ޚަބަރު / އއ. މަތިވެރި

މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓް ހައުސްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

އއ. މަތިވެރީގައި ޖާބިރު ހިންގާ "ކަސާ މިއާ" ގެސްޓް ހައުސްގައި ހިނގި އަލިފާނުގެ ހާދިސާ.

އއ. މަތިވެރީގައި ހުންނަ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓް ހައުސްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިއަދު މި ހާދިސާ ހިނގާފައި ވަނީ "ކަސާ މިއާ" ކިޔާ އެ ގެސްޓް ހައުސްގެ ގޯތިތެރޭ ބިއްދޮށުގައި ވަކިން ހަދައިފައި ހުރި ދެ ބުރި އިމާރާތެއް ތިރީ ބައިގަ އެވެ.

ފުލުހުން ބުނީ މަތިވެރީގައި ކަރަންޓު ބޯޑެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރޭ ފަތިހު 5 ޖަހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އއ. މަތިވެރީގައި ޖާބިރު ހިންގާ "ކަސާ މިއާ" ގެސްޓް ހައުސްގައި ހިނގި އަލިފާނުގެ ހާދިސާ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައި ވަނީ ގުދަނެއް ކަހަލަ ތަނެއްގެ ތެރޭގައި ހުރި ކަރަންޓު ބޯޑެއްގަ އެވެ. އެތަނުގެ ތެރޭގައި ހުރި އެހެން ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މި ގެސްޓް ހައުސް އަކީ މަތިވެރީގައި ހިންގަމުން އަންނަ އެންމެ ބޮޑު ގެސްޓްހައުސެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް އެ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެފަހަރު މެމްބަރު ޖާބިރު ވަނީ އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. މިފަހަރު އެ ކަހަލަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.

އއ. މަތިވެރީގައި ޖާބިރު ހިންގާ "ކަސާ މިއާ" ގެސްޓް ހައުސްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި އިމާރާތް.

މި ގެސްޓް ހައުސް ހިންގާ ފަރާތުގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.

މި އަލިފާނުގެ ހާދިސާ މި ހިނގީ މިދިޔަ ބުރަސްފަތި ދުވަހު މެމްބަރު ޖާބިރާ އެކު އެ ރަށަށް ދިޔަ ބަޔަކު، އެ ރަށުގައި ދިރިއުޅޭ މީހަކަށް އަނިޔާކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ.

15 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 19%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސީ

07 November 2021

މުދަލަަށް ގެއްލުންދިނުން ގޯސް. ނަމަވެސް މެމްބަރަކަށްވެ ފައިސާ ކޮޅެއް ހުއްޓަސް ގާނޫނަށްވުރެ މަތީގަ ނޫޅެވޭނެ.

The name is already taken The name is available. Register?

އޯތް

07 November 2021

ރާއްޖޭގެ ރޯނުއެދުރު

The name is already taken The name is available. Register?

އަބްޑޫޅް

07 November 2021

"ގޯތިތެރޭ ބިއްދޮށުގައި"......މަތިވެރީގެ ނަން "ބިއްދޮށުވެރި" އަށް ބަދަލުކުރަންވީނުން.

The name is already taken The name is available. Register?

ކައްކާ

06 November 2021

ތިހެން ރަށްރަށު އަތިރިމަތީ ގެސްޓްހައުސް އެޅުމަކީ ޒާތެއްގެ ކަމެއް މިހާރު، ސަރުކާރުން ވޯޓުކޮޅެއް ބޭނުންވީމަ ބިންހިއްކާލަނީ، ދެންވާގޮތަކީ އެއްކަލަ ގޮނޑުދޮށުގަހުރި ސާފުބޯޑުތަކާ ޖެޓްސްކީތައް ހުންނަނީ ރަށުމެދުގަ. މިހެން ވެފަ އެބަހުރި ކިތަންމެ ރަށަކު.

The name is already taken The name is available. Register?

987654

06 November 2021

އެރަށު ކައުންސިލް ޖާބެއާ ވަރަށް ޖައްސާލައިގެން އުޅެނީ.

The name is already taken The name is available. Register?

ސަކީނާއްތަ

06 November 2021

އެއްވެސް މީހެއްގެ ހަރުމުދަލަށް މިގޮތަށް ގެއްލުންވާކަށް ނޭދެން. ތީ ބަޔަކުކުރިކަމެއްނަމަ ވަރަށް ބޮޑަށް ކުއްވެރިކުރަން.

The name is already taken The name is available. Register?

ށަވިޔަނި

06 November 2021

ގަސްތުގައި ބަޔަކު އަޑީގަ ތިބެގެން ކުރުވާ ކަމަކަށްވެދާނެ. އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއްނޫން. ތިކަންކުރިބަޔަކު ހޯދައި އަދަބުދީ.

The name is already taken The name is available. Register?

ކަރީމޜން

06 November 2021

އިންޝޫރެންސުން ރަނގަޅު އެއްޗެއް ތިލަވާނެ….

The name is already taken The name is available. Register?

ސަލިމް

06 November 2021

ތި ވާނީ އިންސިއުރަންސް އިން ލާރިގަޑެއް ހޯދަން ޖާބެ ޖަހާލި މަޅިއަކަށް.

The name is already taken The name is available. Register?

އަހަންމަދުބޭ

06 November 2021

އަޅެފަހެ އެތަނަކީ ނުހިންގާ ބަންދުކޮށްފަ ހުންނަތާ އެތަށް ދުވަހެއްވެއްޖެތަނެއް! މައުލޫމާތު ބައްލަވާފަ ޚަބަރު ރަނގަޅުކޮށްލަބަލަ! ނަމެއްގަ ހުރިތަނެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454