07 އޯގަސްޓް

August 07, 2019 6
ކޮމިޝަނަށް ކުރި ދައުވާ ބީއެމްއެލް އަށް ކާމިޔާބެއް ނުވި

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ބައެއް މައުލޫމާތު ދޭން އިންކާރުކޮށް، ކޯޓު އަމުރެއް އޮވެގެން ނޫނީ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރި ދައުވާ ދައުވާގައި ބޭންކާ ދެކޮޅަށް ހުކުމް ކޮށްފި އެވެ.

30 ޖުލައި

July 30, 2019 4
ބީއެމްއެލްއިން ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

29 ޖުލައި

July 29, 2019 14
ބީއެމްއެލް އިން އެދުނު ވަގުތީ އަމުރު ނެރެއެއް ނުދިން

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ބޭންކުން އެދުނު ފަދަ ވަގުތީ އަމުރެއް...

July 29, 2019 36
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި

އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ހަ ޗެކް ބީއެމްއެލުން...

18 ޖުލައި

July 18, 2019 67
ބީއެމްއެލުން މުވައްޒަފުންގެ ހައްގުގައި އަމުރަކަށް!

ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ކޯޓު އަމުރަކަށް ނޫނީ ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޯޓަށް ހުށަހެޅި މައްސަލާގައި...

July 18, 2019 4
އެސެޓް ރިކަވަރީ ކޮމިޝަން މައްސަލައަށް އޭސީސީ ވަންނަނީ

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް އެންޓި ކޮރަޕްޝަން ކޮމިޝަން...

17 ޖުލައި

July 17, 2019 4
އެސެޓް ރިކަވަރީ ކޮމިޝަނަށް ބީއެމްއެލް އިން ދައުވާކޮށްފި

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޮމިޝަނުން ކޯޓަށް...

July 17, 2019 35
ސީލައިފްގެ ބަދަލު ދިނުން މަޑުޖައްސާލަން އަންގައިފި

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން އެސެޓް...

19 ޖޫން

June 19, 2019 20
ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

11 ޖޫން

June 11, 2019 7
ބިލް ފާސްކޮށް، ތަހުގީގުތައް އަވަސްކުރަން ގޮވާލައިފި

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކޮށް، އެ ކޮމިޝަނުން އަވަސް ތަހުގީގުތަކެއް ހިންގުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުން މިއަދު މަޖިލިހުގައި ގޮވާލައްވައިފި...

June 11, 2019 26
ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ: އުޝާމް

ރިޔާސީ ކޮމިޝަންތަކުގެ ބިލް އޮތީ ގާނޫނާއަސާސީއާ ހިލާފަށް ކަމަށާއި ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ...

28 ފެބުރުއަރީ

February 28, 2019 100
މުހިންމު ބިލް ތާށިވެފައި، މިއީ ކޮން ކަހަލަ ރޭވުމެއް؟

ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލިހުގައި "ކަސްތޮޅު" އެޅުވިފައި އޮންނަތާ މިއަދަށް 60 ދުވަސް ވީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް "ވިއްކި" އެއް ކަމަކީ ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި ދައުލަތުގެ ފައިސާ އާއި މުދަލަށް ވެފައިވާ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަ ބަލާނެ ކަމުގެ...

27 ފެބުރުއަރީ

February 27, 2019 35
ރިޔާސީ ކޮމިޝަންގެ ބިލް އެޖެންޑާ އިން ނަގައިފި

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުގެ ތަޅުމަށް ފޮނުވާފައި އޮތީ ކޮމިޓީން ފާސްކުރި ގޮތަށް ނޫން ކަމަށް އެ ކޮމިޓީގެ މެމްބަރުންތަކެއް ވިދާޅުވުމާ ގުޅިގެން، އެ ބިލް އެޖެންޑާ އިން ނަގައި އަނބުރާ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

26 ފެބުރުއަރީ

February 26, 2019 33
ސަރުކާރު ކޯލިޝަނުން ގިނަ މެމްބަރުން ހާޒިރެއް ނުވޭ!

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރަން ވޯޓަށް ނޭހީ ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ...

February 26, 2019 19
ރިޔާސީ ކޮމިޝަންގެ ބިލަށް މިއަދު ވެސް ވޯޓަކަށް ނޭހުނު!

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން ވޯޓަށް ނޭހި ރައްޔިތުންގެ...

25 ފެބުރުއަރީ

February 25, 2019 28
މެމްބަރަކު ނެތިގެން ރިޔާސީ ކޮމިޝަންގެ ވޯޓަށް ނޭހުނު

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

24 ފެބުރުއަރީ

February 24, 2019 4
ރިޔާސީ ކޮމިޝަންތަކުގެ ބިލަށް މާދަމާ ވޯޓަށް އަހަނީ

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް ފާސްކުރަން މާދަމާ އޮންނަ މަޖިލިހުގެ ޖަލްސާގައި ވޯޓަށް އަހަން އެޖެންޑާކޮށްފި އެވެ.

07 ފެބުރުއަރީ

February 07, 2019 6
ރިޔާސީ ކޮމިޝަންގެ ބިލެއް މައުމޫން އެކުލަވާލައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އެކި ބޭނުންތަކަށް އުފައްދަވާ ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބިދެވޭ ގޮތަށް ރިޔާސީ ކޮމިޝަންތަކުގެ ބިލެއް ގާނޫނީ ވަކީލް މައުމޫން ހަމީދު ޑްރާފްޓް ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ފޮނުއްވައިފި އެވެ.

28 ޖެނުއަރީ

January 28, 2019 7
ބޮޑު ހިޔާނާތާ ގުޅޭ ތަހުގީގުގެ މައުލޫމާތު ހިއްސާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ހިންގި 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ގޮތުން އެންޓި...

January 28, 2019 30
ގެއްލުނު ފައިސާ ހޯދަން ބޭރުގެ ވަކީލުންގެ އެހީ ހޯދަނީ

ދައުލަތަށް ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ބޭރުގެ ވަކީލުންގެ އެހީ ހޯދަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން...

08 ޖެނުއަރީ

January 08, 2019 8
ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 15
ބިލު ފާސްނުވެ އޮތުމުން ތަހުގީގުތައް ލަސްވާނެ: ސުއޫދު

ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްނުވެ އޮތުމުން، ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ދިމާވުން އެކަށީގެންވާ ކަމަށް، މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2018 17
ދެ ކޮމިޝަނަށް ދިން ބޮޑެތި ބާރުތައް ބިލުން ނަގައިފި

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ކަނޑައެޅި ބޮޑެތި ބާރުތައް ނެގުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލް ފާސްކޮށްފި އެވެ.

13 ޑިސެމްބަރ

December 13, 2018 26
ދެ ކޮމިޝަނަށް ދޭ ބާރުތައް: ކަންބޮޑުވުންތަކާ ދިމާލަށް؟

ރިިޔާސީ ކޮމިޝަންތައް އުފެއްދުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އާ ގާނޫނު އަސާސީ އައި ފަހުން ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް އެކި ނަންނަމުގައި އަދި އެކި ބޭނުމުގައި ރިޔާސީ ކޮމިޝަންތައް އުފައްދައި، މަސައްކަތްތަކެއް ކުރި އެވެ. ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ދައުލަތުން ޚަރަދުތަކެއް ކޮށްގެން އެފަދަ...

11 ޑިސެމްބަރ

December 11, 2018 12
"ބާރުދޭ ބިލް ނުނިމުނަސް މައްސަލަތައް ބަލަން ޖެހޭނެ"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ނުނިމުނަސް އެ ކަންކަމާ ގުޅޭ މީހުންގެ ކަންކަން މަޑުޖައްސާލައިގެން ނުވާނެ...

09 ޑިސެމްބަރ

December 09, 2018 42
ރަށްތަކާއި ފަޅުތައް ކުއްޔަށްދޭން ނިންމީ ޔާމީން: ޒިޔަތު

އެމްއެމްޕީއާރުސީގެ މެންޑޭޓް ފުޅާކޮށް، ސަރުކާރުގެ ޓޫރިޒަމްގެ ވައުދުތައް ފުއްދުމަށް 2014 ވަނަ އަހަރު ރަށްރަށާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދިނުމަށް ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.