ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރެފި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް އޮތީ ދައުވާ އުފުލާފައި.

ކުރީގެ ރައީސް ޔާމީން މިނިވަންވެ، އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް، އެންމެ މަތީ ކޯޓުން މިއަދު ބާތިލްކޮށްފައި ވަނިކޮށް، އެ މަނިކުފާނު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި އެދުނު ކަމަށެވެ. އެއާ އެއްގޮތަށް، ހަތް ދުވަހުގެ އަމުރެއް އެ ކޯޓުން ނެރެދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޔާމީނަށް ތުހުމަތުކޮށް، މަނީ ލޯންޑްރިންގެ ދެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

އެއީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންގެންނެވެ. އެއިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާ އެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައިވެ އެވެ.

އެ މަނިކުފާނު ސުޕްރީމް ކޯޓުން މިއަދު ސަލާމަތްވީ އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައިގައި އުފުލި ދައުވާގެ އިސްތިއުނާފްގަ އެވެ. އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެ، ފަހުން އެއީ ދައުލަތުގެ ފައިސާކަން އެންގުމުން ވެސް އެ ފައިސާއިން މުއާމަލާތުކޮށް އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމުގައި އަސްލަކަށް ބެލި، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. މައްސަލަ ދިރާސާކުރި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކްކަން ވަނީ އެނގިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަހަޅައިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.

46 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 1%
icon angry icon angry 62%
icon wow icon wow 1%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދްލީ

01 December 2021

ސަރުކާރުން މިޖަހާ ސަކަރާތުން މިވެރިކަމާމެދު މީހުން ނަފްރަތު ކުރަނީ. ރައީސް ޔާމީންއަށް އޮންނަ ސަޕޯޓް ދުވަހެއް ދުވަހަށް އިތުރުވަނީ. އަނެއްކާ ސަރުކާރުން ގަސްދުގައި ކުރާ ކަމެއްބާއޭވެސް ހީވޭ. ވެރިކަމުގައި ތިބި މީހުންނަށްވިސްނުނީކަންނޭނގެ އިންޑިޔާގެ ނޮހޮރުއްޕާނުން ގައުމުގެ ދުވަސްދާނެކަން. އެމީހުން ވެރިކަމުގައި ތިބެގެން އިންޑިޔާގެ އަތްދަށުން ސަލާމަތް ނުވެވޭނެކަން.

The name is already taken The name is available. Register?

ޝަފީރު

01 December 2021

ހާދަ އަވަހަކަށް ސަރުކާރު ހީކަރުވައިގަތީ. ޔާމީނަކީ ވަރަށް ކެތްތެރި އަޒުމު ވަރުގަދަ މިހެއްކަންއަނގައިފި. ލޮލަކަށް އަނދިރިވެ އުނަގަނޑެއްގައިރިއްސާތީ ކުއްލި ހިތުގެ ބައްޖެހިގެން ދިވެހިރާއްޖޭން ލިބެންނެތް ފަރުވާއެއް އޮތްކަމަކަށްނުވި. ބަލިވެގެން ދިވެހިޑޮކްޓަރުންނަށް ނުދެވޭ ފަރުވާއެއް ނެތްކަން ދައްކައިފި. ޤައުމުން ބޭރަށް ފުރައިގެން ގޮސް ފިލައިއުޅޭނެ ގައުމެއް ހޯދާފައިނުވާކަންވެސް ދައްކައިފި. ގަދަ ރައީސެއް.

The name is already taken The name is available. Register?

ހިމާރުލްގައުމު

01 December 2021

ހަޖަމެއް ނުވި. ޔާމީނަކީ ފިނޑިއެއް ނޫން. ނުދާނެ ގައުމުން ބޭރަށް.

The name is already taken The name is available. Register?

ހުސެން

01 December 2021

އިންސާފަކީ ސުޕުރީމްކޯޓާހަމައިން ލިބޭއެއްޗެއްކަމަށްވަންޏާ ދިވެހި ގިނަ ރައްޔިތުންނަށް ތިޔަ އިންސާފެއް ނުހޯދޭނެ! އެހެންކޯޓުތަކުގައި ތިބީ ގަމާރުން ނޫންކަމަށްވަންޏާ ސުޕުރީމްކޯޓުގައި ތިބީގަމާރުންތާ!! ކޮންމެވެސް އެއްބަޔަކު ގަމާރުވީމަތާ މިހެންމިވަނީ، ހަމަ އެއްމައްސަލައެއް އެއް ގާނޫނުއަސާސީއެއްގެ ދަށުން ހުރި އިވިޑެންސްތައްވެސް އެކައްޗެއް، ދެން އުޑާބިމާހާ ތަފާތުން ނިންމުންތައް އަންނާނީ ކޮންމެވެސް އެއްބަޔަކު ގަމާރުވީމަނޫންހޭ މިކިޔަނީ

The name is already taken The name is available. Register?

ފފފފފ

01 December 2021

ވަކި ބަޔަކު ގަމާރު ނުވާނެ ގޮތަކީ އެކިމަރުހަލާގެ ކޯޓުނެތުން ކަމަށްދޯ ތިބުނަނީ<

The name is already taken The name is available. Register?

އަލީނަސީރު1010101

01 December 2021

މިކުރަނީ ވެރިކަމެއް ނޫން ބ***ވެރިކަމެއް މީ. ޔާމީން ވައްކަން ކޮށްގެންވެސް ތަރައްޤީ ރައްޔިތުންގެ ލޮލަށް ފެންނަވަރު ކުރި. މިއުޅޭ ބައިގަނޑު ވައްކަންކޮށް ޤައުމުގެ ހަރުމުދާ ވިއްކާފައި ވެރިކަމުން ފައިބައިގެން ދާއިރުވެސް ތަރައްޤީ އަކީ ކޯއްޗެއްކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނީ ޔޫރަޕުގެ މީހެއް ގެނެސް ދިރާސާ ހަދަން. ކުރިއަށް އޮތް 10000 އަހަރުވެސް އެމްޑީޕީ ނޫން ވެރިކަމަކަށް ޤައުމަށް ލިބޭތޯ ދުޢާ ކުރާނަން. ޔާމީނަށްވެސް ވޯޓު ލާނަން މިބައިގަނޑު ބޭރުކުރަން.

The name is already taken The name is available. Register?

ނަށީދު

30 November 2021

ބަރުލަމާނީ ކަމިން ސޫން!

The name is already taken The name is available. Register?

އާދަނު2

30 November 2021

ޗެކު ނަމްބަރު ދިމާނުވެގެން ހުކުމް ބާތިލްވީ!!

The name is already taken The name is available. Register?

ނަށީދު

30 November 2021

އަދިވެސް ފުށް ގިރާތި

The name is already taken The name is available. Register?

އަލީރާޖާ

30 November 2021

ވައްކަން ކުރުމަކީ ހުއްދަ ކަމެކޭ. ރިހާކުރުފުޅިއެއް ނަގައިގެން 3 އަހަރު! މިވަނީ ކިހިނެއްތަ؟

The name is already taken The name is available. Register?

ރރރރ

01 December 2021

ވައްކަން ނުކުރާކަމަށް ނޫންތޯ އަބަދުވެސް އޮތީ! މަނީ ޑޯންޑަރ ކުރުން އެއީ ވައްކަމެއްނޫން އިނގޭތޯ. އެއީ ކުށްކޮށްގެން ހޯދާ ފައިސާއަކުން ނަފާ ހޯދުން. ވައްކަމެއް މަނީ ލޯންޑަރއެއް ފޭރުމެއް. އީމާނެއް ފުރައްސާރައެއް ނޭނގޭކުދިން ގިނައީ.

The name is already taken The name is available. Register?

ރީޝާން

02 December 2021

މަނީ ލޯންޑް ކުރުމަކީ ކުށްކޮއްގެން ހޯދި ފައިސާ އޮޅުވާލުން. އެއީ ވައްކަމަށް ކިޔާ ނަމެއް.

The name is already taken The name is available. Register?

ތިން

30 November 2021

ތީގެ ހުރިހާ ފައިދާއެއް ރ.ޔާމީން ވަކިލުންނަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454