މަސް ދޯންޏަކުން މަސް ބާނަނީ. މިއަދަކީ މަސްވެރިންގެ ދުވަސް. މަސްވެރިކަމުގައި މަސްވެރިންގެ ގިނަ ޝަކުވާތަކެއް އެބަ ހުރި--
10 ޑިސެމްބަރ 2021 - 08:56
މަސްވެރިކަން ތިޔާގިވާ ކޮންމެ ފަހަރަކު ވެސް، މަސް ކިރުވަން އެތައް ދުވަހެއް ވަންދެން މަސްވެރިން ކިއުގައި ތިބެން ޖެހެ އެވެ. އޮޑިތައް ޒަމާނީވެ އެތައް ގުނައެއް ބޮޑުވި އިރު އަދިވެސް މަސް ކިރުމުގެ ކަންކަން އޮތީ މީގެ 50 ވަރަކަށް އަހަރުގެ ކުރީގެ ހާލަތުގަ އެވެ. މިއީ، މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހު ވެސް މަސްވެރިން ކުރަމުންދާ އެންމެ ބޮޑު ޝަކުވާ އެވެ. މިކަން ހައްލުކޮށްދޭން އާދޭސް ކުރާތާ އެތައް އަހަރެއްވެއްޖެ އެވެ.
ގއ.ގެމަނަފުށީގެ ކެޔޮޅު އިސްމާއިލް ޔާމީން ބުނީ މަސްވެރިކަމުގައި ހުރީ ދުވަހަކު ވެސް ހައްލު ލިބިފައި ނުވާ ކަންކަން ކަމަށެވެ. އެ ކަންކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ މާބޮޑު އުންމީދެއް ވެސް ނުކުރެ އެވެ.
"މީ އަބަދުވެސް ހާލު. ކިރިޔާ ވެސް މަސްވެރިކަން ރަނގަޅުވެއްޖެއްޔާ މަސް ނުކިރި ކިއުގައި ތިބެން ޖެހޭނެ. މިދިޔަ ހަފްތާގައި ހަތަރު ވަރަކަށް ދުވަހު ކިއުގައި އޮންނަން ޖެހުނު،" އޭނާ ބުންޏެވެ.
އއ. އުކުޅަހު މަސްވެރިންތަކެއް މަސް ބާނަނީ. މަސްވެރިން ބުނަނީ މިހާރު ހަމަ އަގު ނުލިބޭ ކަމަށް--ފޮޓޯ:މިހާރު
ޔާމީން ބުނީ، މަސްވެރިންނަށް ބޭނުންވާ ވަރަށް މިފްކޯއިން މަސް ކިރުވޭ ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ކަމަށެވެ.
ހަމަ މި ޝަކުވާ ކުރި އަނެއް މަސްވެރިޔައީ ގދ.ފަރެސްމާތޮޑާގެ އަހުމަދު ޒައީނެވެ. އޭނާ ބުނީ މިދިޔަ ބުދަ ދުވަހު ބޭނި މަސްކޮޅު އަދިވެސް މިއުޅެނީ ނުކިރިގެން ކަމަށެވެ.
"މިހެން ހެދީމަ މަސްވެރިންގެ ހަރަދުތައް ބޮޑުވާނީ. އަނެއްކޮޅުން ޖެހިގެން އަންނަ ދުވަހު މަހަށް ވެސް ނުނިކުމެވޭނެ." އޭނާ ބުންޏެވެ.
މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި އެވްރެޖްކޮށް ދޯންޏަކުން 40 ޓަނުގެ މަސް ބާނަ އެވެ. އަދި އާންމުކޮށް މަސްވެރިކަން ރަނގަޅު ނޫން ދުވަސްވަރު ވެސް 20 ޓަނުގެ މަސް ބާނަ އެވެ. މި ވަގުތު ކުއްޑޫން ކިރެނީ ދުވާލެއްގެ މައްޗަށް 300 ޓަނުގެ މަހެވެ. މިހެންވެ ދެތިން ދޯނިން މަސް ކިރުމުން އޮންނަނީ ކެޕޭސިޓީ ފުލްވެފަ އެވެ.
ދެމީހަކު މަސް މާރުކޭޓް ސަރަހައްދު މޫދުގައި އަޅާފައި އޮތް ދޯއްޏަކުން ގިނަ އަދަދެއްގެ މަސްތަކެއް ނަގަނީ .-- ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ޒައީން ބުނީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު މަސް ކިރާ އަގު އެހާ ބޮޑަށް ކުޑަކުރުމުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އާމްދަނީ ދަށްވި އިރު ކުރަން ޖެހޭ ހަރަދުތައްވީ ބޮޑު ކަމަށް އޭނާ ބުންޏެވެ.
މަސްވެރިން މިހާރު ތެލަށް ކުރާ ހަރަދު ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. މިހާރު މަސްވެރިން ބޭނުންކުރާ 100 ފޫޓުގެ ބޮޑެތި ދޯނި ފަހަރަށް މަހަކު އެތައް ފީފާއެއްގެ ތެޔޮ ހަރަދުވެ އެވެ. މިވަގުތު ޑީސަލް ލީޓަރެއް އުޅެނީ 12.35ރ. އަށެވެ.
"މިދިޔަ ހަފްތާގައި ވެސް ލިބުނީ ކުރިން ލިބޭ އާމްދަނީއަށް ވުރެ ތިން ލައްކަ ރުފިޔާ މަދުން." އޭނާ ބުންޏެވެ.
މިވަގުތު މިފްކޯއިން ކިރަނީ ކިލޯއެއް 16ރ. އަށެވެ. ބައެއް އަމިއްލަ ކުންފުނިތައް ކަމަށްވާ އެންސިސް ކަހަލަ ކުންފުނިތަކުގައި އަގު ހުރީ 17ރ. އަށެވެ. މީގެ ދޮޅު އަހަރު ކުރިން އަގު ހުރީ ކިލޯއެއް 20ރ. އަށެވެ.
ޒައީން ބުނީ ބޭރުގެ ބާޒާރުގައި މިހާރު މަހުގެ އަގު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިފްކޯއިން އަގަށް ބަދަލު ނުގެންނާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
މީހަކު މަސް މާރުކޭޓް ސަރަހައްދު މޫދުގައި އަޅާފައި އޮތް ދޯއްޏަކުން ގިނަ އަދަދެއްގެ މަސްތަކެއް ނަގަނީ .-- ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/މިހާރު
މަހުގެ އަގާ ގުޅޭ ގޮތުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، ބޭރުގެ މާކެޓުގައި އަގު އަދިވެސް ކުރީގެ އަގުތަކަށް ބަދަލު ނުވާ ކަމަށެވެ. އަގަށް ބަދަލު އަންނަ ވަރަކުން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ވެސް ބަދަލު ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެމަނަފުށީގެ މަސްވެރިޔާ މުހައްމަދު ޝިނާޒު ބުނީ ކުރިން ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ވެސް މިހާރު ނުލިބޭ ކަމަށެވެ. އަދި ކިރާ މަހުން ލިބެންޖެހޭ ފައިސާކޮޅު ލިބެނީ ހަފްތާއެއް ފަހުން ކަމަށް އޭނާ ބުންޏެވެ.
"ކިރުވާ މަސްކޮޅުގެ އަގު މި ލިބެނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން. މިއީ މަސްވެރިންނަށް ވަރަށް އުނދަގޫވާ ކަމެއް،" އޭނާ ބުންޏެވެ.
އޮޑިފަހަރާއި މަސްވެރިން ތަރައްގީވެ، މަސްބާނާ ވަރު އިތުރު ކުރި ނަމަވެސް މިފްކޯއަށް އެހިސާބަށް ނުދެވުމުން ބޮޑެތި އުނދަގޫތައް ކުރިމަތިވާ ކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް ގަބޫލު ކުރައްވަ އެވެ. އެހެން ނަމަަވެސް މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް މަސްވެރިން އެބޭނުންވާ ހިސާބަށް އަންނަން އަދި ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
10 December 2021
ހައްލު ލިބިދާނެ އެވެ. މަސްވެރީންގެ އާބާދީ ވ ބޮޑެވެ. 10 ވަރަކަށް މަސްވެރީން މަޖްލީހަށް ކުރިމަތި ލާން ވީ އެވެ. ގޮޑި ލިބުނީމަ އެއިރަކު އޮންނަ ސަރުކާރަކުން ބުނާ ގޮތް ހަދަން ޖެހޭނެ އެވެ. ހޮވޭނެ އެވެ.
މަސްރޭސް
10 December 2021
ކީއްކުރަންތަ ނުކިރޭކަން އެނގޭ އިރު ކޮންމެ ދުވަހަކު 20 ޓަނު ބާނަންވީ!
ޔާނު
10 December 2021
ބެޔަސް ނުބެޔަސް 10000.. އޯކޭނު؟
ޝ123
10 December 2021
ރާއްޖޭގެ މަސްވެރިކަން hލާކޮއްލީ އެމްޑިޕީން. ޔޫރަޕްގެ ޤައުމުތަކުގަ އާދޭސްކުރަމުން ދިޔައީ ރާއްޖެއަ ދަތިކުރުމުގެ ފިޔަވަޅު އާޅާދިނުމައް
މަސްބާނާނީއޭ
10 December 2021
ފިޝަރީޒް މިނިސްޓަރެއް އަދި އެގްރިކަލްޗަރ މިނިސްޓަރެއް އަދި ތިމާވެށި މިނިސްޓަރެއް އެއީ ތިބެން ޖެހޭ މިނިސްޓަރުންނެއް ނޫނޭ އެއީ ވާނުވާ މިނިސްޓަރުންނޭ ތިޔާ މިނިސްޓަރުން ލައިގެން މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ނެތޭ ބަދަލުގައި އެޚަރަދު ސަރުކާރުން ކޮންމެ އަހަރަކު ކުރަންވީ މާލެ ސަރަހައްދު މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަކަނޑުއޮޅީގައި ޓޫނާ ބްރީޑިންގް ފެކްޓަރީ މޮޑެލް އެއް ހަދަން އެ ހަދާ އެތަނުގައި ޓޫނާ ބްރީޑް ކޮށްގެން ރޮބަޓްސް ތަކުގެ އެހީގައި
ހުސްވާނެތީއޭ
10 December 2021
ރާއްޖޭގައި މިހާރު މަސްވެރިކަން ކުރާ ގޮތަށް މަސްވެރިކަން ނުކުރެވޭނެއޭ 2030 ގެ ފަހުން ސަބަބަކީ އެއީ އެއިރުން މަސް އޮޑިތަކުގެ އޮޕަރޭޓިންގް ކޮސްޓް ބޮޑުވެ ލިބޭ އާމްދަނީއާއި ޚަރަދާއި އަޅާއިރު ޚަރަދު ބޮޑުވާނެތީއޭ މިކަން ހައްލު ކުރެވެން އޮތީ މާލެ ސަރަހައްދުންނޭ އެގޮތުން މާލެ ސަރަހައްދުގައި އެބަޖެހޭ މަސް ބާނަން ބޭނުންކުރާ އެން ބްރީޑިންގް ފެކްޓަރީ އެއް ހަދަން އެން ދެން ނުލިބޭނެއޭ އެއްވެސް މަސްވެރިކަމެއް ކުރަން ސަބަބަކީ އެންދަމާ ގޮތުން އެން ދެން ފަރުތަކުން
ދިސްވޭއިން
10 December 2021
މަސްވެރިންނަށް ވެސް އަދި ދަނޑުވެރިކަން ވެސް ރާއްޖޭގައި ކުރި ނާރާނެއޭ ވަކި ފަރުދުން ތަކެއް މަސްވެރިކަން ކޮށްގެން އެކަން ކުރިއަރާނެ ގޮތަކީ އެއީ ކުންފުނި ތަކުގެ އަމިއްލަ އޮޑިދޯނި ފަހަރު ހުރެގެން އެމެން އަމިއްލަ އަށް މަސްވެރިކަން ކުރުން މަހަށްދާ މީހުންނަށް ބާނާ މަހުން ވަކި ޕަރސެންޓެއް އެއީ ސާރވިސް ޗާރޖްގެ ގޮތުގައި ދޯނީގެ ފަޅުވެރިންނަށް އަދި މާލެ އޮފީހުގައި އެކަން މެނޭޖް ކުރާ މީހުންނަށް %5 ސާރވިސް ޗާރޖް ދޭ ގޮތަށް ހެދުމުން މަސްވެރިކަން ކުރިއަރާނެއޭ
ހޯރަފުށީ ޗާލުނަޔާ
10 December 2021
މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ މަސްވެރިންނާއި މަސްވެރިންގެ އާއިލާ ތަކަށް އަރިސްކުރަން!ހުރިހާ މަސްވެރިންވެސް ހޯރަފުށީގަ މިއަދު މި ހުޅުވޭ އައިސްފުލާންޓްން ހިދުމަތް ހޯދާނެ ކަމަށް އުއްމީދު ކުރަށް.
ކައުންސެލަރު
10 December 2021
ނޫނޭ! ނޫ އިގްތިސާދުގެ މަތިން ރާއްޖޭގެ އީއީޒެޑްގައި ކަންނެލި ޖަގަހަތައް ތިޔަހުރީ ހުޅުވާފަ. އެމީހުން ތިބީ އެޖަގަހަތަކަށް މަސްކިރުވަން މަސްވެރިން ނުގޮސްގެން ފޫހިވެފަ. މަސްވެރިން ތިޔަދައްކަނީ ކަމުދާ ވާހަކައެއްތަ؟ އީއީ ޒެޑް ވަށައިގެން ޓީއެމްއޭ ޕްލެޓްފޯމުހެން ރާއްޖެވަށާ ގުޅާލާފަ އެހުރީ ކަންނެލި ޖަގަހަތަކުން. އެތަންތަނުން ހަމަ އަގުގެ މަތިމައްޗަށް ހަމައަގު އެހެރަދަނީ ދެމުން. ކީކޭ؟ މީތި ކަޑަތަ؟ ވަރަށް ސަލާން
ޑިސްއޮނަރަބަލް ޑީޑީ
10 December 2021
ކޮބާތަ މަސްވެރިންގެ ކަންމަތީޖަމިއްޔާތައް؟ ކޮބާ މަސްވެރިންނަށް ބޮޑުވަޒީރުދޭންބުނި ހަމައަގު؟ މިހުންނަނީ ހުސް އެޖެންޑާ-19 ގެ ފަލްސަފާ.