ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފައިލް ފޮޓޯ:މިހާރު
27 ޖެނުއަރީ 2022 - 10:02
ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމައިފި އެވެ.
މި ބަދަލަށް އަމަލު ކުރަން ފެށުމާ އެކު ވެކްސިން ފުރިހަމަ ކޮށްފައި ތިބޭ މީހުން އެ ގައުމަށް ދާން ޕީސީއާރު ޓެސްޓު ހަދާކަށް ނުޖެހޭނެ އެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުން ކަރަންޓީނުގައި ތިބެން ޖެހޭ މުއްދަތު ދެ ދުވަހަށް ބަދަލުވާނެ އެވެ.
މިހާރު އޮންނަ ގޮތުން ވެކްސިން ފުރިހަމަ ކުރި ނަމަވެސް އިނގިރޭސިވިލާތަށް ވަދެވޭނީ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ އެކު އެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާނަމަ އަށް ދުވަހަށް ކަރަންޓީން ވާން ޖެހޭނެ އެވެ.
އިނގިރޭސިވިލާތުން މި ލުއިތައް ދޭން ފެށުމާއެކު ޔޫރަޕުގެ އެންމެ ފަސޭހަ ކަމާއެކު ދަތުރު ކުރެވޭ ގައުމަށް އެ ގައުމު ވެގެންދާނެ އެވެ، މިއީ ކޮވިޑުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަތުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ސިފަ ކުރެ އެވެ.
އިނގިރޭސިވިލާތުން މިހާރު 180 ގައުމެއްގެ ވެކްސިނޭޝަން ސެޓްފިކެޓް ގަބޫލު ކުރެ އެވެ. މީގެ ތެރޭގައި ދެކުނު އޭޝިއާގެ ހުރިހާ ގައުމެއް ހިމެނެ އެވެ.
ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯން ދުނިޔޭގައި ހަލުވި ކަމާއެކު މިހާރު ފެތުރެމުން އައި ނަމަވެސް އިނގިރޭސިވިލާތުން ފިޔަވަޅުތައް ވަރުގަދަ ނުކުރަން ނިންމީ އެ ގައުމުގެ ވެކްސިނޭޝަން ޕްރޮގްރާމް ކާމިޔާބުވެފައި ވާތީ އެވެ. އަދި މިހާރު ފަށާފައިވާ ބޫސްޓާ ޕްރޮގްރާމް ވެސް ކާމިޔާބު ކަމަށް އެ ގައުމުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
27 January 2022
ވެކްސިންފުރިހަމަ ކޮއްފައިވާ ދިވެހީންނަށްވެސް ރާއްޖެއަށް ޕީސީރާރ ޓެސްޓް ނުހަދައި އެތެރެވެވޭނެ ގޮތަށް ހަމަޖައްސަންޖެހޭ. މިޤައުމުގެ މީހުންނަށް މިޤައުމަކުން މިކަހަލަ ލުއިދޭންޖެހޭ.
ޙެޣްނޫ
27 January 2022
މިރާއްޖޭގައި އެއޮންނަ ޓީމްގެ މީހުންނަށް ލިބޭ ލާރިކޮޅު މަދުވެދާނެތީ ޕީސީއާރު ޓެސްޓު ހަދަން މަޖުބޫރުކުރާނެ ގެއިން ނިކުންނަ ކޮންމެ ފަހަރަކު ހަދަންޖެހޭގޮތަށް. ނުފޫޒުގަދަ ބަޔަކަށް ވ ފައިދާކުރޭ ކޮވިޑްގެ ސަބަބުން.
ޓޯރީ
27 January 2022
އެތާ އަސްލު ވީގޮތަކީ ބޮޑުވަޒީރުމީހާ ރައްޔިތުން ބަންދުކޮށް ބަހައްޓާފަ އޭނަގެ އައުވާނުން ގޮވައިގެން އެތައް ފަހަރަކު ޕާރޓީ ކުރިކަން ފަޅާއެރީ. ރައްޔިތުން ތިބީ ބަންދުގަ. އެބޭފުޅާ ހަމަ ޕާރޓީ ކުރުމުގަ. ދެން އިސްތިއުފާ ދޭންޖެހިދާނެހެން ހީވާ ހިސާބައް ދިޔައިމަ ބުނެފި ހެޔޮނުވާނެއޭ ލުއި ދީފީމޭ މަށަށް މާފުކުރާށޭ.
މައިމޫން
27 January 2022
ކޮންމެ ދުވަހަކު ޕީސީއާރު ހަދަން ޖެހޭ ގޮތެއްވޭތޯ އެބަ ބަލަން???