ޚަބަރު / ރާއްޖެ-ބަންގްލަދޭޝް

ބަންގްލަދޭޝްގެ 100،000 މީހުން؛ ގާނޫނާ ހިލާފަށް 50،000

"ބޮޑުވަޒީރު ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުގައި އެންމެ ބޮޑަށް އިސްކަން ދެއްވާ ކަންކަމުގެ ތެރޭގައި މަސައްކަތު މީހުންގެ މައްސަލަތައް ހިމެނޭނެ"

ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކޮށް އަލުން ފުރުސަތު ދޭން ހިންގި ޕްރޮގްރާމެއްގައި ބައިވެރިވާން ބިދޭސީންގެ އެތައް ހާސް ބަޔަކު ގަލޮޅު ދަނޑަށް އެއްވެފައި. -- ފައިލް ފޮޓޯ: މިހާރު

05 ޑިސެމްބަރ 2021 - 06:13

23 comments

ރާއްޖޭގައި ބަންގްލަދޭޝްގެ ލައްކައެއްހާ މަސައްކަތު މީހުން އުޅޭ ކަމަށާއި އޭގެ ތެރެއިން ބައި ލައްކަ އަކީ ގާނޫނާ ހިލާފަށް އުޅޭ މީހުން ކަމަށް ރާއްޖޭގައި ހުންނަ ބަންގްލާދޭޝް ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަންގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައި ކޮމިޝަނަރު ދެއްކެވި ވާހަކަތަކާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަތައް ހައްލުކޮށް އެ މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމާ ގުޅޭ މަޝްވަރާތައް މިހާރު ވަނީ ފަށައިފަ އެވެ.

އޭނާ އިޝާރާތް ކުރައްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅަށެވެ. އެ ދަތުރުފުޅުގައި ފައިސަލް ވަނީ ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިފަ އެވެ.

"މިދިޔަ ދެ އަހަރު ވެސް ވަނީ ބަންގްލަދޭޝް މީހުންގެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްތަކެއް ކޮށްފައި،" ހައި ކޮމިޝަނަރު ވިދާޅުވި އެވެ.

"ކޮވިޑް-19 ގެ ސަބަބުން ވެސް ބަންގްލަދޭޝްގެ އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި."

ހައި ކޮމިޝަނަރު ނަޒްމުލް ހަސަން ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ އަށް ވަޑައިގަތުމަށް ދެއްވާފައިވާ ދައުވަތަށް މި މަހު ވެސް ވަޑައިގަތުން އެކަށީގެންވެ އެވެ. މި ދަތުރުފުޅުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވިޔަފާރީގެ ގުޅުންތައް ރަނގަޅު ކުރުމާއި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތު މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ކުރާ މަސައްކަތަށް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަވާ ބަންގްލާދޭޝްގެ ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނަޒްމުލް/ޓްވިޓާ

"ގާތްގަނޑަކަށް، ބަންގްލަދޭޝްގެ 100،000 މަސައްކަތު މީހުން ރާއްޖޭގައި އެބަ އުޅޭ. މީގެ ތެރެއިން 50،000 މީހުންނަކީ ގާނޫނާ ހިލާފަށް އުޅޭ މީހުން،" ނަޒްމުލް ހަސަން ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭގައި ބަންގްލަދޭޝް މީހުންގެ ކުށުގެ އަމަލުތައް ގިނަވަމުން ދާތީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ.

"މިހާރު ވެސް ބަންގްލަދޭޝްގެ 100 ވަރަކަށް މީހުން ރާއްޖޭގެ ޖަލުގައި އެބަތިބި. ޑްރަގްސްގެ މައްސަލަތާކާއި ކުޑަކުދިންނާ ބެހުމާއި އެކި ކަހަލަ މައްސަލަތަކުގައި ހިމެނޭ މީހުން މީގެ ތެރޭ އެބަ އުޅޭ. މި މީހުންގެ ތެރެއިން 30 މީހަކު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށް،" ނަޒްމުލް ހަސަން ވިދާޅުވި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ދަތުރުކުރުމުގެ އަގު ބޮޑުކޮށް އޮތުމަށް ފަހު މިހާރު އަގު ހެޔޮވެފައިވާ ކަމަށް ވެސް ހައި ކޮމިޝަނަރު ވިދާޅުވި އެވެ. އެއީ ރާއްޖެ އަށް އަލަށް ދަތުރުތައް ފެށި ޔޫއެސް-ބަންގްލާ އެއާލައިންގެ ސަބަބުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ގާތްގަނޑަކަށް 583 ޑޮލަރަށް ލިބުނު ޓިކެޓްގެ އަގު މިހާރު ވަނީ 400 ޑޮލަރަށް ދަށްވެފަ އެވެ. މިއީ ބަންގްލަދޭޝްގެ ފައިސާ އިން ބަލާ ނަމަ 50،000 އިން 35،000 އަށް ދަށްވުމެކެވެ. ހައި ކޮމިޝަނަރު ވިދާޅުވީ، ބީމާން ބަންގްލާދޭޝް އެއާލައިނުން ވެސް ރާއްޖެއަށް ދަތުރުތައް ފަށަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވީ ކަމަށް ވިދާޅުވި އެވެ.

23 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 9%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

05 December 2021

ޠިޔަ މީހުން އެތެރެ ކޮއްގެން މުއްސަންދިވި އިމިގުރޭޝަންގެ މީހުނާ ލޭބާރ މިނިސްޓުރީ މީހުން ގެ ވިޔަފާރި ތަކައް ބަލަލުން ވެސް މުހިއްމު.

The name is already taken The name is available. Register?

ޑައޮޜީ

05 December 2021

300،000 ދިވެހިން އުޅެއްޔާ، ކޮންމެ 3 މީހުން 1 އެއީ އެރަށު ކުއްޖެއްތާ. ދެން ހުރި ގައުމުތަކުގެ ފަރަންޖީތަ އެއްކޮއްލީމަ، ޢަހަރުން ވެދާނެ މިގައުމުގެ މައިނޯރިޓީއައް.

The name is already taken The name is available. Register?

ރާއްޖެ ބިތުފަންގި

05 December 2021

މިއީ ދައުލަތުގެ މަޤާމްތަކުގައި ތިބޭ ބަޔަކު ގަސްތުގައި ރާވާގެން ހިންގާ ޖަރީމާއެއް. އެ ބަޔަކު މީގެންވެސް މިލިއަނުން ފައިސާ ހޯދާ. އިޚުލާސްތެރިކަމެއް ނެތްކަން މިދަނީ ހުރިހާ ސަރުކާރަކުން ވެސް ފެންނަމުން. ޙައްލުކުރުމުގެ ވިސްނުމެެއް ފެންނާކަށް ނެތް

The name is already taken The name is available. Register?

މިށްކި

05 December 2021

ޖަޕާނުގަ ލަންކާ 33 އަހަރު އަންހެނެއް އެމަރުވީ ޖަފާނުގެ ހުރުމުގެ ވިސާ ހަމަވެގެން، ޖަލުގަ އޮވެ. މި ގައުމުގަ ހުއްދަ ނޫން މީހުން އުތުރި އަރަނީ.

The name is already taken The name is available. Register?

ގުއިއްޒު

05 December 2021

މިމީހުން ގެނައި މީހުން ހަމަ ނުފެނުނު ދެއްތޯ؟ އަހަރެމެން ވައްކަން ނުކުރާ ދާއިރާއެއް ބުނެދެވޭނީ ކާކަށް؟

The name is already taken The name is available. Register?

ޒުލްމަތު

05 December 2021

ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ޤަވާއިދަށް ފެއްތުމަކީ ވަރަށް ދަތިވާނެ ކަމެއް. އެއީ އެމީހުންނަކީ އޯޕެންވިސާ ގަނެގެން އައިސް އުޅޭ ބައެއް، އެމީހުން ކިޔަނީ އޮޕެން ވިސާ. ތަނެއްގެ ވަޒީފާ އަދާ ކުރަން މިމިހުންގެ ތެރޭ ގިނަ މީހުން ބޭނުމެއް ނުވޭ، އަދި މިމީހުން ކިޔާ މުސާރަ ބޮޑު، މިމީހުން ޜައްޖެ ގެނައި މީހުންނާ މިމީހުން ހަވާލު ކުރަންވީ. އެހެން ބައެއްގެ ބޮލޮގައި އަޅުވާން މަސައްކަތް ކުރުމަކީ ވާނެ ކަމެއްނޫން،

The name is already taken The name is available. Register?

އުދުހޭ

05 December 2021

އެހެންވިއްޔާ މާ ލަސްތަނެއް ނުވެ ގާނޫނު ވަދަލުވެގެންދާނެ. އެއީތާ އެކަން ވަމުންދާ ގޮތަކީ.

The name is already taken The name is available. Register?

ޗޮއިސް

05 December 2021

ޚަބަރުތަކަށް ވިސްނާލާ އިރު، ބަންގްލަދޭޝް "ބޭފުޅުން" ރާއްޖެއިން މަދުކުރެވުމުގެ ބަދަލުގައި ހައްތާވާނީ ގިނަ ކަމަށް ފެންނަނީ. ލޯނަށް އެދި އެ ގައުމަށް އާދޭސްކުރަމުން ދާ އިރު އެ ގައުމުން ބޭރުފައިސާ ހޯދާ އެންމެބޮޑު އެއް ވަސީލަތަށް ލޮޅުމެއް އަރައިދާނެ ކަމެއް ވިޔަނުދޭން އެ ގައުމުން ފައިވިއްދާނެ. ލޯނު ނުވަތަ ގަވާއިދާ ޚިލާފަށް އުޅޭތީ ފޮނުވާލުން. ކޮންމެ އެއް ކަމެއް ޚިޔާރުކުރަންވީ.

The name is already taken The name is available. Register?

87643

05 December 2021

ފަހެ ދިވެހިން ވެއްޖެއެއްނު އިމިގުރޭޝަން އުސޫލުތަކާ ހިލާފަށް އުޅޭބިދޭސީން އެއްވެސް ގެއަކަށް ކުއްޔައްދީފަ ނުވައްދަން. އޭރުން މައްސަލަ ހައްލުވީއެއްނު.އަހަރަމެން ދިވެހިން ފައިސާގެ ދަހިވެތިކަމުގަ ކުލިހޯދަން މިމޫހުންމި ގެނަގުޅެނީ.

The name is already taken The name is available. Register?

ރަންދެލި

05 December 2021

މިގައުމުގާ ތިބީ އަންހެން ފިރިހެން އެކުގަ ވޯޓު ހައްގުވާ 282 ހާސް މީހުން ( އޭޕްރީލް 2021 ގެ ލޯކަލް ކައުންސިލް އިންތިހާބުގެ ތަފާސް ހިސާބު). މީގެ ތެރޭގައި ފިރިހެނުން ގެ އަންދާޒާ އަކީ 1/2 ކަމަށް ބަލައިފި ނަމަ އެއީ 142 ހާސް ފިރިހެނުން ( ދޮށީ އުމުރުގެ މީހުންނާއެކު). އެހެން ކަމުން މި 1 ލައްކަ ބަންގްލާދޭޝް މީހުން ގެ އަދަދަކީ ފިރިހެނުންގެ އާބާދީ ގެ %70 - މިއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް! މިކަން ބަލާނެ ސަބްކޮމިޓީ ގަޑެއް ހާ ހިސާބު ވެސް ނެތީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454