ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
09 ޑިސެމްބަރ 2021 - 14:59
މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާކުރަން ފަށައިފި އެވެ.
މިކަމުގައި އިސްކޮށް އުޅުއްވާ ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝާހީން މިއަދު "މިހާރު" އަށް ވިދާޅުވީ އެ އަތޮޅުގެ އަތޮޅު ފިހާރައާ އެކު، އެ ސަރަހައްދުގައި ހުރި އެހެން އަތޮޅުތަކުގެ ފިހާރަތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްދިނުމަށް އެދި މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައިފައިވާ ކަމަށެވެ.
ޝާހީން ވިދާޅުވި ގޮތުގައި، މި ފިހާރަތަކުން ލިބޭ އާމްދަނީ ކުރިން އަތޮޅުތަކަށް ސީދާ ފައިދާ ކުރި ނަމަވެސް، މިހާރު އެ މަގު ވަނީ ބަންދުވެފަ އެވެ. އެހެންވެ، ކޮންމެ ފިހާރައެއް ނިސްބަތްވާ އަތޮޅަކަށް މާލީ ފައިދާ ވާނެ ގޮތަށް، މި ތަންތަނުގެ ރަޖިސްޓްރީ ބަދަލުކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ކަމަށް ޝާހީން ވިދާޅުވި އެވެ.
ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
"މި ފިހާރަތައް އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް އަދި މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް ވެސް ކުރެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ދެންނެވި،" އޭނާ ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ ގއ. އަތޮޅު ކައުންސިލުން އިސްނައިގެން ކުރަން އުޅޭ މި މަސައްކަތުގައި ބައިވެރިވުމަށް ށ. އަތޮޅު ކައުންސިލުން ވެސް މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ހުރިހާ އަތޮޅު ކައުންސިލްތަކުން ވެސް މި ކަމަށް އެއްބާރުލުން ދިނުމެވެ.
އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ފެށިއިރު، މާލެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި ވަނީ މި އަތޮޅު ފިހާރަ ބަރި ބުޓީކް ޝޮޕްތަކަކަށް ބަދަލުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޔޫފް
09 December 2021
އެހެންވީމަ މާލޭ އަތޮޅު ރަޔިތު ފިހާރަ ކޮންމެ އަތޮޅެއްގަ ހުނަން ޖެހޭނެ. އެސްޓީއޯ މާލެ ކައުންސިލާ ހަވާލުކުރޭ
އޮނަރަބްލް އަފީފު ދީދީ
09 December 2021
ކޮންމެހެން އަހަރުމެންދެކެ މާހެޔޮއެދޭ ބަޔަކަށް ވެގެން ހީލަތްތެރި ގޮތްގަނޑު ދައްކާނެ ކަމެއްނެތް. # އަހަރުމެންނަކީ މަޖުބޫރީ ހާލަތް މެދުވެރިކޮށް ވޭދުވެދިޔަ 60 އަހަރު "ކުލީ އަޅުންގެ ގޮތުގައި" ގެންގުޅެފައިވާ ބަޔަކަށްވާތީ "ކުއްޔޭ ބުނީމަވެސް" އަހަރުމެން ބިރުގަނެ ސިހޭގޮތްވޭ. # ތިބޭފުޅުން ގޭންއެއަރޕޯޓްގައި އަޅުވާފައިވާ "ބޮޑު ތަޅު" ނައްޓާލަދީ އަހަރުމެނަށް އިޤްތިސޯދީ މިނިވަންކަން ދޫކޮށްލުމުން ތިޔަ ޒައްރާއެއްފަދަ ލާރިކޮޅު އަހަރުމެނަކަށް މުހިންމެއްނޫން އިގޭތޯ.
އަތޮޅު އެދުރު
09 December 2021
އަހަރުން އަތޮޅަށް ނިސްބަތްވާ ފިހާރަޔެއް ހުރިތަނެއް ނުދެކެން ތިޔަ ބަރިޔަކު
ޢަލީ
09 December 2021
މާލޭން ކޮންމެ އަތޮޅަކަށް 2000 އަކަފޫޓުގެ ފިހާރައެއް ރަޖިސްޓްރީކޮށްދޭންޖެހޭ އެއްވެސް ސަބަބެއްނެތް. ލާމަރުކަޒީ ޤާނޫނުގަ އިޙްތިޞާސް ކަޑައެޅިއިރު މާލޭން ކޮންމެ އަތޮޅަކަށް 2000 އަކަފޫޓުގެ ބިމެއްގެ އިޙްތިޞާސް ލިބިގެންވޭތޯ?. މޮޔަކަންދޯ.
އަފްރާސިޔާބު
10 December 2021
އަތޮޅު ފިހާރަކަކީ ރާއްޖޭގެ ހުރިހާ އަަތޮޅަކަށް އާމްދަނީ ހޯދައި ދިނުމަށް އެއިރުގެސަރުކާރުން ވިސްނާފައި ބުނީ އެއޮތީ މާލޭގެ ފަޅޭ ހިއްކައިގެން ފިހާރަ ހަދާށޭ. ބުނީމާ ކޮންމެ އަތޮޅަކުން މާލޭގެ ފަޅު ގަލާއި ވެއްޔާއި އަޅައިގެން ބިން ހިއްކައި ފިހާރަހަދައި ވިޔަފާރީގެ ހުއްދައަށް އެދުމުން ބުނީ ސަރުކާރުން ލާ މެނޭޖަރެކޭ ތަން ހިންގަނީ އަދި ސަރުކާރުން ކޮންމެ އަތޮޅަކަށްވެސް 10000ރުފިޔާ ދޭނަމޭ. ހުޅުމާލޭ ފަޅު އެޗްޑީސީން ހިއްކީމާ މިލްކުވެފައި މާލޭފަޅުއަތޮޅަށްނުލިބޭނެތަ
ވިސްނާލާ
09 December 2021
ތިޔަ ކަމަކީ ރަނގަޅުކަމެއް! އަދި މިއާއެކު އަތޮޅު ފިހާރަތައް އަތޮޅުތަކަށް ލިބި އެތަންތަނުން ލިބޭ އާމްދަނީ އެ އަތޮޅެއްގެ ރަށް ތަކަށް ބަހަންޏާ ޖުމުލަ އާމްދަނީ ބެހެންޖެހޭނީ ރަށްތަކުގެ އާބާދީއަށް ބަލައިގެން ހަމަހަމަ ކޮށެވެ. އަދި އޭގެ ނަފާ ދަރިންނަށް ތަޢުލީމު ދިނުމާއި ރަށުން ރަނގަޅު ވަޒީފާއެއް ނުލިބޭތީ މާލޭގައި ވަޒީފާ އަދާކުރަން ދަތި ޙާލުގައި މީހުންނަށް ވެސް ތީގެ ފައިދާ ލިބެންޖެހޭނެ.
އައްޓަމަސް
09 December 2021
އެޔި އެހެން ޒަމާނެއް، މީ އެހެން ޒަމާނެއް ނުޖެހެނެ ކޮންމެހެން މާލޭން ބިމެއް އތޮޅޫތަކަށް ރަޖިސްޓަރީ ކުރާކަށް، މާލޭމާރުކޭޓު ގޮޅިތައްވެސް ރަށްރަށުމީހުންނަށް، އެހެންވިއްޔާ ރައްރަށުގައި ހުރި ބޮޑެތި ބިންތައްވެސް މަލެ ސިޓީކައުންސިލަށް ރެޖިސްޓުރީ ކޮއްދޭން ފެނޭ!
ޢިބޫ
09 December 2021
އެހެންވީމަ އަތޮޅުތަކުގަ ހުރި ކައުންސިލް އިދާރާތަށް މާލެއަށް ރަޖިސްޓްރީ ކޮއްދީ، ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށްޓަކާ މަލޭގެ ރައްޔިތުން ގުރުބާން ކުރަނީ.
ކުޅަނދޭ
09 December 2021
ތިޔަހެން ވެއްޖެއްޔާ ކޮންމެ އަތޮޅެއްގަ މާލޭ ފިހާރަ ކިޔާފަ ފިހާރައެއް ހަދައި މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރަންޖެހޭނެ!
ބޭބެ
09 December 2021
ބުދިއް އިސްކޮށްބަލަ ކުދިންނޭ،. މާމަގެ ހުނިގޮނޑިތޯ މާލެއަކީ
ހޯރަބޭ
09 December 2021
ހއ އަތޮޅު ފިހާރަ ހަވާލުކުރަށްޖެހޭނި ހޯރަފުށީ ކައުންސިލަށް. އަތޮޅުގަ އޮތް އެއްމެ ގާބިލު ނަތީޖާނެރޭ ބަޔަކަށް ތިފަދަ ޒިންމާއެއް ހަވާލު ކުރަށްވާނި.