"އޭސީޓީ ޓަވާ ސިމިއުލޭޓާ". މިތަނުން އެއާ ޓްރެފިކް ކޮންޓްރޯލް ކޯސްތައް ހިންގޭނެ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
30 ޖެނުއަރީ 2022 - 16:57
ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނޭ "އޭސީޓީ ޓަވާ ސިމިއުލޭޓާ"ގެ ފުރަތަމަ ކޯހުގެ ކިޔެވުން ފެށިއްޖެ އެވެ.
އެމްއޭސީއެލް އިން ބުނީ "އޭރޯޑްރަމް ކޮންޓްރޯލް" ކޯހުގައި އަށް ކުުދިން ބައިވެރިވެފައިވާ ކަމަށެވެ. ދެ މަހުގެ މި ކޯސް އައިކާއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތެ އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވާ، ދުނިޔޭގެ ފެންވަރުގެ ސިމިއުލޭޓަރެއް ގާއިމްކޮށް އެތަން ހުޅުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
ރާއްޖޭގައި 17 އެއާޕޯޓެއް އޮތް އިރު އެއާ ޓްރެފިކްގެ ދާއިރާގައި މަސައްކަތް ކުރާ 100 އެއްހާ މުވައްޒަފުން އެބަ ތިއްބެވެ. ކުރިމަގަށް އަމާޒުކޮށް، އާ އެއާޕޯޓުތައް ހުޅުވަމުންދާ ވަރަކަށް އެ ދާއިރާ އިން އިތުރު މީހުން ބޭނުންވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މި ވަގުތު ވެސް އެ ކުންފުންޏަށް އެއާ ޓްރެފިކްގެ ދާއިރާ އިން ގާތްގަނޑަކަށް 22 މުވައްޒަފުން އިތުރަށް ބޭނުންވެ އެވެ. މުޅި އަހަރުގެ އެކި ދުވަސް ވަރަށް ބަހާލައިގެން އޭސީޓީ ޓަވާ ސިމިއުލޭޓަރުގެ އެހީގައި ކޯސްތައް ހިންގުމަށް ވަނީ ރޭވިފަ އެވެ.
މި ސިމިއުލޭޓަރު ގާއިމު ކުރަން ފެށީ 2019 ވަނަ އަހަރެވެ. އެ ތަނުގެ މުޅި ސެޓަޕަށް ހަތަރު މިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ އިނގިރޭސި ވިލާތުގެ މައިކްރޯނޭވުން އުފައްދާފައިވާ ސިމިއުލޭޓަރެކެވެ. އެއީ މިފަދަ ސިމިއުލޭޓަރު ހެދުމުގައި ދުނިޔޭގައި ވެސް މަޝްހޫރު ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެބީ
31 January 2022
ބޯޓު ކައިރީ ދަނޑިބުރިއެއް ހޫރަން 2 މަސް ތަމްރީނު ހަދަންޖެހޭ؟ އެވެސް އަދި 4 މިލިއަންގެ ސިމުލޭޓަރެއްގަ؟
އަބުދުބެއްޔާ
31 January 2022
ވާނުވާ ނޭގުނަސް ހެޔޮ، ކޮމެންޓެއްކުރެވޭތޯ ބަލާތި،
އަހުމިއްޓޭ
30 January 2022
އޭސީޓިތަ ނޫނީ އޭޓީސީތަ؟ އަހަރުމެން ދަންނަނީ އޭޓީސީކަން އެއަރޕޯޓުގަ ހުންނަނީ.
އެއާޕޯޓު ރޯނު އެދުރު
30 January 2022
އޭސީޓީ މައުނައީ އޭރޮޑްރޯމް ކޮންޓްރޯލް ޓަވަރ. ސަލާމް