މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު.-- ފޮޓޯ: މިހާރު
23 ޖެނުއަރީ 2022 - 22:35
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މީހަކު މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މުއިއްޒަށް މަރުގެ އިންޒާރުދީ ބިރު ދެއްކި މައްސަލައެއް ބަލައިދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެހެންވެ، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކުރިން ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒަށް އިންޒާރު ދީފައި ވަނީ، އެނގިފައިވާ ގޮތުގައި، އޭނާގެ ފޭސްބުކް ޕޭޖަށް ފޮނުވި މެސެޖެއްގަ އެވެ. އެ މެސެޖުގައި ލިޔެފައި ވަނީ "ކަލޭ މަރާލާނަން" އެވެ.
މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މި އިންޒާރުގެ އަމަލަކީ އެ ކައުންސިލުން ބަލައިގަންނާނެ އަމަލެއް ނޫން ކަމަށާއި ރައްޔިތުން އިންތިހާބުކޮށްފައިވާ މީހެއްގެ ފުރާނާ ދުއްވާލުމަށް އިންޒާރުދިނުމަކީ ވަރަށް ނާތަހުޒީބު، ފިނޑި އަމަލަކަށް ވަތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
މި އިންޒާރު ދިން މީހާ ވީހާ ވެސް އަވަހަކަށް ހޯދާއި، މި މައްސަލަ ބަލައިދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
24 January 2022
މީހުން މަރަން އިންޒާރު ދިނުމަކީ އިދިކޮޅުން ކުރާ ކަމެއް.. އެ ޒާތު ކަންކަން ކުރުމަކީ ރަނގަޅު ކަމެއްނޫން...
އެންމެންގެފުރާނަވެސްމާތް
24 January 2022
އިންޒާރުދިން ޢަމަލު ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން. އެހެން ބުނުންވެސް އަދި އެކަހަލަ ޢަމަލެއް ހިންގުންވެސް އެއީ ކުރެވިގެންވާނެކަމެއްނޫން. ހަމަ އެއާއިއެކު، މުއިއްޒުގެ ސިޓީގައި، ރައްޔިތުން އިންތިޚާބުކޮށްފަވާ މީހަކަށް އިންޒާރު ދިނުން ބަލައި ނުގަނެވޭނެކަމަށް ފާހަގަކުރުން އެއީ ވެސް ނާތަހުޒީބީ އަދި ބަލައިގަނެވޭނެ ވިސްނުމެއްނޫން. މާތް ﷲ މާތްކުރައްވާ ރައްކާތެރިކުރައްވާފައިވާ ފުރާނަ، އެއީ ކޮންމެ އިންސާނެއްގެވިއަސް ހަމަ ވާނީ ފުރާނަޔަކަށް
ށަވިޔަނި
24 January 2022
ގޯހެއް. ބޮޑުވެގެންވާ ޖަރީމާއެއް. މަވެސް ހިތްހަމަނުޖެހޭ ކަންތައް މުއިއްޒު ކުރޭ. އޭގެމާނައަކީ މަވެސް އޭނަމަރަންގޮވާލަންވީތަ. ނޫން. އެއްގޮތަކަށްވެސް އެއީ ހައްލެެއް ނޫން. ހައްލަކީ ގާނޫނީ އިމުގެތެރެއިން ކަންތައްކުރުން.
ގަހޭ
24 January 2022
ސިޓީކައުންސިލްގަ ތިބެނީ ގަމާރުންތަ. ރައްޔިތުން އިންތިޚާބުކޮއްފަހުރި މީހަކު މަރާލަންބުނީމަ އެކަން އެއީ ވަރަށް ނާތަހުޒިބު ކަމެކޯ. ރައްޔިތުން އިންތިޚާބު ނުކުރާމީހަކު މަރާލާނެކަމަށް ބުނުން އެއީ ތަހުޒީބު ބަލައިގަނެވޭ ކަމެއްތަ؟
އަހުމަދު މީމު
24 January 2022
ސަމާލުކަން ހޯދަން ކުރިކަމެއް ނޫންބާ އޯޓިޒަމް ކުދިންނަށް މަލާމާތް ކުރިވާހަކަ ގައުމުތެރޭގަ ފެތުރުގެން ދިޔައީމަ
ޭ އަންހެނާ
24 January 2022
ޜައީސް ނަޝީދު ކަރުބުރިކޮށްލަން ގޮވި މީހާ ކޮބާތަ
ޢަރުތަ
23 January 2022
ތިކަމާވެސް ސިޓީކައުންސިލުން ހަވާލުވީތަ!
ސަސި
23 January 2022
ހަސަން ކުރުސީ ނަމަކަށް ކިޔާ އެކައުންޓަކުން އިސްލާމު ދީނާ ހިލާފު އެތަށް ވާހަކައެއް ޓުވީޓު ކުރާއިރު ދިވެހި ފުލުހުންނަށް ހަމަ ހިލަމެއްވެސް ނުވަނީތާ. މި ބުނަނީ މޭޔަރަށްވެސް އިންޒަރު ދިނުން ކަޑައޭ
ސަދްބް
23 January 2022
މިއީ އަމިއްލައަށް ކުރި ކަމެއް ނޫންބާ؟ މިހެން މި ބުނީ މުއިއްޒު އަބަދުވެސް ހެޑްލައިން ޖަހާ ހިތުން އެކި އެކި ސްޓަންޓް ޖައްސާ މީހަކަށްވާތީ މިވެސް އެކަހަލަ ސްޓަންޓަކަށް ވެދާނެތީ