އެސްޓީއޯއާ ހަވާލުކޮށްގެން ގެނައި އެމްބިއުލާންސްތަކުގެ ތެރެއިން ގެނައި ފުރަތަމަ 20 އެމްބިއުލާންސްގެ ތެރެއިން ބައެއް އެމްބިއުލާންސްތައް އެސްޓީއޯ ބިލްޑިން ބޭރުގައި.-- ފޮޓޯ: އެސްޓީއޯ
09 ފެބުރުއަރީ 2022 - 13:08
އެމްބިއުލާންސް ފޮނުވަން ސަރުކާރުން ކަނޑައެޅި ރަށްތަކުގެ ތެރެއިން އިތުރު 15 ރަށަކަށް ފޮނުވާނެ އެމްބިއުލާންސްތައް އިއްޔެ މާލެ ގެނެސްފި އެވެ. މިއީ ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން އެމްބިއުލާންސްތަކުގެ ތިން ވަނަ ޝިޕްމެންޓެވެ.
އެސްޓީއޯ އިން ބުނީ ވަރަށް އަވަހަށް މި އެމްބިއުލެންސްތައް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށެވެ.
އެ ކުންފުނި މެދުވެރިކޮށް ގަނެފައިވާ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް ގެނައީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ. އޭގެ ފަހުން، 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމެންޓް ގެނައީ މިދިޔަ އަހަރު ނޮވެމްބަރުގަ އެވެ. މިހާރު އެ ހުރިހާ އެމްބިއުލާންސްތަކެއް ވަނީ ރަށްރަށް ފޮނުވައިފަ އެވެ.
The third batch of Ambulances have arrived to Male’ as mutually agreed on the MOU signed between STO and @MoHmv. We aim to dispatch this additional 15 ambulances to the respective islands soon. pic.twitter.com/vwfuURRRzy
— STO (@stoplc) February 8, 2022
ސަރުކާރުގެ އަމާޒުކުރީ މިދިޔަ އަހަރު ނިމުމުގެ ކުރިން 60 ރަށަކަށް އެމްބިއުލާންސް ފޮނުވާށެވެ. އެކަމަކު އަހަރު ނިމުނުއިރު، އެ އަމާޒު ހާސިލުނުވެ އެވެ.
ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވެސް، އެމްބިއުލާންސް ނެތުމުންނާއި ހަލާކުވެފައި އޮތުމުން ދަތިތަކާ ކުރިމަތިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިފާ
13 February 2022
15 އިން ފެށިގެން މިއަދާ ހަމަ އަމައަށް ކިތަށް އެމްބިއުލާސް ގެނެސްފިތޯ. ކޮންމެ އަހަރަކު އެތަކެއް އެމްބިއުލާންސް އެއް. މި ހުރިހާ އެމްބިއުލާސް ގެންނައިރުވެސް އެމްބިއުލާސް ރަށްރަށުގެ ނެތިގެން މައްސަލަތައް ޖައްސާތަން އެބަފެނޭ. މިއީ ޓިޝޫތޯ ޔޫސްކޮށްފަ އެއްލާލާ. މިކަން ބަލާނެ މީޑިއާ އެއް އެހެން ބައެއް ނެތީތޯ
ހަމަނުވާއެމްބިއުލަންސް
09 February 2022
އެމްބިއުލާންސަށް ލައިގެން ގެންގޮސް ފަރުވާ ދެވޭނެ ގޮތެއް ނެތްފަދަ ރަށްރަށަށްވެސް އެމްބިއުލާންސ ބޭނުންވާނެ.
ާއުނިމާ
09 February 2022
ސަލި ކޮމެއްޓެއް، އަދި ރަނގަޅު މެސެޖެއް