ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމަށް ސަރުކާރުން ހުޅުވާލި ސްކޮލަޝިޕް ފުރުސަތާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު މައުލޫމާތު ދެއްވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ޑިސެމްބަރ 2021 - 13:41
ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމަށް ސަރުކާރުން 150 ސްކޮލަޝިޕް މިއަދު ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސާފައިވާ ފުރުސަތަށް އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި ސްކޮލަޝިޕްތަކުގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް އަދި ސީމާ ސްޓްރެޓީޖިކް ލެވެލްއަށް ކިޔަވޭނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި އެ ދާއިރާއިން ތައުލީމް ލިބިފައިވާ މީހުންނަށް ވެސް ސްކޮޮލަޝިޕަށް ކުރިމަތިލެވޭނެ އެވެ.
އެ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ރަޖިސްޓްރީ ފީ އާއި އަހަރީ ސަބްސްކްރިޕްޝަން ފީ އާއި އެގްޒެމްޕްޝަން ލިބޭ މީހުންނަށް އެގްޒަމްޕްޝަން ފީ އާއި އިމްތިހާނު ފީގެ އިތުރުން ފޮތް އެލަވަންސް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖު ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ އަދި މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ނުހިމަނައި ބާކީ ހުރި ހަރަދުތައް ދޭނެ އެވެ.
ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުން ރާއްޖޭގައި ހިދުމަތް ކުރުމަށް ދެ އަހަރަށް ބޮންޑުކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިފަ
30 December 2021
ލަންކާ އާއި އިންޑިޔާގެ އެކައުންޓަންޓުން ތީބީ ރާއްޖޭގެ ކުންފުނިތަކުގެ ފައިގަދަކޮށްގެން. ކުންފުނި ތަކުގެ ވެރިން މީގެ ތެރޭގައި ރިސޯޓު އޯނރުންވެސް ތިބީ އެމީހުންނަށް ވިކިފަ.
އާދަން
30 December 2021
އެމީހުންނަށް އޯނަރުން ވިކެނީއެއްނޫން. އޯނަރުން ބޭނުމެއްނުވޭ އެމީހުންނަށް ލިބޭއެއްޗެއް ދިވެއްސަކަށް އެނގޭކަށް. ނޫނީ ކެނޑިގެންދާއިރު ހުރިހާއެއްޗެއް ފަޅާއަރުވާލާނެ.
ފޮނިޓައްޕު ހަސަނު
03 January 2022
ލަންކާ އިންޑިއާ އެކައުންޓެންޓުން ގަޑިއަށް ފަރުވާތެރިވާނެ ހަފްތާއަކު ދެތިން ދުވަހު އެބްޒެންޓު ނުވާނެ.
ކޮރަލް
30 December 2021
ކިޔެވިއަސް ރިސޯޓް ތަކުން ދިވެހިންނަށް ވަޒީފާ ނުދެ އެވެ.
އަފްރާސިޔާބު
30 December 2021
ބައްލަވާ ރައްޔިތުންގެ ޓެކްސް ފައިސާއިން ކިޔަވަންދާއިރު ބޮންޑު ކުރޭނޫންތޯ؟ ކިޔަވައި ނިމުނީމާ ދައުލަތަށް ޚިދުމަތްކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތު ނޫންތޯ އިސްކުރަނީ. ކޯޓަކަށް، ދައުލަތަކަށް، ސަރުކާރަކަށް މިބާވަތުން ޢަމަލުކުރާ މީހުންނާމެދު އެޅޭކަށް ނޯވޭ.ޓެކްސް ފައިސާއިން ކިޔަވައިފިނަމަ ދައުލަތަށް ޚިދުމަތް ކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކޮށްބަލަ ފުރަތަމަވެސް.
ގަދަހަސަނު
30 December 2021
ބޮންޑުކޮށްފާ ބޮންޑަށް ޚިޔާނާތްތެރިވީނާ ހެދޭބެގޮތެއްނޯވޭ. އެހެންވީމާ ބޮންޑުޝަރުތުކުރުމުގެ ބޭނުމެއްނެތް.