ޝާހް އިސްމާއީލް އާއި އޭނާގެ ދަރިފުޅު ލާޖީ: ޝާހްގެ ދަށުން ދަރިފުޅު ވެސް މަސައްކަތް ކުރަނީ އެފްއޭއެމްގައި
01 ފެބުރުއަރީ 2022 - 12:50
ކުރީގެ އެއްވަނަ ފޯވާޑް ޝާހު އިސްމާއީލް ކުޅުން ހުއްޓާލުމަށް ފަހު ދެން ފެނުނީ ފުޓްބޯޅައާ ގުޅުންހުރި އެހެން މަސައްކަތްތަކުންނެވެ. އެފްއޭއެމް ފުރަތަމަ ފަހަރަށް އިންތިހާބު ކުރުމަށް ފީފާ އިން އެކުލަވާލި އިންޓަރިމް ކޮމިޓީގެ މަސައްކަތުން ފެށިގެން، އެކި މަރުހަލާތަކުގައި ޝާހު ގަންދަވަނީ ފުޓްބޯޅައިގެ އިދާރީ އެކި މަސްއޫލިއްޔަތުތައް އަދާކުރައްވަމުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޝާހު ގެންދަވަނީ އެފްއޭއެމްގެ ޑައިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާ ހަވާލުވުމަށް ފަހު އެ އިދާރާގެ ކޮމްޕެޓިޝަން ޑިޕާޓްމެންޓްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އޭނާގެ ޑިޕާޓްމެންޓްގައި މަސައްކަތްކުރާ އެއް މުވައްޒަފަކީ ދަރިފުޅު ލާޖީ ޝާހު އެވެ.
އެފްއޭއެމްގެ އެޑްމިނިސްޓްރޭޝަން މަސައްކަތުގައި ލާޖީ މަސައްކަތް ފެށީ، ޝާހުގެ އާ މަގާމުގައި އެފްއޭއެމްއާ ގުޅުމުގެ ކުރިންނެވެ. ލާޖީ ބުނީ އެފްއޭއެމްގައި މަސައްކަތް ކުުރުމުގެ ފުރުސަތު ލިބުނީ އިންޓަވިއު މަރުހަލާގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށް ފަހު އޭނާ އަކީ އެންމެ ގާބިލު ކެނޑިޑޭޓްކަން ސާބިތުކޮށްދީގެން ކަމަށެވެ.
"އަޅުގަނޑު އެފްއޭމްގެ މި މަގާމުގައި މަސައްކަތް ކުރަނީ ޝާހު އިސްމާއީލް އަކީ އަޅުގަނޑު ބައްޕަ ވެގެނެއް ނޫން. މިއީ ހަމަ މަގާމަށް ކުރިމަތިލައިގެން އިންޓަވިއުއިން ފާސްވެގެން އަދި އަޅުގަނޑުގެ އެކެޑެމިކް ރިޒަލްޓްތައް ވެސް ރަނގަޅުވެގެން ލިބުނު ފުރުސަތެއް. އޭރު ނޭނގެ ބައްޕަ އަންނާނެ ކަމެއް ވެސް،" ލާޖީ ބުންޏެވެ.
ލާޖީ ބުނިގޮތުގައި އޭނާ ވެސް ބޭނުންވީ ފުޓްބޯޅަ ކުޅުންތެރިޔަކަށް ވާށެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި ކިޔަވަން ހުންނަން ޖެހުމުން އެފުރުސަތު އެހާ ބޮޑަށް ފަހި ނުކުރެވުނީ ކަމަށް އޭނާ ބުންޏެވެ.
ލާޖީ (ކ) އާއި ޝާހު އަދު ލުބާނާ: ޝާހުގެ ދެދަރިން ވެސް މިހާރު މަސައްކަތް ކުރަނީ ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގައި
"ސްކޫލް އެޑިއުކޭޝަން އަޅުގަނޑު ފުރިހަމަ ކުރީ ލަންކާއިން. އެހެންވީމަ އެހާ ބޮޑު ފުރުސަތެއް ނުލިބޭ ފުޓްބޯޅަ އަށް ޕްރެކްޓިސް ކުރާކަށް. ލަންކާގައި ވެސް ސްކޫލް މުބާރާތުގައި ކުޅުނިން. ވަނަތައް ވެސް ލިބިފައި ހުންނާނީ،" ލާޖީ ކިޔައި ދިނެވެ.
"އަޅުގަނޑަކީ ބައްޕަގެ ވަރަށް ބޮޑު ފޭނެއް. ހިތަށް އަރާ ހަމަ ގަލޮޅު ދަނޑުގައި ކޮންމެ ވެސް ކްލަބެއްގައި ހިމެނިގެން ކުޅެން ނުކުންނާނަމޭ. އެކަމަކު މިވަގުތު މިހުރީ އެފްއޭއެމްގެ މި މަގާމުގައި."
އެފްއޭއެމްގައި މަސައްކަތް ކުރަން ފެށުމުން ފުޓްބޯޅަ އެޑްމިނިސްޓްރޭޝަން އަށް އޭނާގެ ހިތް ޖެހިފައިވާ ކަމަށް ލާޖީ ބުންޏެވެ. އެ ދާއިރާ އިން ކިޔަވައިގެން އެ މަސައްކަތުގައި ދެމިހުރުމުގެ ޝައުގުވެރިކަން އޭނާގެ އެބަހުއްޓެވެ.
"މި ދާއިރާ އިން ކިޔަވަން ފުރުސަތު ލިބިއްޖެއްޔާ އެ ފުރުސަތުގެ ބޭނުން ކުރާނަން،" އޭނާ ބުންޏެވެ.
ޝާހު ވިދާޅުވި ގޮތުގައި އޭނާ އަކީ ވަކި ދާއިރާއަކުން ކުރިއަށް ދިއުމަށް ދަރިންނަށް ބާރު އަޅާ ބައްޕައެއް ނޫނެވެ. އެކަމަކު ފުޓްބޯޅައިގެ މަސައްކަތުގައި ދަރިފުޅު އުޅޭތަން ފެނުމުން ވަރަށް ބޮޑު އުފަލެއް ލިބިގެންދާ ކަމަށް ޝާހު ވިދާޅުވި އެވެ.
Dhandah neyriyas Bappa ge fahathun Champion akah
The most trusted news source in the Maldives
Mihaaru
ޝާހްގެ އަންހެން ދަރިފުޅު ލުބާނާ ޝާހް
"އެކަން އޮންނާނީ އެ ކުދިންގެ ފްރީ ވިލް އަށް ދޫކޮށްލާފައި،" ސްޕޯޓްސް ރިހިބިލޭޝަން ފިޒިއޯއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޭނާގެ އަންހެން ދަރިފުޅު ލުބާނާ ޝާހުގެ މަސައްކަތާ މެދު ވެސް ހިތްހަމަޖެހުން ފާޅުކުރަމުން ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވި ގޮތުގައި އޭނާގެ ދަށުން ދަރިފުޅު މަސައްކަތް ކުރިޔަސް ލާޖީ އަށް ވެސް އޮންނާނީ އެހެން މުވައްޒަފުންނަށް އޮންނަ އުސޫލެވެ.
"ވަޒީފާގެ މާހައުލުގައި އަޅުގަނޑުގެ ދަރިފުޅާއި މިތާނގައި މަސައްކަތް ކުރާ އެހެން ސްޓާފުންނާ ފަރަގެއް ނުކުރަން. އެހެން ސްޓާފުންނަށް އޮންނަ އުސޫލު ލާޖީ އަށް ވެސް އޮންނާނީ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައުސްއޮފްބައުންސް
03 February 2022
ބަލަ އަދި އޯލެވެލް އޭލެވެލް ޑީބްލޮމާ ޑީގްރީ ހެދިޔަސް ފުޓްބޯޅަ ނޭނގޭނެ ފުޓްބޯޅަ އާއިލާއަކުން ނިކުތީމް އެނގޭނީ
ޒިންމާ
02 February 2022
އަހަރެން ކޮއްކޮ ދަރިފުޅު ޢޯލެވެލުން1ވަނަ އޭލެވެލުން ގަދަ5 ގަ އަޅަގެން . އޭގެ އިތުރުން ޑިގްރީ އަށް ކިޔެވުމުންވެސަ ރަނގަޅު ވަޒީފާ އެއް ނުލިބުން .
އަނީ
01 February 2022
އެންމެ އާދައިގެ ވަޒީފާ ވެސް ލިބެނީ ސިޔާސީ މީހެއްގެ އެހީތެރިކަމާއެކު މިހާރު.
ޒާހިރުބެ
01 February 2022
#ނެޕޮޓިޒަމް
ހާޖީ އެދުރުބެ 3
01 February 2022
ދެން ކުރިކަމަކީ ކޮންމެމީހަކު ވެލިބަސްތާ އުފުއްލީމަ އޭނައަށް މާކްސްދީފައި ފޮނުވާލަނީ. އެންމެފަހު މީޙަކަށް ފުޓްބޯޅަކުޅުންތެރިއާ ބެހެއްޓީމަ އޭނަ ބަސްތާ އުފުއްލާތަން އެއްވެސް އެހެން ވަޒީފާއަށް ވަންނަން އުޅުނު މީހަކަށް ނުފެނޭ. ފުޓް ބޯޅަ ކުޅުންތެރިއާ ބަސްތާ އުފުއްލާކަށް ނުޖެހި ވަޒީފާ ހަމަޖެހިއްޖެ. މިހިރީ ސަރުކާރުގެ ކުންފުނިތަކުގެ އިންސާފުހުރިގޮތް. އެކުޅުންތެރިއާއަށް މިހާރު 34 ނުވަތަ 35 ވަރު ވެދާނެ. ރާޢްޖޭގް ފުޓްބޯޅަ ތާރީޚްގައި ރަންއަކުރުން އޭނަގެނަން
ހާޖީ އެދުރުބެ 2 ވަނަ ބައި
01 February 2022
ދެން ކުރި ކަމަކީ ފުޓްބޯޅަ ކުޅުންތެރިއާ އެންމެފަހަށް ބަސްތާ އުފުލަން ބަހައްޓާފައި އެހެން އެންމެންލައްވާ ބަސްތާ އުފުއްލީ. އެކަކު ބަސްތާ އުފުއްލަން ދެކޮޅުހަދާ ހަޅޭލެވީ. އެއީ ވަޒީފާ އަދާކުރަންޖެހޭ ފިއުލްގައި އޭނަގެ ބޭބެ ޑްރައިވަރެއްގެ ވަޒީފާ އަދާކުރާތީ އޭނަޔައްއޮތީ އެނގިފައި ފުޓްބޯޅަ ކުޅުންތެރިއާ ވައްދަން ހުރިހާ ކަމެއްއޮތީ ރާވާ ނިމިފައިކަން. އަދި ބަސްތާ އުފުއްލުމަކީ އެޅުވި އަނދުނެއްކަން މުޅި ފިއުލްގައި އޭރު އޮތީ ފުޓްސެލް ކުޅެން ޒުވާނަ ވައްދާ ވާހަކަ.
ހާޖީއެދުރުބެ 1 ވަނަބައި
01 February 2022
ސިއްރު ވާހަކައެއް ބުނަންތަ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެމޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާ އުމުރުން 17 އަހަރުގައި އެމްއޭސީއެލް ގެ މަސައްކަތުމީހެއްގެ ވަޒީފާއަށް ވައްދަން އަމަލު ކުރިގޮތް. ވަޒީފާއަށް ކުރިމަތިލި 30 އަށްވުރެ ގިނަ މީހުން ގާބިލްތޯ ބެލުމަށް ކުރަންޖެހުނު ކަމަކީ 50 ކިލޯގެ ވެލި ބަސްތާ އެއް ކޮނޑަށް ލައިގެން ވަކި ދުރުމިނަކަށް ހިނގުން. އެކަންތައް ކުރިއިރުވެސް ވަޒީފާ ވަނީ ކުރީގައި ބުނި ކުޅުންތެރިއާއަށް ގަވާއިދާއި ޚިލާފައް ހަމަޖައްސާފައި.
ޑރ. މުރާދުސާ
01 February 2022
ޝާހު ދަރިއެކޭ ބުނީމާ އެފްއޭއެމް އަށް ވެއްދީ. އެއީ ރާއްޖޭގައި ކަންހިގާ ގޮތް. އެހެންނޫންނަމަ ވާނީ އޮޑް ކަމަކަށް