ދުނިޔެ / ހަމާސް

އަސީރުން ބަދަލުކުރަން އިޒްރޭލަށް މަޖުބޫރުކުރާނަން: ހަމާސް

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ

03 ޖެނުއަރީ 2022 - 12:42

1 comments

އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއް، ހަމާސް ޖަމާއަތާ އެކުގައި ގާއިމުކުރަން އިޒްރޭލު ސަރުކާރަށް މަޖުބޫރުކުރާނެ ކަމަށް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވެއްޖެ އެވެ.

އިއްޔެ ދެއްވި ޓީވީ އިންޓަވިއުއެއްގައި ހަނިއްޔާ ވިދާޅުވީ ހަމާސްގެ ބެލުމުގެ ދަށުގައި އިޒްރޭލުގެ ހަތަރު އަސީރުން އެބަތިބި ކަމަށެވެ. އެ ހަތަރު މީހުން މިނިވަންކުރަން ބޭނުންވާ ނަމަ، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން މިނިވަންކުރުމަށް އިޒްރޭލަށް މަޖުބޫރުކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިސްމާއީލް ހަނިއްޔާވަނީ، އިޒްރޭލުގެ އިތުރު ސިފައިން އަސީރު ކުރާނެ ކަމަށް އިންޒާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމާސް ޖަމާއަތުން މިވަގުތު އެންމެ ބޮޑަށް އިސްކަން ދޭ ކަންތަކުގެ ލިސްޓުން އެންމެ ކުރީގައި އޮތީ، އިޒްރޭލުގައި ތިބި ފަލަސްތީނުގެ ގައިދީން މިނިވަންކުރުމެވެ. އޭގެ ތެރެއިން ވެސް އިޒްރޭލުގެ ޖަލްބޫއު ޖަލުން ދާދި ފަހުން ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ހަ ގައިދީންނަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ވެސް ހަނިއްޔާ ވިދާޅުވި އެވެ.

ހަނިއްޔާ ވިދާޅުވި ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުންގެ އަދަދާ މެދު، އިޒްރޭލު ހިތްހަމަނުޖެހޭ ނަމަ، އިޒްރޭލުގެ އިތުރު ސިފައިން އަސީރުކުރުމަށް ހަމާސް ޖަމާއަތް އޮތީ ތައްޔާރަށެވެ.

"އަހަރެމެންގެ ސައިފުލް ގުދުސް ހަނގުރާމައަކީ، އިޒްރޭލުގެ އަޅުވެތިކަމުން ފަލަސްތީނު މިނިވަންކުރާނެ ގޮތުގެ ރިހާސަލެއް. އެ ހަނގުރާމައިގެ ސަބަބުން ޔަހޫދީ ދައުލަތް ވަނީ ވާވެފައި. އަހަރެމެންގެ ހަނގުރާމަވެރިން ރޮކެޓްތައް – އައްޝަހީދު އިއްޒުއްދީނުލް ގައްސާމް ބްރިގޭޑްގެ ރޮކެޓްތައް ވެސް ހިެމނޭ ގޮތަށް – އިސްތިއުމާރީ ބާރުގެ ހުރިހާ ބިންތަކަކަށް ވަނީ ފޯރާފައި. އޭގެ ތެރޭގައި ޔަހޫދީ ދައުލަތުގެ އިގްތިސާދީ ހިތުގެ ގޮތުގައި ބަލާ ތެލްއަބީބްވެސް ހިމެނޭ. އަދި އިޒްރޭލުގެ ދިފާއު ކަމަށް ބަލާ އެކަތައިގެ ގުއްބު ވަނީ ފެއިލްވެފައި،" ހަނިއްޔާ ވިދާޅުވި އެވެ.

ހަނިއްޔާގެ ވާހަކައިގައި ހަމާސް ޖަމާއަތާއި އީރާނާ ދެމެދުގައި އޮންނަ ގުޅުމަށް ވެސް އިޝާރާތް ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުން ފަލަސްތީނު މައްސަލައިގައި އީރާނުގެ ވިސްނުން ހުރީ ތިން މިސްރާބަކަށެވެ.

"އެންމެ ފުރަތަމަ ވިސްނުމަކީ އިސްލާމީ ވިސްނުން. ފަލަސްތީނުގެ ދިފާއުގައި ކުރާ ހަނގުރާމައަށް އީރާނުން 70 މިލިއަން ޑޮލަރު ދީފި، އެފައިސާ އިން އަހަރެމެންގެ ރޮކެޓްތައް ތަރައްގީކުރަނީ. ދެ ވަނަ ވިސްނުމަކީ ޔަހޫދީ ދައުލަތާ ދެމެދު އޮތް އަދާވާތްތެރިކަން. ތިން ވަނަ ވިސްނުމަކީ ސިޔާސީ ވިސްނުމެއް. އެއީ އީރާނަކީ ހަމައެކަނި ޝީއީންގެ ކަންކަމަށް ވާގިވެރިވާ ބައެއް ކަމަށް ބުނާ ބުނުމުން ބަރީއަވެ، އީރާނަކީ ސުންނީންނަށް ވެސް ވާގިވެރިވާ ބައެއްކަން ސާބިތުކޮށްދިނުން."

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން އީރާނަށް ހަމަލާއެއް ދިން ކަމުގައި ވިޔަސް، ހަމާސް ޖަމާއަތް ދެމިއޮންނާނީ ފަލަސްތީނުގެ ބިމާއި ފަލަސްތީނު ރައްޔިތުން ދިފާއުކުރުމުގައި ކަމަށެވެ. އަދި އެހެން ބައެއްގެ ބަދަލުގައި އެހެން ހަނގުރާމައެއްގެ ތެރެއަށް ހަމާސް ޖަމާއަތް ނުވަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިނގިރޭސި ވިލާތުން ނިންމި ނިންމުމާ ގުޅޭ ގޮތުން ހަނިއްޔާ ވިދާޅުވީ އެއީ އިނގިރޭސި ވިލާތުން އަލަށް ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ ނިންމުމަކީ، ފަލަސްތީނުގެ ބިން އިޒްރޭލަށް ހިބަކޮށްދިނުމަށް، މިދިޔަ ސައްތައިގެ ތެރޭގައި އިނގިރޭސި ވިލާތުން ނިންމި ނިންމުން ފުރިހަމަކުރުމުގެ ގޮތުން އިއުލާންކުރި ކަމެއް ކަމަށެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބޫބަކުރުބެ

03 January 2022

ހަމާސް ހަބޭސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454