ނީސްގެ ކުޅުންތެރިން އުފާފާޅު ކުރާއިރު ޕީއެސްޖީގެ ކުޅުންތެރިން ބަލަހައްޓައިގެން: ޕީއެސްޖީ ފްރެންޗް ކަޕުން ކެޓީ ޕެނަލްޓީ ޖަހައިގެން ނީސް އަތުން ބަލިވުމުން --- ފޮޓޯ: އޭއެފްޕީ
01 ފެބުރުއަރީ 2022 - 12:59
ޕެރިސް (ފެބްރުއަރީ 1) - ފްރެންޗް ކަޕުގެ ގަދަ 16ގެ ބުރުގައި ނީސް އެފްސީން ޕެނަލްޓީ ޖަހައިގެން 6-5 މޮޅުވެ މަޝްހޫރު ޕީއެސްޖީ މުބާރާތުން ކަޓުވާލައިފަ އެވެ.
މިދޔަ ހަތް އަހަރުގެ ތެރޭގައި ހަ ފަހަރަށް ފްރެންޗް ކަޕް ކާމިޔާބު ކުރި ޕީއެސްޖީ އަށް ނާކާމިޔާބުވީ ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ޒަވީ ސިމޯން އާއި ޑިފެންޑަރު ލިއޯންޑްރޯ ޕެރަޑޭސް ފޮނުވައިލި ޕެނަލްޓީތައް، ނީސްގެ ކީޕަރު މާޗިން ބުލްކާ ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އަށް ގިނަ ފުރުސަތުތަކެއް ލިބުނަސް ބޭނުމެއް ނުކުރެވުނެވެ. ފްރެންޗް ލީގުގައި ޕީއެސްޖީއާ އެންމެ ގާތުން ވާދަކުރަނީ ނީސް އެވެ. ލީގު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
ކުއާޓާ ފައިނަލުގައި ނީސް ނުކުންނާނީ މާސޭއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
01 February 2022
ނީސް އެފްސީގެ ހީރޯއަކަށް ވީ ލޯނު އުސޫލުން ޕީއެސްޖީން ގެނައި ކީޕަރު.ހެހެހެހެހެހެ
ފެކްޓޯސް
01 February 2022
ޕޮޗެޓީނޯ ވަގުތުން ކޯޗްކަމުން ދުރުކުރޭ. އޭނަ އަކަށް ނޭގެ މި މީހުން ލައްވަ ކުޅުވާނެ ގޮތެއް. އެމްބަޕޭވެސް އެރުވީ އެހާލަހުން. ދެން މި އުޅޭ ކުޅުންތެރިން މެސީ އަށް ބޯޅަ ދެނީކީނުން. އެމީހަކާ އެމީހަކު ވެގެން އުޅެނީ. ޗެމްޕިއަންސް ލީގް އަށް އަލްވަދާއު ކިޔާ އަވަހަށް. ތި ކުޅުން ކުޅެގެން އަދި ޕޮޓޭޓޯ ކޯޗު ކަމުގަ ހުރެގެން ޕީއެސްޖީ އަށް މި ފަހަރު ނުވާނެ އެއްކަމެއްވެސް.
ބީ.އެސް.ބީ ވެންގާ
01 February 2022
ހަލޮ ހަލޯވް. މެސީ ސަލާމް ބުނި. އޯކޭތޭންކްސްބާއީ.