ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ހުންނަ ވެލާނާގެ ބިލްޑިން.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
23 ޖެނުއަރީ 2022 - 17:35
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާ ޑިޕާޓްމަންޓްގެ މަސައްކަތްތަކަށް، ކޮވިޑް-19 އާ ގުޅިގެން، ބަދަލު ގެނެސްފައި ވާތީ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އަންނަ ޖުލައި މަހުގެ ނިޔަށް ބޭނުންކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ބުނެފި އެވެ.
ޑީއެންއާރް އިން ކުރި އިއުލާނެއްގައި ބުނީ މިގޮތަށް ހަމަޖެއްސީ، މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ގިނަ ބަޔަކު ވަދެ ނުކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަނަކަށް ވާތީ، އެ ޑިޕާޓްމަންޓްގެ އައިޑީ ކާޑު ހަދައިދިނުމުގެ އޮފީހަށް ބާރުބޮޑުވުން ކުޑަކުރުމުގެ ގޮތުން، މުއްދަތު ހަމަވެފައިވާ ކާޑުތައް ބޭނުންކުރެވޭ މުއްދަތު އިތުރުކުރުމަށް ކަމަށެވެ.
މުއްދަތު ހަމަވެފައިވާ ކާޑުތަކުގެ މުއްދަތު މި އަހަރުގެ ޖުލައި، 31 ގެ ނިޔަލަށް ވަނީ އިތުރުކޮށް ދީފަ އެވެ.
މިގޮތަށް ހަމަޖެއްސުމުން އައިޑީކާޑު މެދުވެރިކޮށް ހިދުމަތް ދޭ ހުރިހާ މުއައްސަސާއަކުން ހިދުމަތް ދިނުމުގައި މި އިއުލާނަށް އަމަލުކުރަން ވަނީ އަންގައިފަ އެވެ.
ކާޑުގެ މުއްދަތު ހަމަވާ ތާރީހު އިތުރު ކުރިޔަސް، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިހާރެކޭ އެއްގޮތަށް އޮންލައިންކޮށް (ވެބް ޕޯޓަލް މެދުވެރިކޮށް) އަދި ރަށްރަށުގައި ވެސް ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތަށް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރު މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްދީފައިވެ އެވެ.
ރާއްޖޭގައި މި ދުވަސްވަރު ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކޮންމެ ދުވަހަކުހެން 2،000 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ މި ބަލި ޖެހެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޯޓަރު
23 January 2022
ތިތަނަކީ ބަހަނާދައްކައި ކަމުންރެކޭތަނެއް. ޓްރާންސްޕޯޓާއިބެހޭ ތަންތަނެކޭއެއްގޮތަށް ބިންގާނަގައި އެއްކޮށް ބަދަލުކުރަންވެފައޮތްތަނެއް. ޕޯޓަލަކުންނޫނީ ތިތަނަކަށް ނުވަދެވޭނެ. ދުވަސްވީ މީހުނަށް އެއްވެސް އިޙުތިރާމެއްނުދޭތަނެއް.
ކޮވެލި
23 January 2022
މީހުނަށް ދުއްޕާން ކުރާ ތަނެއް. ސައިކުރާ ނަޢީމްގެ ދުވަސްވަރަށްވުރެވެސް ތިތަނުގެ ފެންވަރު ދަށް. ހުރިހާ ޓެކްނޮލޮޖީއެއް ހުރޭ. އެކަމަކު ތަން ހިންގަން ތިބެނީ އަންޒަމާނު މީހުން. އައިކާޑަކީ ނަންބަރެއް. ސަރުކާރު ތަންތަނަށް ތިތަނުގައި ގެންގުޅޭ ޑޭޓާބޭސްގެ ކޮޅެއް ނުދެވެންވީ ކީއްވެ. ކާޑު މުއްދަތު ހަމަވީމަ މީހާގެ ދުވަސްހަމަވަނީތަ.
ހަސަންބީން
23 January 2022
ރޯ ބުހުތާނު ދޮގު. މިދިޔަ އަހަރުވެސް ތިގޮތަށް އިއުލާނު ކުރި. ރާއްޖެއިން ބޭރުގައި ކިޔަވާ މީހަކަށް ވެފައި ޕާސްޕޯޓު އައު ކުރަން ވެގެން އައިޑީ ކާޑު ހަމަވެފަ އޮވެގެން ޕާސްޕޯޓު ހެދޭގޮތެއް ނުވި. އިމިގްރޭޝަނުން އައިޑީ ކާޑު ބަލައެއް ނުގަތް. ހަމަ އައިޑީ ކާޑު އައު ކޮށްގެން އެންމެ ފަހުން ޕާސްޕޯޓު ހެދުނީ. އެތައް ވަރަކުން އުޅެގެން ކާޑު ލިބުނީ ދޮޅުމަސް ފަހުން. ވ
ވޯޓުން ވައްކަން
23 January 2022
ވޯޓަށް ކޮއްލި ކަމެއް.. ރައްޔިތުން ގުނބޯ ނުހެއްދޭނެ!