ޚަބަރު / ލޯކަލް ކައުންސިލްތައް

އިތުރު ކޮށްދިން މުއްދަތަށް ލޭންޑް ޔޫސް ޕްލޭން ނުނިމިދާނެ: ކައުންސިލްތައް

ތ. ވޭމަންޑޫ.--

ރަށްރަށުގެ ބިން ބޭނުން ކުރާނެ ގޮތް ކަނޑައެޅުމަށް، ރަށު ފެންވަރުގައި ހަދަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކުރަން އިތުރު ކޮށްދީފައިވާ މުއްދަތުގެ ތެރޭގައި ވެސް އެ މަސައްކަތް ނުނިމިދާނެ ކަމުގެ ކަންބޮޑުވުން ބައެއް ކައުންސިލްތަކުން މިއަދު ފާޅުކޮށްފި އެވެ.

އޭގެ މައިގަނޑު މައްސަލައަކީ އެކަން ކޮށްދޭނެ ބަޔަކު ނެތުން ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް ކައުންސިލަރުން ވިދާޅުވި އެވެ.

ތ. ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އެކި ފަހަރު މަތިން އިއުލާނު ކުރުމުން، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ޝައުގުވެރިވީ މި މަހު ކަމަށެވެ. އަދި މިހާރު އޮތީ ބީލަމުގެ މަރުހަލާގައި ކަމަށާއި މި މަސް ނިމުމުގެ ކުރިން އެ މަސައްކަތް ބަޔަކާ ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދަތިވި މި މަސައްކަތް ކުރާ މީހުން ހޯދަން،" ރަޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ބަޔަކާ ހަވާލުކޮށް، އެ މަސައްކަތް ނިންމަން އަދި ދެ މަސް ދުވަސް ނަގާނެ ކަމަށް ލަފާކުރެވެ އެވެ.

ލާމަރުކަޒީ ގާނޫނުގައި އޮތީ ކައުންސިލްތަކުގެ މެމްބަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އެކަމަކު، އެ މުއްދަތުގައި މަސައްކަތް ނުނިމުމުން، ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހު 30 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދީފަ އެވެ.

ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ފަންނީ ގިނަ މަސައްކަތްތަކެއް ހިމެނޭ ކަމަށާއި އެހެންވެ މިއީ ފަންނީ އެހީ ނުލިބި ކައުންސިލްތަކަށް ކުރަން ވަރަށް އުނދަގޫވާނެ ކަމެއް ކަމަށް ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވެސް ވިދާޅުވި އެވެ. މި މަސައްކަތް ނިންމަން ކައުންސިލްތަކަށް އެންމެ ބޮޑަށް އުނދަގޫވެފައި ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިއްލަދޫގައި ލޭންޑް ޔޫސް ޕްލޭން ހަދަނީ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. އެހެން ރަށްރަށުގައި ވެސް މި މަސައްކަތް ކުރަން ވަނީ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.

"ރާއްޖޭގައި ވަރަށް މަދު ޕްރޮފެޝަނަލީ މިކަން ކޮށްދޭ މީހުން. އެހެންވެ ވާގޮތަކީ އެއްފަހަރާ އެހާ ގިނަ ކައުންސިލްތަކުން މި މަސައްކަތް ކުރަން އުޅުމުން މަސައްކަތް ކޮށްދޭނެ ބަޔަކު ލިބުން ވެސް މި އޮތީ ދަތިވެފައި،" އޭނާ ވިދާޅުވި އެވެ.

ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ނެގުމާ ގުޅިގެން އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް މެދުކަނޑައިލި ނަމަވެސް، ސަރުކާރުން ދައްޕަރު އެ ރަށުގެ ބަޔަކަށް އަލުން ހެދުމާ އެކު، އެ މަސައްކަތް ފަށައި މި މަސް ތެރޭގައި ނިމޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވެފައި ވަނީ އެކި ސަބަބުތަކާ ހުރެ މި މަސައްކަތް ނުކުރެވި ލަސްވަމުންދާތީ، އެ އިދާރާއިން ވެސް 40 އަށް ވުރެ ގިނަ ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމުގެ މަސައްކަތް ކޮށްދެމުން އަންނަ ކަމަށެވެ.

މަސައްކަތް ނިމުން ލަސްވާތީ، ރަށުގެ ތަރައްގީ އަށް ހިންގަން ހުރި ބައެއް ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދެވޭ ކަމުގެ ކަންބޮޑުވުން ކައުންސިލްތަކުގެ އޮތް ނަމަވެސް، ޕްލޭނިން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވައިލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފަށާނީ އެ ޕްލޭނަށް އަމަލުކުރުމަށް، ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި ފާސްކުރުމުންނެވެ. އަދި މި ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝުކުރިއްޔާ އިއްޒަތާ ޖާހުގެ މެންބަރު

14 November 2021

ދެން ތި ޕްލޭން ހަދާނެ ކަމެއް ނެތެވެ ހެދިޔަސް ލިބޭ އެއްޗެއް އެބަ އޮތް ހެވެ ނެތެވެ އެކަމަކު ހަދަން ޖެހެއެެވެ އަތް ނުލާ އޮތީ މިސަރުކާރު ހިންގަން އެންމެ އަހރެކެވެ ދެން ކޮން ރޭވުމެއް ރާވާކަށް ހެވެ ނުވިއެއް ނުން ދެން ފައިބާ

The name is already taken The name is available. Register?

ޏަމް

14 November 2021

ކަމެއް ކުރެވޭނީ ކަމެއް ކުރަންއިނގޭ ފެންވަރުގެ ބަޔަކަށްދޯ؟ ޓައި އަޅައިގެން އެއްކެފޭން އަނެއް ކެފޭން ދުވުނީމަ ލޭންޑްޔޫސް ޕްލޭން އެކަންޏެއްނޫން އެއްކަމެއްވެސް ނުވާނެ. ދެން ޕާޓީ ކުދިން ކުރިމަތިލީމަ ހެޔޮ އެކަށްޗެއް ނޭންގުނަސް ތައުލީމެއް ނެތަސް ހަމަ އޯކޭ. ކައުންސިލްތަކަށް މެންބަރުން ހޮވާއިރު މިހާރަށްވުރެ ޒިންމާދާރުވާން އެބަ ޖެހޭ. އަދި މިކަމަށްވެސް ކޮންމެވެސްކަހަލަ ތައުލީމީ ފެންވަރެއްވެސް ހުންނަން އެބަ ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454