08 ޑިސެމްބަރ 2021 - 13:40
މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ދުވެލި ބާރު މިސައިލް، އަސްކަރީ ކަންކަމުގައި ބޭނުންކުރުމަށް ރަޝިޔާގައި އުފައްދަން ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފި އެވެ.
ޒިރްކޯންގެ ނަން ދީފައިވާ މި މިސައިލަކީ އަޑަށް ވުރެ ނުވަ ގުނަ ބާރަށް، 1،000 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ކްރޫޒް މިސައިލެކެވެ. ޒިކްރޯން މިސައިލް ބޭނުންކުރާނީ ރަޝިޔާގެ ކަނޑުގެ ސިފައިންނެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި، އަޖުބަ ބެލުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް މިހާރު އުފައްދަމުން އަންނަ ޒިކްރޯން މިސައިލް އެންމެ ފުރަތަމަ ހަވާލުކުރާނީ ރަޝިޔާގައި މިހާރު ތަރައްގީ ކުރަމުން އަންނަ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން ޕާމްގަ އެވެ. އޭގެ ފަހުން ރަޝިޔާގެ ކަނޑުގެ ލަޝްކަރުގައި ހިމެނޭ އެހެން ސަބްމެރިންތަކާއި މަނަވަރުތަކުގައި ވެސް އެ މިސައިލް ބަހައްޓާނެ އެވެ.
"ލޮލަށް ނުފެންނަ" މިސައިލެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސިފަކުރައްވާފައިވާ ޒިކްރޯން އަކީ، ކަނޑުމަތީގެ އަމާޒުތަކަށާއި އެއްގަމު އަމާޒުތަކަށް ހަމަލާ ދިނުމަށް ހާއްސަކޮށް އުފައްދާފައިވާ މިސައިލެކެވެ. އެންމެ ފުރަތަމަ ޒިކްރޯން އަޖުމަ ބެލީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރަޝިޔާގެ ނިއުކްލިއާ ސަބްމެރިންއަކުން އުދުއްސާލައިގެންނެވެ.
ޒިކްރޯންއާ ބެހޭ މައުލޫމާތުތައް އެނގޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ރަޝިޔާގެ މި މިސައިލަކީ އެމެރިކާގައި މިހާރު ހުރި އެންމެ ޒަމާނީ ރާޑަރުތަކަށް ވެސް ދެނެގަނެވޭނެ ހަތިޔާރެއް ނޫނެވެ. އެހެންކަމުން، އެމެރިކާގައި މިހާރު އުފައްދާފައި ހުރި އެންމެ ޒަމާނީ ދިފާއީ ނިޒާމުތަކުން، ޒިކްރޯނަށް ހުރަސް ނޭޅޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ސަބަބަކީ، ޒިކްރޯންއަކީ ކްރޫޒް މިސައިލަކަށްވެފައި، އޭގެ ދުވެލި ބާރުކަމުންނެވެ. އަޑަށް ވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވުމުގެ އިތުރުން، ކްރޫޒް މިސައިލް ދަތުރުކުރަނީ މާ މައްޗަށް ނާރައި ތިރިން ކަމަށްވާތީ، ޒިކްރޯންއަށް ހުރަސްއެޅުމަކީ، އެމެރިކާގެ ދިފާއީ ނިޒާމުތަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
ޒިކްރޯން މިސައިލް ދަތުރުކުރާ ބާރުމިނަށް ބަލާއިރު، ވައިގެ ތެރޭގައި މި މިސައިލް ދަތުރު ކުރަމުންދާ އިރު، އޭގެ ކުރީކޮޅުގައި ހުންނަ ވައިގެ ޕްރެޝަރުގެ ސަބަބުން އުފެދޭ ޕްލާޒްމާ ވިލާގެ ތެރެއަށް، ރާޑަރުތަކުން ފޮނުވާ ރޭޑިއޯ ފްރެކެންސީތައް ދަމައިގަންނާތީ، ރާޑަރުތަކަށް މި މިސައިލް ނުފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިޕާސޮނިކް
11 December 2021
ތީ ހައިޕާސޮނިކް ކުރޫޒް މިސައިލެއް. ރަޝިޔާއިން މިހާރު ޓެސްޓްކުރަމުންދާ ހައިޕަސޮނިކް ގްލައިޑާ އެއީ އަދި ތިޔައްވުރެ ބާރަށް ދަތުރުކުރާ އެއްޗެއް. އެއަށް ކިޔަނީ އަވަންގާޑް. އެއީ އަޑަށްވުރެ 27 ގުނަ ބާރަށް ދަތުރުކުރާ މިސައިލެއް.
ހމ.....
09 December 2021
މިސައިލް ސްޕީޑް 10،000 ކިލޯމީޓަރ ގަޑިއަކަށް
އަފްރާސިޔާބު ބަފާ
08 December 2021
މިއޮތް ހުރިހާ ގައުމެއް އޮއްވާ ޗައިނާއަށްވެސް ވަނީ އިލްމާ ޓެކްނޮލޮޖީ އަދި މުއްސަނދިކަންވެސް ދެއްވާފަ
453333
08 December 2021
އެމެރިކާ ތާރީޚުގެރެއަށް ޣަރަގުވަގެންދަނީބާ؟
އަފްރާސިޔާބު
08 December 2021
ފިޠުރަތުގެ އުޞޫލު. ބަޔަކު މީހުން އެބައިމީހުންނަށް ﷲ ދެއްވި ބާރު ނުބައިގޮތުގައި ބޭނުންކޮށް ﷲގެ އަޅުން މަރައި އަންދައި ހަދާއިރު އެބައިމީހުންނަށް ބާރު ދެއްވި ފަރާތުން އެއަށްވުރެ ބާރު ގަދަ ފަރާތެއް މެދުވެރިކުރައްވައި އެބައިމީހުންނަށް އަދަބު ދެއްވާނޭކަން ނޭނގި ބިމުގައި ފަސާދަ ކުރުމުގެ ނަތީޖާ ވަރަށް ނުބައިވާނެ. ޔުނައިޓެޑް ސްޓޭޓްސް ވަކިވަކިވެ ވަކިގައުމުތަކަށް ވާތަން ބަޔަކުމީހުން ދެކޭނެ.
މަހައްދާ
08 December 2021
ބަލަ ހަތިޔާރުގަ އެމެރިކާގަ ނެތް ޓެކްނޮލޮޖީއެއް އަދި މިހާތަނަކަށް ދުނިއޭގަ އެއްވެސްގައުމަކު ނުހުންނާނެ ތީތި އަރާ ރާޑަރުވެސް ތިޔާއެކު ނުކުންނާނެ
mRNA vaccines
10 December 2021
ދުނިޔޭގެ އެއްމެ ބާރުގަދަ ގައުމު ތަކަކީ ސޮމާލިޔާ، ޔަމަން، ސައުދީ އަރަބިޔާ، މާލީ، މޮރޮކޯ. މިގައުމުތަކުގައި ބޭނުން ކުރާނީ ބަމްބޫ މިސައިލް އަދި ކެމެލް ޔޫރިން ބޮން
ހީވާއެއްޗެއް
11 December 2021
@މަހައްދާއަށް މަވެސް ވަރަށް ތާއީދު!! ތޮށިން ބޭރަށްނުކުމެ، ލޯ ހުޅުވާބަލާލީމަ ފެންނާނެ، އެމެރިކާ އޮތީ ކިހާ ހިސާބަކުކަން އަތި ދެންތިބި މީހުން ތިބީ ކިހާ ހިސާބަކުކަން. ޤުދުރަތުގެ ޤާނޫނާ އެއްވެސް ބަޔަކަށް ނުކުޅެވޭނެ، އެހެނަސް، މިއަދު ހަޤީޤަތަކީ، އެމެރިކާ ބޭނުން ތަނެއް, މީހެއް އެމީހުން ބޭނުންވާ އިރަކު ނައްތާލެވިދާނެ ވަރުގެ ޓެކްނޮލޮޖީ އެމީހުން އަތުގާ އެބަހުރިކަން!! އެކަންކަން އެދަނީ ސާބިތުވެސް ކޮށްދެމުން.