ޚަބަރު

ފްރަންޓްލައިން އެލަވަންސްގެ މައްސަލާގައި ސެނަހިޔާގެ ޑޮކްޓަރުން ރުޅިގަދަވެ، ރައީސާ ހިސާބަށް!

ސެނަހިޔާގެ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ގޮސް ތިބި ބަޔަކު ކިއޫގައި: އެ ތަނުގެ ޑޮކްޓަރުންނަށް ކޮވިޑް ފްރަންޓްލައިން އެލަވަންސް މަދު ލިބުނު މައްސަލަ ވަރަށް ބޮޑު.---ފޮޓޯ: މިހާރު

ކޮވިޑް-19 ގެ ކަންކަމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ސަރުކާރުން ދިނުމަށް ކަނޑައެޅި ގޮތަށް އެލަވަންސް ނުލިބޭ މައްސަލައިގައި ސެނަހިޔާގެ ބައެއް ޑޮކްޓަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެމްއެންޑީއެފުން ހިންގާ މިލިޓަރީ ހޮސްޕިޓަލް، ސެނަހިޔާގެ 15 ޑޮކްޓަރަކު ސޮއިކޮށް، ރައީސަށް ފޮނުވި ޕެޓިޝަނުގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭނެ ކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް އެ މީހުންނަށް އެލަވަންސް ނުލިބޭ ކަމަށެވެ.

"މި ނުރައްކާތެރި ހާލަތުގައި މަނިކުފާނު ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރައްވަވާ މަތިވެރި މާތް މަގުސަދުގައި ދެއްވުމަށް ވައުދުވެވަޑައިގެންނެވި އެލަވަންސް މި ވަނީ ވަކި ބަޔަކަށް ނުދީ ހިފަހައްޓާފައި،" ސެނަހިޔާގައި މަސައްކަތްކުރާ ސިވިލް ޑޮކްޓަރުން ތައްޔާރުކުރި ޕެޓިޝަންގައި ވެ އެވެ.

"މިހާރު" އަށް އެނގިފަައިވާ ގޮތުގައި، ސަރުކާރުން އިއުލާންކުރި ގޮތަށް ފްރަންޓްލައިން އެލަވަންސް ނުލިބޭ މައްސަލައިގައި ބައެއް ޑޮކްޓަރުން ވަނީ ސެނަހިޔާ ހޮސްޕިޓަލުގައި މަސައްކަތް ކުރުން ވެސް ހުއްޓާލައިފަ އެވެ.

މި މައްސަލަ ހައްލު ކޮށްދެއްވުމަށް އެދި ސެނެހިޔާގެ ކަމާ ފަރާތްތަކަށް މަޝްވަރާކޮށް އަދި ޕެޓިޝަނެއް ހުށަހަޅައިގެން ވެސް މިހާތަނަށް މި މައްސަލަ ހައްލުވެފައި ނުވާތީ އަޅުގަނޑުމެންނަށް ހައްގުވާ ފައިސާ ނުދީ ހިޔާނާތްތެރި ވަމުންދާތީ މަނިކުފާނުގެ ސަމާލުކަމަށް މިކަން ގެނައުމަށް ސިޓީއާ އެކު ޕެޓިޝަން ހުށަހަޅަމެވެ،"--- ސެނަހިޔާގެ ސިވިލް ޑޮކްޓަރުން

ސެނަހިޔާގެ ޑޮކްޓަރުން ބުނީ، އެލަވަންސް ދިނުމުގައި މައްސަލަތަކެއް ދިމާވެ، އެ މީހުންގެ ހިތްހަމަނުޖެހުން ބޮޑުވީ، ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލުން އެލަވަންސް ދިނުމަށް ހަވާލުކުރި މީހުން އެ ކަމަށް އިހުމާލުވުމުން ކަމަށެވެ. ޒިންމާ ނަގަން ޖެހޭ މީހުން ޒިންމާ ނުނެގުމުގެ ނަތީޖާއަކީ ޑޮކްޓަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ނުކޮށް، ހައްގުވާ އުޖޫރަ ނުދީ ހިފެހެއްޓުން ކަމަށް ސެނަހިޔާގެ ސިވިލް ޑޮކްޓަރުން ބުންޏެވެ.

"މި މައްސަލަ ހައްލު ކޮށްދެއްވުމަށް އެދި ސެނެހިޔާގެ ކަމާ ފަރާތްތަކަށް މަޝްވަރާކޮށް އަދި ޕެޓިޝަނެއް ހުށަހަޅައިގެން ވެސް މިހާތަނަށް މި މައްސަލު ހައްލުވެފައި ނުވާތީ އަޅުގަނޑުމެންނަށް ހައްގުވާ ފައިސާ ނުދީ ހިޔާނާތްތެރި ވަމުންދާތީ މަނިކުފާނުގެ ސަމާލުކަމަށް މިކަން ގެނައުމަށް ސިޓީއާ އެކު ޕެޓިޝަން ހުށަހަޅަމެވެ،" ޕެޓިޝަންގައި ވެ އެވެ.

ސެނަހިޔާގެ ޑޮކްޓަރުންނަށް އެންމެ ފުރަތަމަ އެލަވަންސް ދިނީ ސެޕްޓެމްބަރު 2020 ވަނަ އަހަރުގަ އެވެ. އެ ފަހަރު އެންމެ ގިނައިން ވެސް ޑޮކްޓަރަކަށް ޖެހުނީ 7،000ރ. އެވެ. އެކަމަކު، އެ އަށް ވުރެ ވެސް މަދުން ބައެއް ޑޮކްޓަރުންނަށް އެ ފަހަރު އެލަވަންސް ދީފައި ވެ އެވެ. އެނގިފައިވާ ގޮތުން އެ ބުރުގައި ބައެއް ޑޮކްޓަރުންނަށް 2،000-3،000ރ. ވެސް ލިބުނެވެ.

އޭގެ ފަހުން، އެންމެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންނަށް މިިދިޔަ އަހަރުގެ މޭ މަހު އެލަވަންސް ބެހި އިރު ކޮންމެ މީހަކަށް ދިނީ 6،928ރ. އެވެ. އެ ފަހަރު ވެސް ޑޮކްޓަރުންނާއި ނަރުހުން އަދި އިދާރީ މަސައްކަތުގައި އުޅޭ މީހުންނަށް ހަމަހަމަކޮށް އެލަވަންސް ދިނުމުން އޭގެ ކަންބޮޑުވުން ޑޮކްޓަރުން ފާޅުކުރި އެވެ.

މި މައްސަލައިގައި ޑޮކްޓަރުން ރަތަށް އެރުމުން، ސިފްކޯގެ ސީއީއޯ ހައްވާ ޝެނިން ވިދާޅުވީ، ހަމަހަމަކޮށް ސިފައިންނަށް ފައިސާ ބަހަން ސިފައިންގެ ލަފާދޭ މަޖިލީހުން ނިންމާފައިވާތީ އެލަވަންސް ބެހީ އެގޮތަށް ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "މިހާރު" އަށް ވާހަކަ ދެއްކި، ސެނަހިޔާގެ ޑޮކްޓަރަކު ބުނީ، އެ ތަނުގެ ފްލޫ ކްލިނިކުގައި ކޮންމެ ދުވަހަކު ބަލި މީހުންނާ ބައްދަލުވެ މަސައްކަތްކުރާ ޑޮކްޓަރުންނަށް އެލަވަންސް ނުލިބުމުން ކަންބޮޑުވާ ކަމަށެވެ. ހާއްސަކޮށް، ރާއްޖެ އިން ފެނުނުތާ އެންމެ ކުރީކޮޅުން ފެށިގެން ސެނަހިޔާގައި ފްލޫ ކްލިނިކެއް ހިންގާއިރު، އެ ތަނުގައި 24 ގަޑިއިރު ކަހަލަ ގޮތަކަށް މަސައްކަތްކުރާ ޑޮކްޓަރުންނާ މެދު ސަރުކާރުން އަމަލު ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް އޭނާ ބުންޏެވެ.

އޭނާާ ބުނި ގޮތުގައި، ފްރަންޓްލައިން އެލަވަންސްގެ މައްސަލައިގައި ސެނަހިޔާގެ ސިވިލްް ޑޮކްޓަރުން ތިބީ ފްލޫ ކްލިނިކްގެ މަސައްކަތަށް ނުނިކުންނަ ހިސާބުގަ އެވެ. އެކަމަކު އެގޮތަށް ކަންތައް ކޮށްފި ނަމަ، މުޅި ދުވަހު އެމްއެންޑީއެފްގެ ޑޮކްޓަރުން ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ސިފްކޯއާ ހަވާލުވެ ތިބި މީހުން މި ބުނަނީ އެންމެންނަށް [އެލަވަންސް] ހަމަހަމަވާނެއޭ. އެއް ބަޔަކަށް ގިނައިން ލިބިފައި މަދުން ލިބުމުން ކަމަކު ނުދާނެއޭ. އެކަމަކު ޑޮކްޓަރުންނާއި ނަރުހުންނަށް ވުރެ ހައި ރިސްކެއް ނުވާނެ މި ތަނުގައި ތިބޭ އެޑްމިނިސްޓްރޭޓިވް އޮފިސަރުންނެއް،" ބުރަ މަސައްކަތެއް ނުކޮށް، އެއް ބަޔަކަށް އެލަވަންސް ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އޭނާ ބުންޏެވެ

"މިހެން [އެލަވަންސް] ބެހީމާ ކޮންމެ ދުވަހަކު ފްލޫ ކްލިނިކަށް ނުކުމެ ބައްޔަށް ހުށަހެޅޭ މީހުންނާއި ލީވްގައި ތިބޭ މީހުންނާއި މި ކަމުގެ މަސައްކަތުގައި ނޫޅޭ މީހުންނަށް ވެސް އެލަވަންސް މި ލިބެނީ އެއްވަރަކަށް."

އޭނާާ ބުނި ގޮތުގައި، ފްރަންޓްލައިން އެލަވަންސްގެ މައްސަލައިގައި ސެނަހިޔާގެ ސިވިލްް ޑޮކްޓަރުން ތިބީ ފްލޫ ކްލިނިކްގެ މަސައްކަތަށް ނުނިކުންނަ ހިސާބުގަ އެވެ. އެކަމަކު އެގޮތަށް ކަންތައް ކޮށްފި ނަމަ، މުޅި ދުވަހު އެމްއެންޑީއެފްގެ ޑޮކްޓަރުން ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"މި ތާނގައި ކަންތައް މި ހުރީ އެކީ މަސައްކަތް ހުއްޓާލާ ވަރަށް. އެކަމަކު އޭރުން 24 ގަޑިއިރު އެމްއެންޑީއެފް ޑޮކްޓަރުން އުޅެން ޖެހޭނެތީ އެ ގޮތަށް ހަދަން ބޭނުން ނުވަނީ. އޯޓީއެއް ނެތި މަސައްކަތް ކުރަން ޖެހެނީ. އަނެއްކާ [ކޮވިޑަށް] ޕޮޒިޓިވްވާ މީހުން އިތުރުވާތީ މުވައްޒަފުން މަދުވީމާ ވަރަށް ބުރަކޮށް މި އުޅެން ޖެހެނީ" އޭނާ ބުންޏެވެ.

ސިފްކޯގެ ސީއީއޯ އަށް އެ ޝަކުވާތައް ހުށަހެޅުމުން، ޑޮކްޓަރުންނަށް އަންގާފައި ވަނީ ދެން އެލަވަންސް ލިބޭ ފަހަރެއްގައި އެ ކަން ބަލައިދޭނެ ކަމަށެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު ލިބެންޖެހޭ އެލަވަންސް އަދިވެސް ނުލިބޭ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ސިވިލް ޑޮކްޓަރަކު ބުންޏެވެ.

ކޮވިޑްގެ ހާލަތު ރާއްޖެ އަށް މެދުވެރިވުމާއެކު، ޖުލައި 2020 އިން ފެށިގެން، ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ.

އެލަވަންސް ދެމުންދާ ގޮތް:

- ހައި ރިސްކް ކެޓަގަރީ ނުވަތަ ކޮވިޑް ޖެހިފައިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ.

- ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނަށް ކޮންމެ ދުވަހަކަށް 250ރ.

- ކޮވިޑާ އެކު އޭރު އުފެއްދި އެޗްއީއޯސީގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ދުވާލަކު 200ރ.

79 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 7%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކްރޯޑް

01 February 2022

ޑރ.އިންނަކަށް ނަރުހުންނަކަށް ޓީޗަރުންނަކަށް މުސަރައެއް ބޮޑެއްނުވަނެ ސަރުކާރަށް ލިބޭހާ ލާރީގެ ނިސްބަތުން ބޮޑުބައެއް ޚަރަދު ކުރަނީ މަޖްލިސް މެމްބަރުންނަށް. މުސާރައާ އެލަވަންސް އެހާބޮޑު ބޭސްފަރުވާ ހިލޭ ކެއިން ބުއިން ހިލޭ އަދި ވީއައިޕީލޯންޖަށް އެހާ ގިނަފައިސާ ، އެބުނަނީ މިބައިގަނޑުގެ ދުފުމަށްވެސް އަހަރަކަށް މިލިއަން ރުފިޔާ ހޭދަ ކުރެޔޯ. ކިހާބޮޑު މުސީބާތެއް މިއޮތީ ޖެހިފަ.ރައްޔިތު މީހުން ކެންސަރަށް ފަރުވާކުރަން ގޮސް ބޭރުގައި ތިބެން ދޭނެ ފައިސާ ނެތީ

The name is already taken The name is available. Register?

ތައްރަސް

31 January 2022

އަހަރެން ކުރިންހީކުރަނީ ޓެކްސީޑްރައިވަރުންހާ ދަހި ހިތްނުފުރޭ ގޮތެއްފޮތެއްނެތް ބަޔަކު ނޫޅޭ ކަމަށް ދެން އެދަރަޖައަށް ނުވެއްޓުނަސް ޑޮކްޓަރުން މިއުޅެނީ އެކަހަލަ ފާޑަކަށް

The name is already taken The name is available. Register?

ފުރަންޓްލައިން

31 January 2022

އެލަވަންސް ދޭން އަސްލު ފެށީވެސް ވަކި ބަޔަކު މުއްސަދި ކުރަން ލައްކައިން ރުފިޔާ ދިން ފްރަންޓް ލައިން ގައި އުޅުނު މީހުންނަށް ނަމެއްގަ ދިން 5000 ކޮބާ ފުލުހުންނާއި ސިފައިންނަށް ދޭން ވައުދުވި ލާރި އެ ލާރިވެސް ކާލީ ވަކިބަޔަކު ފުރަންޓްލައިން އެއްކޮށް ނުކުންނަންވީ މުޒާހަރާއަށް.

The name is already taken The name is available. Register?

ޖެމްދަން

31 January 2022

ސިފައިންނާ ފުލުހުންނަނީ އަބަދު ފުރަންޓްލައިންގަ ތިބެންޖެހޭބައެއް އެމީހުންނަށް މުސާރަދެނީ އެކަމަށް

The name is already taken The name is available. Register?

އަބަދުﷲ ޢީމާދު ބިން މުހައްމަދު ސަޢީދު

31 January 2022

ހިތައް އެރި ބަޔަކަށް ބަހާ އެއްޗެއް. ކޮރޮޕް ޝަނާއި ފަސާދައިގެ ފޮނިމިރުކަން އަބަދަކު ދެމި ނޯންނާނެ. އެގޭ ހިތިރަހަ ކަރުބުޑުގައި ލާދުވަހު ހިތަން އަރާނެ ސަހަރޯއޭ.

The name is already taken The name is available. Register?

ސަންގޭ

31 January 2022

އިންެސާނިއްޔަތަށްޓަކްއި މަސައްކަތް ކުރަން ޖެހޭ ބަޔަކު މާއްދިއްޔަތާ ހެދި ތިމާމެންގެ އަސްލު ބޭނުމާ ދަރްޖަ އޮޅޭ ހިސާބަށް ލާރީގެ އަވާގައި ޖެހިގެންދިޔައީމާ ދެން މީހާގެ އޮންނާނީ ކޮން އިހްލާސްތެރިކަމެއްތޯ.. މުސާރަ ހަލާލުވާ ވަރު ކޮާށްލާ ގޮތަށް މަސައްކަތް ކުރުމުގެ ވިސްނުމަކީ ސިއްހީއެހީތެރިންގެ ހުރެގެންވާނެ ސިފްއެއް ނޫން... އިއްޔެ ދޭން ފެށި އެއްޗެއް ތިޔަ އެލެވެންސަކީ.. އެކަމަކު ޑޮކްޓަރުކަން ކިޔަވަން ފެށި އިރުވެސް އިނގޭނެ ވަޒީފާގެ ޒިންމާތައް.. މުސާރަ އާ އެލެވެންސްތައް ބަރާބަރަށް ލިބޭ.. ކާންބޯން ލިބޭ.. ދެން ސަރުކާރުން ވެއްޖެ ތިޔަ އެލެވެންސް ކުޅި ހުއްޓާލަން. ފްރަންޓްލައިނޭ ކިޔައުގެން އެތަޢް ބަޔަކު މިހާރު ތިޔް ލާރިއެއް ފަހަތުންް ދުވާއިރު އެއްވެސް ދިމާލަކުންް އްޔިތުމީހާއަށް ދެވޭެ ހިދުމަތެއްވެސް...

The name is already taken The name is available. Register?

ބޮޑުމީހާ

31 January 2022

ރައީސަށް ސިޓީ ފޮނުވައިގެން ސަލާންޖަހާ ޒަމާނެއް ނޫން މީ. މަސައްކަތް ހުއްޓާލާފަ އިހުތިޖާޖު ކުރީމާ ރަގަޅުވާނެ. ސިޔާސީ ބޭފުޅުން ފިނި ކޮޓަރީގައި ބަރާބަރަށް މުސާރަ ނަގައިގެން އުޅޭއިރު ގައުމު ހިންގަންތިބޭ މީހުންނަށް ދޭން ވައުދުވާ އެއްޗެއް ނުދޭނަމަ މުޒާހަރާކުރަންވީ

The name is already taken The name is available. Register?

ބަޑިތަކުރު

31 January 2022

ގައުމުގެ އިގްތިސާދު ދަށަށްދިޔަ ވަގުތު ދެމެހެއްޓެނިވިގޮތެއްގައި ނުދެވިދާނެވަރުގެ ބޮޑެތި އެލަވަންސްތަކެއް ވަކިމުއްދަތެއްނެތް ގޮތެއްގައި ދޭންފެށުމަކީ ކޮންމެ މީހަކު ކުރިޔަސް ނުފޯރާފޮތިން ފޫގެޅުންފަދަ ކަމެކެވެ. ވެކްސިންގެ ދެޑޯޒް ޖެހުމަށް މުއްދަތެއް ދިނުމަށްފަހު ތިޔަ އެލަވަންސް ދިނުން ހުއްޓާލަންވީއެވެ. މި ބަލިން މުޅިން ދުނިޔެ ސަލާމަތްވާނީ ކޮން ދުވަހަކުންކަން ލަފާކޮށްލަންވެސް ނޭނގޭއިރު ވައުދެކޭ ކިޔައިގެން ދަމަހައްޓާކަށް ނުޖެހެއެވެ.

The name is already taken The name is available. Register?

ޕޮއް

31 January 2022

ތިޔަބުނާ ފައިސާއަކީ އެމީހުން ހިތުހުރި ގޮތަކަށް ބަހާ އެއްޗެއް. އަހަރެންގެ ދަރިޔަކު ތިބުނާ ތަނެއްގާ 3 މަސްދުވަހު މަސައްކަތްކުރި. ދޭނަމޭކިޔާފާ ނުދިނީމަ އެތަނަށް ނުދާންފެށީ. އެތަނުން ވަކިވިފަހުން ދަރިފުޅަށޤ އެލަވަންސް އޭ ކިޔާފާ އެއްޗެއް ޖަމާކޮށްދިން. އެއީ 400 ރުޔިޔާ. މިކިޔަނީ 3 މަހު މަސައްކަތް ކުރީމަ ޖަމާކޮށްދިންވަރު. ދެރަވަރު ކަމަކީ މިކަންތަކާ އަޅާލާނޭ ފަރާތެއްނެތީމަ. ވަރަށްފަހުން އަނެއްކާ އެތަނުން ގުޅާފާ މަސައްކަތަށް ނުކުންނަންވީނޫންހޭ ބުނި. ލަދު

The name is already taken The name is available. Register?

އައްމު2002

31 January 2022

ޗެއިން އޮފް ކޮމާންޑް ބްރޭކް ކޮށް ސިފައިންނަށް ސީދާ ރައީސްއަށް ސިޓީ ފޮނުވޭތަ ހާދަ އެތިކަލް ސްޓޭނަޑަޑް ދަށްވީމައޭ ތިދަރަޖައަށްދާނީ ސިފައިންގެ ޑޮކްޓަރުންނަށް ވަރަށް ވެދުން

The name is already taken The name is available. Register?

ސަންޝަ

31 January 2022

އެއްޗެއް ނޭނގުނަސް ކަލޯ ކޮމެންޓް ކުރާތި. އެތާ އުޅޭ ސިވިލް ޑޮކްޓަރުން ގެ ވާހަކަ އޮތީ. އެއީ ސިފައިންނެއް ނޫން

The name is already taken The name is available. Register?

ވާރެޔާއަވީގާ

31 January 2022

ސިފައިންނަކީ 24 ގަޑީ އިރު ޚިދުމަތްދޭންޖެހޭ ބައެއް އެމީހުންނަކީ ނުރައްކާތަކާ ކުރިމަތިލުމަށް ވަޒީފާދީފަތިބޭބައެއް ދެން އެމީހުންނަށް އަދި ވަކިން ރިސްކުއެލަވަންސެއް ދޭންޖެހޭނެކަމަކަށް ބަލައެއް ނުގަނަން

The name is already taken The name is available. Register?

ހަވަރު

31 January 2022

ރަގަޅަށް ހަބަރު ފަހުމް ވެގެން ކޮމެންޓްކުރަންވާނީ. ސިފައިންގެ ވާހަކައެއްނޫން އޮތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454