އިއުތިރާފު އެއްބަސްވުމެއް ހަދައި ކުށަށް އިއުތިރާފުވުމުން ދީފައިވަނީ އެންމެ ކުޑަ އަދަބު. ޖަލަށް ލުމުގެ ބަދަލުގައި ހުކުމްކުރީ 60،000ރ. އިން ޖޫރިމަނާކުރަން.
ރާއްޖެ އައި މީހެއްގެ ލަގެޖް ބަލައި ފާސް ކުރަނީ. - ފައިލް ފޮޓޯ: މިހާރު
20 ނޮވެމްބަރ 2021 - 20:31
ރާއްޖެ އައި އިރު ދިރުވާލައިގެން ރަނާއި އެހެން ބައެއް މައުދަންތައް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކުރުމުން ކުށަށް އިއުތިރާފުވެ ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ޖޫރިމަނާކޮށް އޭނާ އެތެރެކުރި ތަކެތި ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަބްދުލްމަނާފް އަޔަންކޯލީ މީތަލް މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނު ރާއްޖެ އައިތަނުން ހައްޔަރުކުރީ އޭނާއާ މެދު ޝައްކުވެ އޭނާގެ ލަގެޖާއި ހަށިގަނޑު ޗެކްކުރި އިރު، ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ބެލެވިގެންނެވެ.
އަބްދުލްމަނާފްގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން ކަސްޓަމްސްގެ ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަނުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ސީޓީ ސްކޭނެއް ހެއްދި އިރު "ލައިކްލީ މެޓަލިކް ފޮރިން ބޮޑީސް" ހުރި ކަމަށް ދެއްކި އެވެ. އެހެންވެ އައިޖީއެމްއެޗްގައި އޭނާ ބާއްވައި، ބޮޑުކަމު ދިޔައިރު ބޭރުވި ހަތަރު ބުލެޓުން 605.8 ގްރާމްގެ ރަނާއި އެހެން ބައެއް މައުދަންތަކުގެ މިކްސްޗާއެއް ފެނުނެވެ.
މި މައްސަލާގައި އަބްދުލްމަނާފަށް ކުރީ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާ އެވެ. މި ކުށަށް އަސާސީ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމަކާ އެކު 10،000ރ. އާއި 240،000ރ. އާ ދެމެދުގެ ޖޫރިމަނާއެއް އޮވެ އެވެ.
އެކަމަކު އަބްދުލްމަނާފް ކުށަށް އިއުތިރާފްވެ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދައި އެންމެ ކުޑަ އަދަބު ކަނޑައަޅައިދޭން އެދުމުން އެގޮތަށް އެއްބަސްވެ އަދަބެއްގެ ގޮތުގައި ކަނޑައެޅީ 60،000ރ. އިން ޖޫރިމަނާކުރާށެވެ. އަދި ދައުވާގައި އެދިފައިވާ ގޮތަށް، އަބްދުލްމަނާފް ވަގަށް އެތެރެކުރި ތަކެތި ވެސް ދައުލަތަށް ނަގަން ހުކުމްކުރީ އެވެ.
މި މަހުގެ 8 ގައި ހުށަހަޅައި، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލާގައި ހުކުމް ކުރެއްވީ ގާޒީ ސަފްއަތު ހަބީބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
21 November 2021
ކަސްޓަމަށް އަލަށްވަން ކުދިބައެއްގެމަސައްކަތްމީ، އެކުދިން މިހާރުނޭގެ ވަޒީފާއިން ޑީމޯޓްކޮށް މާލެބަދަލްނުކުރާކަމެއް. ޢަދި މާރަގަޅުވާންއުޅެނީއޭ ކިޔާ، ދެން ތިބޭ ސީނިއަރސްޓާފުން ޖޯކްވެސް ޖަހާނެ، އެއީ ޢާންމު އުޞޫލުގަ ބޭރު މިހުން 100 އެއް 200 އެއްހާ ޑޮލަރ ޕާސްޕޯޓްތެރެއަށް ލާފަ ދިނީމަ ހަމަޖެހޭކަން، ޖޫނިއަރލެވެލްގަ ނުވިއްޔާ ސީނިއަރލެވެލްގަ ނަމަވެސް މި ރިޝްވަތުގަހިފާ، އެއްފަހަރަށް ވުރެ ގިނަފަހަރު މަސްމަރާބަޑި ހިފައިގެންއަންނަ ޓުއަރިސްޓުން ވޖޯކުޖަހާނެ މިކަމާ
ޝަރީފް.
21 November 2021
ސީ.ޖީ ކަމާ ހަވާލުވަނީ ކުރެވޭނެތީއޭ! މާ ނަންއިގޭ ބޮޑު އާއިލާއަކަށް ނިސްބަތްވާކަށް ނުޖެހޭ ދޯ!
ާއަވަސް
20 November 2021
ޢިންޑިއަ މީހެއްވީމަ އަވަހަށް ގައްުމަށް ފޮނުވާލީ
ބިއްޖެހި
22 November 2021
ގައުމަށޭ. ކަލޭ ހަމަ ތަ
ރަދީފު އޮފިޝަލް
20 November 2021
މޭވާއާއި ތަރުކާރީގަވެސް ދަގަނޑުފަދަ މައުދަން ހުންނަކަމަށް ޑަކުޓަރުން ބުނަނީ، އެހެންނަމަވެސް އެފަދަ އެއްޗެއް ކައިގެން އިންޑިއާއިން ރާއްޖެ އަންނައިރު ހުއްދަނަގާކަށް ނުޖެހޭނެ.
ވަހީދު
20 November 2021
މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް ވެސް މިކަހަލަ އަދަބު ކަނޑައަޅާނަމަ، މިސާލަކަށް މަސްތުވާ ތަކެތި އުފުލި ބޯޓު ދައުލަތަށް ނެގުން، މަސްތުވާ ތަކެތި ވިއްކަން ދިޔަ ސައިކަލު ކާރު ލޯންޗު ދައުލަތަށް ނެގުން. މަސްތުވާ ތަކެތި ރައްކާ ކުރި ގެ ދައުލަތަށް ނެގުން ފަދަ.