26 ޑިސެމްބަރ 2021 - 15:37
ބޮޑެތި މަރުތައް ތަހުގީގު ކުރުމަށާއި ހިޔާނާތުގެ ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަން ހިންގަން މިހާތަނަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވެފައިވާ ކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން އެ މައުލޫމާތުތައް ހޯދަން ހުށަހެޅުމުން ރައީސް އޮފީހުން ވަނީ އެ ދެ ކޮމިޝަން އުފެއްދި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ހިނގި ހަރަދުތަކުގެ ތަފްސީލު ހިއްސާ ކޮށްފަ އެވެ.
މަރު ކޮމިޝަންގެ މެންބަރުންނަށް މިދިޔަ ހަތަރު އަހަރު ތެރޭގައި މުސާރައިގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އެހެނިހެން ހަރަދުތަކާއެކު ޖުމުލަ 5.4 މިލިއަން ރުފިޔާ އެ ކޮމިޝަނަށް ހަރަދު ކުރި ކަމަށް އެ ލިޔުމުގައި ވެ އެވެ.
ހިޔާނާތުގެ ފައިސާ ހޯދަން އުފެއްދި ކޮމިޝަންގެ މެންބަރުންގެ މުސާރަ އަށް 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ކޮމިޝަނަށް މިދިޔަ ހަތަރު އަހަރު 9.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް އެ ލިޔުމުގައި ބުނެ އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބެލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ ދެ ކަންތަކެވެ. ދެ ކޮމިޝަން އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ވެސް އެ މައްސަލަތައް ބެލުމެވެ.
ނަމަވެސް ކޮމިޝަނަށް ބޮޑު ހަރަދު ކޮށްފައިވާ އިރު މިހާތަނަށް ވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރެ އެވެ.
ހިޔާނާތުގެ ފައިސާ ހޯދާ ކޮމިޝަނުން މިހާތަނަށް ގެއްލުނު ފައިސާ އާއި މުދާ ހޯދައިދިނުމުގެ ދައުވާއެއް އުފުލައިދޭން މިހާތަނަށް ފޮނުވާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވެ އެވެ. އަދި ރިލްވާންގެ އާއިލާ އިން ވެސް ވަނީ މަރު ކޮމިޝަނަށް ނަތީޖާ ނުނެރެވޭތީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
28 December 2021
ނަން ބަދަލުކުރަން ފެނޭ "ކާ ކޮމިޝަން" އަށް.
ރަންވަންލޯ
27 December 2021
ތިއީ ބޮޑު މުސާރަލިބޭ ދެ ކޮމިޝަނުގެ އެ އަހަރުގެ ހަރަދަސް ތިޔައީ މިއަދު މެޓަލެއްނު. ވިޔަފާރިއެއް ނުކުރާ އަހަރުމެންގެ ކުރީގެ ރައީސެއްގެ އެކައުންޓެއްގައިވެސް ހުރިކަމަށް އަޑުއެހީން ތިޔަށްވުރެ ގިނައިން.
ކޭސީސީ
26 December 2021
އޭސީސީއަށް ފިޔަވަޅު އެޅުމަށްވުރެ ކުރިން އުވާލަންވީ މި ދެ ކޮމިޝަން.
ކުޗީ
26 December 2021
ސޯލިހު ލަދެއް ނުގަނޭތަ. 15 މިލިޔަން ވީކަމެއް ހަރާން. އަދިވެސް ސިޔަސީ މަގާމުތަށް އިތުރު ކުރަނީ.
ނަމޫނާ ޖަވާބު
26 December 2021
އެ ސަރުކާރަށްވުރެ މަދުވާނެ އަދިވެސް މިސަރުކާރުން ކެއިލެއް.
ޑއިޜީ
26 December 2021
ރިކަވާ މިވީ ރިކަރަންޓައް.
ދިއްދޫމީހާ
26 December 2021
އެސެޓް ރިކަވަރީ ކޮމިޝަންއަ ބަލާލީމަ އިންގޭ ރިކަވާ ވާނެވަރު
ހިސާބް
26 December 2021
ވަކިބަޔަކަށް ދައުލަތުން ފައިސާދޭން ހެދި ކޮމިޝަން ތަކެއްތީ.
ޖަމީލުބެ
26 December 2021
ތިފަދަ މައުލޫމާތުވެސް މިހާރު ހާދަ ފަސޭހައިން ލިބެއޭދޯ! މީގެ ދެތިން އަހަރު ކުރިންނަމަ .....
ސަސި
26 December 2021
މިނިވަން ދުވަހުގެ މުނާސަބަތުގަ ބާއްވާ ސަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ތި ކޮމިސަންތަކުގެ މެންބަރުންނަށް ހަނދާނީ ފިލާ ދޭންވާނެ، އެއްވެސް ނަތީޖާއެއް ނުނެރެވީ ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރީމާ