ސަންޖޭ ދަތުގެ އާއިލާ--
12 ފެބުރުއަރީ 2022 - 06:58
ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ އަނބިމީހާ، މަންޔަތާ އަކީ ސަންޖޭގެ އެންމެ ބޮޑު ސަޕޯޓް ސިސްޓަމެވެ. ހަޔާތުގެ އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގައި ވެސް ދެގޮތެއް ނުވެ ހުރީ އޭނާ އެވެ.
އެމީހުންގެ ކައިވެންޏަށް އިއްޔެ 14 އަހަރުވުމާ އެކު އަނބިމީހާ ވަނީ ސަންޖޭއަށް އޭނާގެ ހިތުގައި އޮތް ލޯބި ބަންޑުންކޮށްލައިފަ އެވެ.
ސޯޝަލް މީޑިއާގައި މަނާޔަތާ އާންމުކުރި ވީޑިއޯގައި ފެންނަނީ ސަންޖޭ އޭނާގެ އަންހެނުންނަށް ފޫޓް މަސާޖެއް ދެނިކޮށެވެ. ހުދު ކުލައިގެ ކުރުތާއެއްގައި ހުރި ސަންޖޭ މަސާޖެއްދޭ ވީޑިއޯ އާންމުކޮށް އޭގެ ކެޕްޝަންގައި މަނާޔަތާ ލިޔެފައި ވަނީ އޭނާގެ އެންމެ "ބެސްޓް" ދުވަސްތަކަކީ ސަންޖޭއާ އެކު ހޭދަކުރާ ދުވަސްތައް ކަމަށާއި އިންތިހާއަށް ލޯބިވާ ކަމަށެވެ.
ސަންޖޭ އާއި މަންޔަތާ ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ފަހުންނެވެ. އުމުރުން 62 އަހަރުގެ ސަންޖޭ ވަނީ މީގެ ކުރިން ވެސް ދެ ކައިވެންޏެއް ކޮށްފަ އެވެ. އެކަމަކު މިއީ 43 އަހަރުގެ މަންޔަތާގެ ފުރަތަމަ ކައިވެންޏެވެ. އެމީހުންނަށް މިހާރު ދެ ކުދިން ވެސް ލިބިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
12 February 2022
ސޯޝަންމީޑިއާގައި ޕާސަނަލް ކަންކަން ޕޯސްޓުކުރަނީ މީހުނަށްދައްކަން، ގިނަފަހަރު ޕޯސްޓުގައި ބުނާ އެއްޗަކާ އަސްލު ދިރިއުޅުމުގައި ކަންކަން ހިނގަމުންދާގޮތާ ވަރަށްތަފާތުވާނެ، ހަގީގީލޯބިވާމީހުން ނުވަތަ އާއިލީދިރިއުޅުން ހަމަޖެހިގެން އުޅޭމީހުން ސޯޝަލްމީޑިއާގައި ތިޔަކަހަލަ ޕޯސްޓުވަރަށްނުކުރާނެ، މިސާލަކަށްބަލަމާ ބިލެގޭޑްސް، އެލޮންމާސްކު، ޖެފުބާޒޯ، މީންމީހަކު ނުވަތަ މީންމީހަކުގެ އަންބެއް ތިޔަކަހަލަ ޕޯސްޓެއްނުކުރާނެ، ތިއެއްޗެހި ޕޯސްޓުކުރާނީ ކުޅޭކުޅޭމީހުން
ކޮތަރޭ
12 February 2022
ސަންޖޭ ހާދަ ނިދި އައިސް ހުރި ގަޑިއެއްގަ ފުޓް މަސާޖެއް ތި ކުރުވީ