މޯލްޑިވިއަންގެ މަތިންދާބޯޓެއް: މޯލްޑިވިއަން އިން ވަނީ އެމިރޭޓްސްއާ ގުޅިގެން ހިދުމަތް ދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައި. -- ފޮޓޯ: މިހާރު
10 ފެބުރުއަރީ 2022 - 16:11
މޯލްޑިވިއަން އާއި ދުނިޔޭގެ އެންމެ މަޝްހޫރު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އިން ގުޅިގެން ބައެއް ހިދުމަތްތައް ދިނުމާ ބެހޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރާނެ އެއްބަސްވުންތަކެއް ހަދަން މި އެމްއޯޔޫގެ ދަށުން މަސައްކަތްކުރާނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ހަވާލާދީ މޯލްޑިވިއަންގެ ބަޔާނުގައި ބުނެފައި ވަނީ އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއާލައިން ކަމަށާއި އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެެއް އުފެއްދިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ފައިދާކޮށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ.
އެ ބަޔާނުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އެއާލައިނާ އެކު ޕާޓްނަޝިޕް ހެދުމަށް އޮތް ފުރުސަތުތަކަށް މަސައްކަތް ކުރުމަކީ އަދަދު ނުކުރެވޭހާ ގިނަ ފުރުސަތުތައް ފަހިވާނެ ކަމެކެވެ. އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެއްގެ ފުރުސަތު ލިބުމަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އޭވިއޭޝަން އިންޑަސްޓްރީގައި އަލުން މަގާމު ދަމަހައްޓައި ހަމަޖެހިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށާއި އިންޓަލައިން އައި ކޯޑްޝެއާ އެރޭންޖްމަންޓަކަށް އާދެވިއްޖެ ނަމަ މޯލްޑިވިއަން އާއި އެމިރޭޓްްސްގެ ކަނެކްޓިވިޓީ އާއި ހިދުމަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"ދިވެހިރާއްޖެ އަކީ އެމިރޭޓްސްގެ ނެޓްވޯކްގައި ހިމެނޭ އެންމެ މަގުބޫލު އެއް މަންޒިލް. އެހެންވެ ރާއްޖޭގެ އެއާލައިނަކާ އެކު ޕާޓްނަޝިޕެއް ހެދުމުގެ މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް،" އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސާ އަދްނާން ކާޒިމް ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޑްޝެއާކުރުމާއި އިންޓަލައިން ހިދުމަތްތަކުން އެމިރޭޓްސް އާއި މޯލްޑިވިއަން ވެސް ވަރަށް ބޮޑަށް ފައިދާކުރާނެ އެވެ. އޭރުން، ރާއްޖޭން ދަތުރުކުރާ މީހުންނަށް އެމިރޭޓްސްގެ 120 އަށް ވުރެ ގިނަ މަންޒިލާ ދުބާއީ މަގުން ގުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޔާނުގައި ބުނެފައިވަނީ އިންޓަލައިން އަދި ސްޕެޝަލް ޕްރޮރޭޓް އެގްރީމަންޓް (އެސްޕީއޭ) އަކާ އެކު އިންޓަލައިން އަދި ކޯޑްޝެއާރިންއާ ގުޅޭ ހުއްދަތައް ހޯދުމާއި ޓެކްނިކަލް ފީޒިބިލިޓީ ހަދައި މި ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ދެ އެއާލައިނުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެމިރޭޓްސް އެއާލައިނުން 265،000 ފަސިންޖަރުން މިދިޔަ އަހަރު ރާއްޖެ އަށް ވަނީ އައިސްފަ އެވެ މިދިޔަ އަހަރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އެ އެއާލައިންގެ ހަތަރު ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުއްބާ
11 February 2022
އެމިރޭޓްސް އެއުޅެނީ މޯލްޑިވިއަން އަތުން ރީތި ބޮނޑިއެއް ބޯން. ބަލަންތިބޭ ރަގަޅައް.
މޭނާ
11 February 2022
މޯލްޑިވިއަން މަނޭޖުމަންޓު ބަދަަލްކޮއްގެންނޫނީ އެއްވެސްކަމެއް ރަގަޅަކަށްނުވާނެ
ކަކުނިބޯ
10 February 2022
މޯލްޑިވިއަންއިން ލަންކާސެކްޓަރ ނަގާދުވަސް މިއައީ. ޜާއްޖޭގައި ފްލައިޓްޕާކިންގްގެއަގު ހެޔޮކުށް އަދި ޕާކިންގިނަކޮށްދޭހިދުމަތުގެފެންވަރު ރަނގަޅުކޮށްފިނަމަ ރާއްޖެ ޓްރެވަލްހަބަކަށްވާނެކަންޔަޤީން
ބައިންބުރޯ
10 February 2022
ތިޔަ ކޯޑް ޝެއަރ އެއްބަސްވުމުގެ އަސްލު ފައިދާ ކުރާނީ ބޮޑަށް އެމިރޭޓްސް އަށް.. މިހާރު ތިވާގޮތުން އެމިރޭޓްސް މެދުވެރިކޮށް ރާއްޖެ އަންނަ ޓުއަރިސްޓުންނަށް އެމިރޭޓްސްއިން ރާއްޖޭގެ ޑޮމެސްޓިކް ސެކްޓަރގެ ޓިކެޓް ގަތުމުގެ މަގުފަހިވާނެ. އަދިއޭގެ އެްއބަސްވާ ޕަސެންޓެއް މޯލްޑިވިއަންއަށް ލިބޭނެ. ނަމަވެސް މޯލްޑިވިއަން މެދުވެރިކޮށް ދުނިޔޭގެ ގިނަ ހިސާބުތަކަށް ދަތުރުކުރާނެ ފަސިންޖަރުން މަދުވުމުން ކޯޑްޝެއަރގެ އަސްލު ފައިދާއެއް މޯލްޑިވިއަން އަކަށް ނުލިބޭނެ
ހުސެންް
10 February 2022
ގަތަރު އާ އެކީވެސް ތި އެގްރީ މެއްޓެއް ހަދަން ޖެހޭ.... ތީ ވަރަ ރަގަޅު ނިންމުމެއް... އެކަމް ދުބާއި މާލެ އައް ވުރެ އެތެރޭގެ އުދުހުން އަގުބޮޑު ވެއްޖެޔާ ތިކަންނުވާނެ...
ބޭއިންސާފު
10 February 2022
ތިޔަކަމަށްވެސް ލައިސަންސެއްނަގަން ގާނޫނެއް ހަދާ. މިގައުމުގަ ޓީޗަރުންނާއި ޑޮކްޓަރުން އެކަނިތަ ލައިސަންސް ނަގަންޖެހެނީ؟
އަހުމިއްޓެ
10 February 2022
“ އޭނާ ވިދާޅުވި ގޮތުގައި ކޯޑްޝެއާކުރުމާއި އިންޓަލައިން ހިދުމަތްތަކުން އެމިރޭޓްސް އާއި މޯލްޑިވިއަން ވެސް ވަރަށް ބޮޑަށް ފައިދާކުރާނެ އެވެ. އޭރުން، ރާއްޖޭން ދަތުރުކުރާ މީހުންނަށް އެމިރޭޓްސްގެ 120 އަށް ވުރެ ގިނަ މަންޒިލާ ދުބާއީ މަގުން ގުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.” ބަލަގަ ކޯޑްޝެއަރ ނުކުރިއަސް ތިބުނާ މަންޒިލްތަކަށް މިހާރުވެސް ދެވޭނެ އެމިރޭޓްސްއިން ޓިކެޓްނެގީމަ.
ހުސެންް
10 February 2022
މައުމޫނުގެ ދުވަސްވަރު ތިފުރުސަތު ލިބުނު. އެއަރ ލަންކާ ބަނގުރޫޓުވަމުން ދަނިކޮށް ސަލާމަތްކޮށް ސްރީލަންކަންއަށް ރިބުރޭންޑުކޮށް ކޮޅަށްޖަހާދިނީ އެމިރޭޓްސްއިން. އެފުރުސަތު ފުރަތަމަ ލިބުނީ އެއަރ މޯލްޑިވްސްއަށް ނަމަވެސް އޭރު ހިންގަންތިބިވެރިންގެ އެދުން ބޮޑުކަމުން އެމީހުންނަށް ލިބެންވާ ކަޓުބައި ނުލިބުނީމަ ބޮޑާހާކަހާކާތިއްބާ އެމިރޭޓުސްއިން ރުޅިގަދަވެ އެއަރ ލަންކާއާއިއެކީ އެގްރީމެންޓުހަދާ ސްރީލަންކަން މުޅިދުނިޔެއަށް ފަތުރާލީ. މިހާރުގެ ވެރިން ކަޓުނަގާނެބާ؟
އަލިބޭ
10 February 2022
ކޮންމެމީހަކު ރާއްޖޭގެވެރިކަމުގަ ހުއްޓަސްކަޓނަގާނެ. އެއީ މަޖުބޫރުކަމެއް.
ތަރިބުރޯ
10 February 2022
އަމީންބެ އޮންނާނެ ރޯން މިހާރު.