ދ. ކުޑަހުވަދޫން ބޭރު ކުރަން އުޅުނު ރުއްތައް.-- ފޮޓޯ: ކުޑަހުވަދޫ ޔުނައިޓެޑް ފޭސްބުކް
08 ނޮވެމްބަރ 2021 - 11:01
ގަވާއިދާ ހިލާފަށް ދ. ކުޑަހުވަދޫން ރުއްތަކެއް ބޭރުކުރަން އުޅެނިކޮށް ހުއްޓުވުމަށް ފަހު، ރަށުން ބާލަން ފަހުން ހުއްދަ ދިން ރުކާއި ގަސްތަކަކީ އަލުން އިންދައިގެން ބޭނުން ނުކުރެވޭނެ އެއްޗެހި ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.
އީޕީއޭ އިން ވަނީ އެ ރަށުން 74 ރުއްގަސް ބޭރު ކުރަން މިދިޔަ ހޮނިހިރު ދުވަހު ހުއްދަ ދީފަ އެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ ކުޑަހުވަދޫގައި ޖުވެނައިލް ރެސިޑެންޓް ސެންޓަރު އެޅުމަށް ހޯމް މިނިސްޓްރީ އަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަސްތަކުގެ ތެރެއިން ބައެއް ރުއްގަސްތައް އެ ރަށުގެ އެހެން ތަންތަނުގައި އަލުން އިންދުމަށް އަންގައި އަދި އަލުން އިންދައިގެން ބޭނުން ނުކުރެވޭނެ ރުއްތައް އެ ރަށުން ބާލަން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
"ބާލަން ހުއްދަ ދިނީ އޭގައި އެއްވެސް އެއްޗެއް ނަޅާ ގިނަ ދުވަސްވެފައި ހުރި ރުއްތަކާއި އެ އެއްޗެހި އެހެން ތަނެއްގައި އިންދައިގެން އަލުން ނެހެދޭނެ އެއްޗެހި،" ނައީމް ވިދާޅުވި އެވެ.
މި ރުއްތަކާއި ގަސްތައް މިހާރު ވަނީ ރަށުން ބާލައިފަ އެވެ. މި އެއްޗެހި ގެންދިޔަ ތަނެއް އަދި ނޭނގެ އެވެ.
ހުއްދަ ނެތި ދ. ކުޑަހުވަދޫން 100 އަށް ވުރެ ގިނަ ރުއް ބޭރުކުރަން އުޅުނު ކަމަށް ބުނެ، އެ ރަށު ކައުންސިލްގެ މެމްބަރަކާއި ފުލުހުންނާއި ރައްޔިތުން ނުކުމެ އެކަން ހުއްޓުވީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ގަވާއިދާ ހިލާފަށް މި ރުއްތައް ރަށުން ބޭރުކޮށް، އެއިން ނާޖާއިޒު ފައިދާއެއް ނަގަން އުޅުނު ކަމުގެ ތުހުމަތު އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ އަށް ކުރި އެވެ.
މި ތުހުމަތާ ގުޅިގެން އޭނާގެ ޖަވާބެއް އަދިވެސް ލިބޭ ގޮތެއް ނުވެ އެވެ.
ގަވާއިދާ ހިލާފަށް ކުޑަހުވަދޫން ރުއްތަކެއް ބޭރުކުރަނިކޮށް ހުއްޓުވުން؛ ތުހުމަތު ކައުންސިލްގެ ރައީސަށް https://t.co/N5H4VoyleG
— Mihaaru (@Mihaarunews) November 6, 2021
އީޕީއޭ އިން ކުރިން ހުއްދަ ދިނީ މި ހުރިހާ ރުއްގަސްތައް އެ ރަށުގެ އެހެން ތަންތަނުގައި އިންދުމަށެވެ. އެކަމަކު އެ އެންގުމަށް ތަބާނުވެ، ރުއްތައް ބޭރުކުރަން އުޅުމުން އީޕީއޭ އިން ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު އެކަން ހުއްޓުވައިފަ އެވެ. އަދި އެކަން ކުރަން ފަހުން ހުއްދަ ދިނީ ރަށު ކައުންސިލުން ރަސްމީކޮށް، އީޕީއޭގެ ހުއްދަ އަށް އެދުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
08 November 2021
މެދުސައިޒުގެ ރީތި ރުއްތައް ގެންދިޔައީ.. 150 ފޫޫޓުގެ ލޭންޑިންކްރާފްޓް ގެ 3 ލޯޑު ގެންގޮއްސި.. ޢަދިވެސް އުފުލަނީ.. މިހާރުވެސް 120ރުށް ބޭރުކޮށްފި. ޢެތަނުގަ ހެދި ބޮޑުވެފަހުރި 240 ރުއްހުންނާނެ
1828
08 November 2021
ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ.
މޮހޮރާބެ
08 November 2021
ހުސްދޮގު ހަދަނީ. ނައީމްބެ އިސްތިއުފާ
ހުސްބިން އަހުމަދު
08 November 2021
އެއާޕޯޓުގެ އަރިމަތީ އެއޮތް ހުސްބިން އެއީ ކީއްކުރާ ތަނެއް؟
ކުރުކޮށް
08 November 2021
އެންމެން ކުރިމަތީ ރުއް އެ ހުރީ ފެންނާށެވެ ދެން އިންދޭނޭ ނުއިންދޭނޭ ތިކިޔަނީ ހިޔާ ފްލެޓަށް އޮޑިޓުން ނެރެސިން ކަހަލަ ރިޕޯޓާ ދާދި އެއްގޮތް އެއްޗެކެވެ
ރިބޫން
08 November 2021
ތިވަރުގެ ރުއްތަކެއް ބޮޑުހަރަދުކޮށްގެން ގެންދާނެބާ..އީޕީއޭއިން ރުކުގައި އެއްޗެހި އަޅާތޯވެސް ބަލަންޖެހޭބާ؟؟އެއްޗެހި ނާޅާ ރުކާއި ގަސް އެއީ ތިމާވެއްޓަށް ގެއްލުންވާ އެއްޗަކީތަ؟؟ހުވާ މިބުނީ ތާކުންތާކު ޖެހޭ ވާހަކަ ދައްކާ ބައެއްނޫންމީ.