މޯލްޑިވިއަންގެ ކައުންޓަރަކުން ކާގޯގެ ހިދުމަތް ދެނީ--- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
18 ނޮވެމްބަރ 2021 - 10:53
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކާގޯ ސިސްޓަމް އޮޓޮމޭޓް ކޮށްފި އެވެ.
އެ އެއާލައިނުން ކާގޯގެ ހިދުމަތް ކުރިން ދެމުން އައީ މެނުއަލްކޮށް ކަމަށް ވާއިރު، ހިދުމަތްތައް ދިނުމުގައި ލަސްތަކެއް ދިމާވެ ޝަކުވާތައް ވަރަށް ބޮޑުވި އެވެ. ނަމަވެސް ސިސްޓަމް އޮޓަމޭޓް ކުރުމުން ހިދުމަތް ބޮޑުތަނުން އަވަސްވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
އެ އެއާލައިނުގެ ކާގޯ ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސަލީމް "މިހާރު" އަށް ވިދާޅުވީ އޮޓަމެޓިކް ސިސްޓަމާއެކު، ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި މި ހިދުމަތާއެކު އިތުރު ފަސޭހަތަކެއް ވެސް ކުރިމަގުގައި ތައާރާފު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން މެނުއަލްކޮށް ދިން ހިދުމަތްތައް މިހާރު ޑިޖިޓަލްކޮށް މި ލިބެނީ. ކަސްޓަމަރުންނަށް ޕޭބިލްގެ ކޮޕީއެއް އޮންލައިންކޮށް މިހާރު ލިބޭނެ. އެކަމުގެ ސަބަބުން ކަސްޓަމަރުންގެ ވަގުތު ވެސް ސަލާމަތް ވާނެ،" ސަލީމް ވިދާޅުވި އެވެ.
"ސިސްޓަމް އޮޓަމެޓްވުމާއެކު، ކާގޯ ކުރާ މުދާ ޓްރެކް ކުރުމުގެ ހިދުމަތް ވެސް ލިބޭނެ. މި ހިދުމަތް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ލިބެން ފަށާނެ."
ސަލީމް ވިދާޅުވިގޮތުގައި އަންނަ އަހަރުން ފެށިގެން މޯލްޑިވިއަންގެ އެކްސްޕްރެސް ކާގޯގެ ހިދުމަތް ވެސް އޮޓޮމޭޓް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
18 November 2021
ސަލީމް. ތިތަނުގެ ތިޔަބުނާ އެކްސްޕްރެސް އަށް ގެންދާ 200 ގްރާމް ސިޓީ އުރަވެސް ހަވީރު 5 ޖެހުމުގެ ފަހުން ގެންގޮސްޕި ނަމަ ހަވާލުނުވެ ބުނަނީ އަނެއް ދުވަހު އަންނާށޭ. # މީގެ ބަދަލުގައި އަނެއް ދުވަހު އަންނާން ނުބުނެ ސިޓީއުރަ ނުވަތަ ޕާރުސަލު ނަގާފައި ތިބޭފުޅުންގެ ވެއަރހައުސްގައި ބަހައްޓާފައި އަނެއް ދުވަހުގެ ފްލައިޓުން ޕާރުސަލް ފޮނުވާންޖެހޭ ޑެސްޓިނޭޝަނަށް ފޮނުވާދޭން ތަކެއްޗާއި ހަވާލުވާނެ ގޮތަކަށްވެސް އިންތިޒާމް ހަމަޖައްސަވާދެއްވާ.