ވިޔަފާރި / އެޑްވަޓޯރިއަލް

އެމްޓީސީސީން މާލީ ރެކޯޑަކަށް ފަހު ރެކޯޑެއް

އެމްޓީސީސީން ފަރެސްމާތޮޑާގައި ހިންގި ޕްރޮޖެކްޓް ބައްލަވައިލެއްވުމަށް ސީއީއޯ އާޒިމް އެރަށަށް ކުރެއްވި ދަތުރުގައި މުވައްޒަފުންނާ ވާހަކަ ދައްކަވަން ހުއްޓިލައިގެން--ފޮޓޯ:އެމްޓީސީސީ

24 ޖެނުއަރީ 2022 - 15:43

9 comments

ކޮވިޑްގެ އުނދަގޫ ހާލަތުގައި ވެސް ހުއްޓުމެއް ނެތި ސަރުކާރުން ރައްޔިތުންނަށް ވީ ގިނަ އުމްރާނީ ތަރައްގީގެ ވައުދުތަކުގައި ކުލަޖައްސާލަދިން އެއް ކުންފުންޏަކީ އެމްޓީސީސީ އެވެ. މީގެ 41 އަހަރު ކުރިން، އުފެދުނު އެމްޓީސީސީ ވެގެން ދިޔައީ ވޭތުވެދިޔަ ތިން އަހަރު ވެސް، ރާއްޖެއަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނެސްދިނުމުގައި ސަރުކާރުގެ އެންމެ އިތުބާރު ލިބުނު ކުންފުންޏެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ބޭނުންވާ ސްޕީޑްގައި މަޝްރޫއުތައް ކުރިއަށްގެން ގޮސް ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދިއަ އިރު، އެ ކުންފުނީގެ ހިއްސާދާރުން ވެސް ތިބީ އުފަލުން ފޮޅިފަ އެވެ.

މިއަދު އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ނަތީޖާއިން ވެސް އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު ކާމިޔާބީ ސާފުވެ އެވެ. ހަތަރުވަނަ ކުއާޓާގައި ޖުމްލަ 626 މިލިއަން ރުފިޔާގެ ކޮށްގެން ވިޔަފާރި ކޮށްގެން 67 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ލިބިފަ އެވެ. އެކުންފުންޏަށް 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި 409 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނު އިރު ފައިދާގެ ގޮތުގައި ލިބުނީ 99 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރު ޖުމްލަ 1.96 ބިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 1.36 ބިލިއަން ރުފިޔާ) ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 264.4 މިލިއަން ރުފިޔާ އަށް އަރާފަ އެވެ. އެމްޓީސީސީއަށް 2020 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 1.36 ބިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 221 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމަށްފަހު 52.2 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފަ އެވެ. އޭގެ ކުރީ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ރެކޯޑު ކޮށްފައިވަނީ 81 މިލިއަން ރުފިޔާ އެވެ. މިދިޔަ 2021 ވަނަ އަހަރަށް ވުރެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރު ޖުމްލަގެ ނަތީޖާ އަކީ އެކުންފުނީގެ ދިގު ތާރީހުގައި ހާސިލު ކުރެވުނު އެންމެ ރަނގަޅު ނަތީޖާ ކަމަށް އެކުންފުނިން ބުންޏެވެ.

ފ.ފީއަލި ޕްރޮޖެކްޓް ބައްލަވައިލެއްވުމަށް އާޒިމް ކުރެއްވި ދަތުރުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

މިވޭތުވެދިޔަ އަހަރު އެމްޓީސީސީއަށް އެންމެ ގިނަ ކާމިޔާބީ ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާ އެވެ. އެމްޓީސީސީ އަކީ އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ދިވެހި ކުންފުންޏެވެ. އުމްރާނީ ތަރައްގީއާއި އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއިން ބަނދަރު ހެދުން، ބިންހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ގޮނޑުދޮށް ހެދުން އަދި ޝީޓް ޕައިލްކުރުމުގެ މަސައްކަތުގައި ހުނަރުވެރި ގާބިލް ކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ ވަނީ އެންމެހާ ކަސްޓަމަރުންނާއި ރައްޔިތުންގެ މަގްބޫލުކަން ހޯދާފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިތުރު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ގާބިލްކަން ހޯދާ، އެ ދާއިރާތަކުގައި އެމްޓީސީސީގެ ފަންވަރާއި، ފެންވަރު ވަނީ މަސައްކަތުން ދައްކާފަ އެވެ.

އެއާޕޯޓާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތަކާއި އިމާރާތްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ. މިދިޔަ އަހަރަކީ އެމްޓީސީސީގެ ބޭރުގެ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެ ގޮތުން އެންމެ ބޮޑު މަޝްރޫއު ފުރިހަމަ ކޮށްދިން ވެސް އަހަރެވެ. "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް ތްރީ އައިލެންޑްސް" މަޝްރޫއުގެ މަސައްކަތް ނިންމާ ކްލައިންޓާއި ރަސްމީކޮށް ހަވާލުކުރެވުނު ތާރީހީ ރަސްމިއްޔާތު ބޭއްވީ ނޮވެމްބަރު 25، ވަނައިގަ އެވެ. މި މަޝްރޫއުގެ އަގަކީ 26.2 މިލިއަން ޑޮލަރެވެ. އަދި މިއަދު އެމްޓީސީސީ އަކީ އެއްފަހަރާ 70 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. އެމްޓީސީސީގެ މަޝްރޫއެއް ކުރިއަށް ނުދާ އެންމެ އަތޮޅެއް ވެސް މިވަގުތު ރާއްޖޭގައި ނެތެވެ. އަދި މިވަގުތު އެކި މަރުހަލާގައި 103 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން އަންނަނީ ހަލުވިކަމާ އެކު ކުރިއަށްގެންދަމުންނެވެ.

ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ އާޒިމް ވާހަކަދައްކަވަނީ--ފޮޓޯ:އެމްޓީސީސީ

އާންމު ދަތުރުފަތުރުގެ ޚިދުމަތަކީވެސް ކުންފުނީގެ ކާމިޔާބީގެ ދުވެލީގެ އަވަސްމިން ވަޒަންކުރެވޭ އެއް ހިދުމަތެވެ. އެމްޓީސީސީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެވެ. މިހާރު ދުވާލަކު ފަނަރަހާސް މީހުން އެމްޓީސީސީގެ ދަތުރު ފަތުރުގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން ގެންދެ އެވެ. މުޅި ރާއްޖޭގައި ކުންފުނިން ގާއިމްކޮށްފައިވާ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ނިޒާމާއި ގްރޭޓާ މާލެ ސަރަހައްދުގައި ދެވޭ އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތުގައި އަހަރަކު ހަ މިލިއަން ފަސިންޖަރުން މިހާރު ދަތުރުކުރެ އެވެ. އެމްޓީސީސީގެ ފެރީ ހިދުމަތަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައީ ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ ފުރަތަމަ ފިޔަވަހި ސަރުކާރުން 2021 ތެރޭ އެމްޓީސީސީއާއި ހަވާލުކުރި ހިސާބުންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން އެކެއް (ހއ، ހދ އަދި ށ) ގެ ރަށްތަކަށް ހިދުމަތް ދޭން ވާންޖެހޭ ތައްޔާރީތައް އެމްޓީސީސީން މިހާރު އަންނަނީ ވަމުންނެވެ.

މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ އެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ އެވެ. އެމްޓީސީސީގެ ދަށަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންގެން ދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތް ބަދަލު ކުރެވުނީ ވެސް 2021 ވަނަ އަހަރުތެރޭގަ އެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅު (ގަމާއި ފޮނަދޫ) އަދި ލ. އިސްދޫ ކަލައިދޫގައި ދެމުންގެންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދިޔަ އެވެ. މި ބަދަލާއެކު މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް އެމްޓީސީސީ ވެއްޖެ އެވެ.

ސެންޓާރާ ޕްރޮޖެކްޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު--ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީގެ އިންޖިނިއަރިންގް އަދި ޑޮކިންގް ހިދުމަތް ފެށިފައިވަނީ ކުންފުނީގެ އުޅަނދުތަކާއި ވެހިކަލްތަކަށް ބޭނުންވާ މަރާމާތުތައް ކުރުމަށް ކަމުގައިވިއަސް، މިހާރު މި ހިދުމަތަކީ އާންމު ފަރާތްތަކަށް ހުޅުވާލެވިފައިވާ ހިދުމަތެކެވެ. މާލެ އަތޮޅު ތިލަފުށީގައި ގާއިމްކޮށް ހިންގަމުންދާ އެމްޓީސީސީ ބޯޓްޔާޑަކީ އެއްފަހަރާ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ. އެމްޓީސީސީން 2017 ވަނަ އަހަރު ހިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް ހޮއިސްޓާ އެކު އެމްޓިސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކް ކުރުމަށް ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ތަނަވަސް އެއް ބޯޓްޔާޑަށެވެ. މިދިޔަ އަހަރުތެރޭ އެމްޓީސީސީ ވަނީ މިދާއިރާއިން އައު އުސްމިންތަކަކަށް ދަތުރުކޮށްފަ އެވެ. އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީޒް (އައިއޭސީއެސް) ސަޓިފައިޑް ވެލްޑާސް މިހާރު އެމްޓީސީސީ ބޯޓު ޔާޑްގައި މަސައްކަތްކުރެ އެވެ. އަދި ބޭރު ގައުމުތަކުގެ އުޅަނދު ފަހަރުތަކަށް އެމްޓީސީސީ ބޯޓް ޔާޑުން މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ. އަދި އޮޑިދޯނިފަހަރު ބަނުމުގެ ވިޔަފާރިއަށް ވަނުމުގެ ގޮތުން 75 ފޫޓުގެ ފައިބާ ފެރީއެއް ޑިޒައިންކޮށް އޮޑި ބަނުމުގެ މަސައްކަތް މިދިޔަ އަހަރުތެރޭގައި ވަނީ ފެށިފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވާ ގޮތުގައި ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ކުރިއެރުމުގެ ފަހަތުގައި ވަނީ އެމްޓީސިސީގެ ޓީމެވެ. އެމްޓީސީސީގެ ކާމިޔާބީގެ ސިއްރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުންފުނީގެ ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމުގައި ރެއާއި ދުވާލު މަސައްކަތްކުރާ އެމްޓީސީސީގެ ހީވާގި މުވައްޒަފުންނެވެ. މުވައްޒަފުން ތަމްރީން ކުރުމަށާއި ގާބިލު މުވައްޒަފުން ވަޒީފާތަކަށް ނެރުމަށް ވެސް އެ ކުންފުނިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސެންޓާރާ ޕްރޮޖެކްޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދިއަ "ހުނަވަރު ލައިސެންސިންގް ޕްރޮގްރާމް" ގެ ދަށުން 23 މީހުން ޝޯޓް ލިސްޓް ކުރެވި 15 މީހުންވަނީ ޕްރޮގްރާމް ފަށާފަ އެވެ. އަދި މިފަރާތްތައް މަސައްކަތް ކުރަމުންދަނީ ޏ. ފުވައްމުލަށް، ގދ. ތިނަދޫ އަދި ލ. ފޮނަދޫގަ އެވެ. އަދި މީގެތެރެއިން 13 މީހަކު ޕްރޮގްރާމް ފުރިހަމަކޮށް އެމްޓީސީސީ އެކްސްކަވޭޓަ އޮޕަރޭޓަރުންގެ ގޮތުގައި އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. މިދިޔަ އަހަރު ފެށި "ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް" ގެ ދަށުން، ކުރިއަށް އޮތް ތިން އަހަރުތެރޭ 100 މީހުން ތަމްރީން ކުރާނެ އެވެ. މި ޕްރޮގްރާމްގެ ދަށުން، ވެލްޑިންގް، ޕްލަމްބަރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވޭނެ އެވެ.

މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. ކުންފުނީގެ ތަސައްވުރާއި ކުންފުނިން އަގު ވަޒަންކުރާ ކަންކަމުގައި، ކުންފުނިން ހިންގާ ވިޔަފާރީގެ ހަރަކާތްތައް މެދުވެރިކޮށް ކުންފުނީގެ އިޖުތިމާޢީ ޒިންމާ ތަންފީޒުކުރަމުން ގެންދެވެ އެވެ.

އެމްޓީސީސީ 41 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖައްސާގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

މީގެ މަގްސަދަކީ އިގްތިސާދީ ނަފާ ފޯރުކޮށްދީ، ހަމަޖެހުން ބޮޑު ދެމެހެއްޓެނިވި މުޖުތަމައުއެއް ބިނާކުރުމަށް ހިއްސާވުމެވެ. އެމްޓީސީސީން އިޖްތިމާއީ ޒިންމާއަށް ދީފައިވާ ސަމާލުކަމުގެ ހަގީގީ އަޞްލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ހެޔޮކޮށް ހިތައި، ރައްޔިތުންނަށް ކޮށްދެވެން ހުރި އެއްވެސް ކަމެއް ދޫނުކޮށްލުމަށް ދެއްވާފައިވާ ނަސޭހަތެވެ. އެމަނިކުފާނުގެ އިރުޝާދާ އެކު އެމްޓީސީސީ އިން 2020 އަދި 2021 ވަނަ އަހަރުތެރޭ ވަނީ ޖުމްލަ 365 އިޖްތިމާއީ ޒިންމާއާއި ގުޅުންހުރި މަސައްކަތެއް، 93 ރަށެއްގައި ކުރިޔަށް ގެންގޮސްފަ އެވެ. މިދިޔަ އަހަރު އިޖުތިމާއީ ޒިންމާއަށް ހިންގާފައިވާ ހަރަދުގެ ތެރޭގައި، އަތޮޅު ތެރޭގައި ހިންގިފައިވާ މަސައްކަތްތަކުގެ އިތުރުން، ހުޅުމާލޭ ހާފްވޭ ހައުސްގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް ހިންގާނެ ހަރަދާއި، އާޓިފިޝަލް ބީޗުގައި ހާއްސަ އެހީއާއް ބޭނުންވާ ފަރާތްތަށް ބޭނުން ކުރުމަށް އެޅުނު ރޭމްޕަށް ހެދީ ވެސް އެމްޓީސީސީގެ ހަރަދުގަ އެވެ.

އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާ އެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި އާއްމު ރައްޔިތުން، ވޭތުވެދިޔަ 41 އަހަރު ދެގޮތެއް ނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. ކުންފުނީގެ ހީވާގި އިހްލާސްތެރި ވެރީންނާއި މުވައްޒަފުން މި އަމާޒަށް ވާސިލުވުމަށް ކެނޑިނޭޅި އަންނަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރާއި ކުރިއަށްއޮތް އަހަރުތަކަކީވެސް ކުންފުނީގެ ތާރީހުގައި ރަން އަކުރުން ލިޔެލެވޭ އަހަރުތަކެއް ކަމުގައި ހެދުމުގެ ތަޅުދަނޑި އޮތީ ޓީމް އެމްޓީސީސީގެ އަތްމަތީގަ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ އެމްޓީސީސީގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.

9 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނާސަނާ

25 January 2022

ތިޢި ވަގުތީ ކަމެއް. ވައުދު ފުއްދަން ބަނދަރުހަދާތީ މިދުވަސްކޮޅު ލިބޭ ލާރި ތީ. މީހަކު މޮޅުކަމުން ވާ ކަމެއް ނޫން. ބަދަރުތައް ނިމުނީމަ ނިމުނީ ތިކަން.

The name is already taken The name is available. Register?

އެޑްމުންޑޯ

25 January 2022

ތިކަމުގެ ހަގީގީ ޝުކުރެއް ހައްގުވަނީ ރައީސް ޔާމީނަށް ، ސަބަބަކީ މިއަދު ތިލިބޭ މާލީ ކުރި އެރުން ލިބުމަށް މަގުފަހިކޮށްދީފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުން ކަމަށްވާތީ ، މަހާޖައްރާފާއި ބޯޓްޔާޑް ފަދަ އެތެއްވަސީލަތެއް ގައިމު ކޮށްދެއްވާފައި ވުމުން އެކަމުގެ ހެޔޮނަތީޖާ ފެނިގެން މިދަނީ ،،،

The name is already taken The name is available. Register?

ދޮންބެއަލީ

24 January 2022

ފަހެ ދަންނައެވެ. އިގްތިސާދުގައި މޮނަޕޮލީ ހެދިވަރަކަށް ރިކޯޑަކުން ރިކޯޑަކުން ލިބެމުންދާނެއެވެ..ދިރާގް ކިޔާބަޔަކުވެސް މިރާއްޖޭގައި ތިޔަފަދަ ރިކޯޑްތަކެއް ހޯދާ ސިމް އެކަނި 500 ރ އަށް ވިއްކިއެވެ...މިހާރު ސަރުކާރުން ހިންގާ ހުރިހާ ޕުރޮޖެކްޓެއް ބިޑަށް ނުލާ ތިޔަގޮތަށް ތަބަކައްލާފަ ދިނީމަ ތިޔަވަރު ވެސް ރިކޯޑް މަދެވެ..އަދި ފަހުން ލިބުނު ދުވަހަކުން ފައިސާ ދޭގޮތަށް ވެސް ހަމަ ތިކަން ކުރެވޭނީ އެމް .ޓީ ސީ ސީ އަށެވެ. ދިވެހިން މިހާރު ރޯފިލައެވެ..

The name is already taken The name is available. Register?

ކަލާ ރުޅިއައީދޯ

24 January 2022

މީގެ ކުރީގަ ނީލަމަށް ލައިގެންބާ ރަށްރަށު ބަނދަރު ހަދަމުންއައީ. ކަރަންޓުވެސް ދެމުންއައީ އަހަރަކު އެއްފަހަރު ނީލަމަށްލައިގެން އެންމެ އަގުހެޔޮކޮށް ކަރަންޓުދޭންބުނާ ގަރާޖަކާ ހަވާލުކޮށްގެންބާ، މިހެން މިބުނީ ކަރަންޓު ކުންފުނިންވެސް ފައިދާ އެބަނެރޭ މިހާރު.

The name is already taken The name is available. Register?

ތޮއްލެ މާޅޮސް

24 January 2022

މިނޫނިއްޔާ ނޯންނާނެ ސަރުކާރުން ލަވާ ކާންދޭ ކުންފުންޔެއް. ހުރިހާ ޕުރޮޖެކްޓެއް ތަބަކަށް ލާފަ. ދުވަހަކުވެސް ބިޑުކޮށްގެން ނެތް ވިން ވެފަ އެއް. ސަލާމް

The name is already taken The name is available. Register?

މަހާޖައްރާފު

24 January 2022

ރައީސް ޔާމީނައް ސުކުރިއްޔާ.

The name is already taken The name is available. Register?

ކޮސްޓާރ

24 January 2022

ނޫނޭ. ނޫނޭ. ތީ ހަމަ ރިކޯޑް ޚަބަރެއް. ތިގޮތަށް ރިކޯޑް ހަދަން އަހަރުމެންނަށް ވެސް އެނގޭ. ކައުންސިލް އިންތިޚާބާއި ދިމާކޮށް ހަދަން ބުނި އައްޑޫ ގެ ޕްރޮޖެކްޓްތައް ވީ ހިސާބެއް ބަލާދީބަލަ. ހިތަދޫ ބަނދަރު.

The name is already taken The name is available. Register?

ސަޑުހަސަނު

24 January 2022

އެމްޓީސީސީ އަށް މާލީ ރިކޯޑެއް ލިބުން އެއީ އުފާވާ ކަމެއް. އެކަމަކު މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށް ދޭންޖެހޭ އިނާޔަތްތައް ދިނުމުގައި އެމްޓީސީސީ އުޅެނީ ތަންކޮޅެއް ފަހަތުގަ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

24 January 2022

ދައުލަތުގެ ހުރިހާ ޕްރޮޖެކްޓެއް ތަބަކަށް ލާފަ ދިނީމަ އެކްސެކިއުޓް ކުރަން ދަންނަ މީހަކު ހުރިނަމަ ފައިދާ ނެރެން އެނގޭނެ.ގުޑް ލަކް އެމްޓީސީސީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454