ދޫނިތައް މަރާލާފައި: އެ ތަކެތި ނައްތާލީ ގަވާއިދާ ހިލާފަށް އެތެރެކުރުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނޭ --- ފޮޓޯ/ސޯޝަލް މީޑިއާ
10 ފެބުރުއަރީ 2022 - 13:17
ރާއްޖެ އެތެރެކޮށްފައިވާ ދޫނިތައް މަރާލެވުނީތީ ދެރަވާ ކަމަށާއި އެކަން ކުރުމުގައި އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓްރީން މިއަދު ދީފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރި ފަސް ޝިޕްމަންޓެއްގައި ހުރި 120 ދޫނި އަނިޔާވެރިކޮށް ނައްތާލާފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި މައްސަލައިގައި ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ އެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. އެކަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދޫނިތައް ނައްތާލި ގޮތް ތަފްސީލްކޮށްދެމުން ބުނެފައި ވަނީ ރާއްޖެއަށް އެތެރެކުރާ ގަހާއި ޖަނަވާރު އިންސްޕެކްޓްކޮށް ކަރަންޓީން ކުރުމަކީ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް ދެމުން އަންނަ އަސާސީ ހިދުމަތެއް ކަމަށެވެ. އެކަމަކު ގަވާއިދާ ހިލާފަށް އެތެރެ ކުރާ ތަކެތި ނައްތާލަން ޖެހޭ ހާލަތްތަކުގައި ނައްތާލަމުން އަންނަނީ ގާނޫނާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދޫނިތަކަށް އިންޖެކްޝަން ޖަހައިގެން މަރާލި ގޮތުގެ ވީޑިއޯ އާއްމުވެ، އެތައް ބަޔަކު އެކަން ކުށްވެރިކޮށްފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކަން ހިނގައިދިޔަ ގޮތް ބަލައި ރިޕޯޓެއް ފޮނުވައިދޭން ވެސް މިނިސްޓްރީ އަށް އަންގަވައިފަ އެވެ.
މި ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މިއީ ލިބެން ހުރި މައުލޫމާތާއި ލިޔެކިޔުމުގެ މައްޗަށް ބިނާކޮށް ކަން ހިނގި ގޮތުގެ ހަގީގަތް ދެނެގަނެ، ފިޔަވަޅު އެޅުމަށް މަގުފަހި ކުރުމަށް ތައްޔާރު ކުރާ ރިޕޯޓެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ދިރޭ ތަކެއްޗަށް ލިބެން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދޭ ކަމަށެވެ. އަދި އާއްމު ސިއްހަތު ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ޕްލާންޓް އެންޑް އެނިމަލް ކަރަންޓީންގެ ހިދުމަތް ރާއްޖޭގައި އިތުރަށް ހަރުދަނާކުރުމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ރާއްޖެއަށް ދިރޭތަކެތި އެތެރެ ކުރާއިރު ގާނޫނާއި ގަވާއިދާ އެއްގޮތުގެ މަތިން އެތެރެ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެލޯ ހައި
11 February 2022
މަރާލުމަކީ ނައްތާލުން؟؟ ނައްތާލުމޭ ބުނާ ބުނުމުގެ މާނަ ދަސް ކުރަން އުޅޭތާ ދުވަސްގަނޑެއްވެއްޖެ އަހަރެން
ގައިސް
11 February 2022
ކާކަށް ފިޔަވަޅު އަޅާ ވާހަކައެއް މިދައްކަނީ. މިނިސްޓަރ ޖެހޭނީ އިސްތިއިފާ ދޭން. ދިރޭތަކެއްޗަށް ލޯބިނުކުރެވުނު މީހަކު ދިރޭ ތަކެއްޗާބެހޭ އެންމެ ވަރުގަދަ ވުޒާރާގަ ބަހައްޓަން ހެޔޮނުވާނެ. ބޮޑުއަނިޔާވެރިއެއް
ކިހާބޮޑުކަމެއް
11 February 2022
ގަސްދުގައި ހަމަހޭގައިތިބެ އެދޫނިތައް މަރާލާފައިވެސް އިހުމާލުނަމަނަމައޭ!
ޙިނި
10 February 2022
ތިގޮތައް ދޫނިމަރާތާ ތި މިނިސްޓުރީއައް ކިހާދުވަހެއް ވެއްޖެބާ، އަދި ކިހާ ދޫންޏެއް މިހާތަނައް މަރާފައިވޭބާ؟ ޒިންމާނަގަން ޖޭހޭނީ ޕޮލިސީ ލެވަލް އިން، އެވަރު ހިއްވަރެއް ފެންވަރެއް ތިޔަ މިނިސްޓުރީގެ ވެރިން ގައިގަ ހެބަހުރިބާ.
ނުބެދޭނެ
10 February 2022
މިގައުމުގަ ކޮވިޑްގަ އެންމެ ފުރަތަމަ މަރުވި މީހާގެ މަރުގެ ޒިންމާ އޮތީ ލިއެފަ އޮތް އެސްއޯޕީގަ. އެހެންވީމަ ދޫނިތަކުގެ މަރުގަ މީހަކު ބެދޭނެ ގޮތެއް ނޯންނާނެ.
މުސާރަނަގަން އޭޓީއެމްއާހަމައަށް ދޭވޭވަގުތުނަގަނީ
10 February 2022
ޢޮޅިގެން އެސްޓޯއޯގެ އެކައުންޓަށް ފޮނުވާލެވުނު ފައިސާކޮޅެއް، ޑޮކިއުމެންޓު ތަކާއެކު ރިފަންޑަށް އެދުމުން މި އަންގާރަދުވަހު ޖަމާކޮއްލައްވަން ބުނުއްވި، މިއަދު ދެވަނަހަފްތާ ބުނުއްވީ ކުރީހަފްތާގަ އެބޭފުޅުންނަށް "ނުބައި އަދަދެއް ޖެހުނީމަ ކުރީހަފްތާގަ ނިންމާނުލެވުނީ" ބުނުއްވި. ކޮމްޕުން ލިޔެ ސޭވްކޮސްފަ އޮތްއަދަދެއް ރަގަޅުކޮށް އަލުން ޕްރިންޓްކޮށް ހުއްދަދޭން ހަފްތާއެއް. ތިކަމަށް ހުރި ވެރިޔަށް ސަލާބުނި..ދެން މަ ދާންވީ އަމްރުކާރިއަށް ނޫނީ ރ ސޯލިހްއަރިހަށް؟
ބޯކެޔޮ ހަސަނ
10 February 2022
ގަވާއިދާ ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާހާ ކަންތަކެވެ. ބެލެވޭގޮތުގައި ދޫނިތައް ނައްތާލާނީ ގަވާއިދުގެ ތެރެއިން ޖާގަ ލިބިގެން ކަމަށް ފެނެއެވެ. ތީގެ އެތެރެކުރި ފަރާތް ކުށްވެރިވާންވާނެއެވެ. ދެން ބައްޔެއްވެސް ޖެހިފައިވާ ވިހަގަދަ ހަރުފަތަކެއް އެތެރެކޮށްލައިފިއްޔާ ހަދާނީ ކިނެއްހެއްޔެވެ؟
މިނިސްޓަރު
10 February 2022
އަވަސް ޚަބަރު: ދޫނި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ވުޒާރާއިން އަނިޔާވެރި ގޮތަކަށް ދޫނިތަކެއް މަރާލުމަށްފަހު އެ މިނިސްޓްރީ ކުށްވެރިކޮށް ފިޔަވަޅު އަޅަން ނިންމައިފ. ކެރަފާ ނަސީމް ޞިއްޙަތާ ބެހޭ ވަޒީރަށް ފިޔަވަޅު އެޅިހެން މިފަހަރު ފިޝަރީޒް މިނިސްޓަރު މަސްވެރިކަމާ ބެހޭ ވަޒީރަށް ފިޔަވަޅު އަޅަނީ.
ޙުސޭނުބޭ
10 February 2022
މިކަމުގަ ކުއްވެރިވާން ޖެހޭނީ މިއެއްޗެހި ވަގަށް އެތެރެކުރި ފަރާތް. ޢޭނަގެ ސަބަބުން މިގޮތަށް ދިމާވާންޖެހުނީ. އޭނަކުށްވެރކޮށް ވާހަކަ ދައްކާތަނެއްނުފެނޭ.
ނަނާ241
10 February 2022
ކިތަންމެ ރިޕޯޓެއް ހެދިޔަސް ނުމަރާކަމަށް ވާނެތަ؟