ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޖެނުއަރީ 2022 - 19:45
ޗާޓަޑް އެކައުންޓުން ތަމްރީންކުރަން ހުޅުވާލި 150 ފުރުސަތަށް 500 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސާފައިވާ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ މަހުގެ 30 ގަ އެވެ. އެ މުއްދަތު މިއަދު ހަމަވިއިރު 493 ހުށަހެޅުމެއް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި ސްކޮލަޝިޕްތަކުގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް އަދި ސީމާ ސްޓްރެޓީޖިކް ލެވެލްއަށް ކިޔެވޭނެ އެވެ.
We have received 493 applications for the 150 scholarships to train Chartered Professional Accountants. Thank you Team @MoHEmv & @icamaldives for the wonderful work to market this scholarship scheme. https://t.co/PgsmV7J3Fx
— Ibrahim Hassan, PhD (@DrChubby) January 20, 2022
މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ދަރިވަރުން ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ މީހުންނަށް އިސްކަންދޭނެ ކަމަށެވެ. އަދި އެކަޑެމިކް މެރިޓަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކެނޑިޑޭޓުން ހޮވަން އިސްކަންދޭނެ ކަމަށް ބުންޏެވެ.
ސްކޮލަޝިޕް ލިބޭ މީހުން ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހެ އެވެ. އެ މުއްދަތުގެ ތެރޭގައި ކިޔަވަން ނުފަށައިފި ނަމަ ސްކޮލަޝިޕް ކެންސަލްކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.
އެ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ރަޖިސްޓްރީ ފީ އާއި އަހަރީ ސަބްސްކްރިޕްޝަން ފީ އާއި އެގްޒެމްޕްޝަން ލިބޭ މީހުންނަށް އެގްޒަމްޕްޝަން ފީ އާއި އިމްތިހާނު ފީގެ އިތުރުން ފޮތް އެލަވަންސް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާ ނަމަ ޓިއުޝަން ފީ އަދި މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ނުހިމަނައި ބާކީ ހުރި ހަރަދުތައް ދޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
21 January 2022
އޮޑިޓިންގ ވިޔަފާރީގައި އުޅޭ ދެތިން ދިވެއްސަކު އެތިބީ ޗާޓަރޑް އެކައުންޓިންގ ބޮޑީ ހައިޖެކްކޮށްގެން. ކޮވިޑުން މީހުންވާ ވަރަށްވުރެ ބޮޑަށް މުއްސަނދިވަނީ. އެމީހުން ހުރިހާ ތަނެއް އޮޑިޓްކުރަންވީ. ތިޔަ 150 ކުދިން ވެސް މަގުމަތިވާނީ. 500 އެއްހާ އެކައުންޓަޓުން ތިއްބަސް އޮޑިޓް ކުރަން ލައިސަންސް އޮތީ ވިއްސަކަށް މީހުން. 3000 އަށް ވުރެ ގިނަ ކުންފުންޏާ 10،000 އަށްވުރެ ގިނަ އަމިއްލަ ވިޔަފާރި ވެސް އެމީހުންނަށް. ނޫހުގަ އާރޓިކަލްއެއް ޖަހާ
އެއޮޑިޓް
22 January 2022
ދޮންކަލޯ ނޭނގޭ ކަންތައްތަކާ އަނގަނުބާނާހުރެބަލަ. އަމިއްލަޔަށް އޮޑިޓްކުރަން ހުއްދަދޭނީ ކޮލިފިކޭޝަންއާއި އެކްސްޕީރިއަންސް ހުރި މީހުންނަށް. އެއްފަހަރާ ބޮންތީގަ ނުހިފޭނެ. އަނެއްކާ ކުޑަ އޮޑިޓް ފާރމަކަށް 2-3 ހާސް ކުންފުނި އޮޑިޓް ނުކުރެވޭނެ.
މާކުން
20 January 2022
ދިވެހިރާއްޖޭގައި އެކައުންޓިންގ ޕްރޮފެޝަން މި އޮންނަނީ އަޖާއިބެއް ފަދަ ގޮތަކަށް. ލަންކާ މީހުންގެ އަޅުވެތިކަމުގައި މި އޮންނަނީ 80 ގެ އަހަރުތަކުން ފެށިގެން. އެކައުންޓިންގ ފާރމްތައް ހިންގޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައި ކަނޑައަޅައި ފޮރިން އިންވެސްޓްމަންޓް ޕޮލިސީ އިސްލާހު ކުރަން ޖެހޭ.
ސާދާސީދާ
21 January 2022
މިހާރު ދިވެހިންނަށް ދިނީމަ މާ ނުލަފާ. އޮޑިޓިންގ ވިޔަފާރީގައި އުޅޭ ދެތިން ދިވެއްސަކު އެތިބީ ޗާޓަރޑް އެކައުންޓިންގ ބޮޑީ ހައިޖެކްކޮށްގެން. ކޮވިޑުން މީހުންވާ ވަރަށްވުރެ ބޮޑަށް މުއްސަނދިވަނީ. އެވާހަަކަ ދައްކާ މީހަކު ނޫޅޭ!
މާކުންބޭ
20 January 2022
ކޮބާ ހީވޭ، ހަޔަރ އެޑިއުކޭޝަން މިނިސްޓަރަށް ޤަބޫލުނުކުރެވޭ ވަރުގެ ބޮޑު ޢަދަދެއް މި އެޕްލައި ކުރީ، ސިލޯން އިންޑިއާ މީހުން ތައް ބޭރުކުރޭ، ދިވެހިރާއްޖޭގައި ބޭރުގެ އެކައުންޓެންޓުން ތިބުމަކީ ޤައުމަށް އޮތް ބޮޑު ނުރައްކަލެއް، ޕަބްލިކް އިންޓްރެސެޓް ކޮމްޕރޮމައިޒްކުރެވޭ ކަމެއް
ކުޗީ
20 January 2022
އެކައުންޓިން ދާއިރާގައި އޮތީ ބޮޑު ވަޅުގަނޑެއް އުފެދިފައި. މިކަން ވަރަށް އަވަހަށް ކުރަން އެބަޖެހޭ.