ރިޕޯޓް / މާލެ ސިޓީ ކައުންސިލް

ލާމަރުކަޒީ ނިޒާމުން ބާކީވެ، މާލޭ ސިޓީ ކައުންސިލް ހަތަރު އަނގޮޅިއަކަށް

މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސިޓީ ކައުންސިލްގެ މަސައްކަތްތައް އޮތީ ކުރިއަށް ގެންދަން އުނދަގޫ ހާލަތަކަށް ގޮސްފައި -- ފައިލް ފޮޓޯ: މިހާރު

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ، ރަށްރަށާއި އަތޮޅާއި ސިޓީތަކަށް ކައުންސިލަރުން އައްޔަންކުރާތާ ދިހަ އަހަރު ވީ އެވެ. އެކަމަކު އެއީ އިހަކަށް ދުވަހާ ޖެހެންދެން ވެސް މާ ބޮޑު ބާރެއް އޮތް ތަންތަނެއް ނޫނެވެ. ބާރު ލިބުނީ، މި ސަރުކާރު އައި ފަހުން، ގާނޫނަށް ގެނައި ބަދަލުތަކާ އެކު އެވެ. އެކަމަކު، އަލަށް އިންތިހާބުކުރި ކައުންސިލްތައް ބެހިގެން ދިޔަ ގޮތުން، ސަރުކާރުގެ މުށުތެރެއިން ދޫވި ކައުންސިލްތައް ފެންނަނީ ތެޅިފޮޅޭ ތަނެވެ.

މާލޭ ސިޓީ ކައުންސިލަކީ އޭގެ ފުރިހަމަ މިސާލެކެވެ. އެންމެންގެ ބަހުން ވެސް އެތަނާ ދޭތެރޭ ދެކެނީ ގާނޫނުން ބާކީވެފައި އޮތް ތަނެވެ. ޕީޕީއެމްގެ ބޮޑު މެޖޯރިޓީއަކާ އެކު އިންތިހާބުވި ހިސާބުން، މާލޭ ސިޓީ ކައުންސިލް ވެއްޓިފައި އޮތީ ހަތަރު އަނގޮޅިއަކަށެވެ! ބައެއް އެހެން ރަށްރަށުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލްތަކަށް ބާރު ދިނަސް، މާލެ ވީތީ ސަރުކާރުން ހިފަހައްޓާ ވަރަށް ގިނަ ކަންކަން ވެސް ފެންނަން އެބަހުއްޓެވެ.

ގާނޫނުގައި ސާފުކޮށް ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމަނާފައިވާ ބައެއް ކަންކަން ވެސް ހަވާލެއް ނުކުރެ އެވެ. އެއް މިސާލަކީ މާލޭގެ މުނިސިޕަލް ހިދުމަތް ހިދުމަތް ކައުންސިލުން ބަލަހައްޓާ ގޮތަށް އޮތަސް އަދިވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދަށުން ކުރިއަށް ގެންދިއުމެވެ. ކައުންސިލާ މިކަން ހަވާލު ނުކުރެވިގެން އުޅޭ އުޒުރުތައް ދައްކަ އެވެ.

އެކަމަކު ގާނޫނުގައި އޮތް ގޮތަށް އެކަން ފަހިނުވެގެން އުޅޭ ސަބަބަކީ މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތުމެވެ. އެމްޑީޕީގެ ކޮންޓްރޯލް ފުރަތަމަ ފަހަރަށް މާލެ އިން ގެއްލި 12 ގޮނޑިއާ އެކު ކައުންސިލްގެ އަޣުލަބިއްޔަތު ދިނީ ޕީޕީއެމް އަށެވެ.

ބާރުތައް ދޫކޮށް، ރައްޔިތުންނާ ގާތުން ހިދުމަތްދީ ލާމަރުކަޒުކުރުން މަޑުޖެހުނީ އެ ހިސާބުން ކަމަށް ކައުންސިލުން ދެކެ އެވެ.

ކައުންސިލުގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ

އެމްޑީޕީއަކީ ވަރަށް ބޮޑު ޕްލޭނެއް ހަދައި ލާމަރުކަޒީ ނިޒާމު ޕްރޮމޯޓްކުރަމުން އައި ޕާޓީއެކެވެ. އެކަމަކު މާލެއާ ހިސާބުން ލާމަރުކަޒީ ނިޒާމު މަޑުޖެހުނީ އެމްޑީޕީގެ ފިކުރާ ހިލާފުވުމުން ކަމަށް މާލޭގެ މޭޔަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވަ އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވިސްނުންތަކާއި މާލޭ ސިޓީ ކައުންސިލުން ކިތަންމެ ދެކޮޅު ނަމަވެސް ސަރުކާރުގެ ކުންފުންޏެއް ނުވަތަ މިނިސްޓްރީއަކުން ކަމެއްގައި އެދިއްޖެ ނަމަ، އެކަމެއް މިހާތަނަށް ކޮށްދީފައިވާ ކަމަށެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ކައުންސިލަށް އެއްގޮތަކަށް ވެސް އެއްބާރުލުން ނުލިބޭތީ އޭނާ ކަންބޮޑުވެވަޑައިގަތެވެ.

ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން އެތަނަށް ގޮސް: ކާމިޔާބެއް ނުވި -- ފައިލް ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ލާމަރުކަޒީ ނިޒާމު އެންމެ ބޮޑަށް ޑިފެންޑް ކުރީ އެމްޑީޕީން. އެކަމަކު އަމަލުން އެކަމެއް ނުފެނޭ،" ޕީޕީއެމްގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ހަލާކުވެ ދުއްވަން އުނދަގޫވެފައިވާ ގިނަ މަގުތަކެއް އޮތް އިރު ވެސް މަގު ހެދުމުގެ މަޝްރޫއުއަށް ވެސް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށެވެ. އެމްޑީޕީގެ ކައުންސިލެއް އޮތްއިރު ފާސްކުރި މަގު ހެދުމުގެ ބަޖެޓް ވެސް މި ކައުންސިލަށް ސަރުކާރުން ދޫކޮށްފައި ނުވާތީ އެ މަޝްރޫއު އޮތީ މިހާރު ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަގުތައް ދެ އަހަރުން ނިންމަން އަމާޒު ހިފިޔަސް މި ސަރުކާރުން އޭގެ ލާރި ދޫނުކޮށްގެން މިހާރު ވެސް ހަތަރު މަސް ފާއިތުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ރާވާފައިވާ ބައެއް މަޝްރޫއުތައް:

- 2500 ފްލެޓް އެޅުން

- މާލޭ ފެހިކުރުން އެއް ލައްކަ ގަސް އިންދުން

- މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުން

- ބައިސްކަލަށް އަހުލުވެރިކުރުމުގެ ޕްރޮޖެކްޓަކާއި ފަރު ސާފުުކުރުން އަދި ޕްލާސްޓިކާ ދުރުވުމަށް ހިންގާ ޕްރޮޖެކްޓެއް

- ޕަބްލިކް އޭރިއާގައި ވައިފައި ލިބޭނެ ގޮތް ހެދުން

- ޕާކިން ބިލްޑިން ހެދުން

މީގެ ތެރެއިން ބައެއް މަޝްރޫއުތައް ހިންގުމަށް ސިޓީ ކައުންސިލުން ރާވާފައި އޮތީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވެ އެވެ. އޭގެ ތެރޭގައި އަންނަ ރޯދަ މަހަށް ވިލިނގިއްޔާއި މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫއު ރެވެނިއު ބަޖެޓުން ހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ކުންފުންޏެއް އުފެއްދުމުގެ ހުއްދައަށް އެދިފައިވިޔަސް އެކަމަށް ވެސް ޖަވާބެއް ނުލިބުނު ކަމަށާއި ޕާކިން ބިލްޑިން އެޅުމުގެ ވިސްނުން ހުރީ ވެސް ސަރުކާރަށް ބުރަ ނުވާނެ ގޮތަށް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ބޯހިޔާވަހި ކަމަށް ކައުންސިލުގެ ބަހެއް ނުހޯދާ

މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވާއިރު އެކަމުގައި ކައުންސިލުގެ ބަހެއް އެއްގޮތަކަށް ވެސް ހޯދަމުން ނުދާ ކަމަށް މުއިއްޒު ވިދާޅުވެ އެވެ.

މިފަހުން މާލޭ މީހުންނަށް 1000 ގޯތި ހުޅުމާލެއިން ދޭން މިނިސްޓްރީން އެޗްޑީސީގައި އެދުނުކަން ވެސް ފެނުނީ ނޫހުން. އެއާ ގުޅިގެން އަސްލަމް އޮތް ވިދާޅުވެފައި މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވާނަމޭ އުސޫލު އެކުލަވާލުމުގައި. އެކަމަކު މާލޭ ރައްޔިތުންނާ މިހާ ބޮޑަށް ގުޅޭ ކަމެއްގައި ކައުންސިލާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅެއް ނުވޭ."

"އަޅުގަނޑަށް ނޫސްތަކުން މިފެންނަނީ ކަންކަން. މިފަހުން މާލޭ މީހުންނަށް 1000 ގޯތި ހުޅުމާލެއިން ދޭން މިނިސްޓްރީން އެޗްޑީސީގައި އެދުނުކަން ވެސް ފެނުނީ ނޫހުން. އެއާ ގުޅިގެން އަސްލަމް އޮތް ވިދާޅުވެފައި މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވާނަމޭ އުސޫލު އެކުލަވާލުމުގައި. އެކަމަކު މާލޭ ރައްޔިތުންނާ މިހާ ބޮޑަށް ގުޅޭ ކަމެއްގައި ކައުންސިލާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅެއް ނުވޭ."

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ލާމަރުކަޒީ ނިޒާމަކީ އެ ޕާޓީގެ ސިޔާސަތެއް -- ފައިލް ފޮޓޯ: މިހާރު

މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ކައުންސިލުން ބަލަމުން އެބަދެ އެވެ. ދޭތެރެއަކުން ގޭގެ އަށް ޒިޔާރާތް އެ މީހުންނަށް އެންމެ ދަތިވާ ކަންކަން އޮޅުންފިލުވަމުން އެބަ ގެންދަވަ އެވެ. އެކަމަކު ކައުންސިލާ ބައްދަލުނުކުރައްވާ، ގޮތް ނިންމުމަކީ ލާމަރުކަޒީ ނިޒާމަށް ވެސް އިހުތިރާމު ނުކުރުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މުއިއްޒުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރަށްރަށުގައި އެ ރަށެއްގެ ކައުންސިލުން ގޯތި ދޫކުރާއިރު މާލޭގައި އެ ފުރުސަތު ނެތުމެވެ.

"މާލޭގެ މީހުންނަށް ގޯތި ދޭންވީމަ އެކަމެއް މި ކުރަނީ މިނިސްޓްރީން. އެކަން އެގޮތަށް އޮތުމަކީ ލާމަރުކަޒީ ނިޒާމަށް ވެސް އިހުތިރާމު ނުކުރުން. ޑިމޮކްރަސީ ވެސް ބަލައިނުގަތުން،"

"މާލޭގެ މީހުންނަށް ގޯތި ދޭންވީމަ އެކަމެއް މި ކުރަނީ މިނިސްޓްރީން. އެކަން އެގޮތަށް އޮތުމަކީ ލާމަރުކަޒީ ނިޒާމަށް ވެސް އިހުތިރާމު ނުކުރުން. ޑިމޮކްރަސީ ވެސް ބަލައިނުގަތުން،" އޭނާ ވިދާޅުވި އެވެ.

މާލޭ މީހުންނަށް އެކަނި ގޯތި ދޭއިރު ވެސް އެ ބާރު މާލޭ ސިޓީ ކައުންސިލަށް ނުލިބުމަކީ ދެކޮޅު ނުޖެހޭ ސިޔާސަތެއްކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން މުޅި ރާއްޖޭގެ މީހުންނަށް ދޭއިރު ކައުންސިލަށް އެކަމެއް ނުކުރެވޭނެ. އެމަސައްކަތް މިނިސްޓްރީން ކުރަންވާނީ. އެކަމަކު ހަމައެކަނި މާލޭ މީހުންނަށް ހާއްސަކުރާއިރު އެ މަސައްކަތް ކުރަންވާނީ ކައުންސިލުން. އެއީ އެކަން އޮންނަން ޖެހޭ ގޮތަކީ،"

މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނާ ގުޅިފައިވާ މަސައްކަތްތަކުގައި މާލޭ ސިޓީ ކައުންސިލު ބައިވެރިނުކުރާ ސަބަބު ސަރުކާރުން ސާފުކޮށްދޭން ޖެހެ އެވެ.

މާލެއަށް ލާމަރުކަޒީ ގާނޫނެއް ނުހިނގާ. ޑިމޮކްރަސީއަށް ވެސް ނުހިނގާ މާލެއަށް. އަޅުގަނޑު ސަރުކާރަށް ގޮވާލަން ލާމަރުކަޒީ ނިޒާމަށް އިހުތިރާމުކުރަން ޑިމޮކްރަޓިކް އުސޫލަށް ތަބާވުމަށް -- މުއިއްޒު

އޭނާ އެދިވަޑައިގަތީ މާލޭގެ ރައްޔިތުންނަށް ކައުންސިލުންވި ވައުދު ފުއްދުމުގައި ސަރުކާރުން އެއްބާރުލުން ދިނުމަށެވެ. ސަރުކާރުގެ އެއްބާރުލުން ނެތި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލަށް އެއްބާރުލުންދީގެން ނޫނީ ހައްލެއް ނުވާނެ އެއްވެސް ކަމެއް. ކައުންސިލަށް އެއްބާރުލުން ދީގެން ސަރުކާރަށް ވާނެ ގެއްލުމެއް ނެތް. ވާން އޮތީ ފައިދާ. ސަރުކާރުން ބޭނުންވާނީ ރައްޔިތުންނަށް ހިދުމަތްތައް ލިބިގެން ދިއުން. އެކަން އަޅުގަނޑުމެން ވެސް މި ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގައި، މާލޭ ސިޓީ ކައުންސިލުން ކުރަން ޖެހިފައި މިއޮތީ ހަމަ ކުރީގެ ވެސް ތަޖުރިބާ އެވެ. ޕީޕީއެމް ވެރިކަމުގައި އޮވެ، އެމްޑީޕީގެ ކޮންޓްރޯލް ކައުންސިލްގައި އޮތް އިރު ކުރަމުން ދިޔައީ ހަމަ މި ޝަކުވާތަކެވެ. މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ކައުންސިލުން ދޭ ހިދުމަތްތަކަށް އޭރު ވެސް ސަރުކާރުން ހުރަސްއަޅަމުން ދިއުމެވެ. ބައެއް ބާރުތައް ސިޓީ ކައުންސިލްގެ އަތުން ނިގުޅައިގެންފައި ވަނީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދަކަށް ވީ އެ އަރައިރުން ނުބާއްވައި ބާރުތައް ދޫކޮށް ހިދުމަތް ދެވޭނެ ގޮތަށް ކަންކަން ފަހިކުރައްވާނެ ކަމެވެ. ގާނޫނަށް ބަދަލު ގެނެސް ބާރުތައް ފުޅާކޮށް ދޫކޮށްލާފައި އޮތީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. އެ މަޝްވަރާއާ އެއްގޮތަށް ގާނޫނު އިސްލާހުކޮށް، ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައީ، ރައްޔިތުންގެ ބޭނުންވާ ބަދަލުތަކާ އެކުގައި ކުރިއަށް ދިއުމަށް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިޔަސް ރައްޔިތުންނާ ގުޅިފައިވާ އެތައް މައްސަލަތަކެއް ހުރިއިރު ސިޔާސީ ތަފާތުވުންތަކުގެ ސަބަބުން އެއްބާރުލުން ލިބޭ މަންޒަރު ދަނީ ފެންނަމުންނެވެ.

ލާމަރުކަޒީ ނިޒާމުގެ ވާހަކަ މި ސަރުކާރުން އެންމެ ގަދައަށް ދެއްކިއިރު ކައުންސިލުތަކަށް އެއްބާރުލުންދީގެން މަސައްކަތް ކުރާ ތަން ނުފެނުމަކީ އޮތް ކަންބޮޑުވުމެކެވެ. ވަކިން ހާއްސަކޮށް ވިޔަފާރީގެ ތެރެއަށް ވަދެ މާލީ ފުދުންތެރިކަމަށް ދޮރުހުޅުވާނެ ކަމަށް ބުނަމުން އައި ސަރުކާރަކުން ބޮޑު ސިޓީއެއްގެ މަޝްރޫއުތައް ހިންގުމަށް އެއްބާރުލުން ނުދިނުމުގެ ދަތިިކުރުން ބަލައެއް ނުގަނެވެ އެވެ.

75 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 8%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަަައަހުމަދު

23 February 2022

މަށައް ހީވަނީ މުއިއްޒު މެނައް ވާވަރައް ފިރީޑޮމް ދެން އިތުރަކައް ލިބޭނެ ދައުރެެއް މިގައުމަކައް ދެނެއް ނާންނާނެކަން ހުދު މުއިއްޒުވެސް ގަބޫލު ކުރާނެ ޔަގީން. މުއިއްޒުމެން މާލެ ސިޓީކައުންސިލައް ކޮއްލިވަރު ދިވެހިން ލޮލުން ދެކިފަ މިތިބީ. ކޮންހާ ދޮގު ވާހަކައެއް ދައްކާކައްތޯ މުއިއްޒުމެން.

The name is already taken The name is available. Register?

ޝަކީލާ

21 February 2022

މުއިއްޒުމެންގެ ޒިންމާ އަދާނުކޮށް އަބަދުވެސް އުޅެނީ ސަރުކާރަށް ޖެއްސުންކުރެވޭތޯ! މިކަންކަން އިސްލާޚުކޮށްބަލަ. ގެއްލިފައިވާ އަހަރެމެންގެ އިތުބާރު ފުރަތަމަ ހޯދާ. ހަމަ ހުސް ފޮނި އަނގަކޮޅެއް ތި ހުންނަނީ

The name is already taken The name is available. Register?

ދޮން ސަންޕާ

21 February 2022

ކުރީގެ ކަރަޕްސަން ވެރީން ނަށް އިތުބާރު ގެއްލިފައި ވާތީހެން ހީވަނީ.... ތިބޭފުޅާ ގެ ކޮންޓްރޯލް އޮތީ އެހެން ޞެފުޅެއްގެ އަތުގައި....ދެނޯ

The name is already taken The name is available. Register?

ދޮން ސަންޕާ

21 February 2022

މުއިއްޒު ހޮވުނީމާ ގެން ދައްކަމުން ތި ދަނީ ހުސް ބަހަނާ. އެއްވެސް ކަމއެއް ކުރަން ބޭނުން ނުވަނީ. ފެރަތަމަ ބުނުއްވީ ކައުންސިލް ކިބުނީމާ ހުރިހާ ކަމެއްވެސް ވާނެއޭ. ދެން މިހާރު މިކިއުއްވަނީ ވެރިކަން ލިބުނީމަ އޭވާނީ ބާ. ބަލަ މާރުކޭޓްކޮޅިތަށް ނުބަހާ ތިހުންނަ ވަނީ ކީއްވެ؟ ތިމާ ބޭނުންވާ މީހުނަށް ނުދެވިގެން ތޯ.....

The name is already taken The name is available. Register?

ހަސަންދީ

21 February 2022

ގުރޭޓާމާލޭ އޭރިޔާ ބެލެހެއްޓުން އޭރެއްގައި އޮންނަ ސަރުކާރެއްގެ ބެލުމުގެ ދަށުގައި ބާއްވާފައި އޮތުން ވަރަށް މުހިންމު އެހެންނޫނީ މިސަކަރާތެއް ނުހުއްޓޭނެ، މިހާރުގެ ކައުންސިލުންކުރަން އުޅެނީ ފައިސާގައި ޖެހެވޭނެ ކަންތައްތަކުރެވޭތޯބެލުން

The name is already taken The name is available. Register?

ހެހެހެ

21 February 2022

ސިޓީ ކައުންސިލްތައް އަބަދުވެސް އެންނަން ޖެހީނީ ސަރުކާރުގެ ކޮންޓްރޯލްގައި! އެހެން ނޫނީ މިކަމެއް ނުވާނެ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 February 2022

ޕާލަމެންޓަރީސިސްޓަމަށް ވެރިކަންބަދަލުކުރުމަށް އެމްޑީޕީ އެދޭނަމަ ޤއ އާއި ލާމަރުކަޒީޤާނޫނު އިސްލާޙްކޮށް އެތައްސަތޭކަ ކައުންސިލަރުންނާއި މޭޔަރުންގެބަދަލުގައި ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ 3 ޕްރޮވިންސަކަށް އިދާރީ ހިންގުން ބަދަލުކޮށް ކޮންމެ ޕްރޮވިންސަކަށް ޤަވަރުނަރަކު އިންތިޙާބުކުރަން ޕްރޮވިންސްގެ ރައްޔިތުނަށް ފުރުސަތު ހޯއްދަވާ ދެއްވާ.

The name is already taken The name is available. Register?

ބޮޑު ތިލަދުންމަތި.

21 February 2022

ޙަޤީގަތުގައި ލާމަރުކަޒު ކުރެވޭނީ ސަހަރައްދުތައް ތިގޮތަށް ބަހާލައިގެން. އެކަމަކު މާލޭ މީހުން ބޭނުމެއްނުވޭ ތިކަން ތިހެން ކުރާކަށް. އެހެންވެ އެމީހުން މިހާރު އޮތްގޮތަށް ތިކަން ކުރީ.

The name is already taken The name is available. Register?

ދޮން މޫސަ. ދިއްދޫ.

21 February 2022

ދިދީ ތިޔަބުނާ ގޮތަށް ރީޖަންތަކެއްގެ މައްޗަށް ބަހައިގެން ރާއްޖެ އހިންގުމަށް ފުރުސަތުލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނު ހެދުމަށް މާލޭގެ މެންބަރުން ދެކޮޅު ހެދީ އެމީހުންގެ ރަށުގައިއޮތް ބާރު ކ.އަތޮޅުގެ އެހެން ރަށްރަށުގެ މީހުނަށްވެސް ލިބިދާނެތީ އެކަމުގެ ޙަސަދަވެރިކަން އޮތީމަ. މާލޭ ގޮލާމެން ތިބަދަލަށް ނުރުހޭނެ.

The name is already taken The name is available. Register?

އަލީ

21 February 2022

މުއިއްޒު ރުޔަސް ކުރާނެ ކަމއެއްނެތް މުއިއްޒުމެންގެ ވެރިކަމުގަ އެމްޑީޕީ ކައުންސިލް އޮތްއިރު މުއިއްޒުމެން ކަންތައް ކުރިގޮތް މިއަދު ހަނދާންއެބަހުރިތަ,

The name is already taken The name is available. Register?

ސަރުދާރުު

20 February 2022

މާލޭ ސިޓީ ކައުންސިލަށް ބާރު ދޭގޮތަށް އޮތީ އެމްޑީޕީ އަށް މެޖޯރިޓީ ލިބުންނަމަ. ހީކުރި ގޮތާ ހިލާފަށް މެޖޯރިޓީ ލިބުނީ. އެހެންވީމަ ޕީޕީއެމް އެކޭ އެމްޑީޕީ އެކޭވެސް ވަކިތަފާތެއްނެތް. އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރަން ތިބެގެން މާލޭ ރައްޔިތުންނަށް އެއްކަމެއްވެސް ނުކޮއްދީ ހުރިހާ އެންމެންވެސް ބޮޑު މުސާރަ ނަގަނީ

The name is already taken The name is available. Register?

ތެތް ގޯނި

20 February 2022

މަށަށް ފެންނަނީ ގާނޫން އަސާސީއަށް ބަދަލުގެންން. ކެޕިޓަލް ސިޓީގެ އެންމެހާ ކަންތައް ބަލަހައްޓާނީ ހުރިހާ މިނިސްޓްރީތަކުން ކަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454