ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
17 ޖެނުއަރީ 2022 - 02:33
ރިޔާޒް (ޖެނުއަރީ 17) - ފައިނަލްގައި އެތުލެޓިކް ކްލަބް ބިލްބާއޯގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މޮޅުވެ، ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން، ރެއާލް މެޑްރިޑުން ހޯދައިފި އެވެ.
ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގެ، ފަހުދު ރަސްގެފާނު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ބަލި ކުރުމަށް، ރެއާލް އަށް ލަނޑުތައް ޖަހައިދިނީ ލުކަ މޮޑްރިޗް އާއި ކަރީމް ބެންޒެމާ އެވެ.
މާކޯ އެސެންސިއޯ އަށް އަނިޔާވެފައިވުމުން، ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ، ފުރަތަމަ 11 އިން ފުރުސަތު ދިނީ ރޮޑްރީގޯ އަށެވެ. މެޗުގެ 38 ވަނަ މިނެޓްގައި މޮޑްރިޗް ރެއާލް އަށް ލީޑް ނަގައިދިނީ ރޮޑްރީގޯ ތަނަވަސްކޮށްދިން ބޯޅައިންނެވެ.
ރެއާލް އަށް ލީޑް ނަގައިދިނުމަށް ފަހު ލުކަ މޮޑްރިޗް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ރެއާލް އަށް ލީޑް ފުޅާކޮށްދިނީ ކަރީމް ބެންޒެމާ އެވެ. މެޗުގެ 87 ވަނަ މިނެޓްގައި ބިލްބާއޯ އަށް ވެސް ޕެނަލްޓީއެއް ލިބިގެން ދިޔަ އެވެ. ރައުލް ގާސިއާ ބޮލުން ފޮނުވާލި ބޯޅަ ޕެނަލްޓީ އޭރިއާގެ ތެރެއިން ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަތުގައި ޖެހުނެވެ.
އޯޕަން ގޯލް ސްކޯރިން ފުރުސަތަކަށް ހުރަސް އެޅި ކަމަށް ބަލައި، ރެފްރީ ވަނީ މިލިޓާއޯ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފަ އެވެ. އެކަމަކު ގާސިއާ ފޮނުވާލި ޕެނަލްޓީ ކާޟިޔާބެއް ނުވި އެވެ. ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ދިފާއު ކުރީ އެވެ.
ރެއާލް އިން މިރޭ ހޯދި މި ތައްޓާއެކު އެޓީމުގެ ކެޕްޓަން މާސެލޯ ވިއޭރާ ވަނީ ރެކޯޑެއް ހަދައިފަ އެވެ. އޭނާ ވެފައިވަނީ ރެއާލްގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާ އަށެވެ. މިއީ ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހޯދި 23 ވަނަ ތައްޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
17 January 2022
ތިމާމެންގެ އަސްލު އައިޑެންޓިޓީ ބޭނުންކޮށްގެން ތިމާމެންގެ ކްލަބް ފޭނުންނަށް މަރުހަބާ ކިޔާލަން ނުކެރިގެން އުޅޭތަން މިފެންނަނީ.ފިނޑިކަމުގެ ލެވެލް ވަރަށް މަތިވީމަ މިފަދައިން އަމަލުކުރާނީ.ވ.ވެދުން
ރަދީފްއޮފިޝިއަލް
17 January 2022
ރެއާލްގެ ހުރިހާ ފޭނުންނަށް މަރުހަބާ.
ރަދީފްއޮފިޝަލް
17 January 2022
މަރުހަބާ ރެއާލް. އެބަޔަކަށް ހައްގު އެއްޗެއް އެބަޔަކަށް ލިބޭނެ. #ރެއާލްމެޑްރިޑް
ރަދީފްއޮފިޝިއަލް
17 January 2022
އެލާޓް: ފޭކް އެކައުންޓް ޑިޓެކްޓެޑް.