އެންޓޯނިއޯ މަސާރީ: އޭނާ ވަނީ އެކި ޓީމުތަކުގެ 400 ޖޯޒީ އެއްކޮށްފައި
11 ޖެނުއަރީ 2022 - 14:19
އެންޓޯނިއޯ މަސާރީ އަކީ، އިޓަލީގެ އިންޓަ މިލާން އާއި އިނގިރޭސިވިލާތުގެ ޕޯޓްސްމައުތުގެ ސަޕޯޓަރެކެވެ. އޭނާގެ ވާހަކަ ހާއްސަ ގޮތެއްގައި ދެކެވިގެން ދަނީ، ދުނިޔޭގެ އެކި ފުޓްބޯޅަ ޓީމުތަކުގެ 400 ޖޯޒީ އޭނާ ހަމަކުރުމުންނެވެ.
އޭނާ އެއްކުރި 400 ޖޯޒީ، ހަމަކުރީ 90 ގައުމަށް ޒިޔާރަތް ކޮށްގެންނެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ގައުމަކީ ރާއްޖެ އެވެ. މަސާރީ ބުނިގޮތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ޖޯޒީ އޭނާ ހޯދީ، ގައުމީ ފުޓްބޯޅަ ދަނޑުގެ މަސައްކަތު މީހަކަށް "ރިޝްވަތު" ދީގެން، ދަނޑުގެ ޗޭންޖިން ރޫމުންނެވެ.
އޭނާ އެއްކުރި ޖޯޒީތަކުގެ ތެރެއިން، އެންމެ ފާހަގަ ކުރެވޭ ޖޯޒީތަކުގެ ލިސްޓުގެ ހަތްވަނައިގައި ހިމަނާފައި ވަނީ ރާއްޖޭގެ ގައުމީ ޓީމުން، 2019 ގައި ބޭނުން ކުރި ޖޯޒީ އެވެ.
"އަހަރެން ރިޝްވަތު ދިނީމާ ސާފުކުރާ މީހާ ރާއްޖޭގެ ގައުމީ ޓީމުގެ ޗޭންޖިން ރޫމުން ޖޯޒީ ވަގަށް ނެގީހެން އަހަންނަށް ހީވަނީ،" ރާއްޖޭގެ ޖޯޒީ އޭނާ އަށް ލިބުނު ގޮތް، މަސާރީ ކިޔައިދިނެވެ.
2019 ގައި ގައުމީ ޓީމުން ބޭނުން ކުރި ހޯމް ޖޯޒީގައި ޓީމު މެޗަކަށް ނުކުތުމުގެ ކުރިން --- ފައިލް ފޮޓޯ: މިހާރު
މަސާރީ ބުނިގޮތުގައި ޖުލައި މަހާހަމައަށް، އޭނާ އެއްކުރި ޖޯޒީތަކުގެ ތެރެއިން ކޮންމެ ދުވަހަކު އާ ޓީމެއްގެ ޖޯޒީ އެއް އޭނާ ލާނެ އެވެ. މަސާރީ ގިނަ ޖޯޒީތައް ހޯދީ އެކި ގައުމުތަކުގައި ހުންނަ، ކުޅިވަރު ސާމާނު ވިއްކާ ފީހާރަތަކުން ގަނެނެގެންނެވެ. އެގޮތުން އޭނާ ވަނީ 400 ޖޯޒީ ހަމަކުރުމަށް 13،500 އަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްފަ އެވެ.
"ފުޓްބޯޅަ އަށް އަހަރެން ވަރަށް ޝައުގުވެރިކަން ހުރޭ. އެކަމަކު ކުޅޭ މެޗަށް ވުރެ ޖޯޒީ އަށް އަހަރެން މާބޮޑަށް ޝައުގުވެރިވޭ،" އިޓަލީގެ މިލާން އަށް އުފަން، މަސާރީ، 35، ބުންޏެވެ.
"ވަރަށް ގިނަ މީހުން ޖޯޒީ އެއްކުރޭ. ތާރީހައްޓަކައި ރައްކާކޮށްފައި ބަހައްޓަން. އެކަމަކު އަހަރެން އޭގެ ބޭނުން ކުރާނީ އަހަރެން ލާން ވެގެން. ސަބަބަކީ އެއިން ކޮންމެ ޖޯޒީ އަކީ އެކި ކުލައިގެ އެކި ޑިޒައިންތަކުގެ ރީތި ޖޯޒީތަކެއް."
ޖޯޒީ އެއްކުރާ މަސާރީ
1. ބެލްޖިއަމްގެ ކްލަބް ޖެންޓް 2019-2020 ތިންވަނަ ކިޓްގެ ގޮތުގައި ބޭނުން ކުރި ޖޯޒީ
2. ކެމެރޫންގެ ގައުމީ ޓީމުގެ 2002 ގެ ޖޯޒީ
3. ޗައިނާގެ ކްލަބް، ގުއަންޒޯ އެވަގްރޭންޑްގެ 2017 ގެ ޖޯޒީ
4. ޗައިނާގެ ކްލަބް، ޝަންހާއީ ގްރީންލޭންޑްގެ 2012 ގެ ޖޯޒީ
5. މެކްސިކޯގެ ކްލަބް، ޗިވާސް ގުއެލަޑަހާރާގެ 2006 ގެ ޖޯޒީ
6. ސްޕެއިންގެ ކްލަބް، އެސްޕަނިޔޯލް 2018-2019 ގެ ޖޯޒީ
7. ރާއްޖޭގެ ގައުމީ ޓީމުން 2019 ގެ ޖޯޒީ
8. ގްރީސްގެ ކްލަބް، އޮލިމްޕިއާކޯސް 2005 ގެ ސީޒަންގެ ޖޯޒީ
9. އިންގްލެންޑްގެ ކްލަބް، ޕޯޓްސްމައުތު 2007-2008 ގެ ޖޯޒީ
10. އިޓަލީގެ ކްލަބް، ޕާމާގެ 1997-1998 ގެ ޖޯޒީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެީ
13 January 2022
ކިހިނެތް ވައްކަންކުރިކަން އޭނައަށް އިނގެނީ؟ ދިވެހިރާއްޖެއާ މުސްލިމުންނާ ދޭތެރޭ (މަސައްކަތު މީހަކީ ދިވެހި ނުވަތަ ބަންގްލަދޭޝް މުސްލިމަކަށް ވިޔަސް، އަހަރުމެންނާ ދޭތެރޭ) އެމީހުން ދެކޭ ނެގެޓިވްގޮތް މީގެން ދޭހަވަނީ.
ޙުގވ
12 January 2022
ނިކަމެތި މީހެއް، އަވަހައް ފިޔަވަޅު އަޅާ، ވެރިއެއްގެ ދަރިއެއް ނުވަތަ ގާތް މީހެންނަމަ ދޫކޮލާ. އެންމެ ރަނގަޅު ގޮތް
ޑެބީ
11 January 2022
ކޮން ނަންބަރު ޖަރޒީއެއްކަންވެސް ޖަހާލިނަމަ
އައްސުލްތާނު ހަސަން ކުރުސީ ރަންބިސްއަޅާ ރަންމަނިތަކުރުފާނު.
11 January 2022
ބޭރުމީހުންވެސް މިހާރު "ވައްކަން"ކުރާން މިއަންނަނީ ރާއްޖެ. ބޯހަލާކު. މިކަމުންވެސް ރާއްޖެ އިޝްތިހާރުވެ ޓުރިޒަމް ކުރިއަރައިފިއްޔާ ރަނގަޅުތާ!
ރިޝޭ
11 January 2022
ވައްކަން ކުރިކަން އޭނާއަކަށް ޔަޤީނެއް ނޫން އެހެން ހީވާކަމަށް އެ އޮތީ ބުނެފަ.. އެ ވެދާނެތާ މަސައްކަތު މީހާއަަށް ލާރި ދިނީމަ އޭނާ ގަތް އެއްޗަކަށްވެސް..
ރަދީފްއޮފިޝިއަލް
11 January 2022
ފޫހިފިލުވަން އެކިމީހުންކުރާނީ އެކިކަންކަން.މިނާގެ މަސައްކަތްވެސް ގޯހެއް ނޫން.ރާއްޖޭގެ ނިއުގެ ޖޯޒީއެއްވެސް އޮންނާނަކަމަށް އުއްމީދުކުރަން.ވ.ވެދުން
އިބްރާހިމް52
12 January 2022
ނިއުގެ ޖާރޒީ ވަރަށް ކޮލިޓީ އަދި ރީތި
ކަތްދައްތަ
11 January 2022
ރާއްޖޭގެ ތިޔައީ މެޑެލް ލިބޭނެ ކަމެއް. ބެގްބަރޯސްޓީލް ވެރިކަމުގެ ވައްކަމަކީ އޮތްއެއްޗެއްނޫން. ވީމާ މިއީ މިގައުމު.
ބިލް ކުލިންޓަން
11 January 2022
މަސައްކަތުގޮލާގެ ދުވަސްތިދިޔައީ.
ސަމޭދާން ބުނި ގަތޫރާ
11 January 2022
މިގައުމުގާ ރިޝްވަތުން ނުވާނެވަރުކަމެއް ނޯންނާނެ.
އަންމަޑޭ ޑޭމް މޯޑް
11 January 2022
މީނަ ހައްޔަރުކުރަން ކޯޓް އަމުރެއް ނެރެން ޖެހޭ އެބަ. ރިހާކުރު ފުޅިއާ ޖޯޒީ ވަގަށް ނަގާ މީހުން ތިބެން ޖެހޭނީ ޖަލުގަ. ބާކީ މީހުން ދޫކޮށްފަ ބަހައްޓާާ
ހަޖީ އެދުރު
11 January 2022
މަސައްކަތުމީހާ ކީއްކުރަން މި ގައުމުގަ ކަބިލިގަޑެއްވެސް ރިޝްވަތު ހިފާ ގައްދާރު ވާން ޖެހިލިމެއްނުވާނެ މިހާރު. އެންމެ މަތިން ކުޅިގަޑު ދައްކާ ފައްކާ ކޮއްފަ އޮތް ކަމެއް މިހާރު މޫލާފަ މުޅި ގައުމުގަ!