ކުޅިވަރު / ގައުމީ ވޮލީ ޓީމް

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަން މުންތާޒާ ހަވާލުކޮށްފި

ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސި މުންތާޒުގައުމީ އަންހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސި މުންތާޒު: މިއީ ހެޑް ކޯޗެއްގެ ގޮތުގައި ގައުމީ ޓީމުގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރު

އަންނަ މަހު ބާއްވާ ސެންޓްރަލް ޒޯން އަންހެން ވޮޅިބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ކްލަބް ވޮލީގައި ކާމިޔާބު ހޯދާފައިވާ މުންތާޒު އަލީ ހަމަޖައްސައިފި އެވެ.

ކުރީގެ ކޯޗު އިބްރާހިމް ޖަލީލް (ޖައްލަ) ގެ އެސިސްޓެންޓް ކޯޗަކަށް އަންހެން ޓީމުގައި ވެސް ހަރަކާތްތެރިވި މުންތާޒު، ހެޑް ކޯޗެއްގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތް ކުރާނެ ފުރަތަމަ މުބާރާތަކަށް ވާނީ ސެންޓްރަލް ޒޯން މުބާރާތެވެ.

ދިވެހި ސިފައިންގެ ކްލަބަށް ކާމިޔާބު ހޯދައިދިން ކޯޗު، މުންތާޒު ވަނީ މީގެ ކުރިން އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް ގައުމީ ޓީމުގައި މަސައްކަތް ކޮށްފަ އެވެ.

ސެންޓްރަލް ޒޯނުގެ އަންހެން މުބާރާތް އަންނަ މަހުގެ 20-31 އަށް ބަންގްލަދޭޝްގައި ބާއްވާއިރު، ގައުމީ ޓީމުގެ ކޯޗަކަށް މުންތާޒު ހަމަޖެއްސީ، އެ މުބާރާތަށް ތައްޔާރުވާން ބޭރުގެ ކޯޗު ގެންނަން އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ ވަގުތީ ގޮތުންނެވެ. ގައުމީ އަންހެން ޓީމާ ހަވަލުވާ ބިދޭސީ ކޯޗު މާލެ އަންނާނި އަންނަ މަހު އެވެ.

ވީއޭއެމުން ވަނީ ގައުމީ އަންހެން ޓީމާއި ސީނިއާ ފިރިހެން ޓީމަށް ވެސް ބޭރުގެ ކޯޗުން ގެނައުމަށް ނިންމައިފަ އެވެ.

ގައުމީ ވޮލީ ލީގުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދާފައިވާ މުންތާޒަކީ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް މި ވަގުތު އެންމެ އެކަށޭނެ ކެންޑިޑޭޓް ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ދަންނަ، މި ފަހަކަށް އައިސް ގައުމީ މުބާރާތުގެ ތައްޓާ އެންމެ ރައްޓެހި ކޯޗަކީ މުންތާޒު. އެއީ ގައުމީ އަންހެން ޓީމުގައި މީގެ ކުރިން ވެސް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ހުރި ކޯޗެއް. އެހެންވީމާ މުންތާޒުގެ ފެންވަރާއި ތަޖުރިބާއާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް،" ރަނޭ ވިދާޅުވި އެވެ.

"މި ކުޑަދުވަސްކޮޅުގެ ތެރޭގައި ވެސް ތަފާތު ދެއްކޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ."

ރަނޭ ވިދާޅުވީ ސީނިއާ ހަތަރު ކުޅުންތެރިންއަކު އާއިލީ ސަބަބުތަކާ ހެދި ގައުމީ ޓީމާ ދުރުގައި މިވަގުތު ތިބުމަކީ އޮތް ގޮންޖެހުމެއް ކަމަށެވެ. އާއިލީ ސަބަބުތަކާ ހެދި މި ވަގުތު ގައުމީ ޓީމުގައި ނެތީ ޓީމުގެ ދެ ލިބަރޯ ހައްވާ މުރުޝިދާ އާއި ނުހާ ވަހީދު (ނުއްޕު) ގެ އިތުރުން ހައްވާ ޝަހާ އެވެ.

ސެންޓްރަލް ޒޯންގެ އަންހެން މުބާރާތުގައި ތުރުކްމެނިސްތާނުން ވާދަކުރަނީ ޒުވާން ޓީމެކެވެ. އެކަމަށް އިޝާރާތްކޮށް ރަނޭ ވިދާޅުވީ، ޓީމުގައި ބައިވެރި ވެވެން ނެތް ތަޖުރިބާކާރު ކުޅުންތެރިންގެ ބަދަލުގައި އެ މަގާމުތައް ފޫބައްދަން ގިނަ ޒުވާން ކުޅުންތެރިން ޓީމުގައި ހިމަނަން އިސްކަން ދޭނެ ކަމަށެވެ.

މުންތާޒް ބުނިގޮތުގައި، ފުލް ޓީމުގައި ކުޅޭ މުހިންމު ހަތަރު ކުޅުންތެރިންނަށް ގައުމީ ޓީމާއެކު މި ވަގުތު ދެވެން ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އޭނާ ބުނީ، މެޑެއްޔެއް ހޯދުމުގެ އަމާޒުގައި ނުކުންނައިރު، ރާއްޖެއާ ވާދަކުރަން އޮތް ނޭޕާލްގެ ޓީމު ބަލި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެންވެ، ނާޕޭލްގެ މެޗަށް ސަމާލުކަން ދީގެން އިތުރަށް މަސައްކަތް ކުރާނެ ކަމަށް މުންތާޒު ބުންޏެވެ.

"ގައުމީ ޓީމު މުބާރާތަށް ނުކުންނައިރު، އަޅުގަނޑުމެން މި ޖެހެނީ ވަރަށް މަދު ޕްރެކްޓިހެއް ކޮށްގެން ނުކުންނަން. އެއީ ހަގީގަތުގައި ނެޝަނަލް ޓީމުތައް އޮންނަން ޖެހޭނެ ގޮތަކީ ވެސް،" ވާދަވެރި މުުބާރާތްތަކަށް ފަހު ގައުމީ ޓީމު ތައްޔާރު ކުރަންޖެހޭ ވަރު ފަސޭހަ ވާނެކަން ފާހަގަކޮށް މުންތާޒު ބުންޏެވެ.

"ރާއްޖޭގައި މި ވަގުތު ނެތް ވޮލީ ލީގެއް. ވޮލީ ލީގެއް އޮތް ނަމަ ވަރަށް ފަސޭހަ ވާނެ ގައުމީ ޓީމުގެ ކޯޗުންނަށް ވެސް ޓީމު ތައްޔާރު ކުރަން. އެއީ ލީގެއް އޮތީމާ ކްލަބުތައް އެންމެ މޮޅެތި ކުޅުންތެރިން ގެނެސްގެން ވަރުގަދަ އަށް ތައްޔާރު ވާނެ. އެކަމަކު މިއަދު ކުރަން ޖެހިފައި މި އޮތް ކަމަކީ ގައުމީ ޓީމު ތައްޔާރު ކުރުން ކްލަބް މުބާރާތްތަކަށް ވުރެ ކުރިން."

އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި ބަލާނީ މިހާރު ޓީމާ ދުރުގައި ތިބި ކުޅުންތެރިން ކުޅޭ މަގާމުތަކަށް އެންމެ ރަނގަޅު ކުޅުންތެރިން ހިމަނައިގެން މުބާރާތައް ދިއުމަށް ކަމަށް އޭނާ ބުންޏެވެ.

"މީގައި ނެތް ވަކި ޖޫނިއާއެއް ނުވަތަ ސީނިއާއެއް. ކޮންމެ ގޮތެއްގައި ވެސް ޓްރޭނިންގައި ރަނގަޅު ނަތީޖާއެއް ނެރޭ ކުޅުންތެރިންތަކެއް ގޮވައިގެން އަޅުގަނޑު ދާނީ،" އޭނާ ބުންޏެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯންބެ

07 November 2021

ބާސްކެޓް ގަ އަދިވެސް ސުޕުން އަންހެން ޓީމް ގަ ، ވަރުގަދަ ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454