ތިލަފުށީގައި މަރުވި މީހާ ނަގައިގެން ގެންދަނީ (ކ) އަދި އޭނާ ފުންމާލި ތަން
28 ޑިސެމްބަރ 2021 - 11:19
ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއްގައި އުޅުނު ބަންގްލަދޭޝްގެ މީހަކު ޖުންގަކުން ވެއްޓި ދާދިދެންމެ އަކު މަރުވެއްޖެ އެވެ.
މަންޒަރު ދުށް މީހަކު ބުނީ، ހަދަމުން ދިޔަ އިމާރާތެއްގެ ތިރީހަކަށް ފޫޓު މަތީގައި ހުރި ޖުންގެއްގެ މަތިން ތިރީ ފްލޯއަށް އެ މީހާ ފުންމާލީ ކަމަށެވެ.
"ވިއްސަކަށް ފޫޓު މަތިން ސިމެންތި ފިލައެއްގެ މަތީގައި ބަހައްޓާފައި ހުރި ޖުންގެއްގައި އޭނާ މަސައްކަތް ކުރަމުން ދިޔައީ. އެހެންވީމަ އެއީ ތިރީހަށް ފޫޓު މަތި. އެތާނގައި ހުރެފައި ތިރިއަށް ފުންމާލި ވަގުތު ސިމެންތި ފިލާ ފަޅައިގެންގޮސް ބިންމައްޗަށް ޖެހުނީ،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
"ތަޅުންގަނޑުގައި ހަމަ ޖެހުމާ އެކު މޫނުގެ ކަށިތައް ބިނދި ސިކުނޑި ވެސް ނުކުމެފައި އޮތީ."
ހާދިސާ ހިނގުމާ އެކު، އޭނާ މާލެ ގެނައުމުގެ މަސައްކަތް ވަގުތުން ފެށި އެވެ. އެކަމަކު އޭނާ ބުނީ، ސިނާއީ އެތައް މަސައްކަތެއް ކުރާ އެ ރަށުގައި އެމްބިއުލާންސެއްހާ ހިސާބު ވެސް ނެތުމާ އެކު، ދޯންޏަކާ ހަމައަށް ވެސް ދާން އެތައް އިރެއް ހޭދަވި ކަމަށެވެ. މިކަހަލަ ހާދިސާތަކަށް އަވަސް ފަރުވާއެއް ދެވޭނެ ގޮތެއް ވެސް އެ ރަށަކު ނެތެވެ.
"ތެޔޮ އަޅަން އޮތް ދޯންޏަކަށް ލައިފައި ފޮނުވާލީ. އޭރު އަދި މަރެއް ނުވޭ. އެކަމަކު ގެންދިޔަ މަގުމަތީގައި މަރުވީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަވާއިދު
29 December 2021
ގަވާއިދާ ހިލާފަށް ސިމެންތިފިލައިން ޑެކުއަޅައިގެން ތަންތަން ހަދަންޏާބޮވޭނީ ތިޔަކަހަލަ ބޮނޑި. ސިމެންތި ފިލައަކީ ޑެކުއަޅަންހުންނައެއްޗެއްނޫން.
ރާއްޖޭގެހާލަތު
29 December 2021
އެ ނިމުނީ އެކަންތައް. ދިވެހިންގެ ބައެއް މީހުންނަކީ ބިދޭސީންނަށް ނަަފްރަތުކުރާ މީހުން. ސަރުކާރަކީ ކަންކަމަށް މާ ބޮޑު އަހައްމިއްޔަތެއް ދީގެން ރައްކާތެރި މާހައުލެއް ގެންނަން އުޅޭ ސަރުކާރެއް ނޫން. މިއޮތީވާ ދިވެހިރާޢްޖެއެއް.
ބައި
28 December 2021
ސިމެންތި ފިލަޔެކޭ ބުނީމަ ހިތަށް ގެނެވެނީ ސީލިންކުރަން ގެންގުޅޭ ފިލާ. މި އަނެއްކާ ރަނގަޅުބާ. އެފަދަ އުސްތަނެއްގައި އެކަހަލަ ފިލައެއްގެ މައްޗަށްބާ އަރައި އެހެރީ.
ރަދީފްއޮފިޝިއަލް
28 December 2021
ވަޓް އަ ޓްރެޖިކް މޮމެންޓް. ގައިން ހީބިހި ނަގާ އާޓިކަލް ކިޔާލީމަ.މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.
ކަތާވަރު މީހުން
28 December 2021
ފިޔވަހި 2 ގަވެސް އެމްބިއުލލޭންސެއް ސިއްހީ އެއްވެސް ޚިދުމަތެއް ނެތް ދާއިރާތައް ތިބީ ތައްޔާރު ވެގެން ނޫން ނުކަތާވަރުގެ ކަންކަމާ ޙަވާލު ވީމަ ވާނީ އެހެން
ހާމިދު ޝާހިދު
28 December 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މަސައްކަތު ސެފްޓީ އެއްގޮތަކަށްވެސް ރާއްޖެއަކު ނެތް. ބަންގާޅު މީހުންނަށްވެސް ސޭފްޓީ ކިޔައިދޭންޖެހޭ. ރަނގަޅަށްވިއްޔާ ވާނީ އަންޑޮކިއުމެންޓަޑް ގަވާއިދާ ހިލާފަށް އުޅޭ ފަރާތެއްކަމަށް. އޭނާއަށް އިލްމު ލިބިފައިނުވަނީ އެފަދަތަނަކުން ފުންމާލީމާ ދެންވާނެގޮތެއްވެސް. އަނެއްކޮޅުން ސިނާއީ ސަހަރުގައި ހޮސްޕިޓަލެއް، ކްލިނިކެއް، އެމްބިއުލެންސެއް ހާހިސާބުވެސްނެތް. މިއީ ސަރުކާރުތައް ފެއިލްވުން ހިނގާ ހިތާމަވެރި ހާދިސާތައް.
ޖޯޖް
28 December 2021
ވާނުވާ ނޭނގި މޮޅެތި ކޮމެންޓް ނުކޮއްބަލަ
ސޭޓް
28 December 2021
މިލިއުން ކިއާލުމުން ނޭގުނު، މީހާ ފުންމާލީތަ؟ ނޫނީ ވެއްޓުނީތަ؟
ދޮން މީހަ
28 December 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ދެރަ
28 December 2021
މިކުދިންގެ ހާލާމެދު ހަމްދަރުދީވެ ދެރަވޭ، މިވެސް ގައިމު ޢާއިލާއެއްގެ މުހިއްމު މެމްބަރެއް.
ޖަހަންގީރު
28 December 2021
ދެން ވެސް ގޮވާ އަމީން މިހާރު އަދާކުރާ ޕްރައިވެޓް ވަޒީފާއިން ވެސް އިސްތިއުފާ ދޭށޭ. އަމީން ހެލްތު މިނިސްޓަރު ކަމުން ބޭރު ކުރީމާ ހައްލުކުރެވުނު އެއްކަމެއް ވެސް ނެތް.
ބޯގޯހޭ
28 December 2021
ކޯއްޗެކޭ ތިޔަކިޔަނީ؟