ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ފައިސާ ޗާޕުކުރުމަކީ ރައްޔިތުންނަށް ދޭ ލަނޑެއް ކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް.
16 ނޮވެމްބަރ 2021 - 13:35
މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުން ނުވަތަ ފައިސާ ޗާޕްކުރުމަކީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ވާނެ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ސަރުކާރުން ދޭ ލަނޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ޕަބްލިކް އެކައުންޓް އޯވަޑްރޯކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުުރުކޮށްދޭން އެދުނު މައްސަލައިގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފު ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ރާއްޖޭގެ އިގްތިސާދު އިތުރަށް ހަލާކުވާނެ ކަމަށެވެ. ޕައިސާ ޗާޕްކުރުމުން ރައްޔިތުންނަށް ލިބޭނީ އިތުރު ގެއްލުންތަކެއް ކަަމަށާއި އެކަމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލި ދިވެހި ފައިސާގެ އަގު ދަށަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަހަލަ ކަންތައް ކުރީމާ މިއަކަށް ދެނެއް މިއީ ތާހިރު ކަންތަކެކޭ ނުކިޔޭނެ އިއްޒަތްތެރި ރައީސް. މިއަށް ކިޔޭނީ މިއީ މުޑުދާރު ކަންތައްތަކޭ. އެމްޑީޕީގެ ވެރިކަމަށް ތިން އަހަރު މިއަދު މިފުރެނީ. ތިން އަހަރު ފުރޭ އިރުގައި އެމްޑީޕީގެ ސަރުކާރުން މިއަދު ރައްޔިތުންނަަށް މިދެނީ ބޮނޑިއެއް. ލަނޑެއް މިދެނީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ރަނގަޅުވަމުން އަންނަ ކަމަށާއި ބޭރުގެ އެހީ ވެސް ލިބޭ ވާހަކަ ސަރުކާރުން ބުނެފައިވާ ކަމަށާއި މިފަދަ ހުއްދައަކަށް އެދުމުން އެ ދެ ވާހަކަ ދިމާނުވާ ކަމަށާއި ސަރުކާރަަށް މިވާގޮތް އެނގޭކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ބަޖެޓް މެނޭޖްކުރަން ދަތިވެއްޖެއްޔާ ދެން ކުރަން ޖެހޭނެ ފުރަތަމަ ކަމަކީ ސިޔާސީ މީހުން މަދުކޮށް، ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ އެއާ އެކީގައި ދެން ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑުމެން، މެމްނަރުންނާއި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ދަށްކުރުން،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފައިސާ އިތުރަށް ޗާޕްކޮށްގެން ސަރުކާރުން ހަރަދުކުރަނީ ރަނގަޅަށް ނޫން ކަމަށާއި، ފައިސާ ހަރަދުކުރަނީ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދިނުމަށާއި ސިޔާސީ މީހުންނަށް ދޭން ކަމަށެވެ. ފައިސާ ޗާޕްކޮށްފައި ރައްްޔިތުންނަށް ބެހިޔަސް އެއަށް ވުރެ މާރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަަދައްކަވަަނީ. އޭނާ މިއަދު ވިދާޅުވީ ފައިސާ ޗާޕްކޮށްގެން ސަރުކާރުން ހަރަދުކުރަނީ ރަނގަޅަށް ނޫންކަމަށް.. ފޮޓޯ: ރައްްޔިތުންގެ މަޖިލިސް.
ފައިސާ ޗާޕްކުރަން ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން ހުއްދަދޭން ސަރުކާރުން އެދުމުން، މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި އެކަމަކު އަދިވެސް މަގާމުގައި އެބަ ހުންނެވި ކަމަށް ވިދާޅުވެ، ޝިޔާމް އޭނާއަށް ވެސް ފާޑުވިދާޅުވި އެވެ.
"އަޅުގަނޑު އިން ކޮމިޓީއެއްގައި ގަވަރުނަރު ވިދާޅުވި ތިމަން މަނިކުފާނު ގަވަރުނަރަކަށް ހުންނަވައިގެން މިކަން ނުކުރައްވާނަމޭ. މިއީ އެހާ ވެސް ނުރައްކާތެެރިކަމެކޭ، ދިވެހި ގައުމަށް، ދިވެހި ގައުމުގެ ރައްޔިތުންނަށް އެހާވެސް ނުރައްކާތެރިކަމެކޭ. ތިން ފަހަރު ޗާޕްކުރާ އިރު ވެސް އެމަނިކުފާނު އަދިވެސް އެހުންނެވީ އެމްއެމްއޭގެ ގަވަރުނަރަކަށް،" ޝިޔާމް ވިދާޅުވި އެވެ.
ފައިސާ ޗާޕްކޮށްގެން ސަރުކާރުން ކުރީ ކޮން ހޭދައެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ޕަބްލިކް އެކައުންޓް އޯވަޑްރޯކުރާ އަދަދު ދަށްކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހަޅުއްވާފައިވާ ކަންތައްތަކަކީ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްވީމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށް ހީކުރެއްވުނު ކަމަށާއި އެކަމަކު އެކަން ނުފެންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ޕެންޑެމިކް ނިމިގެން ބޯޑަރުތައް ހުޅުވައިލީމާ މި ބިމުގައި ފައި ނުޖެހޭ އިއްޒަތްތެރި ރައީސް. މިގައުމުގައި މަޑުކޮށްލާނެ ވަގުތު ނުލިބޭ އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޕަބްލިކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް އޭގެ ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ.
ކޮވިޑް ކޮންޓްރޯލްވެ، ބޯޑަރު ހުޅުވުމުން ޓޫރިޒަމްގެ ސިނާއަތު ކުރިއަރަން ފަށައި އިގްތިސާދީ ދުވެލި ރަނގަޅުވަމުން ދިޔަ ނަމަވެސް ބަލިމަޑުކަމުން ފުރިހަމަ އަށް އަަރައިގަނެވިފައި ނުވާތީ އާއި އިގްތިސާދީ ރިސްކުތައް އަދިވެސް މަތިކޮށް ހުރުމަކީ ވެސް އަމީރު ވިދާޅުވި ގޮތުގައި ފަައިސާ ޗާޕްކުރުމުގެ ހުއްދައަށް ސަރުކާރުން އެދުނު ސަބަބެކެވެ.
ޕަބްލިކް އެކައުންޓުން ކުރިން އޯވަޑްރޯ ކުރި ފައިސާ ކުރު މުއްދަތެއްގައި އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށާއި ބަޖެޓް ތަންފީޒު ކުރަން ދަތިވާނެ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިރުނދު
17 November 2021
މޮޅުވާހަކަ މިއަދު ތިދައްކަނީ ކޮންއެދުމެއްގަާ؟ ޔާމީނުގެ ސަރުކާރުގަ ހުރިހާ ޖަރީމާއެއްހިންގިއިރު އތްތިލަބަޑިޖަހަންހުރީ ކޮންހުވަފެއނެއްގަ ހޭވެރިނުވެބާ؟ގައުމޭ ރައްޔިތުންނޭކިޔާފަ ވާހަކަދައްކަން ތިޔައީ މާރީތިބަޔެއްނޫން!5އަހަރުތެރޭގަ ހިންގިޖަރީމާތައް ހަނދާންނެތޭވަރެއނުވޭ! ކިތަންމެވަރަކަށް ކުކުޅުބިހު ޝޭންޕޫއިން ހުދުފޮނުއަރުވާފަ ޔާމީނު ތޯހިރުކަމަށްދައްކަންއުޅުނަސް އެކަމެއްނުވާނެ!ޔާމީނުއަށް ވެރިކަންދޭންބޭނުންވެގެންއުޅޭ 6މޮޔައިން އުޅުނަސް ތިކަމެއްނުވާނެ!
ޢަރުތަ
16 November 2021
ސަރީފުމެންގެ ބިއުޓިފުލް ސަރުކާރުގަ އެހެންވެގެންދޯ ފައިސާ ޗާޕުނުކުރީ، މަހިތަށްއަރާ މިމީހުން ގަމީހާ ފަޓުލޫނާ ލައިގެން މިތިބެނީ ކީއްކުރަންބާއޭ! .....
ރަސާދު
16 November 2021
ޔާމީން ދައުރުގަ ފައިސާ ޗާޕުކުރިއިރު ތިހެން ބުނިނަމަ ވަޒީރުކަމަކު ނުހުރެވުނީސް.
ބޮޑުމީހާ
16 November 2021
ހެޔޮވިސްނޭ ވާހަކައެއް ދެއްކިޔަސް ގަބޫލުކުރާނެ ބަޔަކު ނެތ
މާރު ޓީވީ
16 November 2021
ފޫ ގޮސްފައި އޮތް ސަރުކާރެއްގައި ވާނީ އެހެން ނެތް ފޮތިން ފޫގަޅަމުން ބިގޭއަށް 600 މިލިއަން އެއަރޕޯރޓެް ކުރިން ހުވަރަފުށީ ސައްލެއަށް ބޭކާރު އެއަރޕޯރޓެއް އަތޮޅުގެ އެންމެ 34% މީހުން ނަށް
ހަނުހުންނަ މީހާ1
16 November 2021
އިއްޔެ އެމްޑީޕީން ފައިސާ ޗާޕްކުރުމާ ދެކޮޅު މިއަދު ޕީޕީއެމުން ދެކޮޅު. މާދަން ޕީޕީއެމަށް ވެރިކަން ލިބުނިއްޔާ އަކެއްކާ އެމްޑީޕީން މިކަމާ ދެކޮޅުވާނެ. މީގެ މާނަ އަކީ ދެޕާޓީއަށްވެސް މީ އިގްތިސާދީ ގޮތުން ގޯސްކަމެއްކަން އެގެއޭ އެކަމަކު ވެރިކަން ދިފާއުކޮށް ސަރުކާރު ހިންގަން ފަސޭހައަކަށް ފަސޭހަގޮތް ހަދާލަނީ. އެހެންވެ އަހަރެން މިކިޔަނީ ސިޔާސީ މީހުންނަކީ ރައްޔިތުންނަށް އޯގާތެރި ބައެއް ނޫނޭ އެމީހުން އުޅޭނީ އަމިއްލަ އެދުމާހެދި.
ޕްރާޑް އައިނު
16 November 2021
މުޅި ގައުމުގެ ބައިތުލް މާލް ދަވާލި ބައެއްގެ ވާހަކަ މިދައްކަނީ.....؟؟؟؟
އިއްލި
16 November 2021
އެލަނޑު ދޭންވެގެންތަ ޔާމީން ސަރުކާރުގަ ފައިސާ ޗާޕްކުރީ؟
ހުސެންް
16 November 2021
ޕުރިންޓުކުރެވޭ އެއްޗެއްވިއްޔާ ޕުރިންޓުކޮށްފަ ބަހައްޓާ. ރަނގަޅުވާނެ. ޔާނުވެސް ފުރަތަމަ ކުރިކަމަކީ ފައިސާ ޕުރިންޓުކުރުން. އޭގެތެރެއިން އެއްހާސް ރުފިޔާގެ 2 ޕެލެޓު ގެއްލުނޭވެސް ކިޔާ. އެފައިސާ މިހާރު ދައުވާން ފަށާފަކަމަށްވަނީ.
ހުސްނުހީނާ
16 November 2021
މި އިއްޒަތްތެރި މެމްބަރު މަޖިލީހުގަ ހުރުމަކީ ދާއިރާގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ލަނޑެއް!