕިކްނިކު ގޮސް ބާބެކިއު ޖަހައިދޭ ކުދި ވިޔާފާރިތަކުގެ ވިންދުގެ އަވަސް ލަސްމިން ގުޅިފައިވަނީ ވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ހާޓުބީޓާ އެވެ. ދަނޑުހައްދައިގެން ކައިރި ރިޒޯޓްތަކަށް ތަރުކާރީ ވިއްކާ ވިޔަފާރިތަކާއި، ކައިރި ކަނޑުފަޅު، ފަރުތަކުން ފަރުމަހާއި ހިބަރު ބާނާާ އިހި ނަގާ ވިއްކުމުގެ ހަރަކާތްތައް ވެސް ސީދާކޮށް ގުޅިފައިވަނީ ރިޒޯޓްތަކުގައި މީހުން ކާން ބޭނުންވާ އަދަދުތަކާ އެވެ. ޖުމްލަކޮށް ރާއްޖޭގެ ކުދި އަދި ބޮޑެތި ހުރިހާ ވިޔާފާރިތައް ވަނީ ޓުއަރިޒަމް ވިޔަފާރިއާ ގުޅި ލާމެހި، ބަނދެވިފަ އެވެ.

ވިޔަފާރީގެ ހުރިހާ ހަރަކާތްތައް ފަތުރުވެރިކަމުގެ ސިނާއަތުގެ ދުޅަހެޔޮކަމަށް ބަރޯސާވެފައިވާއިރު، އަޅުގަނޑުމެންގެ އެހެން ސިނާއަތްތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ރެސްޓޯރަންޓްތަކުގެ ވިޔަފާރިތައް ދަށްވެ ތާޒާ މަހުގެ އެކްސްޕޯޓު ވަނީ މަދުވެފަ އެވެ. އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ގިނަ ތަކެތި އިމްޕޯޓް ކުރަނީ ޗައިނާ އިން ކަމުން އިމާރާތްކުރުމުގެ ސިނާއަތަށް ތަކެތި ލިބިގަތުމުގެ ދަތިކަން އިހުސާސް ކުރެވި، އެ ސިނާއަތުގެ ދުވެއްޔަށް ވަނީ ލޮޑުކަން އިހްސާސްވެފަ އެވެ.

ވިޔަފާރީގެ ވެށި ބަނަވެ، މޫސުން ގޯސްވުމުން ވިޔަފާރިތަކުގެ ވިސްނުމަކަށް ވާނީ، ނަގިލި ވަރުގަަދަކޮށް މޫސުން ރަނގަޅުވަންދެން އޮޑި ހައްޔަރު ކުރުމުވެ. ކޮންމެހެން ކުރަން މަޖްބޫރު ދަތުރަކަށް މެނުވީ ކަނޑު ދުއްވަން ނުނިކުތުމެވެ. އެހެންކަމުން ހަރަދު ކުޑަކުރުުމުގެ ފިޔަވަޅުތައް ވިޔަފާރިތަކުން ނާޅާނެ ކަމަށް ވިސްނައިގެން ނުވާނެ އެވެ. މިވަގުތު ކައްޕިންނާއި އޮޑިވެރިން ވިސްނާނީ، ގަލުގައި ފަށަން ޖަހުނު ނުދީ ވީހާވެސް ބޮޑުކޮށް އޮޑި ލުއިކުރުމަށެވެ. މިނޫން ގޮތެއް ވާނެކަމަށް ހީކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ އެވެ.

ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން ކުރިޔަށް ރޭވި ޕްރޮޖެކްޓްތަކާއި އިންވެސްޓްމަންޓްތައް ވެސް ފަސްނުވެއެއް ނުދާނެ އެވެ. ވައިރޯޅި ހިނދި، ކަނޑުގެ ރާޅުތައް މައިތިރިވެ ހުދުފޮނު އޮބި، އުޑުމަތި ސާފުވެއްޖައުމަށް ދާންދެން އާ އިންވެސްޓްމަންޓްތައް ލަސްނުކުރާނޭ ކަމަކަށް ނުބުނެވޭނެ އެވެ.

އެހެންކަމުން ފަރުދީ ގޮތުންނާއި އާއިލީ ނަޒަރުން ކުރިޔަށް އޮތީ ހަރަދު ކުޑަކުރުމުގެ ދުވަސްކޮޅެކެވެ. ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް އަދަށް ވުރެ ހަރަދު ކުޑަ މާދަމާއަކަށް ތައްޔާރުވުމުގެ ދުވަސްވަރެކެވެ. "ގަސްކަރަ މަތިން ރޯޅި އައުމުގެ ކުރީގައި ފަސްގަނޑުގެ ކައިރިން ބަނދަރެއް ބަލަން' ޖެހިފައި އޮތް މޫސުމެކެވެ.

ވީމާ، އެންމެ ފަހުން ނުކުތް ސެމްސަންގް ގެލެކްސީ 900 ނުވަތަ އައިފޯނު 11 ނުގަނެ އިހަށް، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މަޑުކޮށްލަމާތޯ އެވެ؟ އާދަކޮށް ރޯދަޔަށް އާލާކުރާ ބަދިގޭ ސާމާނު މިފަހަރު ނުގަނެ ކިރިޔާ ވެސް ވާން އޮތިއްޔާ މިދިޔަ އަހަރުގެ އައިސްއަލަމާރިއާ އެކު އުޅެމާތޯ އެެވެ؟ ޔޫރޯ މެޗްތަކާއި ޖަޕާނު އޮލިމްޕިކްސް ބަލަން ގަންނަން އުޅުން 75 އިންޗީގެ ޓީވީ އިހަށް ނުގަންނަމާ ބަހީ އެވެ؟ ރޯދައަށް މަގު ދުއްވަން ގަންނަން އުޅުނު ސައިކަލް ގަތުން ލަސްކޮށް ސޭވިން އެކައުންޓެެއްގައި ފައިސާކޮޅު ޖަމައަކުރަމާތޯ އެވެ؟ ދިރިއުޅުމުގެ ހަރަދު ކުޑަ، ދަތި ދުވަސް ކޮޅަކަށް މިއަދުން ފެށިގެން ތައްޔާރު ވަމާތޯ އެވެ؟

ރާއްޖޭގެ އިގްތިސާދުގެ އަސާސަށް ބަދަލެއް ނާދެ އެވެ. ބޭރު މީހުން އަދިވެސް ރާއްޖެ ދެކެނީ ދެވަނައެއް ނެތް ފަދައިންނެވެ. ޔޫރަޕް މީހުންނަށް އެންމެ ކަމުދަނީ ދޮށީގައި ނުވަތަ އަތުނަނުގައި ދިވެހިން ބާނާ މަހެވެ. މިއަސާސަތަކަކަށް ބަދަލެއް ނާދެއެވެ. މިއީ ވަގުތީ ކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. އެހެންކަމުން، އިހަށް، ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް، ހަރަދުތައް ކުޑަކުރަމާތޯއެވެ؟ ރައްކާވެ ތިބިއްޔާ ދަތުރެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ، މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ ދާދި ފަހުން އިނގިރޭސި ބަހުން ނެރެން ފެށި މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރަައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.

6 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 22%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަތްނެތްކުއްޖާ

12 March 2020

އެއްވެސް މީހަކު ޙަރަދު ކުޑަކޮއްފިއްޔާ އެމީހަކީ ވަރަށް ނިކަމެތި މީހަކަށް ބައެއްގެ ކުރިމަތީގައި ވެގެން ހިނގައި ދާނޭތީވެ އެކަމެއް އެވެރިން ކުރާކަށެއް ބޭނުމެއް ނުވާނެ. ކެފޭ ރެސްޓޯރަންޓް ތައް އަބަދުވެސް އޮންނަނީ ފުރިފައި. ޝީޝާ ބޯ ފަރާތް ތައްވެސް ދުވަހުން ދުވަހަށް ވަނީ ގިނަ. ކިހިނެތް މިވަރުން މިވެރިން ޙަރަދު ކުޑަކުރާނީ. އަމާ ނުވަތަ ބަފާ ގާތުގައި ބުނީމާ ހިތް ފުރޭވަރަށް ފައިސާ ބަސްތާ ބަސްތާ ދޭނެ އެވެރިން ހިތްހަމަޖެއްސުމަށްޓަކައި.

The name is already taken The name is available. Register?

ނޫރާނީމާ

12 March 2020

ދިވެހިން މިތިބީ އިންތިހާ ދަރަޖައިގެ މުއްސަނދި ދިރިއުޅުމަކަށް އެޑިކްޓްވެފަ.. އެއްވެސް ކަމެއް އުނިވެއްޖިއްޔާ ހީވަނީ މޮޔަވެދާނެހެން.

The name is already taken The name is available. Register?

ކުރިދަ

15 March 2020

އަހަރުމެމެންގެ ޓެކްސް ލާރިކާ ބޭފުޅަކަށް ވާނީ.

The name is already taken The name is available. Register?

ބޮޑުރިޔާ

12 March 2020

ކުއްޔާ ކަރަންޓާ ފެނަށް ދައްކާފަ މިއުޅެނީ އަތުގާ މުކޮސްވެސް ނެތިގެން ހަރަދު ކުޑަވާނީ މީގެން އެއްޗަކުންވެސް އެއްޗެއް ކަނޑާލަދިނީމަ ދޯ

The name is already taken The name is available. Register?

ވިސްނާފައި

12 March 2020

ރައްޔިޔުން އަތުން ސަރުކާރަށް ނަގާ ޓެކުސް ތަކާ ފީތަށް ކުޑަ ކޮށް ނުވަތަ ސަސްޕެންޑް ކުރަން އެވަ ޖެހެއެވެ.

The name is already taken The name is available. Register?

މަށެއްނޫން

12 March 2020

ދިވެހި ހަރުބަހެއްގައި ބުނެފަ އޮވޭ" ނުބީހެންޏާ ކަނޑާ ހަމަ" އޭވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454