އެމްއެމްއޭ. ދައުލަތުން އޯވަޑްރޯ ކުރި ވަރު 3.5 ބިލިއަން ރުފިޔާ އަރައިފި--ފޮޓޯ:މިހާރު
23 ޑިސެމްބަރ 2021 - 14:29
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭ މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 3.5 ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ އެބަ އޮތެވެ. މިއީ ދައުލަތަށް އެވަރުގެ އާމްދަނީއެއް ނުލިބި އެކަމަކު އެމްއޭއޭ އިން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން ޗާޕުކުރި ފައިސާ އެވެ.
ސަރުކާރުން މި އަހަރުގެ ނިޔަލަށް ޗާޕުކުރާ ފައިސާ ދައުލަތުގެ ދަރަންޏަށް އިތުރުވާނެ އެވެ. ސަބަބަކީ މި އަހަރުގެ ނިޔަލަށް އޯވަޑްރޯ ކޮށްފައިވާ އަދަދު ބޮންޑަކަށް ބަދަލުކުރަން ވަނީ ނިންމާފައި ވުމެވެ. މި ބޮންޑު ދައްކަނީ 50 އަހަރަށް ބަހާލައިގެން 2.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.
މިދިޔަ އޮކްޓޫބަރު މަސް ނިނުމު އިރު ސަރުކާރުން ވަނީ 2.7 ބިލިއަން ރުފިޔާ ޗާޕުކޮށްފަ އެވެ.
އަންނަ އަހަރު ވެސް 2.5 ބިލިއަން ރުފިޔާގެ ލިިމިޓުގައި ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމައި އެކަން މަޖިލީހުން ވެސް ވަނީ ފާސްކޮށްފަ އެވެ. އެ އަދަދު އޯވަޑްރޯ ކުރަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. މީގެ ކުރިން އޯވަޑްރޯ ކުރަމުން އައީ އެއްވެސް އިންޓްރެސްޓް ރޭޓަކާ ނުލަ އެވެ. ނަމަވެސް މިފަހަރު އިންޓްރެސްޓް ރޭޓެއް ކަނޑައެޅީ ހަރަދުތައް ހަމަޖެއްސުމުގައި ދައުލަތް ޒިންމާދާރުކުރުމަށް ކަމަށް އެމްއެމްއޭން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ1
24 December 2021
imf އިން ނެރެފަ އޮތް 2019ގެ ރިޕޯޓްކިޔާލުން މުހިންމު
މައުމޫނި
23 December 2021
މޮޅު އިކޮނޮމިސްޓް ގެނެސްބަލަ ވެރިކަމައް
ކުޗީ
23 December 2021
މިއޮތީ ޖާހިލު މޮޔައަކަށް ކަނޑިޔެއް ދެވިފަ. ކައިރީ ތިބި މީހުން އެހަދަނީ ހަދާނެ އެއްޗެއް. އަދިވެސް އަދަނީ ވަޒީފާތަސް އިތުރު ކުރަމުން. ދެވަނަ ދައުރެއްގެ ދަޅަދައްކައިގެން މުޅި ދައުލަތް ދަވާލަނީ. އެމްބަސީތަށްވެސް ފުރިގެން ބަންޑުންދަނީ.
ބިންބި
23 December 2021
ބޭނުންވަނީ ރަނގަޅު އިކޮނޮމިސްޓެއް ވެރިޔަކަށް
ޑިސްއޮނަރަބަލް ޑީޑީ
23 December 2021
ތިވަރަށް އޯވަޑުރާފްޓްކުރަނިކޮށް ސަރުކާރު އޯވަޑޯޒުވެދާނެ. މިހާރުވެސް އެކަހަލަ ޙާލަތެއްގާ ގައުމު އޮތީ.
ހިތަދޫ 2
23 December 2021
އިކޮނޮމިކް ބޫމް ގެ ހުވަފެް ބަލައިގެން ގައުމު ބޮޑު އަނދަވަޅަކަށް ތި ވައްޓާލީ..މީގެ ބުރަ އުފުލަންޖެހޭނީ ރައްޔިތުމީހާ.. ލިބުނުހާ ފެސިލިޓީތަކާ ހިލޭ އެހީ އަދި ލުއިލޯންތަށް ބައިއަޅައިގެން ކެއީ އޭ ބުންޔަސް ފާފަވެރި ނުވާނެ.
އަތްޖަހާ
23 December 2021
މިއީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް
އިލޮށި
23 December 2021
ސިޔާސީ ބޭނުމަށް ރައްޔިތުންގެ ޖަަޒުބާތާކުޅެ، ގައުމުގައި ނެތްވަރުން ހުވަފެންދައްކާ، އާހިރުގައި ރައްޔިތުންގެ ޑިމާންޑްތައް އިންތިހާއަށް ދިޔައިމާ ދެން ފައިސާ ޖެހުން ނޫން ގޮތެއް ނޯންނާނެދޯ؟ އަނެއްކޮޅުން ހުވަފެންދެއްކި "ރައްޔިތުންނަށްޓަކައި އުޅުއްވާ ސިޔާސީ ބޭފުޅުންނަށް" ދޭންޖެހޭ މާސިންގާ މުސާރަފުޅުތަކާ އިނާޔަތްތަކުންވެސް ދެންް އޮންނާނީ ފަހެ އިތުރު ކޮން ގޮތެއްތޯ؟ އަމިއްލައަށް ފޭހި އިލޮށި އަމިއްލަ ލޮލަށް ތިއޮތީ ހެރިފައެވެ.
ސަރުކާރުގެ ޕްލޭން
23 December 2021
މިސަރުކާރުގެ ޕްލޭނަކީ ރާއްޖެ ދަރުވާލުން. ސަރުކާރަށް އެނގޭ 2023 ގައި ނޮހޮވޭނެކަން. ދެން އަންނަ ސަރުކާރެއްގައި ރާއްޖެ އިންޑިޔާގެ ސްޓޭޓަކަށް ހެދޭވަރަށް ދަރާފަ އޭރު އޮންނާނީ. ރައްޔިތުންވީ މިސަރުކާރު ވައްޓާ ނުލެވޭނަމަ ޖައި ހިންދޭ ކިޔާ އަތްޖަހަޖަހާ ތިބެން.
ތަރުޖަމާ
23 December 2021
ޔައުނީ ޕުރިންޓް ކޮއްފިއެވެ.