އިސްލާމިކް ޔުނިވާސިޓީގެ ޗައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުު ދެއްވަނީ. ފޮޓޯ: ރައްްޔިތުންގެ މަޖިލީހުގެ އިދާރާ
16 ނޮވެމްބަރ 2021 - 14:35
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކެމްޕަސް އަޅައިދޭނެ ކަމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީން) ކުރިން ބުނި ނަމަވެސް އެ ނިންމުމަށް ފަހުން ވީ ގޮތެއް ނޭނގޭ ކަމަށް އެ ޔުނިވާސިޓީން އިއްޔެ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، އައިއެމްޔޫގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ހިލޭސާބަހަށް ކޮށްދޭ ކަމެއްގެ ގޮތުގައި ހުޅުމާލެ ކެމްޕަސްް އަޅައިދޭން އައިޑީބީން ފުރަތަމަ ބުނި ކަމަށެވެ. އެއަށް ފަހު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އައި ބަދަލެއްގެ ގޮތުގައި، ކޮމާޝަލްކޮށް ކުރާ ކަމެއްގެ ގޮތުގައި އެ ކެމްޕަސް އަޅައިދޭން ވެސް އައިޑީބީން ބުނި ކަމަށާއި ނަމަވެސް ފަހުން ވީ ގޮތެއް ނޭނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން އެތަން ހަމަ ދަރުމަވެރިމަގުން އަޅައިދޭން ނިންމަވާފައި އޮއްވައި، ކުއްލިއަކަަށް، މި ކޮވިޑްގެ ހާލަތާ ގުޅިގެން ބަދަލުތަކެއް އައިސް އެންމެ ފަހުން ކޮމާޝަލް އުސޫލުން ވެސް އެކަން ކޮށްދޭން ވައުދުވެފައި، އޭގެ ފަހުން ވެސް އަޅުގަނޑުމެން އެފަރާތާ އެކި އެކި ގޮތްގޮތުން ކޮމިއުނިކޭޓްކޮށްގެން ވެސް ހަމަ އެއްވެސް ކަހަަލަ އެދެވޭ ނުލިބޭ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައިޑީބީން އެކަމާ ބެހޭ ގޮތުން ފޮނުވާފައިވާ ލިޔެކިއުންތައް އައިއެމްޔޫގައި އެބަހުއްޓެވެ. އެ ބޭންކުން ފުރަތަމަ ވާހަކަ ދެއްކީ ވަރަށް ފަހިކޮށް ކަމަށް ވިޔަސް، މިހާރު އެ ވާހަކަތައް ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ ވިދާޅުވީ އައިޑީީބީގެ ނިންމުމަށް ވީ ގޮތެއް ނޭނގުނު ކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ޒަކަރިއްޔާ ވިދާޅުވި ގޮތުގައި އައިއެމްޔޫއަށް ހުޅުމާލޭން ގަނެފައިވާ 4،000 އަކަފޫޓުުގެ ބިމެއް އެބަ އޮތެވެ. އެތަނުގައި ހަތްބުރީގެ އިމާރާތެއް އަޅަން ކުރެހުންތައް ކުރަހައި ބީއޯކިއު ވެސް ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އިމާރާތް އަޅަން ބޭނުންވާ ފައިސާ ހޯދަން އެކި ގޮތްގޮތުން މަސައްކަތް ކުރި ނަމަވެސް އެދެވޭ ކާމިޔާބެއް އަދި ނުލިބޭ ކަަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް އެއް ފަރާތަކުން ޕްރޮޕޯސަލެއް ލިބިފައި އެބަ އޮޮތް ކޮމާޝަލް އުސޫލުން އެތަން އިމާރާތްކޮށްދޭން. ދެން އަޅުގަނޑުމެން މިހާރު އެކަމާ މެދުގައި ވާހަަކަދައްކަމުން މިދަނީ، ކޮމާޝަލް އުސޫލުން އެކަން ކުރުމަކީ އެއީ ޔުނިވާސިޓީއަށް ފައިދާހުރި ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އައިއެމްޔޫއަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި އެހެން ނަމަވެސް ހުޅުމާލޭން މިހާރު ގަނެފައިވާ ބިން ފިޔަވާ އެހެން ބިމެއް ވެސް އަދި ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިމެއްގެ ކަންތައް ހަމަޖެހޭތޯ އެ ޔުނިވާސިޓީން އެޗްޑީސީއާ ވެސް ވާހަކަދައްކާފައިވާނެ ކަމަށެވެ. އެޗްޑީސީގެ ޕޮލިސީ އޮންނަ ގޮތުން ބިން ޖެހޭނީ ގަންނަން ކަމަށާއި އެހެން ނަަމަވެސް ބިން ގަންނާނެ ފައިސާ ބަޖެޓްގައި ނެތުމުން އެކަން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާ އުންމީދު
17 November 2021
استاذޒަކަރިއްޔާ ދެއްވޭނީ ދަރުސް, ކަންކަން ރާވާ ޕުލޭން ކުރާކަން ނޭގެ
ޖަގަަހަ
17 November 2021
އަހަރެން ބޭނުން އެހީވާން.މާލީ އެހީ ޑޮނޭޓުކުރަނީ ކިހިނެތް
އައްބެ
16 November 2021
ޤައުމުތަކުގެ އެމްބަސީއަޅާށާއި ފާޑުފާޑުގެ ކުޅިވަރު ދަނޑުތަކާއި ޕާކުތައް ހަދަން ދޭނެ ބިން އެބަހުރި އެކަމަކު އިސްލާމީ ޔުނިވަރސިޓީއަކަށް މިޖެހުނީ ބާސްކެޓްކޯޓަކަށްވުރެ ކުޑަ ބިންކޮޅެއް ގަންނަން. އިމާރާތެއް ހަދަން މިޖެހެނީ ސަލާންޖަހަން. އެކަމަކު ދެމީހަކު ތިބޭނެ ވަގުތީ ގެއެއްގެ މަރާމަތައް އެކަނިވެސް މިލިޔަނުން ތަޅާ ބުރުވައިފި. ނުވިތާކަށް ބޮޑުމީހެއްގެ ހުރުމަށް ދުވާލަކަށް 33000ރ މަދު. އަދި ކޮބާތޯ އެމީހާގެ ދެވަޒީފާގެ މުސާރަ.
ޒަޢީމު
16 November 2021
ޤުރާއާަނާ ބެހޭ މަރުކަޒް އިސްލާމިކް ޔުނިވަރސިޓީ ދަށަށް ގެންނަންވީ. ޢަދި އެއަށް ސަލްމާން މިސްކިތުގައި ޤުރުއާނާ ބެހޭ މަރުކަޒު ހިންގަން ފަށަންވީ .
Ahmed Moosa
16 November 2021
އެކި ކަންކަމަށް ހުޅުމާލޭން ވިލާ ގުރޫޕަށާ ސުކޫލާ ގަރާޖުއަޅަން ބޮޑެތި ބިންތައްދޭ ޚަބަރުތައް ފެނޭ! ޔުނިވަރސިޓީއަށް ނުލިބުންތީ ބޮޑު އަރަތެއް! ރައީސްމީހާޔާ ބައްދަލުކޮށްފިންތަ؟ ތީ ރައްޔިތުންގެ ފައިސާއިންވެސް ކުރަންޖެހޭވަރުގެ ބޮޑު ކަމެއް! މުޒާހަރާއެއް ރާވަމާ ހިނގާ!؟!
ޢައޔރަނޚ
16 November 2021
ސަލާން ޖަހައިގެން ޔުނިވޯސިޓީ ނާޅާސޯ އޭގެ ޖަވާބަކީ. ކޮމާސަލްކޮއް ލިބޭފައިދާއިން ބައިއަޅަން ބަލާއިރު، އެއީ ފައިދާއެއް ވާނެތަނެއްނޫން ކަން ބެންކައް އިގުނީ. ދެން އުފެދޭ ސުވާލަކީ ތި ޔުނިވޯސިޓީ އެޅުންތޯ މުހިންމީ ނޫނީ މިހާރުވެސް ހަދާގޮތަ އަޒުހަރު ޔުނިވޯސިޓީން ކިޔަވަން ފޮނުވުންތޯ ހަރަދު ކުޑައީ. ޢަރަބިންވެސް ވިޔަފާރިޔައް ކުރާކަމެއްވިއްޔާ، އެހެންވީމަ ކޮމްޕެޓިސަން އުފެދޭކަމެއް އެމީހުންވެސް ނުކުރާނެދޯ. ޢަހަރުންވެސް ސީސެލްގަ ރިސޯޓް ހަދާދޭކައް ފައިސާ ނުދޭނެ
ނުރަބެ
16 November 2021
ކޮންމެ ދައުރެއްގަ މަންދު ކޮލެޖަށް މިލިއަނުން ބަދަލުދޭތީ ފެނޭ. ޒަކަރިއްޔާ އަތުން ތިތަން ނަގާފަ އިބުރާޔާ ހަވާލުކޮށްބަލަ. އެހެން ނޫނަސް ޒަކަރިއްޔާގެ ކުރިން ތިތާ އުޅުނު ވެރިން ތަންތަނުން ބޮޑެތި މާލީ އެހީ ހޯދި. ބިލްޑިންތައްވެސް އެޅި. ޒަކަރިއްޔާ ފެންނަނީ ނަފާ ނަސީމާ ތަން ހަވާލުކޮށްފަ ކަމާ ނުބެހޭ ކޮމެޓީތަކުންނާ ރޭޑިއޯޓީވީ ޕްރޮގްރާމްތަކުން. ދަރުމަޔަށް. ހަމަ ފިސާރި ތެދެއް މި ދެންނެވީ.