ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނޭ "އޭސީޓީ ޓަވާ ސްޓިމިއުލޭޓާ" އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި ތޯހާ މިއަދު ހުޅުއްވައި ދެއްވަނީ.--- ފޮޓޯ:ފަޔާޒު މޫސާ/ މިހާރު
28 ޑިސެމްބަރ 2021 - 18:56
ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނޭ "އޭސީޓީ ޓަވާ ސިމިއުލޭޓާ" މިއަދު ހުޅުވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ހުޅުއްވައި ދެއްވީ އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ އެވެ.
އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ ސިމިއުލޭޓަރެއް ގާއިމު ކުރުމުކީ މުޅި އެއާޕޯޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލް ކުރަން މީގެ ކުރިން ވަރަށް ބޮޑު ގޮން ޖެހުމަކާ ކުރިމަތިވި ކަމަށާއި އެ ދާއިރާ އިން މީހުން ތަމްރީނު ކުރަން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އޭޓީސީ ޓަވާ ސިމިއުލޭޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ތޯހާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ /މިހާރު
"މި އިންވެސްޓްމެންޓާ އެކު ކުރިއަށް އޮތް ތަނުގައި ވަރަށް ކުޑަކުޑަ ފައިސާ ކޮޅަކުން ކޮންޓްރޯލަރުން ތަމްރީނު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 17 އެއާޕޯޓެއް އޮތް އިރު އެއާ ޓްރެފިކްގެ ދާއިރާގައި މަސައްކަތް ކުރާ 100 އެއްހާ މުވައްޒަފުން އެބަ ތިއްބެވެ. ކުރިމަގަށް އަމާޒުކޮށް، އާ އެއާޕޯޓުތައް ހުޅުވަމުންދާ ވަރަކަށް އެ ދާއިރާ އިން އިތުރު މީހުން ބޭނުންވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. މި ވަގުތު ވެސް އެކުންފުންޏަށް އެއާ ޓްރެފިކްގެ ދާއިރާ އިން 22 ވަރަކަށް އިތުރު މުވައްޒަފުން ބޭނުންވެ އެވެ.
އެމްއޭސީއެލްގެ އޭޓީސީ ޓަވާ ސިމިއުލޭޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު: މި ސިމިއުލޭޓަރުގެ ސަބަބުން އޭޓީސީގެ ގިނަ ތަމްރީނުތައް ހިންގޭނެ.-- ފޮޓޯ:ފަޔާޒު މޫސާ/ މިހާރު
"މި ސިމިއުލޭޓަރުން ދެން ރާއްޖޭގައި ކޮންޓްރޯލަރުން ތަމްރީނު ކުރެވޭނެ. ކުރިއަށް އޮތްތަނުގައި ޓްރެއިނަރުން ވެސް މި ދާއިރާ އިން ތަމްރީނު ކުރާނަން،" ތޯހާ ވިދާޅުވި އެވެ.
މި ސިމިއުލޭޓަރު ގާއިމު ކުރަން ފެށީ 2019 ވަނަ އަހަރު ކަމަށް ވާއިރު، އެ ތަނުގެ މުޅި ސެޓަޕަށް ހަތަރު މިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ އިނގިރޭސި ވިލާތުގެ މައިކްރޯނޭވުން އުފައްދާފައިވާ ސިމިއުލޭޓަރެކެވެ. އެއީ މިފަދަ ސިމިއުލޭޓަރު ހެދުމުގައި ދުނިޔޭގައި ވެސް މަޝްހޫރު ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
28 December 2021
ޕެސެންޖަރު މީހާ ދަތުރުކުރާ ޓެކްސީ ކައިރިކޮށްލާނެ ތަނެއްނެތްވަރަށް ބިންފުރިފައިއޮތް ތަނެއްގައިތޯ ތިކަންކުރަން އެގުނީ؟! ޗެކްރިޕަބްލިކްގެ އެވިއޭޝަން އެކަޑަމީއަކާއި ޤައުމީއެއަރލައިން ކުންފުނި މޯލްޑިވިއަން ބައިވެރިކޮށް ނެޝަނަލް ޔޫނިވަރސިޓީއިން އައްޑޫ ގޭންއެއަރޕޯޓްގައި ފްލައިންގ ސުކޫލެއް ޤާއިމްކުރިތަނާދިމާކޮށް ދައުލަތުގެ ކުންފުންޏަކުން ހަމައެފަދަކަމަކަށް ވަކިން އިންވެސްޓް ކުރާންޖެހުނީ ކީއްވެގެން؟! އަނެއްކާ ފްލައިންގ ސުކޫލް މާލެއަށް ބަދަލު ކުރަނީތޯ؟!
ސައްތާރޫ
28 December 2021
ބިތްޖެހިފަތަ އަފީފް ދީދީ ހުރީ ހަބަރު ކީ އިރު؟ އެއޮތީ ލިޔެފަ މިއީ 2019ގަ ފެށި ޕްރޮޖެކްޓެކޭ.. ކޮންމެ ކަމެއްވެސް އައްޑޫގަ ނުކޮށްފިއްޔާ އަފީފްދީދީ އަށް ގޯސްވާނެ..