ޗެލްސީ އާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން އުފެދުނު ހަމަނުޖެހުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
11 ޑިސެމްބަރ 2016 - 10:47
ލަންޑަން (ޑިސެމްބަރު 11) - ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީ އަތުން 3-1 އިން ޗެލްސީ މޮޅުވި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ޗެލްސީ އަތުން ޕޮއިންޓް އުނިކޮށްފާނެ ކަމަށް ބެލެވިއްޖެ އެވެ.
އެގޮތަށް ބެލެވުނީ އެ ޓީމުގެ ޑިސިޕްލިނަރީ ހަތަރު މައްސަލައެއް ފާއިތުވި 19 މަސް ދުވަހުގެ ތެރޭގައި ބަލާފައިވާތީ، ފަސް ވަނަ މައްސަލައެއް ދިމާވެއްޖެ ނަމަ ޕޮއިންޓް އުނިކުރުމުގެ އިހުތިޔާރު އެފްއޭ އަށް ލިބިފައިވާތީ އެވެ.
ޗެލްސީ މޮޅުވި މެޗުގެ ފަހު ވަގުތު ސިޓީގެ ސާޖިއޯ އަގުއޭރޯ ޗެލްސީގެ ޑޭވިޑް ލުއިޒަށް ހަމަލާ ދިނުމުން ދެ ޓީމުގެ މެދުގައި ހަމަނުޖެހުން ވަނީ ހިނގައިފަ އެވެ. އެ މެޗުގެ ރެފްރީ ވަނީ އެ ވަގުތު އަގުއޭރޯ އާއި ފެނާންޑީނިއޯ އަށް ރަތް ކާޑު ދައްކައިފަ އެވެ. އަދި ޗެލްސީގެ ނެތަނިއަލް ޗަލޮބާ އާއި ފަބްރެގަސް އަށް ރީނދޫ ކާޑު ދެއްކި އެވެ. މި މައްސަލައިގައި އަގުއޭރޯ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އަދި ފެނާންޑީނިއޯ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އެފްއޭ އިން ވަނީ ދީފަ އެވެ.
އިނގިރޭސި އެފްއޭގެ ގަވާއިދުގައިވާ ގޮތުން ދެ އަހަރު ތެރޭގައި އެ ކްލަބަކަށް ނޫނީ އެ ކްލަބެއްގެ ކުޅުންތެރިންނަށް އަހުލާގީ ފަސް މައްސަލައެއްގައި އަދަބުދީފި ނަމަ އެ ޓީމެއްގެ އަތުން ޕޮއިންޓު އުނިކުރުމުގެ އިހުތިޔާރު ލިބިދެ އެވެ.
މިދިޔަ ސީޒަނުގައި ޓޮޓެންހަމާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއިން ވަނީ ޗެލްސީ ޖޫރިމަނާކޮށް އިތުރު މައްސަލައެއް ކައިރި މުސްތަގުބަލެއްގައި ކުރިމަތިވެއްޖެނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން ވެސް އެހެން އަދަބެއް ދޭނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ.
މި މައްސަަލައިގައި އެފްއޭއިން ނިންމާ ގޮތެއް މި ހަފްތާތެރޭގައި އިއުލާން ކުރާއިރު ބޮޑަށް ބެލެވިފައިވަނީ ޗެލްސީ އަތުން ދޭއް ނޫނީ ތިން ޕޮއިންޓް އުނިކުރާނެ ކަމަށެވެ.
އިނގިރޭސި ލީގުގައި އެންމެ ފަހުން ޓީމެއްގެ އަތުން ޕޮއިންޓް އުނިކުރީ 1990 ވަަނަ އަހަރު އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ. އާސެނަލާއި ޔުނައިޓެޑް އަތުން ޕޮއިންޓް އުނިކުރީ އެ ދެ ޓީމު ކުޅުނު މެޗެއްގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ.
ރޭ އާސެނަލް މޮޅުވުމުން ޗެލްސީ އަތުން ވަނީ ލީގުގެ އެއް ވަނަ ގެއްލިފަ އެވެ. ދެ ޓީމަށް ވެސް 34 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ޖެހި ގޯލުން ކުރީގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ލީގުގެ އެއް ވަނަ އަށް އަރަން މިއަދު ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީ އަށް ބޭނުންވަނީ މަދުވެގެން އެއް ޕޮއިންޓެވެ.
އެހެން ނަމަވެސް އެފްއޭއިން ޕޮއިންޓް އުނިކުރަން ނިންމައިފިނަމަ ޗެލްސީ އަތުން އެއް ވަނަ ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޗެލްސީ އަކީ ލީގު ފޭވަރިޓުން ކަމަށް ބުނާތީ އެއީ އުފުލަން ޖެހިފައިވާ އިތުރު ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ގިނަ ބަޔެއްގެ ނަޒަރުގައި ޗެލްސީ އަކީ ލީގު ފޭވަރިޓް. އެއާ އެކު އެބަ ކުރިމަތިވޭ އިތުރު ޒިންމާއެއް. ލީގުގެ ވާހަކަ ދައްކަން އަދި އަވަސް. އަހަރެންގެ ވިސްނުމަކީ މެޗަކަށް ފަހު މެޗެއް. މި ލީގުގެ ވާދަވެރިކަން ބޮޑުވާއިރު ފޭވަރިޓެއް އޮތް ކަމަށް ނުދެކެން،" ކޮންޓޭ ބުންޏެވެ.
ޗެލްސީ އާއި ވެސްޓް ބްރޮމް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭވައްޓާލާ
11 December 2016
ޗެލްސީ އެއޮތީ 1ވަނާގަ.. ދެން ލަލަލަ
ކާކު
11 December 2016
އާސެނަލް އޮތީ ތިބާލާ އެއްޗެއްގެ އެންމެ މަތީގަ. އެވެސް ވަގުތީގޮތުން
ބީޕީއެލް ވޮޗް
11 December 2016
ލީގް ނުނިމެނީސް އެއްވަނައިގަ އޮންނަ ކޮންމެ ޓީމެއް 01 ވަނަ މަގާމްގަ އޮންނަނީ ވަގުތީ ގޮތުންކަން ނޭނގުން އެއީ ތިމާއަށް ފުޓްބޯޅަ ޓޭބަލް ނޭނގޭ ކަމުގެ އަލާމާތެއްކަމުގަ ގިނަމީހުން ބުނޭ.އަދި ކުޅެވުނީ 15 މެޗް ، ބާކީ 23 މެޗް. އެހެންވީމަ ކޮންމެގޮތެއް ވެސް ވެދާނެ.
ރަދީފް
11 December 2016
ލީގްގަ މިހާތަނަށް އާސެނަލް ވަނީ 36 ގޯލް ޖަހާފަ ، ޗެލްސީ 32 ގޯލް. އާސެނަލް އެއްވަނައިގް އޮތީ މިތަފާތަށް ބަލައިގެން ކަމަށް ބެލެވެނީ. އަދި ލީގްގަ މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވަނީވެސް އާސެނަލް. ވ.ވެދުން
އަލީ
11 December 2016
އާސެނަލް އަށް ކުރިލިބެނީ ފައިދާ ގޯލް އިތުރު ވެގެނެއް ނޫން، ޕޮއިންޓާ ފައިދާ ގޯލް އެއްވަރުވެގެން އަލްފަބެޓިކަލް އޯޑަރުން އާސެނަލް އަށް ކުރި ލިބެނީ
ޖޫލޭ
11 December 2016
އަލީ.. ތަންކޮޅެއްބޮޑަށް ލިޔެފަ ހުންނަ އެއްޗެހި ކިޔާލައިގެން ކޮމެންޓް ކޮށްބަލަ. އެއޮތީނު ލިޔެފަ ޖެހި ގޯލުންނޭ ކުރި ލިބެނީ..
ދޮން އަލީ
11 December 2016
އާސެނަލަށް ކުރިލިބެނީ ހެޑް ޓް ހެޑަށް ބަލާއިރު. ލީގްގައި އާސެނަލްއިން ޗެލްސީ ބަލިކޮށްފައި އޮތީމަ.
ދޮން ހަސަނު
11 December 2016
ޕްރިމިއާ ލީގަކު ހެޑް ޓު ހެޑެއް ނޯންނާނެ.
ޖެނެރޭޝަން
11 December 2016
އިއްޔެ މެންދުރު ފުޓުބޯޅަ ބަލަންފެށިމީހުން ކޮމެންޓުކުރަންފެށީމަ ތަންކޮޅެއް ވާނުވާގައި ތިބެގެން ކޮމެންޓުކުރެވޭނެ!
މުޙައްމަދު
13 December 2016
ލޮލް…