މާލޭގެ ހުންނަ އަތޮޅު ފިހާރަ ބަރީގެ ފިހާރައެއް.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
22 ޑިސެމްބަރ 2021 - 11:39
މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ ދެ އަހަރު ދުވަހުގެ ފައިސާ ކަމަށްވާ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ހަވާލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ ފައިސާ 20 އަތޮޅަކަށް މިހާރު ދީފައިވާ ކަމަށެވެ. އެއީ؛
- 2016 ވަނަ އަހަރު ދޭން ޖެހޭ 17.9 މިލިއަން ރުފިޔާ
- 2017 ވަނަ އަހަރު ދޭން ޖެހޭ 20.5 މިލިއަން ރުފިޔާ
މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ބައެއް އިދާރާތަކާ ވެސް ބައްދަލުކޮށްފަ އެވެ. އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް ވަނީ އެދިފަ އެވެ.
މިކަމުގައި އިސްކޮށް އުޅޭ ގއ. އަތޮޅު ކައުންސިލް ބުނެފައި ވަނީ އެ އަތޮޅުގެ އަތޮޅު ފިހާރައާ އެކު، އެ ސަރަހައްދުގައި ހުރި އެހެން އަތޮޅުތަކުގެ ފިހާރަތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްދިނުމަށް އެދި، މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާ އެކު ވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވައިފައިވާ ކަމަށެވެ.
މި މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވައިފަ އެވެ.
އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރާއިރު، މާލެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި މާލޭގެ ލޭންޑް ޔޫސް ޕްލޭންގައި ވަނީ މި އަތޮޅު ފިހާރަ ބަރި ބުޓިކް ޝޮޕްތަކަކަށް ބަދަލުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
22 December 2021
ކޮންމެ އަތޮޅަކަށް މާލެއިން ބޮޑު ބިމެއް އޮންނަންވާނެ، ވެރިރަށް މާލެ ހެދުމުގެ ސަބަބުން އަތޮޅުތައް މި ތަރައްގީ ނުވަނި
އައްޓަމަސް
23 December 2021
ކޮންމެވެސް 1 ރަށެއްދޯ ވެރިރަށަކަށް ހެދޭނީ؟ ތިމާގެ ރަށުގައި ފެންވަރު އެބަހުރިބާ ވެރިރަށަކަށް ހެދޭނެ؟!
އައި އެން ޔޫ
22 December 2021
އަތޮޅު ފިހާރަތަކުގެ ހާލަތު ބަދަލުވެ ލާމަރުކަޒުވެ ކައުންސިލްތަކަށް އަމިއްލަޔަށް އާމްދަނީ ހޯދުމުގެ މަގު ފަހިވެއްޖެ. ވީމާ މާލޭގެ ބިންތަަކެއް އަތޮޅުތަކަށް ރަޖިސްޓަރީ ކޮށްދޭނެޖެހޭނެ ކަމަކަށް ނުބެލެވޭ. މިހާރު އެއީ މާލޭ ގައި ދިރިއުޅޭ ފަރާތްތަކުގެ ބޭނުންތަކަށް އޮންނަންޖެހޭނެ ބިންތަކެއް. އެއްގޮތަކަށްވެސް ތި ބިންތަށް ކައުންސިލްތަކަށް ދެވިގެން ނުވާނެ.
އައި އެން ޔޫ
22 December 2021
މިއަދުގެ ހާލަތު ބަދަލުވެއްޖެ. ރާއްޖެ ލާމަރުކަޒު ކޮށްފި. ކައުންސިލްތަކަށް އާމްދަނީ ހޯދާނެ ބާރުވެރިކަން ދީފި. ތިޔަ ފިހާރަތަކުން ލިބޭ ފައިސާ މިހާރު ލިބެންވާނީ މާލޭގަ ދިރިއުޅޭ ފަރާތްތަކުގެ ކަންކަމަށް ޚަރަދުކުރުމަށް. އެ ފިހާރަތައް ވާންޖެހޭނީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ޙައްޤަކަށް. ކައުންސިލްތަކަށް އެ ފިހާރަތަށް ރަޖިސްޓްރީ ކޮށްދެވިގެން ނުވާނެ. ނޫންނަމަ ކޮންމެ ރަށެއްގެ އަގުބޮޑު ސަރަހައްދުން މާލޭސިޓީ އަށްވެސް ބިން ލިބެންވާނެ.
އަފްރާސިޔާބު
23 December 2021
އަތޮޅުތަކަށް ލިބިފައިވަނީ އަތޮޅުތަކުގެ ރައްްޔިތުން ހިއްކައިގެން ބިން ހޯދާށޭ އެއިރުގެ ސަރުކާރުން އެންގެވީމާ އަތޮޅުތަކުގެ ރައްޔިތުންގެ އަމިއްލަ ފައިސާއިންނާއި މަސައްކަތުން ހިއްކާފައިވާތަންތަން. ތިބުނާ އުޞޫލުން ވިއްޔާ ބިންގަނެފައިވާ މީހުންގެ ބިމަކީވެސް މާލޭ ސިޓީކައުންސިލުގެ ބިމެއްތާ! މާލޭ ރައްޔިތަކު އެބައޮތްތޯ ރާއްޖޭގެ ރަށަކުން ބިން ހިއްކާފައި؟ އެހެން ނެތީމާ ނުލިބެނީ.
ކެވެލިނާ
22 December 2021
2016 އާ 2017 ގެ ފައިސާކޮޅުވެސް ދިރުވާލައިގެންތަ ޢޭނަ ދިޔައީ
ޒައިކް
22 December 2021
އަތޮޅު ކައުންސިލުތަކުން ތިޔަ ބައްކޮށްގެން ތިބެނީ ހަރާން ކުރާ އެއްކަމެއްވެސް.. އެހީވިޔަސް ވަނީ އަތޮޅުވެރިކަން ކުރާ ރަށަށް އެކަނި.. ދެން ބާއްވަފާނެ ކުޑަ މުބާރާތެއް ދޭތެރެއަކުން އެ ނިމުނީ.. ތިޔަ ފައިސާ އާބާދީގެ ނިސްބަތުން އަތޮޚުގެ ރަށްތަކަށް ހަމައަށް ބަހާފަ ދިންނަމަ މާ ރަނގަޅުވީސް.. ތި އަތޮޅު ކައުންސިލުތީ ހަމަ ބޮޑު އިސްރާފެއް ބޭކާރު ލޭޔަރެއް
5433443
22 December 2021
މުއިއްޒުޖެހޭތަ ހުރިހާދިމާއަކަށް ބޭނެން.
މައިސޫރު
22 December 2021
2021 ހިނގަމުންދާއިރު ކުލި އަދި މިދެނީ 2017 ގެ މަސްކިރާފަ ކަރުދާސް ހިފައިގެން ދާގޮތަށް ކަނޑު ގޮވާމާ ފަޅުގޮވާން ކުރެވޭތީ އެބަ ފެނޭ
ތިވެސްއައުޓު
22 December 2021
އެތައް މިލިޔަނެއް އެއްފަހަރާ ދޭނީ ކިހިނެތް؟ މިދައްކަނީ މިދިޔަ "ރަންޒަމާން" ގައި ނިކަމެތި ރައްޔިތުންގެ މަންފާއަށް ކައުންސިލުތަކައް ނުދީހުރި ފައިސާގެ ވާހަކަ. މިހާރުވެސް އެދިނީ 2 އަހަރުގެ ފައިސާ. އެގޮތަށް ދީގެންދޯ ބެކުލޮގު ޚަލާސް ކުރެވޭނީ. ރައްޔިތުންގެ އެތަކެއް މިލިޔަން ފައިސާ ނުދީހުރި ސަބަބު ބުނެނުދީ އަދިވެސް އެމީހުން ދުވަނީ "އައުޓޭ، އައުޓޭ" ގޮވަމުން.